Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއިމިގްރޭޝަން

އިމިގްރޭޝަންގެ ޑެޕިއުޓީ ކޮންޓްރޯލަރުގެ މަގާމުގައި ހުންނެވި އަޝްފާން، ޔޫތު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރަކަށް!

އިމިގްރޭޝަންގައި 18 އަހަރަށްވުރެ ގިނަ ދުވަހު ޚިދުމަތް ކުރެއްވި އަޝްފާން އެ މަގާމުން ވަކިކުރިއިރު، އޭނާއަކީ ގައުމީ ފުޓްބޯޅަ ޓީމަށް ކުޅެފައިވާ ފާހަގަކޮށްލެވޭ ކުޅުންތެރިއެއް. ސަރުކާރުގެ ބައެއް މަގާމުތަކަށް ބަދަލުތަކެއް ގެންނަން ފަށާފައިވާ މި ދަނޑިވަޅުގައި، އޭނާގެ ޚިދުމަތުގެ އަގު ވަޒަންކޮށް އިމިގްރޭޝަނުން ވަނީ ވަދާއީ މެސެޖެއް ފޮނުވާފައި. މި ބަދަލު އައިސްފައިވަނީ ދާދިފަހުން ބޭއްވި އިންތިޚާބުތަކުގައި ސަރުކާރަށް ލިބުނު ނަތީޖާއާ ގުޅިގެން ސިޔާސީ މަގާމުތަކަށް ބަދަލުތަކެއް އަންނަމުންދާ ވަގުތެއްގައި.

އަމްނާ އިމާދު
އަމްނާ އިމާދު | 24 އެޕްރީލު 2026 | ހުކުރު 09:36
އިމިގްރޭޝަންގެ ޑެޕިއުޓީ ކޮންޓްރޯލަރުގެ މަގާމުގައި ހުންނެވި އަހްމަދު އަޝްފާން، ބުރާސްފަތި ދުވަހު ވަނީ ޔޫތު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުކަމުގެ މަގާމަކަށް ބަދަލުކޮށްފައި.

އިމިގްރޭޝަންގެ ޑެޕިއުޓީ ކޮންޓްރޯލަރުގެ މަގާމުގައި ހުންނެވި އަހްމަދު އަޝްފާން، ބުރާސްފަތި ދުވަހު ވަނީ ޔޫތު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުކަމުގެ މަގާމަކަށް ބަދަލުކޮށްފައި. | މޯލްޑިވްސް އިމިގްރޭޝަން

އިމިގްރޭޝަންގެ ޑެޕިއުޓީ ކޮންޓްރޯލަރުގެ މަގާމުގައި ހުންނެވި އަހްމަދު އަޝްފާން، ޔޫތު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުކަމުގެ މަގާމަކަށް ބަދަލުކޮށްފި އެވެ. 

ބުރާސްފަތި ދުވަހު އަޝްފާން އެ މަގާމަށް ބަދަލުކުރި ކުރުމާއި ގުޅިގެން އިމިގްރޭޝަނުން ވަނީ އޭނާ ކޮށްދެއްވި ޚިދުމަތުގެ އަގު ވަޒަންކޮށް، އެކްސްގައި ޕޯސްޓެއް ކޮށްފަ އެވެ. އަދި އަޝްފާން އަށް ކާމިޔާބީއަށް ވެސް އެދިފައިވެ އެވެ. 

Advertisement - newsAdvertisement

ޑެޕިއުޓީ ކޮންޓްރޯލަރ އޮފް އިމިގްރޭޝަންގެ މަގާމަށް އަޝްފާން އައްޔަން ކުރީ 4 އޭޕްރީލް 2024 ގަ އެވެ. އަޝްފާން ވަނީ އިމިގްރޭޝަން އޮފިސަރެއްގެ ގޮތުގައި އެ އިދާރާގައި 18 އަހަރަށް ވުރެ ގިނަ ދުވަހު ޚިދުމަތް ކުރައްވާފަ އެވެ. 

އަޝްފާން އަކީ ދިވެހި ފުޓްބޯޅައިގެ ދާއިރާގައި ވެސް ފާހަގަކުރެވުނު ތަރިއެކެވެ. އަޝްފާން ވަނީ ގައުމީ ޓީމަށް ވެސް ކުޅެދީފަ އެވެ. އޭނާއަކީ ގައުމީ ކެޕްޓަން އަލީ އަޝްފާގު (ދަގަނޑޭ)ގެ ބޭބެ އެވެ.

ކުއްލި ގޮތަކަށް އަޝްފާން ޔޫތް މިނިސްޓްރީއަށް ބަދަލުކޮށްފައި މިވަނީ އޭޕްރީލް މަހުގެ 4 ވަނަ ދުވަހު ބޭއްވި ލޯކަލް ކައުންސިލް އިންތިޚާބާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ އިންތިޚާބުގެ އިތުރުން ރިފެރެންޑަމް އިންތިޚާބުގައި ސަރުކާރަށް ވަރަށް ބޮޑު ނާކާމިޔާބެއް ލިބިފައިވަނިކޮށް ސަރުކާރުގެ ކުންފުނިތަކުން އެކި ބޭފުޅުން ވަކިކޮށް، ބައެއް ބޭފުޅުން އިސްތިއުފާ ދެއްވުމަށް ސަރުކާރުން އަންގަމުންދާ ދުވަސްކޮޅެއްގަ އެވެ. 

އަހްމަދު އަޝްފާންއިމިގްރޭޝަންޔޫތު މިނިސްޓްރީ

އިތުރަށް ކިޔާލަން

10 މާރިޗު 2026

ފަހު ދިހައިގައި އިމިގްރޭޝަނުން ހިދުމަތްދޭ ގަޑިތައް އިއުލާންކޮށްފި

10 މާރިޗު 2026
 ފަހު ދިހައިގައި އިމިގްރޭޝަނުން ހިދުމަތްދޭ ގަޑިތައް އިއުލާންކޮށްފި
24 ޖެނުއަރީ 2026

އެމެރިކާގެ މިނިއަޕޮލިސް ގައި ހިންގަމުންދާ އިމިގްރޭޝަން އޮޕަރޭޝަނެއްގެ ތެރެއިން، ފެޑަރަލް އެޖެންޓުން ބަޑިޖަހައި އިތުރު މީހަކު މަރާލައިފި

24 ޖެނުއަރީ 2026
އެމެރިކާގެ މިނިއަޕޮލިސް ގައި ހިންގަމުންދާ އިމިގްރޭޝަން އޮޕަރޭޝަނެއްގެ ތެރެއިން، ފެޑަރަލް އެޖެންޓުން ބަޑިޖަހައި އިތުރު މީހަކު މަރާލައިފި
30 ޑިސެމްބަރު 2025

އެންމެ ދެ ދުވަސް ތެރޭގައި އެހީ ދޭނެ މީޑިއާތައް ނިންމީ ރަނގަޅަށް

30 ޑިސެމްބަރު 2025
އެންމެ ދެ ދުވަސް ތެރޭގައި އެހީ ދޭނެ މީޑިއާތައް ނިންމީ ރަނގަޅަށް
30 ޑިސެމްބަރު 2025

މީޑިއާ ގްރާންޓް: އަވަސް އަރުވާލައިގެން މީޑިއާ ގްރާންޓަށް 41 މީޑިއާ އެއް ޝަރުތު ހަމަވާކަމަށް ކަނޑައަޅައިފި

30 ޑިސެމްބަރު 2025
މީޑިއާ ގްރާންޓް: އަވަސް އަރުވާލައިގެން މީޑިއާ ގްރާންޓަށް 41 މީޑިއާ އެއް ޝަރުތު ހަމަވާކަމަށް ކަނޑައަޅައިފި
25 ޑިސެމްބަރު 2025

އެއް ފަހަރާ ފައިސާ ގެ އެހީ ދޭ ގޮތަށް ހަމަޖައްސާ މީޑިއާތަކަށް ފައިސާ ދިނުމުގެ އުސޫލު އާއްމުކޮށްފި

25 ޑިސެމްބަރު 2025
އެއް ފަހަރާ ފައިސާ ގެ އެހީ ދޭ ގޮތަށް ހަމަޖައްސާ މީޑިއާތަކަށް ފައިސާ ދިނުމުގެ އުސޫލު އާއްމުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު