Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެބިޔޯން އަގެއިން

"ބިޔޯން އަގެއިން" ޝޯ ކެންސަލް ކުރުމުން ވިޔަފާރިތަކަށް ލިބުނު ގެއްލުމުގެ ބަދަލު މިނިސްޓަރުގެ އަތުން ދައުލަތަށް ހޯދަންޖެހޭނެ: ފައްޔާޒު

30 ޖުލައި 2026 | ބުރާސްފަތި 07:40

މަރާމާތުގެ މަސައްކަތް ކުރަންޖެހޭ ކަމަށް ބުނެ "ބިޔޯން އަގެއިން" ޝޯ ބޭއްވުމަށް ހަމަޖެހިފައިވާ ސޯޝަލް ސެންޓަރު ސަރުކާރުން ކުއްލި ގޮތަކަށް އަތުލުމާ ގުޅިގެން، ޝޯ އިންތިޒާމުކުރާ ފަރާތަށާއި ވިޔަފާރިތަކަށް ލިބުނު ބޮޑު ގެއްލުމުގެ ބަދަލު ދޭންޖެހޭނެ ކަމަށް އެމްޑީޕީގެ ކުރީގެ ޗެއަރޕާސަން ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެ. މި ނިންމުމުގެ ސަބަބުން ޝޯ ކެންސަލްކޮށް ޓިކެޓް ފައިސާ އަނބުރާ ދޭން ނިންމާފައިވާއިރު، މިއީ ފަންނުވެރިކަމަށާއި ޒުވާނުންގެ މުނިފޫހިފިލުވުމުގެ ދާއިރާއަށް އެޅުނު ހުރަހެއް ކަމަށް ޒުވާނުން ދަނީ ބުނަމުން

ޖިނާން ޙުސައިން
ޖިނާން ޙުސައިން | 30 ޖުލައި 2026 | ބުރާސްފަތި 07:40
ހުކުރު ދުވަހުގެ ރޭ ފުވައްމުލައް ސިޓީގައި އެމްޑީޕީން ބޭއްވި ޖަލްސާގައި އެޕާޓީގެ ކުރީގެ ޗެއަރޕާސަން ފައްޔާޒު އިސްމާއިލް ވާހަކަ ދައްކަވަނީ

ހުކުރު ދުވަހުގެ ރޭ ފުވައްމުލައް ސިޓީގައި އެމްޑީޕީން ބޭއްވި ޖަލްސާގައި އެޕާޓީގެ ކުރީގެ ޗެއަރޕާސަން ފައްޔާޒު އިސްމާއިލް ވާހަކަ ދައްކަވަނީ | އެމްޑީޕީ

މަޝްހޫރު މިއުޒިކް ބޭންޑް "ބިޔޯން އަގެއިން" އިން ބުރާސްފަތި ދުވަހު ބޭއްވުމަށް ތައްޔާރުވި ޝޯ ކެންސަލް ކުރުމަށް ސަރުކާރުން ނިންމުމާ ގުޅިގެން، ދިވެހި ރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) ގެ ކުރީގެ ޗެއަރޕާސަން ފައްޔާޒް އިސްމާއީލް ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެއްޖެ އެވެ.

ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ފައްޔާޒް ވިދާޅުވީ، "ބިޔޯން އަގެއިން" ޝޯ ބޭއްވުން މަނާކުރީ ކޮން ސަބަބަކާ ހުރެ ކަމެއް ސަރުކާރަށް ބުނަން ނުކެރުނު ކަމަށެވެ. އަދި މި ޝޯ ބޭއްވުމަށް ހުއްދަ ހޯދުމުގެ އިތުރުން ސޯ އިޝްތިހާރުކުރާތާ 50 އަށްވުރެ ގިނަ ދުވަސްވީފަހުން ވަގުތު ކުޑަތަންވެފައިވަނިކޮށް، ކުއްލި ގޮތަކަށް ސޯޝަލް ސެންޓަރު އަތުލުމުން މި ޝޯ އިންތިޒާމުކުރާ އަދި ޝޯގައި ބައިވެރިވާ ވިޔަފާރިތަކަށް ފޫނުބެއްދޭ ވަރުގެ ގެއްލުމެއް ލިބިފައިވާ ކަމަށެވެ.

ފައްޔާޒު ވިދާޅުވީ މި ގެއްލުމުގެ ބަދަލު ޝޯ އިންތިޒާމުކުރާ ފަރާތަށް ދައުލަތުން ދޭންޖެހޭނެ ކަމަށާއި، އެ ބަދަލު މިނިސްޓަރުގެ އަތުން ދައުލަތަށް ހޯދަންޖެހޭނެ ކަމަށެވެ. މިގޮތަށް ބައެއްގެ ވިޔަފާރި ހަލާކުކޮށްލުމުގެ ފުރުސަތު ސަރުކާރަށް އޮވެގެން ނުވާނެ ކަމަށާއި، ޝޯ ބޭއްވުމުގެ ހުއްދަދޫނުކުރި ނަމަވެސް އެ ވިޔަފާރިތަކަށް އެހާ ބޮޑު ގެއްލުމެއް ނުވާނެ ކަމަށް ވެސް ފައްޔާޒް ވަނީ ވިދާޅުވެފަ އެވެ. ފަންނުވެރިކަމާއި އަމިއްލަ ވިޔަފާރިތަކަށް މިހާ ބޮޑު ގެއްލުމެއްދޭ އަދި މިހާ ދެކޮޅުނުޖެހޭ ވާހަކަދައްކާ ބަޔަކު އަދި ނުފެންނަ ކަމަށް ވެސް ފައްޔާޒު ވަނީ ވިދާޅުވެފަ އެވެ.

ބުރާސްފަތި ދުވަހުގެ ރޭ ސޯޝަލް ސެންޓަރުގައި ބޭއްވުމަށް ހަމަޖެހިފައި އޮތް "ބިޔޯން އެގެއިން އެބާ ފޮރެވަރ" ކޮންސެޓް ކެންސަލްކުރަން ޖެހުމާ ގުޅިގެން އެ އިވެންޓް އިންތިޒާމުކުރާ އޫބރ އިވެންޓްސް އިން ވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އެ ކުންފުނިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މި ޝޯ ކެންސަލް ކުރަން ޖެހުނީ ޝޯ ބޭއްވުމަށް ވާންޖެހޭ އެންމެ ފަހުގެ ތައްޔާރީތައް ވަމުންދަނިކޮށް، ޔޫތު މިނިސްޓްރީން ކުއްލި ގޮތަކަށް ވެނިއު އެޕްރޫވަލް ބާތިލުކުރުމާ ގުޅިގެން ކަމަށެވެ.

މައުލޫމާތު ލިބޭ ގޮތުގައި މި ބޭންޑްގެ މެންބަރުން ވަނީ އަންގާރަ ދުވަހުގެ ރޭ ރާއްޖެއަށް ވެސް އައިސްފަ އެވެ. ނަމަވެސް އޫބަރ އިވެންޓްސްގެ ވާހަކަތައް ދޮގުކޮށް ޔޫތު މިނިސްޓްރީން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނެފައިވަނީ ސަރުކާރުން ޝޯ ކެންސަލްކުރި ކަމަށް ބުނެ ދެކެވޭ ވާހަކަތަކަކީ ދޮގު ވާހަކަތަކެއް ކަމަށެވެ. އަދި އެ މިނިސްޓްރީން އެދުނީ އެހެން ތަނަކަށް އިވެންޓް ބާއްވާ ސަރަހައްދު ބަދަލުކޮށްދޭން ކަމަށާއި، އެކަމުގައި އެހީތެރިވެދޭނެ ކަމުގެ ޔަގީންކަން ވެސް އިވެންޓް އިންތިޒާމުކުރާ ފަރާތަށް ދީފައިވާނެ ކަމަށެވެ. ޔޫތު މިނިސްޓްރީން ބުނީ އެކަން އެގޮތަށް ކުރަން އެދުނީ ސޯޝަލް ސެންޓަރުގެ، ސްޓޭޖުގެ ފުރާޅު ހިމެނޭ ގޮތަށް، އިންޑޯރ ހޯލުގައި ވަގުތުން ކުރަން ހުރި ބޮޑެތި މަރާމާތުތަކެއް ހުރުމުން ކަމަށެވެ.

މި ޝޯ ކެންސަލް ކުރުމާ ގުޅިގެން އޫބަރ އިވެންޓްސްއިން ވަނީ ޓިކެޓް ގަނެފައިވާ ފަރާތްތަކުގެ ކިބައިން މައާފަށް އެދިފަ އެވެ. އެ ކުންފުނިން ބުނީ ޓިކެޓް ގަތް ހުރިހާ ފަރާތްތަކަށް މި ހަފުތާގެ ތެރޭގައި ފައިސާ އަނބުރާ ދެއްކުމުގެ މަސައްކަތް ކުރާނެ ކަމަށެވެ. މި ޝޯ ބޭއްވުން ސަރުކާރުން މަނާކޮށްފައިވާއިރު ޝޯއަށް ސްޕޮންސަރުން ހޯދައި ބޮޑެތި އިޝްތިހާރުތައް ކުރުމުގެ އިތުރުން ވަރަށް ގިނަ ބަޔަކަށް ޓިކެޓް ވެސް ވަނީ ވިއްކައިފަ އެވެ. ކުއްލި ގޮތަކަށް ޝޯ ކެންސަލް ކުރަން ޖެހުމާ ގުޅިގެން ގިނަ އަދަދެއްގެ ޒުވާނުންގެ ނުރުހުން ވެސް ވަނީ ސަރުކާރަށް އަމާޒުވެފަ އެވެ. އެ ޒުވާނުން ފާހަގަކުރާ ގޮތުގައި މި ސަރުކާރުން އަންނަނީ ޒުވާނުންނާ ގުޅުންހުރި ދާއިރާތަކުގައި ޒުވާނުންނާމެދު އިހުމާލުވެ، މުނިފޫހި ފިލުވުމުގެ ދާއިރާއަށް ހުރަސްއަޅަމުންނެވެ.

ބިޔޯން އެގެއިންފައްޔާޒް އިސްމާއިލްއޫބާ އިވެންޓްސްޔޫތު މިނިސްޓްރީ

އިތުރަށް ކިޔާލަން

29 ޖުލައި 2026

"ބިޔޯން އަގެއިން" ގެ ޝޯ މަނާކުރުމުން ރައީސް ނަޝީދުގެ ކަންބޮޑުވުން: ޒުވާނުން އެދޭ ކަންކަން ކުރެވެން ޖެހޭނެ!

29 ޖުލައި 2026
"ބިޔޯން އަގެއިން" ގެ ޝޯ މަނާކުރުމުން ރައީސް ނަޝީދުގެ ކަންބޮޑުވުން: ޒުވާނުން އެދޭ ކަންކަން ކުރެވެން ޖެހޭނެ!
29 ޖުލައި 2026

ސޯޝަލް ސެންޓަރުގައި ބާއްވަން ހަމަޖެއްސި "ބިޔޯން އެގެއިން" ކޮންސެޓް ކެންސަލްކޮށްފި

29 ޖުލައި 2026
ސޯޝަލް ސެންޓަރުގައި ބާއްވަން ހަމަޖެއްސި "ބިޔޯން އެގެއިން" ކޮންސެޓް ކެންސަލްކޮށްފި
24 ޖުލައި 2026

ސަވާހެލި އައްޑޫގެ އިހުތިސާސުން ސަރުކާރުން ވަކިކުރީ އެ ސިޓީގެ ޓޫރިޒަމް ތަރައްގީވިޔަ ނުދޭން: ފައްޔާޒު

24 ޖުލައި 2026
ސަވާހެލި އައްޑޫގެ އިހުތިސާސުން ސަރުކާރުން ވަކިކުރީ އެ ސިޓީގެ ޓޫރިޒަމް ތަރައްގީވިޔަ ނުދޭން: ފައްޔާޒު
21 ޖުލައި 2026

މިސަރުކާރުން ދަނީ ކަޅު އަނދިރި ހޮހަޅައެއްގައި ރައްޔިތުން ބައި ތިއްބައިގެން، ނުބައި ނިންމުންތައް ނިންމަމުން: ފައްޔާޒު

21 ޖުލައި 2026
މިސަރުކާރުން ދަނީ ކަޅު އަނދިރި ހޮހަޅައެއްގައި ރައްޔިތުން ބައި ތިއްބައިގެން، ނުބައި ނިންމުންތައް ނިންމަމުން: ފައްޔާޒު
21 ޖުލައި 2026

33 އިންސައްތައިގެ ދަށުން ވަޒީފާ އިން ވަކިކޮށް "އެއްލާލަނީ" 14،733 މީހުން: ފައްޔާޒް

21 ޖުލައި 2026
33 އިންސައްތައިގެ ދަށުން ވަޒީފާ އިން ވަކިކޮށް "އެއްލާލަނީ" 14،733 މީހުން: ފައްޔާޒް
02 ޖުލައި 2026

ހަނިމާދޫ އެއަރޕޯޓް ތަރައްގީކޮށްފައިވަނީ ބައިނަލްއަގުވާމީ ފްލައިޓުތައް އޮޕަރޭޓު ކުރެވޭ ފެންވަރަށް؛ ސަރުކާރުން ދަނީ އުތުރުގެ ތަރައްގީއަށް ހުރަސްއަޅަމުން: ފައްޔާޒް

02 ޖުލައި 2026
ހަނިމާދޫ އެއަރޕޯޓް ތަރައްގީކޮށްފައިވަނީ ބައިނަލްއަގުވާމީ ފްލައިޓުތައް އޮޕަރޭޓު ކުރެވޭ ފެންވަރަށް؛ ސަރުކާރުން ދަނީ އުތުރުގެ ތަރައްގީއަށް ހުރަސްއަޅަމުން: ފައްޔާޒް
26 ޖޫން 2026

މިއަދު ފެންނަމުންދަނީ ހުދުމުހުތާރު ސަރުކާރެއްގެ މައްޗަށް ކުރިހޯދުމަށް އެމްޑީޕީ ތައްޔާރުވެފައި އޮތް މަންޒަރު: ފައްޔާޒް

26 ޖޫން 2026
މިއަދު ފެންނަމުންދަނީ ހުދުމުހުތާރު ސަރުކާރެއްގެ މައްޗަށް ކުރިހޯދުމަށް އެމްޑީޕީ ތައްޔާރުވެފައި އޮތް މަންޒަރު: ފައްޔާޒް
12 ޖޫން 2026

ސަރުކާރުން ހިންގަމުންދާ ބޭއިންސާފާ ދެކޮޅަށް ސީދާ ޙަރަކާތަށް ނުކުންނާނަން، މިތިބީ ފާރަވެރިވެ: ރައީސް ނަޝީދު

12 ޖޫން 2026
ސަރުކާރުން ހިންގަމުންދާ ބޭއިންސާފާ ދެކޮޅަށް ސީދާ ޙަރަކާތަށް ނުކުންނާނަން، މިތިބީ ފާރަވެރިވެ: ރައީސް ނަޝީދު
12 ޖޫން 2026

ބޮޑު ތަފާތަކުން އެމްޑީޕީގެ ޗެއަރޕާސަން އިންތިޚާބު ކުރީގެ ރައީސް ނަޝީދު ކާމިޔާބުކުރައްވައިފި!

12 ޖޫން 2026
ބޮޑު ތަފާތަކުން އެމްޑީޕީގެ ޗެއަރޕާސަން އިންތިޚާބު ކުރީގެ ރައީސް ނަޝީދު ކާމިޔާބުކުރައްވައިފި!
12 ޖޫން 2026

އެމްޑީޕީ މެންބަރުން ބޮޑު ބަދަލަކަށް ތައްޔާރުކަން ސާބިތުކޮށްދީފި، ދެން އޮތީ އެކުގައި ގޮސް މި ސަރުކާރު ބަލި ކުރުން: ފައްޔާޒު

12 ޖޫން 2026
އެމްޑީޕީ މެންބަރުން ބޮޑު ބަދަލަކަށް ތައްޔާރުކަން ސާބިތުކޮށްދީފި، ދެން އޮތީ އެކުގައި ގޮސް މި ސަރުކާރު ބަލި ކުރުން: ފައްޔާޒު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް