Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުއުސްގެކޮޅު

ސަރުކާރުގެ އިސް ތަރުޖަމާނު ދައްކާ ވާހަކަ އާ ސަރުކާރުގެ މިނިސްޓަރުން ދައްކާ ވާހަކަ ދިމާނުވެ ބޮޑު އޮޅުންބޮޅުން ގަނޑެއްގެ ތެރެއަށް ޙާޖީ ޢިމާދުއްދީންގެ އުސްގެކޮޅު ވައްދައިފި

ސަލްޓަން ޕާކުގައި ހުންނަ އުސްގެކޮޅު ސަރުކާރާ ހަވާލުކުރުމަށް މާލޭ ސިޓީ ކައުންސިލުން އިންކާރުކުރަމުންދާ ކަމަށް ސަރުކާރުގެ އިސް ތަރުޖަމާނު މުޙައްމަދު ޙުސައިން ޝަރީފް ވިދާޅުވި. ނަމަވެސް، އެތަނުގައި އިންޓަރެކްޓިވް މިއުޒިއަމެއް ހެދުމުގެ އަމަލީ މަސައްކަތް ފަހި ދިރިއުޅުން ކޯޕަރޭޝަނާ ހަވާލުކޮށްގެން ކުރިއަށްދާކަމަށް ކަމާބެހޭ ވަޒީރުން މީގެކުރިން ވަނީ ވިދާޅުވެފައި. މި ފުށުއެރުންތަކާ ގުޅިގެން، އުސްގެކޮޅު ތަރައްޤީކުރުމުގެ މަޝްރޫޢުގެ މިހާރުގެ ހާލަތާ މެދު ވަނީ ސުވާލު އުފެދިފައި.

ރާއްޖެ އެމްވީ | 28 ޖޫން 2026 | އާދީއްތަ 15:18
ފޮޓޯގައި 3 ބުރިއަށް ފެންނަން ހުރީ "އުސްގެކޮޅު" ކިޔާ އިމާރާތް

ފޮޓޯގައި 3 ބުރިއަށް ފެންނަން ހުރީ "އުސްގެކޮޅު" ކިޔާ އިމާރާތް | އިންސްޓަގްރާމް

ސަލްޓަން ޕާކުގައި ހުންނަ "އުސްގެކޮޅު" އަކީ މަސްތުވާތަކެއްޗަށް ބޭނުން ކުރާ ތަނެއް ކަމަށާއި އިންޓަރެކްޓިވް މިއުޒިއަމެއް ހަދަން ސިޓީ ކައުންސިލުން އެތަން ސަރުކާރާ ހަވާލު ނުކުރާ ކަމަށް އިސް ތަރުޖަމާނު މުޙައްމަދު ޙުސައިން ޝަރީފް (މުންދު) ވިދާޅުވި އިރު މިނިސްޓަރުން ގެ ވާހަކަފުޅުން އެތަނުގައި އެ ވިދާޅުވާ މަޝްރޫއު ކުރިއަށްދާކަން ހާމަވެ ބޮޑު އޮޅުންބޮޅުންގަނޑަކަށް މިކަން ވެއްޖެ އެވެ.

ސަރުކާރުގެ އިސްތަރުޖަމާނު މިމޭރުމުން ވާހަކަ ދެއްކެވީ، ޕްރެސަރ ވިތް ދަ ސްޕޮކްސް"ގައި ހޮނިހިރު ދުވަހު ނޫސްވެރިންނާ ބައްދަލު ކުރައްވަމުންނެވެ.

އުސްގެކޮޅަކީ ރާއްޖޭގެ ވިރާސީ ރަސްކަމުގެ ވަރަށް މުހިންމު ބިނާއެއްކަމަށާއި އަދި އެތަނަކީ މިހާރު ރާއްޖޭގެ ތާރީޚުގެ ވަރަށް މުހިންމު އިމާރާތެއްކަން ފާހަގަ ކުރައްވާ، އިސް ތަރުޖަމާނުގެ ވާހަކަފުޅުގައި އެ އިމާރާތް މާލޭ ސިޓީ ކައުންސިލަށް ނުބެލެހެއްޓޭކަން ދެއްކެވުމުގެ މޭރުމުން ވަނީ ވާހަކަދައްކަވާފަ އެވެ.

ސަރުކާރުން އުސް ގެކޮޅުގައި އިންޓަރެކްޓިވް މިއުޒިއަމްއެއް ތަރައްޤީކުރުމަށް ނިންމާފައިވާ ކަމަށާއި  މި މަޝްރޫޢުއަށް، އެތަން ހޯދަން ސިޓީ ކައުންސިލަށް ހުށައަޅާފައިވީ ނަމަވެސް މިކަމަށް އެކަށީގެންވާ އިޖާބައެއް ދީފައިނުވާކަމަށް މުންދު ވިދާޅުވި އެވެ. 

"އުސްގެކޮޅު ބަލަހައްޓާނީ ސިޓީ ކައުންސިލުން. ތަޅުދަނޑި އޮންނަނީ ކައުންސިލްގައި،" މުންދު ވިދާޅުވި އެވެ.

މުންދު ވިދާޅުވީ އެ ބިނާ ސަރުކާރަށް ނެގުމުގެ މަޝްވަރާ މާލޭ ސިޓީ ކައުންސިލާ އެކު އެކި ގޮތްގޮތައް ކުރެވިފައިވާ ކަމަށާއި، އެކަމަށް ކައުންސިލުން އާނ ބަސް ވެސް ބުނެފައިވާ ކަމަށެވެ. އެހެން ނަމަވެސް މިހާތަނަށް އެތަން ސަރުކާރަށް ހަވާލު ކޮށްފައި ނުވާކަމަށް މުންދު ވިދާޅުވި އެވެ.

 އައްސުލްޠާނު މުޙައްމަދު ޢިމާދުއްދީން މިޞުރުގެ އަންހެން ބޭފުޅަކާ ކައިވެނިބައްލާވައިގެންފައި އެބޭފުޅާ މާލެ ގެންނަވާފައި ބައިންދަވަންވެގެން ދައުލަތުގެ ޚަރަދުގައި "ބޮޑުގަނޑުވަރު" ތެރޭ އިމާރާތް ކުރެއްވި ކަމަށް ތާރީޚް ދިރާސާ ކުރާ ފަރާތްތަކުން ބުނާ، ގަރުނަކަށް ވުރެ ގިނަ ދުވަސްވެފައިވާ އެ އިމާރާތް ސަރުކާރުގެ ބެލުމުގެ ދަށަށް ނުގެނެވި، އެތަނުގައި އިންޓަރެކްޓިވް މިއުޒިއަމެއް ނުހެދިގެން އުޅޭ ވާހަކަ މުންދު ވިދާޅުވި އިރު،  ސަލްޓަން ޕާކުގައިހުރި އުސްގެކޮޅު ކުޑަކުދިންނަށް ޘަޤާފަތް ދަސްކޮށްދޭ ތަނަކަށް ހަދަން ޑރ. މުހައްމަދު މުއިއްޒުގެ ހައުސިންގ މިނިސްޓަރ ކަމުގައި 2016 ވަނަ އަހަރުގެ އޮގަސްޓް މަހުގެ 4 ވަނަ ދުވަހު ހައުސިންގ މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި، އާކް ކިޔާ ކުންފުންޏަކާ އޮތީ ހަވާލު ކޮށްފަ އެވެ.

ސަލްޓަން ޕާކުގައިހުރި އުސްގެކޮޅު ކުޑަކުދިންނަށް ޘަޤާފަތް ދަސްކޮށްދޭ ތަނަކަށް ހަދަން އާކް އާއި ހަވާކުރަނީ

ސަލްޓަން ޕާކުގައިހުރި އުސްގެކޮޅު ކުޑަކުދިންނަށް ޘަޤާފަތް ދަސްކޮށްދޭ ތަނަކަށް ހަދަން އާކް އާއި ހަވާކުރަނީ | ހައުސިންގ މިނިސްޓްރީ

އެ ރަސްމިއްޔާތުގައި އޭރުގެ ހައުސިންގ މިނިސްޓަރ ޑރ. މުއިއްޒު ވިދާޅުވީ، އިމާރާތުގެ މަސައްކަތްތައް ކުރާނީ ސަރުކާރުން ކަމަށާއި އެތަނުގައި ޘަޤާފަތް ދައްކައިދޭ މަރުކަޒު ޤާއިމުކުރުމުގެ ކަންކަން ކުރާނީ އާކުން ކަމަށެވެ. އަދި 2016 ވަނަ އަހަރުގެ ނިޔަލަށް މަސައްކަތް ނިމޭނެ ކަމަށް ވެސް އެ ރަސްމިއްޔާތުގައި މުއިއްޒު ވިދާޅުވި އެވެ.

އާކް އާ އުސްގެކޮޅު މަޝްރޫއު ހަވާލު ކުރި އިރު ޑރ، މުއިއްޒު އިތުރަށް ވިދާޅުވީ، އިމާރާތުގެ މަސައްކަތްތައް ނިންމާއިރު ޘަޤާފީ މައުރަޒުތައް ބާއްވާނެ ހޯލެއް ހެދުމަށްވެސް ވަނީ ހަމަޖެހިފައި ކަމަށާއި އަދި ރެފްރެޝްމަންޓް ލިބޭނެ ތަނެއްވެސް ހުންނާނެ ކަމަށެވެ.

އެ މަޝްރޫއަށް ވީ ގޮތެއް ނޭނގި އޮއްވާ، މުއިއްޒުގެ ވަޒީރުކަމުގެ ދުވަސްތައް ނިމި ރައީސުލްޖުމްހުރިއްޔާ ކަމަށް ވަޑައިގަތުމަށް ފަހު އަނެއްކާވެސް އުސްގެކޮޅުގެ ވާހަކަ ފެންމަތިވި އެވެ. ސަގާފަތާ ތަރިކަ އާލާކުރުމަށް ރައީސް މުއިއްޒު އުފެއްދެވި މިނިސްޓްރީގެ މިނިސްޓަރ، 18 ސެޕްޓެމްބަރު 2025 ވަނަ ދުވަހުގެ ރޭ ބޭއްވި ރަސްމިއްޔާތެއްގައި އުސްގެކޮޅު އިމަރސިވް މިއުޒިއަމެއް ގޮތުގައި ތަރައްޤީކުރުމުގެ މަޝްރޫޢު ކުރިޔަށް ގެންދިޔުމަށް ފަހި ދިރިއުޅުން ކޯޕަރޭޝަން ލިމިޓެޑާ އެކު ފަހުމުނާމާއެއްގައި ސޮއިކުރެއްވި އެވެ.

އުސްގެކޮޅު އިމަރސިވް މިއުޒިއަމެއް ގޮތުގައި ތަރައްޤީކުރުމުގެ މަޝްރޫޢު ކުރިޔަށް ގެންދިޔުމަށް، ސަގާފަތާއި ތަރިކަ އާ ބެހޭ ވުޒާރާއާއި ފަހި ދިރިއުޅުން ކޯޕަރޭޝަން ލިމިޓެޑާ އެކު ފަހުމުނާމާއެއްގައި ސޮއިކުރުން

އުސްގެކޮޅު އިމަރސިވް މިއުޒިއަމެއް ގޮތުގައި ތަރައްޤީކުރުމުގެ މަޝްރޫޢު ކުރިޔަށް ގެންދިޔުމަށް، ސަގާފަތާއި ތަރިކަ އާ ބެހޭ ވުޒާރާއާއި ފަހި ދިރިއުޅުން ކޯޕަރޭޝަން ލިމިޓެޑާ އެކު ފަހުމުނާމާއެއްގައި ސޮއިކުރުން | ސަރުކާރު

މިކަންކަން މިހެން ފެންނަން އޮތުމުގެ އިތުރުން، އެފްޑީސީ އާ ހަވާލު ކޮށްގެން އުސްގެކޮޅާއި އުސްގެކޮޅު ސަރަހައްދު އިންޓަރެކްޓިވް މިއުޒިއަމް އެއް ހެދުމުގެ އަމަލީ މަސައްކަތް ފެށިފައިވާ ކަމަށް ރައީސް އޮފީހުގައި ބޭއްވި ނޫސް ކޮންފަރެއްސެއްގައި، ތަރިކަ އާއި ސަގާފީ ކަންކަން ބެލެހެއްޓެވުމަށް ރައީސް މުއިއްޒު އައްޔަނު ކުރެއްވި ދެވަނަ މިނިސްޓަރ ހީނާ ވަލީދު ވެސް ވަނީ ވިދާޅުވެފަ އެވެ.

މީގެ އިތުރުން، 2026 ވަނަ އަހަރުގެ ރިޔާސީ ބަޔާނުގައި ރައީސް މުއިއްޒު ވަނީ އުސްގެކޮޅު އިމާސިވް މިއުޒަމަކަށް ބަދަލުކޮށް މިއަހަރުގެ ތެރޭގައި ހުޅުވާނެ ކަމަށް ވިދާޅުވެފަ އެވެ.

ހޮނިހިރު ދުވަހު ނޫސްވެރިންނަށް މުއިއްޒު ސަރުކާރުގެ އިސް ތަރުޖަމާނު ވިދާޅުވީ، އެ މަޝްރޫއު ހިންގަން އުސްގެކޮޅު ހޯދަން ކުރި މަސައްކަތް މިހާތަނަށް ކާމިޔާބުވެފައި ނުވާ ކަމަށެވެ.

އުސްގެކޮޅުމާލޭ ސިޓީ ކައުންސިލްމުހައްމަދު ހުސައިން ޝަރީފު (މުންދު)

އިތުރަށް ކިޔާލަން

27 ޖޫން 2026

ބީއެމްއެލްއާ ޙަވާލުކުރި 3،260 ހައުސިންގ ޔުނިޓުގެ މަޝްރޫތަކުގެ ތެރެއަށް 710 ޔުނިޓް އިތުރު ކުރަން ވަނީ ނިންމާފަ: އިސް ތަރުޖަމާނު

27 ޖޫން 2026
ބީއެމްއެލްއާ ޙަވާލުކުރި 3،260 ހައުސިންގ ޔުނިޓުގެ މަޝްރޫތަކުގެ ތެރެއަށް 710 ޔުނިޓް  އިތުރު ކުރަން ވަނީ ނިންމާފަ: އިސް ތަރުޖަމާނު
27 ޖޫން 2026

މާލީ ގޮތުން ރާއްޖެ އޮތީ ރަނގަޅު ހާލަތެއްގައި ކަމަށް އެއްވެސް އިރަކު ސަރުކާރަކުން ނުބުނަން: އިސް ތަރުޖަމާނު

27 ޖޫން 2026
މާލީ ގޮތުން ރާއްޖެ އޮތީ ރަނގަޅު ހާލަތެއްގައި ކަމަށް އެއްވެސް އިރަކު ސަރުކާރަކުން ނުބުނަން: އިސް ތަރުޖަމާނު
27 ޖޫން 2026

ޓީ-ޖެޓީ ސަރަހައްދުން 46 ޓަނުގެ ކުނި މާލޭ ސިޓީ ކައުންސިލުން ނަގައިފި

27 ޖޫން 2026
ޓީ-ޖެޓީ ސަރަހައްދުން 46 ޓަނުގެ ކުނި މާލޭ ސިޓީ ކައުންސިލުން ނަގައިފި
25 ޖޫން 2026

100 އަހަރަށްވުރެ ގިނަ ދުވަސްވީ އުސްގެކޮޅަށް ގެއްލުންދިން މައްސަލަ އެއް ފުލުހުންނާ ގުޅިގެން ބަލަން ފަށައިފި

25 ޖޫން 2026
100 އަހަރަށްވުރެ ގިނަ ދުވަސްވީ އުސްގެކޮޅަށް ގެއްލުންދިން މައްސަލަ އެއް ފުލުހުންނާ ގުޅިގެން ބަލަން ފަށައިފި
18 ޖޫން 2026

ކައުންސިލާ ބައްދަލުކުރުމަށް އިންކާރުކުރައްވައި ލިޔެކިޔުމުން މުއާމަލާތު ކުރަން މުއްޠަލިބު އެދިވަޑައިގަތުމުން މޭޔަރުގެ ފާޑުކިޔުން: "މުއްޠަލިބަށް ހީވަނީ އެއީ މަތިން ފައިބާފައި ހުރި ބޭފުޅެއް ހެން"

18 ޖޫން 2026
ކައުންސިލާ ބައްދަލުކުރުމަށް އިންކާރުކުރައްވައި ލިޔެކިޔުމުން މުއާމަލާތު ކުރަން މުއްޠަލިބު އެދިވަޑައިގަތުމުން މޭޔަރުގެ ފާޑުކިޔުން: "މުއްޠަލިބަށް ހީވަނީ އެއީ މަތިން ފައިބާފައި ހުރި ބޭފުޅެއް ހެން"
17 ޖޫން 2026

ވެޓް މާރުކޭޓް މައްސަލައިގައި ބިން ހަވާލުކުރެވޭނީ ޤާނޫނާ ޤަވައިޢިދުގެ ތެރެއިން ކަމަށް ނިންމައިފި

17 ޖޫން 2026
ވެޓް މާރުކޭޓް މައްސަލައިގައި ބިން ހަވާލުކުރެވޭނީ ޤާނޫނާ ޤަވައިޢިދުގެ ތެރެއިން ކަމަށް ނިންމައިފި
16 ޖޫން 2026

ރައްޔިތުންގެ ލޯތްބާއި ވޯޓު ހޯދާނީ ބިން ހިއްކާ ސާމާނު ރަށަށް އަރުވައިގެން ދަޅަ ދައްކައިގެންނެއް ނޫން: ޤާލިބް

16 ޖޫން 2026
ރައްޔިތުންގެ ލޯތްބާއި ވޯޓު ހޯދާނީ ބިން ހިއްކާ ސާމާނު ރަށަށް އަރުވައިގެން ދަޅަ ދައްކައިގެންނެއް ނޫން: ޤާލިބް
15 ޖޫން 2026

ހުޅުމާލެ ހޮސްޕިޓަލުން ހިދުމަތެއް ހޯދަން ރައްޔިތުން ގަނޑަތެޅެންޖެހޭ ވަރު، ސަރުކާރުގެ އިސްވެރިންނަށް އިހުސާސެއް ނުކުރެވޭނެ: ޤާލިބް

15 ޖޫން 2026
 ހުޅުމާލެ ހޮސްޕިޓަލުން ހިދުމަތެއް ހޯދަން ރައްޔިތުން ގަނޑަތެޅެންޖެހޭ ވަރު، ސަރުކާރުގެ އިސްވެރިންނަށް އިހުސާސެއް ނުކުރެވޭނެ: ޤާލިބް
14 ޖޫން 2026

ރައީސް މުއިއްޒު އަންގަވައިގެން ވަޒީރުކަމުން އިސްތިއުފާ ދެއްވި އާދަމް ޝަރީފްގެ އަނބިކަނބަލުންނަށް، ސްޓޭޓް މިނިސްޓަރުގެ މަޤާމެއް!

14 ޖޫން 2026
ރައީސް މުއިއްޒު އަންގަވައިގެން ވަޒީރުކަމުން އިސްތިއުފާ ދެއްވި އާދަމް ޝަރީފްގެ އަނބިކަނބަލުންނަށް، ސްޓޭޓް މިނިސްޓަރުގެ މަޤާމެއް!
08 ޖޫން 2026

ވެމްކޯ ގެ މުވައްޒަފުންގެ ޕެންޝަން ފަންޑަށް ފައިސާ ޖަމާނުކުރާތާ 19 މަސް، މައްސަލަ މަޖިލީހަށް

08 ޖޫން 2026
ވެމްކޯ ގެ މުވައްޒަފުންގެ ޕެންޝަން ފަންޑަށް ފައިސާ ޖަމާނުކުރާތާ 19 މަސް، މައްސަލަ މަޖިލީހަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު