Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެދ. މާއެނބޫދޫ

ކުރީ ސަރުކާރުން 70 އިންސައްތަ މަސައްކަތް ނިންމާފައިވާ ދ. މާއެނބޫދޫ ފެނުގެ ހިދުމަތުގެ މަޝްރޫއު ކުރިއަށް ނުދާތީ އެ ރަށު ކައުންސިލުން ކަންބޮޑުވުން ފާޅުކޮށްފި

26 އޯގަސްޓު 2026 | ބުދަ 14:05

ދ. މާއެނބޫދޫގައި ފެނުގެ ޚިދުމަތް ދިނުމަށް ބޭނުންވާ އިމާރާތުގެ މަސައްކަތް ނުނިމި މަޝްރޫއު ހުއްޓިފައިވާތީ، އެ ރަށު ކައުންސިލުން ވަނީ ނުހަނު ބޮޑު ކަންބޮޑުވުމެއް ފާޅުކޮށްފައި. ބަޖެޓުގެ ދަތިކަމާ ހުރެ މަސައްކަތް މެދުކެނޑިފައިވާއިރު، ބިން ހިއްކުމުގެ މަޝްރޫއާ ގުޅިގެން ރަށުގެ ފެން ތަޣައްޔަރުވަމުންދާތީ ރައްޔިތުންނަށް ވަނީ ދަތިތަކާ ކުރިމަތިލާން ޖެހިފައި. އެހެންކަމުން މި މަޝްރޫއުގެ ބާކީ ހުރި މަސައްކަތްތައް އަވަހަށް ނިންމައިދިނުމަށް ކައުންސިލުން ވަނީ ސަރުކާރުގައި އެދިފައި

ޝާއިން މުޙައްމަދު
ޝާއިން މުޙައްމަދު | 26 އޯގަސްޓު 2026 | ބުދަ 14:05

ކުރީ ސަރުކާރުން 70 އިންސައްތަ މަސައްކަތް ނިންމާފައިވާ ދ. މާއެނބޫދޫ ފެނުގެ ހިދުމަތުގެ މަޝްރޫއު ކުރިއަށް ނުދާތީ އެ ރަށު ކައުންސިލުން ކަންބޮޑުވުން ފާޅުކޮށްފި | ރާއްޖެ އެމްވީ

ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި 70 އިންސައްތަ މަސައްކަތް ނިންމާފައިވާ ދ. މާއެނބޫދޫ ފެނުގެ ހިދުމަތުގެ މަޝްރޫއު ކުރިއަށް ނުދާތީ އެ ރަށު ކައުންސިލުން ކަންބޮޑުވުން ފާޅުކޮށްފި އެވެ. 

ދ. މާއެނބޫދޫ ކައުންސިލްގެ ރައީސާ ނޫމާ މުހައްމަދު މިކަމުގެ ކަންބޮޑުވުން ފާޅުކުރައްވާ ރާއްޖެޓީވީއަށް ދެއްވި އިންޓަވިއުގައި ވިދާޅުވީ ދ. މާއެނބޫދޫ ފެނުގެ ހިދުމަތުގެ މަޝްރޫއު ހަވާލުކޮށްފައި ވަނީ 2021 ވަނަ އަހަރު ފެބްރުއަރީ މަހުގެ 25 ވަނަ ދުވަހު ކަމަށާއި، މިއަދާއި ހަމައަށް ވެސް އަދިވެސް ހިދުމަތް ލިބެން ނުފަށާ ކަމަށެވެ. 

Advertisement - newsAdvertisement

މި މަޝްރޫއު ނުނިމި ލަސްވެގެން މިދަނީ މަސައްކަތް ހިނގައިގަތުމަށްޓަކައި ކުރަން ޖެހޭ އެއްވެސް މަސައްކަތެއް ނުނިމޭތީ ކަމަށް ނޫމާ ވިދާޅުވި އެވެ. އެގޮތުން އެންމެ ފަހު ސެގްމެންޓުގެ މަސައްކަތްތައް ނުނިމި ހުރިކަން ފާހަގަކުރައްވައި، ނޫމާ ވިދާޅުވީ ކޮންޓެއިނަރުތައް އިންސްޓޯލްކޮށް ބޭނުންކުރެވޭ ހާލަތަށް ގެނެވިފައި ހުރި ނަމަވެސް، ފެން ޕްލާންޓުގެ އިމާރާތުގެ އިދާރީ ހިންގުމަށް ބޭނުންވާ އެއްވެސް ވަސީލަތެއް ނެތް ކަމަށެވެ. 

މާއެނބޫދޫ ރައްޔިތުންނަށް ފެނުގެ ހިދުމަތް މިހާރު ނުލިބި ހުރީ އިމާރާތުގެ މަސައްކަތް ނުނިމޭތީ ކަމަށާއި، ގޭގެޔަށް ޑިސްޓްރިބިއުޝަން ކަނެކްޝަންގެ މަސައްކަތް ވެސް ނިމިފައިވާ ކަމަށް ނޫމާ ވިދާޅުވި އެވެ. އަދި މިވަގުތު އެއްވެސް ވަރަކަށް މަަސައްކަތް ނުހިނގާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.  

އަޅުގަނޑަށް ސީދާ އެހެން ކިހާ ދުވަހެއް ކަމެއް ދަންނަވާކަށް ނޭނގެ އެހެން ނަމަވެސް 2021 ވަނަ އަހަރު ފެށުނު ޕްރޮޖެކްޓަކާއި ބަލާފަ މިހާރު ވަރަށް ބޮޑުތަން ލަސްވެގެން ދެއްތޯ މިދިޔައީ، އެއީ ފެށުނީސުރެ އަޅުގަނޑުމެން ނަޖިސް ފެން ބޭނުން ކުރަމުން މި އަންނަނީ އަންނަ އިރުގައި މިހާރު އަދި ބިން ހިއްކުމުގެ މަޝްރޫއު ފެށުމާއި ގުޅިގެން ފެނަށް މި އަންނަމުންދާ ބަދަލާ އެކީގައި ހަމަ ރައްޔިތުން ވަރަށް ހާލުގައި މި އުޅެނީ 
ނޫމާ މުހައްމަދު

މި މަޝްރޫއުއާއި ގުޅޭގޮތުން ހައުސިންގ މިނިސްޓްރީގެ ފަރާތުން އެންމެ ފަހުން ދިން މައުލޫމާތަކީ މާއެނބޫދޫ ފެނުގެ މަޝްރޫއުއަކީ މި އަހަރަށް ޝެޑިއުލް ކުރެވިފައިވާ މަސައްކަތެއް ނަމަވެސް ބަޖެޓުގެ ކަންތަައްތަކެއް ހަމަނުޖެހުމާ ގުޅިގެން ހުއްޓިފައިވާ ކަމަށް ނޫމާ ވިދާޅުވި އެވެ. 

މީގެ އިތުރުން، މި މަޝްރޫއުގެ 70 އިންސައްތަ ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގެންނެވިއިރު ނިމިފައިވާކަން ނޫމާ ފާހަގަކުރެއްވި އެވެ. އަދި މި ހިދުމަތް ފެށުމަށްޓަކައި، ބާކީ ހުރި މަަސައްކަތްތައް ނިންމަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.  

ދ. މާއެނބޫދޫ

އެންމެ ހިނގާ

1

ކޮޗިންއިން ރާއްޖެއަށް އަންނަން އޮތް މޯލްޑިވިއަންގެ ފްލައިޓެއް ކެންސަލްވެ، ގިނަ އަދަދެއްގެ ދިވެހިން ހާލުގައި ޖެހިއްޖެ

2

ސްޓެލްކޯއަށް ގޮސް ޝަކުވާކުރުމުން 17،000 ރުފިޔާގެ ބިލެއް 1000 އަށް އަދި 12،000 ރުފިޔާގެ ބިލެއް 600 އަށް ކުޑަކޮށްދީފި

3

މުއިއްޒު ވެރިކަމަށް ވަޑައިގެންނެވިފަހުން އެއްވެސް ރައްޔިތެއްގެ ފުރާނައަށް ގެއްލުންވާ ގޮތަށް މަރުވެގެން ގޮސްފައެއް ނުވޭ: ސުޖާއު

4

50 މިލިއަން ޑޮލަރުގެ ދަރަނި އިންޑިއާއަށް ދައްކަން މަޖުބޫރުވެ، ޒަރޫރީ ތަކެތި އެތެރެކުރުމަށް ނުރައްކާ ވެދާނެ ކަމުގެ އިންޒާރު ރައީސް ނަޝީދު ދެއްވައިފި

5

ޑަޔާނާގެ މަތިން "މާ ގިނަ ދުވަސްތަކެއް ނުވެ ހަނދާން ނެތިދާނެ" ކަމަށް، އެކަމާނާ އަވަހާރަވިތާ މަދު ދުވަސްކޮޅެއްގެ ތެރޭގައި ރަސްގެފާނު ޗާލްސް ވިދާޅުވި: ޑަޔާނާގެ ކޮއްކޯފުޅު

އިތުރަށް ކިޔާލަން

25 މެއި 2026

މާއެނބޫދޫ ބިން ހިއްކުމަކީ ރައީސް މުއިއްޒުގެ ރިޔާސީ ވައުދެއް، ނަމަވެސް މި މަޝްރޫއުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދޭ!

25 މެއި 2026
މާއެނބޫދޫ ބިން ހިއްކުމަކީ ރައީސް މުއިއްޒުގެ ރިޔާސީ ވައުދެއް، ނަމަވެސް މި މަޝްރޫއުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދޭ!
08 އޯގަސްޓު 2023

ކުޑަހުވަދޫ ފެނަކަ އޮފީހުގެ އައު ޢިމާރާތާއި، މާއެނބޫދޫ ފުޓްސަލް ދަނޑު ރައީސް ހުޅުއްވައިދެއްވައިފި

08 އޯގަސްޓު 2023
ކުޑަހުވަދޫ ފެނަކަ އޮފީހުގެ އައު ޢިމާރާތާއި، މާއެނބޫދޫ ފުޓްސަލް ދަނޑު ރައީސް ހުޅުއްވައިދެއްވައިފި
07 އޯގަސްޓު 2023

ވޯޓްލުމުގެ ކުރިން ދ. މާއެނބޫދޫ ބިން ހިއްކުމުގެ އަމަލީ މަސައްކަތް ފެށިގެންދާނެ: ރައީސް

07 އޯގަސްޓު 2023
ވޯޓްލުމުގެ ކުރިން ދ. މާއެނބޫދޫ ބިން ހިއްކުމުގެ އަމަލީ މަސައްކަތް ފެށިގެންދާނެ: ރައީސް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް