Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެދ. މާއެނބޫދޫ

މާއެނބޫދޫ ފުޓުބޯޅަ ދަނޑުގައި ޓާރފު އެޅުމަށް ނިމިދިޔަ ސަރުކާރުން ސަބް ބޭސް ހެދި، މިހާރު އޮތީ ދަނޑެއް ނޫން، ޖަންގައްޔެއް!

29 އޯގަސްޓު 2026 | ހޮނިހިރު 11:48

ދ. މާއެނބޫދޫ ފުޓުބޯޅަ ދަނޑުގެ ސަބްބޭސް ނިމި، ޓާފް ގެނެސްފައިވާތާ ދެ އަހަރު ވެފައިވީ ނަމަވެސް، އަމަލީ މަސައްކަތް ހުއްޓި ދަނޑު ވީރާނާވަމުންދާތީ އެ ރަށު ކައުންސިލުން ކަންބޮޑުވުން ފާޅުކޮށްފި. މި މަޝްރޫއު ނިންމުމަށް އަންނަ އަހަރުގެ ބަޖެޓުގައި ހަ މިލިއަން ރުފިޔާ ހިމަނާފައިވީ ނަމަވެސް، މަސައްކަތް ކުރިއަށް ނުދާތީ ޒުވާނުންނަށް ކުޅިވަރު ކުޅުމުގައި ބޮޑެތި ގޮންޖެހުންތަކެއް ވަނީ ކުރިމަތިވެފައި

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް | 29 އޯގަސްޓު 2026 | ހޮނިހިރު 11:48

މިއަދާ ހަމައަށް މަސައްކަތް އެދެވޭ މިންވަރެއްގައި ކުރިއަށް ނުދާ ކަމުގެ ކަންބޮޑުވުން އެ ރަށު ރައްޔިތުން ދަނީ ފާޅުކުރަމުން | ރާއްޖެއެމްވީ

ދ. މާއެނބޫދޫ ފުޓުބޯޅަ ދަނޑުގައި ޓާރފު އެޅުމަށް ނިމިދިޔަ އެމްޑީޕީ ސަރުކާރުން ސަބް ބޭސް ހެދި ކަމަށާއި ނަމަވެސް މިހާރު ފުޓުބޯޅަ ދަނޑު އޮތީ ޖަންގައްޔަކަށް ބަދަލުވެފައި ކަމަށް މާއެނބޫދޫ ކައުންސިލުގެ ނައިބު ރައީސް ރިލްވާން އިބްރާހީމް ވިދާޅުވެއްޖެ އެވެ.

ފުޓުބޯޅަ ދަނޑުގެ މަސައްކަތް ކުރިއަށް ނުދާކަމުގެ ކަންބޮޑުވުން ފާޅުކުރައްވާ ރާއްޖެޓީވީއަށް ދެއްވި އިންޓަވިއުއެއްގައި ރިލްވާން ވިދާޅުވީ ނިމިދިޔަ އެމްޑީޕީ ސަރުކާރުގެ މެދުތެރޭގައި ދަނޑުގެ އަމަލީ މަސައްކަތްތައް ފަށާފައި ކަމަށެވެ. އަދި ޓާރފް އެޅުމަށް ޓާރފް ގެނެސްފައިވާތާ ދެ އަހަރަށް ވުރެ ގިނަ ދުވަސްވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

Advertisement - newsAdvertisement

ރިލްވާން ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގެން ފަހުން ދަނޑުގައި ޓާރފް އެޅުމަށް ކޮށްފައިވާ މަސައްކަތަކީ ދަނޑުގެ ގަސްނޮޅުމުގެ މަސައްކަތް އެކަނި ކަމަށެވެ. ނަމަވެސް އެ ރަށު ކައުންސިލާއި ޔޫތު މިނިސްޓްރީއާ ގުޅިގެން ފެށި ދަނޑުގެ ލައިޓް ޕޯސްޓު ހެދުމުގެ މަސައްކަތް ދަނީ ނިމުމާ ގާތަށް ކަމަށް އޭނާ ވިދާޅުވި އެވެ.

ސަރުކާރުން ދަނޑެއް ދެއްވާނެކަމަށް ވިދާޅުވާތާ ވަރަށް ގިނަ ދުވަސްވެއްޖެ. ދަނޑުގެ އަމަލީ މަސައްކަތް ފެށިގެން އައީ ކޮވިޑުގެ ފަހުން އިބްރާހީމް މުހައްމަދު ސޯލިހުގެ ވެރިކަމުގެ މެދަކާ ހަމައިން ފެށިގެން ދަނޑުގެ މަސައްކަތް ވަރަށް ބާރަށް ކުރިއަށް ގޮސް ޓާރފް އަޅާ ހިސާބަށް ސަބް ބޭސް ނިމިފަ އޮއްވާ ވެރިކަން ބަދަލުވީ. އޭގެ ފަހުން ދަނޑު އެދިޔަގޮތަށް ޖަންގަލިވެގެން ތި ދިޔައީ. ނިމިދިޔަ އަހަރު ފެނަކައާ ހަވާލުކޮށް ދަނޑުގެ ގަސް ނޮޅި. އޭގެ ފަހުން ދަނޑުގެ ޓާފް އެޅުމުގެ އެއްވެސް މަސައްކަތެއް ނުކުރޭ
ރިލްވާން އިބްރާހީމް

މިކަމާ ގުޅިގެން އެ ދާއިރާގެ މަޖިލިސް މެންބަރާއި މަޝްވަރާ ކުރެއްވިކަން ފާހަގަކުރައްވާ ރިލްވާން ވިދާޅުވީ ދެ މަސް ދުވަހުގެ ތެރޭގައި ދަނޑުގެ މަސައްކަތް ފެށިގެންދާނެ ކަމަށް މެންބަރު ވިދާޅުވި ކަމަށެވެ. ނަމަވެސް އަދިވެސް މަސައްކަތް ނުފަށާ ކަމަށް އޭނާ ވިދާޅުވި އެވެ.

މާއެނބޫދޫ ޒުވާނުންނަކީ އަތޮޅުގެ ނިސްބަތުން އެންމެ ރަނގަޅަށް ފުޓުބޯޅަ ކުޅޭ ޒުވާނުން ކަމަށް ފާހަގަކުރައްވާ ރިލްވާން ވިދާޅުވީ މާއެނބޫދޫގެ ބޮޑު ފުޓުބޯޅަ ދަނޑު ހަލާކުވެގެންދަނީ މި ދަނޑު ނެހެދި ގިނަ ދުވަސްވާތީ ކަމަށެވެ.

މާއެނބޫދޫ ފުޓުބޯޅަ ދަނޑު ނިންމުމަށް 2025 ގައި މި ސަރުކާރުން ވަނީ ބަޖެޓުގައި 6 މިލިއަން ރުފިޔާ ކަނޑައަޅާފަ އެވެ. އަދި މަސައްކަތް ނިންމުމަށް 120 ދުވަހުގެ މުއްދަތެއް ވަނީ ކަނޑައަޅާފަ އެވެ. ނަމަވެސް މިއަދާ ހަމައަށް މަސައްކަތް އެދެވޭ މިންވަރެއްގައި ކުރިއަށް ނުދާ ކަމުގެ ކަންބޮޑުވުން އެ ރަށު ރައްޔިތުން ދަނީ ފާޅުކުރަމުންނެވެ.

ދ. މާއެނބޫދޫޔޫތު މިނިސްޓްރީތަރައްގީގެ މަޝްރޫއު

އެންމެ ހިނގާ

1

ކޮޗިންއިން ރާއްޖެއަށް އަންނަން އޮތް މޯލްޑިވިއަންގެ ފްލައިޓެއް ކެންސަލްވެ، ގިނަ އަދަދެއްގެ ދިވެހިން ހާލުގައި ޖެހިއްޖެ

2

ސްޓެލްކޯއަށް ގޮސް ޝަކުވާކުރުމުން 17،000 ރުފިޔާގެ ބިލެއް 1000 އަށް އަދި 12،000 ރުފިޔާގެ ބިލެއް 600 އަށް ކުޑަކޮށްދީފި

3

މުއިއްޒު ވެރިކަމަށް ވަޑައިގެންނެވިފަހުން އެއްވެސް ރައްޔިތެއްގެ ފުރާނައަށް ގެއްލުންވާ ގޮތަށް މަރުވެގެން ގޮސްފައެއް ނުވޭ: ސުޖާއު

4

50 މިލިއަން ޑޮލަރުގެ ދަރަނި އިންޑިއާއަށް ދައްކަން މަޖުބޫރުވެ، ޒަރޫރީ ތަކެތި އެތެރެކުރުމަށް ނުރައްކާ ވެދާނެ ކަމުގެ އިންޒާރު ރައީސް ނަޝީދު ދެއްވައިފި

5

24 ގަޑިއިރު ތެރޭ ގާނޫނުތަކަށް ބަދަލު ގެނެސް، އަމަލުކުރަން ފަށާ ގައުމަކީ އިންވެސްޓުކުރަން ރައްކާތެރި ތަނެއް ނޫން، މީގެ ފަހުން ރާއްޖޭގައި އިންވެސްޓު ނުކުރަން ނިންމައިފިން: ޚަލީލް

އިތުރަށް ކިޔާލަން

27 އޯގަސްޓު 2026

ދ. މާއެނބޫދޫ ބިން ހިއްކުމުގެ މަޝްރޫއު: ބައުންޑަރީ ވޯލް ޖެހުމަށް ފަހު މަސައްކަތް އެއްކޮށް ހުއްޓިފައި!

27 އޯގަސްޓު 2026
ދ. މާއެނބޫދޫ ބިން ހިއްކުމުގެ މަޝްރޫއު: ބައުންޑަރީ ވޯލް ޖެހުމަށް ފަހު މަސައްކަތް އެއްކޮށް ހުއްޓިފައި!
26 އޯގަސްޓު 2026

ކުރީ ސަރުކާރުން 70 އިންސައްތަ މަސައްކަތް ނިންމާފައިވާ ދ. މާއެނބޫދޫ ފެނުގެ ހިދުމަތުގެ މަޝްރޫއު ކުރިއަށް ނުދާތީ އެ ރަށު ކައުންސިލުން ކަންބޮޑުވުން ފާޅުކޮށްފި

26 އޯގަސްޓު 2026
ކުރީ ސަރުކާރުން 70 އިންސައްތަ މަސައްކަތް ނިންމާފައިވާ ދ. މާއެނބޫދޫ ފެނުގެ ހިދުމަތުގެ މަޝްރޫއު ކުރިއަށް ނުދާތީ އެ ރަށު ކައުންސިލުން ކަންބޮޑުވުން ފާޅުކޮށްފި
15 އޯގަސްޓު 2026

ސަރުކާރުގެ މީހުންނަށް ބައި އެޅުމަށްފަހު ރައްޔިތުންނަށް އޮތީ ހުސް އަތް: ކާބޯތަކެއްޗާއި ޚިދުމަތްތައް ނުލިބި ނައިވާދޫ އިން ހުސް ޝަކުވާ

15 އޯގަސްޓު 2026
ސަރުކާރުގެ މީހުންނަށް ބައި އެޅުމަށްފަހު ރައްޔިތުންނަށް އޮތީ ހުސް އަތް: ކާބޯތަކެއްޗާއި ޚިދުމަތްތައް ނުލިބި ނައިވާދޫ އިން ހުސް ޝަކުވާ
30 ޖުލައި 2026

"ބިޔޯން އަގެއިން" ޝޯ ކެންސަލް ކުރުމުން ވިޔަފާރިތަކަށް ލިބުނު ގެއްލުމުގެ ބަދަލު މިނިސްޓަރުގެ އަތުން ދައުލަތަށް ހޯދަންޖެހޭނެ: ފައްޔާޒު

30 ޖުލައި 2026
"ބިޔޯން އަގެއިން" ޝޯ ކެންސަލް ކުރުމުން ވިޔަފާރިތަކަށް ލިބުނު ގެއްލުމުގެ ބަދަލު މިނިސްޓަރުގެ އަތުން ދައުލަތަށް ހޯދަންޖެހޭނެ: ފައްޔާޒު
29 ޖުލައި 2026

"ބިޔޯން އަގެއިން" ގެ ޝޯ މަނާކުރުމުން ރައީސް ނަޝީދުގެ ކަންބޮޑުވުން: ޒުވާނުން އެދޭ ކަންކަން ކުރެވެން ޖެހޭނެ!

29 ޖުލައި 2026
"ބިޔޯން އަގެއިން" ގެ ޝޯ މަނާކުރުމުން ރައީސް ނަޝީދުގެ ކަންބޮޑުވުން: ޒުވާނުން އެދޭ ކަންކަން ކުރެވެން ޖެހޭނެ!
25 ޖުލައި 2026

ފިރިމީހާ ޚަރަދުކޮށްދޭތީ ކޮންމެ ދުވަހަކު ތޭންކްސް ބުނަންވީތަ؟

25 ޖުލައި 2026
ފިރިމީހާ ޚަރަދުކޮށްދޭތީ ކޮންމެ ދުވަހަކު ތޭންކްސް ބުނަންވީތަ؟
25 މެއި 2026

މާއެނބޫދޫ ބިން ހިއްކުމަކީ ރައީސް މުއިއްޒުގެ ރިޔާސީ ވައުދެއް، ނަމަވެސް މި މަޝްރޫއުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދޭ!

25 މެއި 2026
މާއެނބޫދޫ ބިން ހިއްކުމަކީ ރައީސް މުއިއްޒުގެ ރިޔާސީ ވައުދެއް، ނަމަވެސް މި މަޝްރޫއުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދޭ!
02 މެއި 2026

ގާނޫނުގައި ބަޔާންކުރާ އިޖުރާއަތުން ބޭރުން ކަންކަން ކުރަން ދިމާކުރީމާ ދެން ނުކުންނާނީ ފޫނުބެދޭވަރުގެ މައްސަލަތައް: ނިޝާން

02 މެއި 2026
ގާނޫނުގައި ބަޔާންކުރާ އިޖުރާއަތުން ބޭރުން ކަންކަން ކުރަން ދިމާކުރީމާ ދެން ނުކުންނާނީ ފޫނުބެދޭވަރުގެ މައްސަލަތައް: ނިޝާން
24 އެޕްރީލު 2026

އިމިގްރޭޝަންގެ ޑެޕިއުޓީ ކޮންޓްރޯލަރުގެ މަގާމުގައި ހުންނެވި އަޝްފާން، ޔޫތު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރަކަށް!

24 އެޕްރީލު 2026
އިމިގްރޭޝަންގެ ޑެޕިއުޓީ ކޮންޓްރޯލަރުގެ މަގާމުގައި ހުންނެވި އަޝްފާން، ޔޫތު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރަކަށް!
30 ޑިސެމްބަރު 2025

އެންމެ ދެ ދުވަސް ތެރޭގައި އެހީ ދޭނެ މީޑިއާތައް ނިންމީ ރަނގަޅަށް

30 ޑިސެމްބަރު 2025
އެންމެ ދެ ދުވަސް ތެރޭގައި އެހީ ދޭނެ މީޑިއާތައް ނިންމީ ރަނގަޅަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް