Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރައްޔިތުންގެ މަޖިލިސް

ބޭރު ފައިސާއާ ބެހޭ ގަވާއިދާ އެއްގޮތަށް ޑޮލަރު މާރުނުކުރާ ފަރާތްތަކާމެދު ފިޔަވަޅު އަޅައި، އެ ފަރާތްތަކުގެ މައުލޫމާތު ހާމަކުރަން އެދެފި

19 އޯގަސްޓު 2026 | ބުދަ 08:34

ބޭރު ފައިސާއާ ބެހޭ ގަވާއިދާ އެއްގޮތަށް ޑޮލަރު މާރުނުކުރާ ރިސޯޓުތަކާއި ގެސްޓްހައުސްތަކުގެ މައުލޫމާތު ހާމަކުރުމަށް އެދި ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް އެމްއެމްއޭގެ ގަވަރުނަރަށް ސިޓީއެއް ފޮނުއްވައިފި. މި ސިޓީގައި ގަވާއިދަށް އަމަލުނުކުރާ ފަރާތްތަކުގެ ނަންތައް ހާމަނުކުރާ ސަބަބާއި، އެ ފަރާތްތަކާމެދު އަޅާނެ އިތުރު ފިޔަވަޅުތަކާ ގުޅޭގޮތުން މެންބަރު ވަނީ ސުވާލު ކުރައްވާފަ. އެމްއެމްއޭ އިން މިފަދަ ކަންކަމުގައި ޖަވާބުދާރީވުމަކީ މާލީ ނިޒާމަށް އޮތް އިތުބާރު ބޮޑުވާނެ ކަމެއްކަންވެސް މެންބަރު ފާހަގަކުރެއްވި.

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް | 19 އޯގަސްޓު 2026 | ބުދަ 08:34
ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ)

ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ) | ރައްޔިތުންގެ މަޖިލިސް

ބޭރު ފައިސާއާ ބެހޭ ގަވާއިދާ އެއްގޮތަށް ޑޮލަރު މާރުނުކުރާ ފަރާތްތަކާ މެދު ފިޔަވަޅު އަޅައި، އެ ފަރާތްތަކުގެ މައުލޫމާތު ހާމަކުރުމަށް، ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހީމް (ކުޑޫ) އެދިވަޑައިގެންފި އެވެ. 

މޯލްޑިވްްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ ގަވަރުނަރު އަހުމަދު މުނައްވަރު އަށް އެޑްރެސް ކުރައްވާ ފޮނުއްވި ސިޓީއެއްގައި މެންބަރު ވިދާޅުވީ އެމްއެމްއޭ އިން ދާދިފަހުން މީޑިއާތަކަށް ދީފައިވާ މައުލޫމާތުތަކަށް ބަލާއިރު ރާއްޖޭގައި ހިންގާ ގިނަ އަދަދެއްގެ ގެސްޓް ހައުސްތަކުން ގާނޫނާ އެއްގޮތަށް ޑޮލަރު މާރުކުރުމުން ނުދާކަން ފާހަގަ ކޮށްފައިވާ ކަމަށެވެ. އަދި ތިން ރިސޯޓަކުން އެއްވެސް ވަރަކަށް ބޭންކުތަކަށް ޑޮލަރު މާރުކުރަމުން ނުދާ ކަމަށާއި އެ ތިން ރިސޯޓު ޖޫރިމަނާ ކޮށްފައިވާ ކަމަށް ވެސް އެމްއެމްއޭ އިން ހާމަކޮށްފައިވާ ކަމަށެވެ. 

Advertisement - newsAdvertisement

އެހެންކަމުން އެކަމާ ގުޅިގެން މެންބަރުގެ ސުވާލުތަކަށް ޖަވާބު ދެއްވުމަށް ވަނީ އެދިވަޑައިގެންފަ އެވެ. އެ ސިޓީގައި މެންބަރު ވަނީ 4 ސުވާލެއް، ގަވަރުނަރާ ކުރައްވާފަ އެވެ. 

އެގޮތުން ގަވާއިދާ އެއްގޮތަށް ޑޮލަރު މާރުނުކުރާ ގެސްޓް ހައުސްތަކާ އަދި ޚާއްސަކޮށް އެއްވެސް ވަރަކަށް ޑޮލަރު މާރުނުކުރާ ކަމަށް ފާހަގަ ކުރެވުނު ރިސޯޓުތަކަކީ ކޮބައިތޯ އެއްސެވުމާއެކު  އެ ފަރާތްތަކުގެ ނަންތައް މިހާތަނަށް ހާމަނުކޮށް އޮތީ ކޮން ސަބަބަކާ ހުރެ ތޯ މެންބަރު ސުވާލު ކުރެއްވި އެވެ. 

އޭގެ އިތުރުން އެ ފައިސާ އެ ފަރާތްތަކުން ހޯދުމަށް މިހާތަނަށް ކުރެވިފައިވާ މަސައްކަތްތަކަކީ ކޮބައިތޯ އާއި ރައްޔިތުންގެ މަސްލަހަތު ހިމެނޭ މިފަދަ ކަންކަމުގައި އިހުމާލުވާ ފަރާތްތައް ހާމަކުރުމަކީ ގަވާއިދު ތަންފީޒު ކުރުމަށް ލިބޭ ބާރަކަށް ނުވާނެތޯ މެންބަރު ސުވާލު އުފައްދަވާފައިވެ އެވެ. 

މެންބަރު ވިދާޅުވީ ޑޮލަރު މާރުނުކުރާ ފަރާތްތަކާމެދު މިހާރު ކުރަމުންދާ ޖޫރިމަނާގެ އިތުރުން އެ ފަރާތްތައް ގާނޫނީ އިމުގެ ތެރެއަށް ވެއްދުމަށްޓަކައި އެމްއެމްއޭ އިން އެޅުމަށް ގަސްތުކުރާ އިތުރު ފިޔަވަޅުތަކަކީ ކޮބައި ހޯދުމަށް ވެސް އެދިވަޑައިގަންނަވާ ކަމަށެވެ. 

ދިވެހިރާއްޖޭގެ މާލީ ނިޒާމު ހަރުދަނާ ކުރުމަށް ކުރެވޭ މަސައްކަތްތައް ދެފުށް ފެންނަ އަދި ޖަވާބުދާރީވަނިވި އުސޫލެއްގެ މަތިން ކުރިއަށް ގެންދިޔުމަކީ އެމްއެމްއޭ އަށް އޮތް އާންމު ރައްޔިތުންގެ އިތުބާރު އިތުުރުވެ، ހަރުދަނާވެގެން ދާނެ ކަމެއް ކަމުގައި ދެކޭ ކަމަށް ވެސް މެންބަރު ވިދާޅުވި އެވެ. 

މުހައްމަދު އިބްރާހީމްއަހުމަދު މުނައްވަރުމޯލްޑިވްސް މަނިޓަރީ އޮތޯރިޓީޑޮލަރު މާރުކުރުން

އެންމެ ހިނގާ

1

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

2

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

3

މަރާލާ ނުވަތަ އަތުލައިގަންނަ އެމެރިކާގެ ކޮންމެ ސިފައިންގެ މީހަކަށް 30،000 ޑޮލަރުގެ އިނާމު އީރާނުން ހުށަހަޅައިފި

4

ގެއްލުނު ޕައިލެޓުންގެ ތަހުގީގަށް މަގުފަހިކޮށްދޭން އީރާނުން ގަތަރަށް ގޮވާލައިފި

5

މަޝްހޫރު ބަތަލާ ހޭޑަން ޕެނެޓިއޭ 36 އަހަރުގައި މަރުވެފައި އޮއްވާ ފެނިއްޖެ

އިތުރަށް ކިޔާލަން

16 އޯގަސްޓު 2026

އަހަރެއްގެ ތެރޭގައި ރަސްމީ ރިޒާވުން 136 މިލިއަން ޑޮލަރު އުނިވެއްޖެ

16 އޯގަސްޓު 2026
އަހަރެއްގެ ތެރޭގައި ރަސްމީ ރިޒާވުން 136 މިލިއަން ޑޮލަރު އުނިވެއްޖެ
16 އޯގަސްޓު 2026

އިގްތިސާދީ ހާލަތު ބޮއްސުންލާފައިވާތީ މާލިއްޔަތު ކޮމިޓީ އިން އެމްއެމްއޭއާ އެކު ބޭއްވި ބައްދަލުވުން ސިއްރުކޮށްފި

16 އޯގަސްޓު 2026
އިގްތިސާދީ ހާލަތު ބޮއްސުންލާފައިވާތީ މާލިއްޔަތު ކޮމިޓީ އިން އެމްއެމްއޭއާ އެކު ބޭއްވި ބައްދަލުވުން ސިއްރުކޮށްފި
16 އޯގަސްޓު 2026

ހައްޖު ކިއު އާންމުކޮށް ހާމަކުރެވޭނެ ގޮތެއް ހޯދުމަށް ހައްޖު ކޯޕަރޭޝަން މަޖިލީހަށް ހާޒިރުކުރަނީ

16 އޯގަސްޓު 2026
ހައްޖު ކިއު އާންމުކޮށް ހާމަކުރެވޭނެ ގޮތެއް ހޯދުމަށް ހައްޖު ކޯޕަރޭޝަން މަޖިލީހަށް ހާޒިރުކުރަނީ
13 އޯގަސްޓު 2026

ހުޅުމާލޭގެ މެކޭނިކަލް ޕާކިންގ ސިސްޓަމްތައް ބޭނުންނުކޮށް ލަސްވާތީ އެޗްޑީސީގެ އެމްޑީއަށް މެންބަރު ކުޑޫގެ ސުވާލުތަކެއް!

13 އޯގަސްޓު 2026
ހުޅުމާލޭގެ މެކޭނިކަލް ޕާކިންގ ސިސްޓަމްތައް ބޭނުންނުކޮށް ލަސްވާތީ އެޗްޑީސީގެ އެމްޑީއަށް މެންބަރު ކުޑޫގެ ސުވާލުތަކެއް!
11 އޯގަސްޓު 2026

އެމްއެމްއޭ އިން ބޭންކުތަކަށް ވިއްކާ ޑޮލަރުގެ މިންވަރު އިތުރުކޮށްފި

11 އޯގަސްޓު 2026
އެމްއެމްއޭ އިން ބޭންކުތަކަށް ވިއްކާ ޑޮލަރުގެ މިންވަރު އިތުރުކޮށްފި
11 އޯގަސްޓު 2026

ބޭރު ފައިސާގެ އެކްސްޗޭންޖް ހާލަތު ގޯސްވުމުގެ މައްސަލައިގައި އެމްއެމްއޭގެ ގަވަރުނަރު މަޖިލީހަށް ހާޒިރުކުރަން އެމްޑީޕީ އިން އެދިއްޖެ

11 އޯގަސްޓު 2026
ބޭރު ފައިސާގެ އެކްސްޗޭންޖް ހާލަތު ގޯސްވުމުގެ  މައްސަލައިގައި އެމްއެމްއޭގެ ގަވަރުނަރު މަޖިލީހަށް ހާޒިރުކުރަން އެމްޑީޕީ އިން އެދިއްޖެ
08 އޯގަސްޓު 2026

ތައުލީމީ ދާއިރާއާ ގުޅޭގޮތުން ގިނަ މައުލޫމާތުތަކެއް ސާފުކުރުމަށް އެދި މެންބަރު ކުޑޫގެ ސިޓީއެއް މިނިސްޓަރު ޝަފީއު އަށް

08 އޯގަސްޓު 2026
ތައުލީމީ ދާއިރާއާ ގުޅޭގޮތުން ގިނަ މައުލޫމާތުތަކެއް ސާފުކުރުމަށް އެދި މެންބަރު ކުޑޫގެ ސިޓީއެއް މިނިސްޓަރު ޝަފީއު އަށް
03 އޯގަސްޓު 2026

ކުނި އުކާލުމުގެ ތެރެއިން ހުޅުމާލޭ ފަޅުތެރެއަށް ކުނި އެޅި، ފަޅު ހަޑިވަމުންދާ މައްސަލައިގައި މެންބަރު ކުޑޫގެ ސުވާލުތަކެއް ވެމްކޯގެ އެމްޑީ މުޖުތަބާ އަށް!

03 އޯގަސްޓު 2026
ކުނި އުކާލުމުގެ ތެރެއިން ހުޅުމާލޭ ފަޅުތެރެއަށް ކުނި އެޅި، ފަޅު ހަޑިވަމުންދާ މައްސަލައިގައި މެންބަރު ކުޑޫގެ ސުވާލުތަކެއް ވެމްކޯގެ އެމްޑީ މުޖުތަބާ އަށް!
02 އޯގަސްޓު 2026

މާރިޗު މަހު ރިޒާވްގައި ހުރި 1.3 ބިލިއަން ޑޮލަރު، ޖޫން މަހުގެ ނިޔަލަށް 686.8 މިލިއަން ޑޮލަރަށް ދަށްވެއްޖެ

02 އޯގަސްޓު 2026
މާރިޗު މަހު ރިޒާވްގައި ހުރި 1.3 ބިލިއަން ޑޮލަރު، ޖޫން މަހުގެ ނިޔަލަށް 686.8 މިލިއަން ޑޮލަރަށް ދަށްވެއްޖެ
02 އޯގަސްޓު 2026

މި އަހަރުގެ ފުރަތަމަ 6 މަސް ދުވަހު ރާއްޖެއިން ބޭރު ކުރި މަހުގެ މިންވަރު ވެސް، މަސް ގަތް މިންވަރު ވެސް ބޮޑުތަނުން ދަށަށް!

02 އޯގަސްޓު 2026
މި އަހަރުގެ ފުރަތަމަ 6 މަސް ދުވަހު ރާއްޖެއިން ބޭރު ކުރި މަހުގެ މިންވަރު ވެސް، މަސް ގަތް މިންވަރު ވެސް ބޮޑުތަނުން ދަށަށް!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް