Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެފަޅުރަށާއި ފަޅު ކުއްޔަށްދިނުމާބެހޭ ބިލު

އެކި ބޭނުންތަކަށް ފަޅުރަށްރަށާއި ފަޅު ކުއްޔަށްދިނުމުގެ އުސޫލުތައް ބަޔާންކުރާ ބިލު ތަޞްދީޤުކުރެއްވުމާއެކު، ފަޅުރަށްރަށުގެ ކުލި ބޮޑުކޮށް ރައީސުލްޖުމްހޫރިއްޔާއަށް ބޮޑެތި ބާރުތަކެއް ލިބިއްޖެ

31 އޯގަސްޓު 2026 | ހޯމަ 12:01

މި ބިލުގެ ދަށުން އިޤްތިޞާދީ އަދި އިޖްތިމާޢީ އެކި ބޭނުންތަކަށް ރަށްތައް ކަނޑައެޅުމުގެ އިޖުރާއަތްތައް ބަޔާންކޮށްފައިވާއިރު، މީގެ ކުރިން އަމަލުކުރަމުން އައި ފަޅުރަށްރަށާބެހޭ ޤާނޫނު މިހާރު ވަނީ އުވިފައި

ރާއްޖެ އެމްވީ | 31 އޯގަސްޓު 2026 | ހޯމަ 12:01
ރައީސުލްޖުމްހޫރިއްޔާ، ފަޅުރަށާއި ފަޅު ކުއްޔަށްދިނުމާބެހޭ ބިލު ތަސްދީޤުކުރައްވަނީ

ރައީސުލްޖުމްހޫރިއްޔާ، ފަޅުރަށާއި ފަޅު ކުއްޔަށްދިނުމާބެހޭ ބިލު ތަސްދީޤުކުރައްވަނީ | ރައީސް އޮފީސް

އެކި ބޭނުންތަކަށް ފަޅުރަށްރަށާއި ފަޅު އެކަށައެޅުމުގެ ބާރު ރައީސް އަށް ލިބޭ ގޮތަށް ދިވެހިރާއްޖޭގެ ފަޅުރަށްރަށާއި ވަކި ރަށަކާ ގުޅިފައިނުވާ ފަޅުގެ ސަރަޙައްދުތައް އެކިއެކި ބޭނުންތަކަށް އެކަށައެޅުމާއި، ކުއްޔަށްދިނުމާއި، ވަރުވާއަށް ލިޔެދިނުމާގުޅޭ އުސޫލުތައް ބަޔާންކުރާ "ފަޅުރަށާއި ފަޅު ކުއްޔަށްދިނުމާބެހޭ ބިލު" ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ތަސްދީޤުކުރައްވައިފި އެވެ. ރައީސުލްޖުމްހޫރިއްޔާ މި ބިލު ތަޞްދީޤުކުރައްވާފައިވަނީ، މިކަމަށްޓަކައި މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ޚާއްޞަ ރަސްމިއްޔާތެއްގަ އެވެ.

މިއީ 2026 އޯގަސްޓް 26 ވީ ބުދަދުވަހު އޮތް، ރައްޔިތުންގެ މަޖިލީހުގެ، 2026 ވަނަ އަހަރުގެ ދެވަނަ ދައުރުގެ 28 ވަނަ ޖަލްސާއިން ފާސްކުރެއްވި ބިލެކެވެ.

Advertisement - newsAdvertisement

މި ބިލުގައި، ޓޫރިޒަމް ނޫން އެހެނިހެން އެކި ބޭނުންތަކަށް ދޫކުރެވޭ ފަޅުރަށްރަށް ކުއްޔަށް ދޫކުރުމުގެ އުސޫލުތަކާއި، އެ ތަންތަން ކުއްޔަށްދިނުމުގައި ޢަމަލުކުރާނެ ޝަރުޠުތަކާއި އިޖުރާތުތައް ބަޔާންކުރައްވާފައިވެ އެވެ. އެގޮތުން، އިޤްތިޞާދީ، ސިނާއީ އަދި އިޖްތިމާޢީ ކަންކަން ފަދަ އެކި ބޭނުންތަކަށް ފަޅުރަށްރަށާއި ފަޅު ކަނޑައެޅުމާއި، ވަކި ޚާއްޞަ ބޭނުމަކަށް ކަނޑައެޅިފައިނުވާ ފަޅުރަށްރަށް، ބެލެހެއްޓުމަށްޓަކައި ވަރުވާއަށް ލިޔެދިނުމުގެ އުސޫލުތަކާއި އިޖުރާތުތައް ބަޔާންކޮށްފައިވެ އެވެ.

ފަޅުރަށްރަށަށް މިހާރު ކުލި ނަގަމުން އަންނަނީ އަކަމީޓަރަކަށް 10 ލާރީގެ މަގުންނެވެ. ނަމަވެސް ސިނާއީ ބޭނުމަށާއި އިޤްތިޞާދީ ބޭނުމަށް އަކަމީޓަރަކަށް 3 ރުފިޔާ، މަސްވެރިކަމާއި ދަނޑުވެރިކަމުގެ ބޭނުމަށް އަކަމީޓަރަކަށް 2 ރުފިޔާ 50 ލާރި، އަދި އިޖްތިމާއީ ބޭނުމަށް އަކަމީޓަރަކަށް 2 ރުފިޔާގެ ރޭޓުން ކުލިނެގުމަށް ވަނީ ބިލުގައި ކަނޑައަޅައިފަ އެވެ. މީގެ އިތުރުން، ވަރުވާއަށް ދޫކުރުމަށް ކަނޑައަޅައިފައިވަނީ އަކަމީޓަރަކަށް އަހަރަކަށް 2 ރުފިޔާގެ ރޭޓުން ކުލިނަގާ ގޮތަށެވެ.

ބިލުގައި ކަނޑައަޅައިފައިވާ ނިޒާމުގެ ދަށުން އެކި ބޭނުންތަކަށް ދޫކުރެވޭ ފަޅުރަށްރަށާއި ފަޅު އެކަށައަޅުއްވާނީ ރައީސުލްޖުމްހޫރިއްޔާ އެވެ. ފަތުރުވެރިކަމާއި، ސިނާއީ ބޭނުމަށާއި ދައުލަތުގެ ބޭނުމަށް ފިޔަވައި ކައުންސިލުތަކުގެ އިޚްތިޞާޞްގައި ހިމެނޭ ފަޅުރަށްރަށް އެކި ބޭނުންތަކަށް އެކަށައަޅާނީ ކައުންސިލު ތަކުންނެވެ.

މި ބިލުގައި ބަޔާންކުރާ ކަންކަމަށް ޢަމަލުކުރަން ފަށާނީ މި ބިލު ތަޞްދީޤުކުރައްވައި ދިވެހިސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރާތާ 30 ދުވަސް ހަމަވާ ތާރީޚުން ފެށިގެންނެވެ. މިއާއެކު، ކުރިން ޢަމަލުކުރަމުން އައި ޤާނޫނު ނަންބަރު 98/20 (ދިވެހިރާއްޖޭގެ ފަޅުރަށްރަށާބެހޭ ޤާނޫނު) އުވުނީ އެވެ.

ފަޅުރަށާއި ފަޅު ކުއްޔަށްދިނުމާބެހޭ ބިލު

އެންމެ ހިނގާ

1

އީރާން އިން ޓެރަރިސްޓް ގުރޫޕަކާ ދެކޮޅަށް ވަރުގަދަ އޮޕަރޭޝަނެއް ހިންގައިފި

2

"އީރާނާ ދެކޮޅަށް ނިއުކްލިއާ ހަތިޔާރު ބޭނުންކޮށްފާނެ"

3

ބަޔޮލޮޖިކަލް ގޮތުން އެއްވެސް ގުޅުމެއް ނެތް ދެ ކުދިން އޮސްޓްރޭލިއާގައި އަންހެނަކު އެއްމާބަނޑު ކުދިންގެ ގޮތުގައި ވިހައިފި

4

ޑޮަލަރު ނުލިބެނީ ކުރީ ސަރުކާރާ ހެދި. ޕާސްޕޯޓް ނުލިބެނީ ޖަރުމަނުވިލާތާ ހެދި. މި ސަރުކާރުން ޒިންމާ ނަގާނީ ކޮންއިރަކު؟

5

އަބްރަހަމް ލިންކަން އެނބުރި ޤައުމަށް ދިޔުމުގެ ތެރޭގައި ސިންގަޕޫރު ކައިރިން ދަތުރުކޮށްފި

އިތުރަށް ކިޔާލަން

17 މާރިޗު 2017

ފަހިރޯދި ދޯނި ނުގެއްލޭ: ފަޅުވެރިން

17 މާރިޗު 2017
ފަހިރޯދި ދޯނި ނުގެއްލޭ: ފަޅުވެރިން
15 މާރިޗު 2017

ހައިކޯޓުގެ އެކިގޮފިތަކަށް ފަނޑިޔާރުން ބަދަލުކުރެވޭ ގޮތް ހަދައިފި

15 މާރިޗު 2017
ހައިކޯޓުގެ އެކިގޮފިތަކަށް ފަނޑިޔާރުން ބަދަލުކުރެވޭ ގޮތް ހަދައިފި
13 މާރިޗު 2017

މިދިޔަ އަހަރު ތަފާތު އެކި ހައްގުތައް ގެއްލިގެން 533 މައްސަލަ ހުށަހެޅުނު: އެޗްއާރުސީއެމް

13 މާރިޗު 2017
މިދިޔަ އަހަރު ތަފާތު އެކި ހައްގުތައް ގެއްލިގެން 533 މައްސަލަ ހުށަހެޅުނު: އެޗްއާރުސީއެމް
28 ފެބުރުއަރީ 2017

އިސްކަންދަރު ސުކޫލުގެ އެކި މަޤާމުތަކަށް ހޮވުނު ކުދިންނަށް މަޤާމުތައް ހަވާލު ކޮށްފި

28 ފެބުރުއަރީ 2017
އިސްކަންދަރު ސުކޫލުގެ އެކި މަޤާމުތަކަށް ހޮވުނު ކުދިންނަށް މަޤާމުތައް ހަވާލު ކޮށްފި
18 ފެބުރުއަރީ 2017

ރާއްޖޭގެ މެދުތެރެއާއި ދެކުނުގެ އެކި ހިސާބުތަކަށް ކަނޑުގަދަވުމާއެކު ވިއްސާރަކުރާނެ: މެޓް

18 ފެބުރުއަރީ 2017
ރާއްޖޭގެ މެދުތެރެއާއި ދެކުނުގެ އެކި ހިސާބުތަކަށް ކަނޑުގަދަވުމާއެކު ވިއްސާރަކުރާނެ: މެޓް
11 ފެބުރުއަރީ 2017

!ޕީޕީއެމް ގެ ޓީމުތައް ޕާޓީގެ މެމްބަރުން އިތުރު ކުރުމަށް މާލޭގެ އެކި ސަރަހައްދުތަކުގައި ހަރަކާތްތެރިވަނީ

11 ފެބުރުއަރީ 2017
!ޕީޕީއެމް ގެ ޓީމުތައް ޕާޓީގެ މެމްބަރުން އިތުރު ކުރުމަށް މާލޭގެ އެކި ސަރަހައްދުތަކުގައި ހަރަކާތްތެރިވަނީ
05 ފެބުރުއަރީ 2017

އަނެއްކާވެސް އެކިއެކި ޕްރޮމޯޝަންތަކުގެ ނަމުގައި މަކަރު ހަދައިގެން ފައިސާ ހޯދާ މައްސަލަތައް އިތުރުވެއްޖެ

05 ފެބުރުއަރީ 2017
އަނެއްކާވެސް އެކިއެކި ޕްރޮމޯޝަންތަކުގެ ނަމުގައި މަކަރު ހަދައިގެން ފައިސާ ހޯދާ މައްސަލަތައް އިތުރުވެއްޖެ
04 ފެބުރުއަރީ 2017

ކާނަލް ޒިޔާދުގެ މަސްލަހަތު އޮންނަ ކުންފުންޏަކުން އެނބޫދޫ ފަޅުގައި 10 ރިސޯޓް ހަދަނީ!

04 ފެބުރުއަރީ 2017
ކާނަލް ޒިޔާދުގެ މަސްލަހަތު އޮންނަ ކުންފުންޏަކުން އެނބޫދޫ ފަޅުގައި 10 ރިސޯޓް ހަދަނީ!
25 ޖެނުއަރީ 2017

ސީއެމްބިއުލާންސުގެ ފަޅުވެރިން ހަމަނުވުމުން، ފަޅުވެރިން ހަމަޖައްސަން ޖެހުނީ އާއިލާއަށް!

25 ޖެނުއަރީ 2017
ސީއެމްބިއުލާންސުގެ ފަޅުވެރިން ހަމަނުވުމުން، ފަޅުވެރިން ހަމަޖައްސަން ޖެހުނީ އާއިލާއަށް!
13 ޖެނުއަރީ 2017

އަލިފާން ރޯވި "މާކޯ ޕޯލޯ 2" ބޯޓުގެ ފަޅުވެރިން މާލެ ގެނެސްފި

13 ޖެނުއަރީ 2017
އަލިފާން ރޯވި "މާކޯ ޕޯލޯ 2" ބޯޓުގެ ފަޅުވެރިން މާލެ ގެނެސްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް