Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެދިވެހިރާއްޖޭގެ މަސްވެރިކަމުގެ ޤާނޫނު

ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ގަވާއިދާ ހިލާފަށް ހަރަކާތްތެރިވާ އުޅަނދުފަހަރަށް ފިޔަވަޅު އެޅޭ ގޮތަށް ގާނޫނަށް ގެނައި ބަދަލު ތަސްދީގުކޮށްފި

31 އޯގަސްޓު 2026 | ހޯމަ 12:27

މަސްވެރިކަމުގެ ގާނޫނަށް ގެނައި އިސްލާހާއެކު، ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ގަވާއިދާ ހިލާފަށް ހަރަކާތްތެރިވާ އުޅަނދުފަހަރަށް ފިޔަވަޅު އެޅުމުގެ އުސޫލުތައް ހަރުދަނާވެ، އެކުއަކަލްޗަރާއި މަސްވެރިކަމުގެ ބަނދަރުތައް ތަރައްގީކުރުމުގެ ފުރުސަތު ފުޅާވެގެންދާނެ. މީގެ އިތުރުން ކުޅިވަރު މަސްވެރިކަމުގެ އުސޫލުތައް ކަނޑައެޅުމާއި، ގާނޫނާ ހިލާފުވާ ފަރާތްތަކަށް ދޭ އަދަބުތަކާއި ޖޫރިމަނާގެ މިންގަނޑުތަކަށް ވެސް މި ބިލުން ވަނީ ބަދަލުތަކެއް ގެނެސްފައި. މި އިސްލާހަށް އަމަލުކުރަން ފެށުމާއެކު، މީގެ ދަށުން ހަދަންޖެހޭ ގަވާއިދުތައް 60 ދުވަހުގެ ތެރޭގައި އެކުލަވާލަން ޖެހޭ

ރާއްޖެ އެމްވީ | 31 އޯގަސްޓު 2026 | ހޯމަ 12:27
ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ޤާނޫނަށް 2 ވަނަ އިޞްލާޙު ގެނައުމުގެ ބިލު ރައީސުލްޖުމްހޫރިއްޔާ ތަޞްދީޤުކުރައްވަނީ

ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ޤާނޫނަށް 2 ވަނަ އިޞްލާޙު ގެނައުމުގެ ބިލު ރައީސުލްޖުމްހޫރިއްޔާ ތަޞްދީޤުކުރައްވަނީ | ރައީސް އޮފީސް

ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ގަވާއިދާ ހިލާފަށް ހަރަކާތްތެރިވާ އުޅަނދުފަހަރަށް ފިޔަވަޅު އެޅޭ ގޮތަށް ޤާނޫނު ނަންބަރު 2019/14 (ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ޤާނޫނު) އަށް 2 ވަނަ އިޞްލާޙު ގެނައުމުގެ ބިލު ރައީސް ޑރ. މުޙައްމަދު މުޢިއްޒު ތަޞްދީޤު ކުރައްވައިފި އެވެ. ރައީސުލްޖުމްހޫރިއްޔާ މި ބިލު ތަޞްދީޤުކުރައްވާފައިވަނީ، މިކަމަށްޓަކައި މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ޚާއްޞަ ރަސްމިއްޔާތެއްގަ އެވެ.

މި ބިލު ފާސްކުރައްވާފައިވަނީ، 2026 އޮގަސްޓު 26 ވީ ބުދަ ދުވަހު ބޭއްވެވި، 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ 2026 ވަނަ އަހަރުގެ ދެވަނަ ދައުރުގެ 28 ވަނަ ޖަލްސާއިންނެވެ.

Advertisement - newsAdvertisement

މި އިޞްލާޙުގެ މަގުސަދަކީ ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ޤާނޫނާ ޚިލާފަށް ހަރަކާތްތެރިވާ ފަރާތްތަކާއި މަސްވެރި އުޅަނދުތަކަށް އިދާރީ ފިޔަވަޅު އެޅުމުގެ އުސޫލުތައް ހަރުދަނާކުރުމާއި، ހިމާޔަތްކުރެވިފައިވާ ސަރަހައްދުތަކުގައި ކުރުން ހުއްދަކުރެވިފައިވާ މަސްވެރިކަން ކުރުމާއި، އެކުއަކަލްޗަރކުރުމުގެ އުސޫލުތަކާއި، މަސްވެރިކަމުގެ ބަނދަރުތައް ތަރައްޤީކޮށް ހިންގުމާ ބެހޭ އުސޫލު ބަޔާންކުރުމާއި މި ނޫންވެސް ޤާނޫނު ތަންފީޒުކުރުމަށް ޓަކައި ބޭނުންވާ އިޞްލާޙުތައް ގެނައުމެވެ.

މި އިޞްލާޙާއެކު، ރައްކާތެރިކަމާއެކު މަސްވެރި އުޅަނދުފަހަރު ބަނދަރުކުރުމަށް ތަރައްޤީކުރެވިފައިވާ، މަސްވެރިކަމަށް ޚާއްޞަކުރެވިގެން ފޯރުކޮށްދޭ ޚިދުމަތްތައް ލިބޭ، މަސްވެރިކަމުގެ ބަނދަރުތައް ތަރައްޤީކޮށް ހިންގުމުގެ ފުރުސަތު ހުޅުވިގެންދާނެ އެވެ. މީގެ އިތުރުން، މުނިފޫހިފިލުވުމަށް ނުވަތަ ކުޅިވަރުގެ ގޮތުގައި ކުރާ މަސްވެރިކަމުގެ ޙަރަކާތްތަކާއި އެފަދަ މަސްވެރިކަމާ ފެސިލިޓީތައް ތަރައްޤީކޮށް ހިންގުމަށް ކަމާގުޅޭ ވުޒާރާއިން އުސޫލުތައް އެކުލަވާލަންވާނެ ކަމަށް މި އިޞްލާޙުގައި ބަޔާންކޮށްފައިވެ އެވެ. އަދި އެކުއަކަލްޗަރކުރުމަށް ސަރަޙައްދުތައް ކުއްޔަށް ދޫކުރެވޭ ގޮތްތައް ފުޅާކޮށް، އެކަމާ ގުޅޭ އުސޫލުތައް ވެސް މި އިޞްލާޙުގައި ވަނީ ކަނޑައަޅާފަ އެވެ.

މި ބިލުން ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ޤާނޫނާ ޚިލާފަށް ހަރަކާތްތެރިވާ ބޭރުގެ މަސްވެރި އުޅަނދުތަކާމެދު އިދާރީ ފިޔަވަޅު އެޅުމުގައި އެ އުޅަނދެއްގެ ފްލޭގް ސްޓޭޓް ޒިންމާދާރުކުރެވޭނެ ހަމަތައް ކަނޑައެޅުމާއެކު މަސްވެރިކަމުގެ ޤާނޫނާ ގަވާއިދުތައް ތަންފީޒުކުރުމުގައި މިނިސްޓްރީން ޢަމަލުކުރާ އުސޫލުތައް އިތުރަށް ހަރުދަނާވެގެންދާނެ އެވެ. އެގޮތުން، ޤާނޫނާ ޚިލާފުވާ ފަރާތްތަކުގެ ކުށް ކަނޑައަޅައި، އެ ކުށުގެ އަދަބާއި، ޖޫރިމަނާކުރެވޭ އަދަދުތަކަށް ވަނީ އިޞްލާޙު ގެނެސްފަ އެވެ. މި އިޞްލާޙުތަކާ ގުޅިގެން އަލަށް އެކުލަވާލަންޖެހޭ ގަވާއިދުތަކާއި އުސޫލުތައް، ޤާނޫނަށް ޢަމަލުކުރަން ފަށާ ތާރީޚުން ފެށިގެން 60 (ފަސްދޮޅަސް) ދުވަހުގެ ތެރޭގައި އެކުލަވާލައި، ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރަންވާނެކަމަށް ވަނީ ބަޔާންކޮށްފަ އެވެ.

ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ޤާނޫނަށް 2 ވަނަ އިޞްލާޙު ގެނައުމުގެ ބިލު ރައީސުލްޖުމްހޫރިއްޔާ ތަޞްދީޤުކުރައްވައި، ދިވެހި ސަރުކާރުގެ ގެޒެޓުގައި މިއަދު ޝާއިޢުކުރެއްވުމާއެކު މި އިޞްލާޙަށް މިހާރު ވަނީ ޢަމަލުކުރަން ފަށާފަ އެވެ.

ޑރ. މުހައްމަދު މުއިއްޒުދިވެހިރާއްޖޭގެ މަސްވެރިކަމުގެ ޤާނޫނުމަސްވެރިކަން

އެންމެ ހިނގާ

1

އީރާން އިން ޓެރަރިސްޓް ގުރޫޕަކާ ދެކޮޅަށް ވަރުގަދަ އޮޕަރޭޝަނެއް ހިންގައިފި

2

"އީރާނާ ދެކޮޅަށް ނިއުކްލިއާ ހަތިޔާރު ބޭނުންކޮށްފާނެ"

3

ބަޔޮލޮޖިކަލް ގޮތުން އެއްވެސް ގުޅުމެއް ނެތް ދެ ކުދިން އޮސްޓްރޭލިއާގައި އަންހެނަކު އެއްމާބަނޑު ކުދިންގެ ގޮތުގައި ވިހައިފި

4

ޑޮަލަރު ނުލިބެނީ ކުރީ ސަރުކާރާ ހެދި. ޕާސްޕޯޓް ނުލިބެނީ ޖަރުމަނުވިލާތާ ހެދި. މި ސަރުކާރުން ޒިންމާ ނަގާނީ ކޮންއިރަކު؟

5

އަބްރަހަމް ލިންކަން އެނބުރި ޤައުމަށް ދިޔުމުގެ ތެރޭގައި ސިންގަޕޫރު ކައިރިން ދަތުރުކޮށްފި

އިތުރަށް ކިޔާލަން

31 އޯގަސްޓު 2026

މީރާގެ އޮޑިޓްތަކާއި ތަޙްޤީޤުތައް ހިންގުމުގެ އިޖުރާއަތުތައް ވަރުގަދަކޮށް، ޓެކުހާ ގުޅޭ މަޢުލޫމާތު ހޯދުމަށް ކޮމިޝަނަރ ޖެނެރަލަށް ބޮޑެތި ބާރުތަކެއް ދީފި

31 އޯގަސްޓު 2026
މީރާގެ އޮޑިޓްތަކާއި ތަޙްޤީޤުތައް ހިންގުމުގެ އިޖުރާއަތުތައް ވަރުގަދަކޮށް، ޓެކުހާ ގުޅޭ މަޢުލޫމާތު ހޯދުމަށް ކޮމިޝަނަރ ޖެނެރަލަށް ބޮޑެތި ބާރުތަކެއް ދީފި
31 އޯގަސްޓު 2026

ބުކިންގ ޕްލެޓްފޯމުތަކާއި އޭޖެންޓުން ފޯރުކޮށްދޭ ޓޫރިޒަމް ޕްރޮޑަކްޓްތަކުން ޓެކްސް ނެގޭގޮތަށް މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނަށް 8 ވަނަ އިޞްލާޙު ގެނައުމުގެ ބިލު ތަސްދީގުކޮށްފި

ވައުދާ އެއްގޮތަށް ނޫސްވެރިންނާ ބައްދަނުކުރައްވާ، 2 މަހަށް ފަހު، އެ ވައުދު ފުއްދަވަމުން ގެންދަވާ ކަމަށް ވިދާޅުވެ ރައީސް ބޮޑު ދޮގެއް ހައްދަވައިފި

31 އޯގަސްޓު 2026
ވައުދާ އެއްގޮތަށް ނޫސްވެރިންނާ ބައްދަނުކުރައްވާ، 2 މަހަށް ފަހު، އެ ވައުދު ފުއްދަވަމުން ގެންދަވާ ކަމަށް ވިދާޅުވެ ރައީސް ބޮޑު ދޮގެއް ހައްދަވައިފި
31 އޯގަސްޓު 2026

އާމްދަނީގެ 40 އިންސައްތަ މާރުކޮށްގެން ރިސޯޓުތަކަށް އެއްވެސް ދައްޗެއް ނުވާނެ، އެއީ ޔަގީން ކަމެއް: ރައީސް

31 އޯގަސްޓު 2026
އާމްދަނީގެ 40 އިންސައްތަ މާރުކޮށްގެން ރިސޯޓުތަކަށް އެއްވެސް ދައްޗެއް ނުވާނެ، އެއީ ޔަގީން ކަމެއް: ރައީސް
31 އޯގަސްޓު 2026

މި ސަރުކާރުން ބޭކާރު ގޮތުގައި ގައުމުގެ އިގުތިސާދުން 1.2 ބިލިއަން ޑޮލަރު ބޭރުކޮށް، އިސްރާފުކޮށްލައިފި: ޔައުގޫބު

31 އޯގަސްޓު 2026
މި ސަރުކާރުން ބޭކާރު ގޮތުގައި ގައުމުގެ އިގުތިސާދުން 1.2 ބިލިއަން ޑޮލަރު ބޭރުކޮށް، އިސްރާފުކޮށްލައިފި: ޔައުގޫބު
30 އޯގަސްޓު 2026

ޒައާމަތުގައި އިންޖިނޭރެއް ނެތުމުން ހެދުނު ކަނޑުކޮސް

30 އޯގަސްޓު 2026
ޒައާމަތުގައި އިންޖިނޭރެއް ނެތުމުން ހެދުނު ކަނޑުކޮސް
30 އޯގަސްޓު 2026

އެންމެ ޒަމާނީ އިންޖިނިއަރިންގ ލެބޯރެޓަރީއެއް ޤާއިމު ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ރައީސް މުއިއްޒު ވިދާޅުވެއްޖެ

30 އޯގަސްޓު 2026
އެންމެ ޒަމާނީ އިންޖިނިއަރިންގ ލެބޯރެޓަރީއެއް ޤާއިމު ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ރައީސް މުއިއްޒު ވިދާޅުވެއްޖެ
29 އޯގަސްޓު 2026

މުޅި ރާއްޖޭގައި މަސްވެރިކަން ދަށަށް ގޮސް، ކަަޅުބިލަ މަސް ގަންނަ އަގު 21ރ. އަށް ބޮޑުކޮށްފި

29 އޯގަސްޓު 2026
މުޅި ރާއްޖޭގައި މަސްވެރިކަން ދަށަށް ގޮސް، ކަަޅުބިލަ މަސް ގަންނަ އަގު 21ރ. އަށް ބޮޑުކޮށްފި
29 އޯގަސްޓު 2026

ކޮލަމާފުށީ ފެނަކަ ބްރާންޗުން 10 މުވައްޒަފަކު ކުއްލި ގޮތަކަށް ވަޒީފާއިން ވަކިކޮށްފި

29 އޯގަސްޓު 2026
ކޮލަމާފުށީ ފެނަކަ ބްރާންޗުން 10 މުވައްޒަފަކު ކުއްލި ގޮތަކަށް ވަޒީފާއިން ވަކިކޮށްފި
27 އޯގަސްޓު 2026

ގައުމުގެ ވެރިންނާ ދެކޮޅަށް ވަނަން ހަދައި ކިޔުމަކީ ގައުމާ ދެކޮޅުވުން: ރައީސް މުއިއްޒު

27 އޯގަސްޓު 2026
ގައުމުގެ ވެރިންނާ ދެކޮޅަށް ވަނަން ހަދައި ކިޔުމަކީ ގައުމާ ދެކޮޅުވުން: ރައީސް މުއިއްޒު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް