Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުމަގޭ ރިޕޯޓް

ސަރުކާރުން ދައްކާ ބިރަށް ރައްޔިތުން ކުރަނީ މަލާމާތް: އެއްކަލަ އެތި އުޅެނީ ކިހާވަރަކަށްތަ؟ މިއަދު ވައިޖެހޭ ބާރު މިނަކީ 22ށް ވުރެ މަތިންތަ؟

22 އޯގަސްޓު 2026 | ހޮނިހިރު 08:48

ޑޮލަރުގެ ރަސްމީ ރޭޓް ދަށްކުރުމަށް ސަރުކާރުން ވި ވައުދު ނުފުއްދި، ކަޅު ބާޒާރުގައި އަގު އުފުލުމާ ގުޅިގެން އާންމުންގެ ފާޑުކިޔުން ވަނީ އިތުރުވެފައި. މި ހަގީގަތް ފޮރުވުމަށްޓަކައި ޑޮލަރުގެ އަގު ހާމަކުރުން މަނާކޮށް ބޮޑެތި ޖޫރިމަނާތައް ކަނޑައަޅަން އުޅުމަކީ އިގްތިސާދީ މައްސަލަތަކަށް އޮތް ހައްލެއް ނޫންކަމަށް ގިނަ ބަޔަކު ދެކޭ. އެހެންކަމުން ބިރުދެއްކުމުގެ ބަދަލުގައި ހަރުދަނާ ސިޔާސަތުތަކެއްގެ ތެރެއިން މައްސަލަ ހައްލުކުރުން މުހިންމު

އަމްނާ އިމާދު
އަމްނާ އިމާދު | 22 އޯގަސްޓު 2026 | ހޮނިހިރު 08:48
ރައީސް ޑރ. މުހައްމަދު މުއިއްޒު - އެމަނިކުފާނުގެ ވެރިކަމުގައި ޑޮލަރުގެ ކަޅުބާޒާރު ފުޅާވެ، ރޭޓު ދަނީ އެއްދުވަހުން އަނެއް ދުވަހަށް އިތުރުވަމުން

ރައީސް ޑރ. މުހައްމަދު މުއިއްޒު - އެމަނިކުފާނުގެ ވެރިކަމުގައި ޑޮލަރުގެ ކަޅުބާޒާރު ފުޅާވެ، ރޭޓު ދަނީ އެއްދުވަހުން އަނެއް ދުވަހަށް އިތުރުވަމުން | ރާއްޖެއެމްވީ

މިއަދު ދިވެހި މުޖުތަމައުގައި ދެމީހަކު ބައްދަލުވާ ހިނދު ސަލާމް ގޮވާލުމަށްފަހު، އެންމެ ފުރަތަމަ ވެސް ކުރެވޭ ސުވާލަކީ ''އެއްކަލަ އެތި އުޅެނީ ކިހާވަރަކަށްތަ'' ނުވަތަ ''މިއަދު ވައިޖެހޭ ބާރުމިނަކީ 22 އަށް ވުރެ މަތިންތަ'' އެވެ. މިއީ ހަމައެކަނި ސަމާސާއަކަށް މިއަދު ދައްކާ ވާހަކައެއް ނޫނެވެ. މިއީ ގައުމުގެ އިގްތިސާދީ ހާލަތު އިންތިހާއަށް ގޯސްވެ، ޑޮލަރުގެ އަގު އުފުލި، އާންމު ރައްޔިތުންގެ ދިރިއުޅުމުގެ ޚަރަދުތައް އަތް ނުފޯރާ ފަށަށް ދިއުމުން އުފެދިފައިވާ މާޔޫސްކަމާއި ފާޑުކިޔުމުގެ އަޑެވެ.

މިއަޑު ގައުމުގައި ގަދަވެފައިވާއިރު، ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގެންނެވީ ޑޮލަރުގެ އަގު ކުޑަކޮށްދެއްވާނެ ކަމަށާއި، ރައްޔިތުންނަށް ލުއިފަސޭހަ ގޮތްތަކެއް ހަމަޖައްސައިދެއްވާނެ ކަމުގެ ފޮނި ވައުދުފުޅުތަކާ އެކުގަ އެވެ. ރައްޔިތުން މަޖިލިސް އިންތިޚާބުގެ މެޖޯރިޓީ ސަރުކާރު ހިންގާ ޕީއެންސީއަށް ލިބިއްޖެނަމަ، ޑޮލަރުގެ ކަޅު ބާޒާރު ނައްތާލައި، ރަސްމީ ރޭޓް ކަމުގައިވާ 15.42 އަށް ޑޮލަރު ތިރިކުރައްވާނެ ކަމަށް އިގްތިސާދީ ވަޒީރު މުހައްމަދު ސައީދު ތަކުރާރުކޮށް ވިދާޅުވެފައިވެ އެވެ. ނަމަވެސް، ރިސޯޓުތަކުން ޑޮލަރު މާރުކުރުން މަޖުބޫރުކުރި ސިޔާސަތުތަކާ އެކު، މާކެޓުގައި ޑޮލަރުގެ ތަދުމަޑުކަން އުފެދި، ކަޅު ބާޒާރުގައި ޑޮލަރުގެ ރޭޓް ވަނީ 22 ރުފިޔާއަށް ވުރެ މައްޗަށް އުފުލިފަ އެވެ.

މީހަކު ޑޮލަރުތަކެއް އަތައް ލައިގެން ގުނަނީ

މީހަކު ޑޮލަރުތަކެއް އަތައް ލައިގެން ގުނަނީ | ސޯޝަލް މީޑިއާ

މިއާއެކު ރައްޔިތުންގެ ޝަކުވާ އާއި ފާޑުކިޔުން ސަރުކާރަށް އިންތިހާއަށް އަމާޒުވާން ފެށުމުގައި އަގު ސިއްރުކުރުމާއި ގާނޫނީ ބިރުދެއްކުމުގެ މަސައްކަތް ސަރުކާރުން މިވަނީ ފަށާފަ އެވެ. 

އިހްތިސާދީ ގޮތުން ހަރުދަނާ ފިޔަވަޅުތަކެއް އެޅުމުގެ ބަދަލުގައި، ސަރުކާރުގެ އަގުލަބިއްޔަތު އޮތް މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ފެނިގެންދިޔައީ ހަގީގަތް ފޮރުވުމަށް މަސައްކަތްކުރި ތަނެވެ. ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ބުނެ ވާހަކަ ދެއްކުމާއި، ކަޅު ބާޒާރުގެ އަގު ހާމަކުރުން މަނާކޮށް ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރެވޭ ގޮތަށް އިސްލާހު ގެނައުމަކީ ރައްޔިތުންގެ އަޑު ކަނޑުވާލަން އެޅި ފިޔަވަޅެއްކަން ކަށަވަރެއްނޫންތޯ އެވެ.

ބޭރު ފައިސާއާ ބެހޭ ބިލަށް މިގެނައި އިސްލާހު އަދި މަޖިލީހުން ފާސްކޮށް ތަންފީޒު ނުކުރި ނަމަވެސް މިހާރު ވެސް މުޅި މުޖުތަމައުގައި ސަރުކާރަށް މަލާމާތް ކުރަން ވަނީ ފަށާފަ އެވެ.  މުޅި ސޯޝަލް މީޑިއާ ފުރާލާފައިވަނީ ޑޮލަރަށް ކިޔާ ތަފާތު ނަންނަމުންނެވެ. 'ލޮޑަރު'، 'އޮރެންޖް'، 'ބުދު ޖެހި ނޯޓު' ފަދަ ނަންނަމުން ޑޮލަރު ސިފަކޮށް، މޫސުމުގެ ފިނިހޫނުމިނާއި ވައިގެ ބާރުމިނުގެ ނަމުގައި ޑޮލަރުގެ އަގު ހާމަކުރަން ވަނީ ފަށާފަ އެވެ. މިއީ ސަރުކާރުގެ ނާގާބިލު ސިޔާސަތުތަކަށް އާންމުން ދިން މަޖާ ނަމަވެސް ވަރުގަދަ ރައްދެކެވެ. ސޯޝަލް މީޑިއާ ފަދަ ހުޅުވިފައިވާ ޕްލެޓްފޯމުތައް ކޮންޓްރޯލް ނުކުރެވޭނެކަން މިއިން ސާބިތުވެ އެވެ.

ކަޅުބާޒާރުގެ އަގުތައް ހާމަ ނުކުރެވޭ އިސްލާހެއް ފާސްކޮށްފައިވާތީ ސަރުކާރަށް މަލާމަތްކޮށް ސޯޝަލް މީޑިއާގައި އާއްމުކޮށްފައިވާ ޕޯސްޓެއް. މިފަދަ ގިނަ ޕޯސްޓުތައް ދަނީ ދައުރުވަމުން

ކަޅުބާޒާރުގެ އަގުތައް ހާމަ ނުކުރެވޭ އިސްލާހެއް ފާސްކޮށްފައިވާތީ ސަރުކާރަށް މަލާމަތްކޮށް ސޯޝަލް މީޑިއާގައި އާއްމުކޮށްފައިވާ ޕޯސްޓެއް. މިފަދަ ގިނަ ޕޯސްޓުތައް ދަނީ ދައުރުވަމުން | ސޯޝަލް މީޑިއާ

ކަންމިހެން އޮތްއިރު، މާދުރު ނޫން މާޒީގެ ތަޖުރިބާއިން މިސަރުކާރަށް އިބުރަތް ހާސިލުނުކުރެވުމަކީ ވަރަށް ދެރަވެސް ކަމެއްނުންތޯ އެވެ.

ހަގީގަތް ފޮރުވުމަށްޓަކައި މީގެ ކުރިން ވެސް ސަރުކާރުން މިފަދަ ކަންކަން ކޮށްފައިވެ އެވެ. ރާއްޖޭގެ ނޫހަކުން ނެރުނު ޑޮކިއުމެންޓްރީއާ ގުޅިގެން ނެރުނު ގެގް އޯޑަރުގެ ސަބަބުން ވެސް ވީ ކަމަކީ އެ ވާހަކަ މުޅި ރާއްޖެއަށް ފެތުރުމެވެ. އިހުތިޖާޖުތަކާއި މަލާމާތް ސަރުކާރަށް އިތުރުވުން ނޫން ކަމެއް ނުވެ އެވެ. އެ ވާހަކަ ނުދައްކާ މީހަކު ރާއްޖޭގައި މަދުވާނެ އެވެ. އޭއައި ކެރެކްޓަރތައް ބޭނުންކޮށްގެން ކުދި ވީޑިއޯ ކްލިޕްތަކުން މުޅި ސޯޝަލް މީޑިއާ ފުރާލި އެވެ. އަދި ގެގް އޯޑަރާއި ހިލާފުވި ކަމަށް ނިންމައި، ދެ ނޫސްވެރިއަކު ޖަލަށްލުން ފިޔަވައި އިތުރު ކަމެއް ނުވި އެވެ. އެ ވާހަކަތައް ދެއްކުން ނުހުއްޓުވުނެވެ.

އެހެންކަމުން ބާރާއި ނުފޫޒު ބޭނުންކޮށްގެން ނޫސްވެރިންނާއި ރައްޔިތުން ހުއްޓުވަން މަސައްކަތް ކުރުމަކީ ސަރުކާރުން އަޅާނެ އެންމެ މޮޔަ ފިޔަވަޅެވެ. މާޒީއަށް ބަލާއިރު ވެސް މުޅި ދުނިޔެއިން ފެންނަން އޮތް ހަގީގަތަކީ މިއީ ނުންތޯ އެވެ. ސަރުކާރަކުން ރައްޔިތުންނަށް ދިމާވާ ދަތިތަކާއި އިގްތިސާ މައްސަލަތައް ހައްލުކުރަން ޖެހޭނީ ހަރުދަނާ ސިޔާސަތުތަކެއްގެ ތެރެއިންނެވެ. ބިރުދެއްކުމާއި ބޭނުން ގޮތަކަށް ވިސްނާލުމެއް ނެތި ގާނޫނުތައް ބަދަލުކޮށް ހެދުމަކީ ހަގީގަތް ބަދަލުކުރެވޭނެ ކަމެއް ނޫނެވެ. ދެމީހަކު ދިމާވާއިރު މިއަދު އަހާ ''އެއްކަލަ އެތީގެ އަގަކީ'' ސަރުކާރުގެ އިގްތިސާދީ ނާކާމިޔާބީގެ ސާފު ހެއްކެއްކަމާ މެދު ޝައްކަތް ނެތެވެ.

ބޭރު ފައިސާގެ ވިޔަފާރިޑޮލަރުގެ މައްސަލަމުއިއްޒު ސަރުކާރު

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

4

މިނިސްޓަރު އަމީން ރަޝިޔާ އަށް ކުރެއްވި ދަތުރުފުޅާ މެދު ރާއްޖޭގެ ޓްރެވަލް އެޖެންޓުންގެ ޖަމްއިއްޔާ އިން ކަންބޮޑުވެއްޖެ

5

ސްޓޮކް ހުސްވަމުންދާތީ އައު ޕާސްޕޯޓް ދޫކުރުން ކޮންޓްރޯލްކޮށް، މިހާރު ބޭނުންކުރާ ޕާސްޕޯޓްތަކުގެ މުއްދަތު މެނުއަލްކޮށް އިތުރު ކުރުމާގުޅޭ ގޮތުން މަޝްވަރާކުރަނީ!

އިތުރަށް ކިޔާލަން

22 އޯގަސްޓު 2026

ކަޅު ބާޒާރުގައި ޑޮލަރުގެ އަގުތަކުގެ ވާހަކަ ދައްކާ މީހުން ޖޫރިމަނާކޮށް އަދަބު ދިނުމަކީ އެ މައްސަލައަށް އޮތް ހައްލެއް ނޫން: އަމްރު

22 އޯގަސްޓު 2026
ކަޅު ބާޒާރުގައި ޑޮލަރުގެ އަގުތަކުގެ ވާހަކަ ދައްކާ މީހުން ޖޫރިމަނާކޮށް އަދަބު ދިނުމަކީ އެ މައްސަލައަށް އޮތް ހައްލެއް ނޫން: އަމްރު
21 އޯގަސްޓު 2026

ބަޖެޓުގައި ބިލިއަން، ފާމަސީތައް ހުސްއަތާ: ސިއްހީ ދާއިރާ މިއޮތީ ފްލެޓްލައިން ވެފައި!

21 އޯގަސްޓު 2026
ބަޖެޓުގައި ބިލިއަން، ފާމަސީތައް ހުސްއަތާ: ސިއްހީ ދާއިރާ މިއޮތީ ފްލެޓްލައިން ވެފައި!
21 އޯގަސްޓު 2026

މިސަރުކާރުގައި ކުރިނބީގެ ގިނަ މަޝްރޫއުތައް ހުއްޓިފައި، ފެނާއި ނަރުދަމާގެ 90 އިންސައްތަ ނިމިފައިވީ ނަމަވެސް އަދިވެސް ޚިދުމަތް ނުދެވޭ!

21 އޯގަސްޓު 2026
މިސަރުކާރުގައި ކުރިނބީގެ ގިނަ މަޝްރޫއުތައް ހުއްޓިފައި، ފެނާއި ނަރުދަމާގެ 90 އިންސައްތަ ނިމިފައިވީ ނަމަވެސް އަދިވެސް ޚިދުމަތް ނުދެވޭ!
21 އޯގަސްޓު 2026

ރައީސް މުއިއްޒުއާ ވަކިވަކިން ބައްދަލުކުރާ "ރައްޔިތުންގެ އަޑު" ސިލްސިލާގެ އިތުރު ބައްދަލުވުންތަކެއް ކުރިއަށް ގެންގޮސްފި

21 އޯގަސްޓު 2026
ރައީސް މުއިއްޒުއާ ވަކިވަކިން ބައްދަލުކުރާ "ރައްޔިތުންގެ އަޑު" ސިލްސިލާގެ އިތުރު ބައްދަލުވުންތަކެއް ކުރިއަށް ގެންގޮސްފި
20 އޯގަސްޓު 2026

ކަޅު ބާޒާރުގައި ބުރާސްފަތި ދުވަހު ވެސް ޑޮލަރުގެ އަގު ހުރީ 22.85 ގައި!

20 އޯގަސްޓު 2026
ކަޅު ބާޒާރުގައި ބުރާސްފަތި ދުވަހު ވެސް ޑޮލަރުގެ އަގު ހުރީ 22.85 ގައި!
20 އޯގަސްޓު 2026

ބޭރުފައިސާގެ ބިލަށް ކޮމިޓީން އިސްލާހު ގެނައީ ފަންނީ އެއްވެސް ބޭފުޅެއްގެ ލަފާ ހޯދުމެއް ނެތި: ޝަމްހީދު

20 އޯގަސްޓު 2026
ބޭރުފައިސާގެ ބިލަށް ކޮމިޓީން އިސްލާހު ގެނައީ ފަންނީ އެއްވެސް ބޭފުޅެއްގެ ލަފާ ހޯދުމެއް ނެތި: ޝަމްހީދު
19 އޯގަސްޓު 2026

ރައީސް މުއިއްޒުއަށް އެނގިވަޑައިގެން ކަޅުބާޒާރުން ސަރުކާރުގެ ކުންފުނިތަކުން ދިޔައީ ޑޮލަރު ގަންނަމުން

19 އޯގަސްޓު 2026
ރައީސް މުއިއްޒުއަށް އެނގިވަޑައިގެން ކަޅުބާޒާރުން ސަރުކާރުގެ ކުންފުނިތަކުން ދިޔައީ ޑޮލަރު ގަންނަމުން
19 އޯގަސްޓު 2026

ކަޅު ބާޒާރުގައި ޑޮލަރެއްގެ އަގު 22.85 ރުފިޔާއަށް ވުރެ މައްޗަށް!

19 އޯގަސްޓު 2026
ކަޅު ބާޒާރުގައި ޑޮލަރެއްގެ އަގު 22.85 ރުފިޔާއަށް ވުރެ މައްޗަށް!
18 އޯގަސްޓު 2026

ފަތުރުވެރިންނަށް އައިލެންޑް އޭވިއޭޝަނުން ވިއްކާ ޓިކެޓުގެ އަގު ހެޔޮކުރަން ނިންމައިފި

18 އޯގަސްޓު 2026
ފަތުރުވެރިންނަށް އައިލެންޑް އޭވިއޭޝަނުން ވިއްކާ ޓިކެޓުގެ އަގު ހެޔޮކުރަން ނިންމައިފި
18 އޯގަސްޓު 2026

ކޮޕަރ ވަޔަރުތައް ވަގަށް ގެންދާ މައްސަލަ ކެބިނެޓުގައި މަޝްވަރާކޮށްފި

18 އޯގަސްޓު 2026
ކޮޕަރ ވަޔަރުތައް ވަގަށް ގެންދާ މައްސަލަ ކެބިނެޓުގައި މަޝްވަރާކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް