Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއެމްޑީޕީ

މިއީ ދިވެހީންނަށް މުސީބާތެއް ކަހަލަ ސަރުކާރެއް، ޤައުމުގެ ހާލަތާ މެދު ވަރިހަމަ ކޮށްލައިގެން ތިބެވޭކަށް ނެތް: ޝާހިދު

25 އޯގަސްޓު 2026 | އަންގާރަ 03:33

ޝާހިދު ވިދާޅުވީ ރައީސް މުއިއްޒުގެ މި ސަރުކާރު ފެނިގެން ދަނީ އެއްވެސް މިސްރާބެއް ނެތް، އެއްވެސް ކަހަލަ ސިޔާސަތުތަކެއް ނެތް، ރައްޔިތުންނަށް ގިނަ ގުނަ ދުއްތުރާތައް ކުރަމުން އަންނަ މުސީބާތެއް ކަހަލަ ސަރުކާރެއް ކަމަށް. މިއީ ވަރިހަމަ ކޮށްލައިގެން ތިބެވޭނެ ހާލަތެއް ނޫން ކަމަށް ފާހަގަކުރައްވާ ޝާހިދު ވިދާޅުވީ، އެ މީހަކަށް ލިބިފައި ހުރި ތަޖުރިބާ ބޭނުންކޮށްގެން ރާއްޖެ ހަމަ މަގަށް އެޅުވުމުގެ މަސައްކަތް ކުރަން ޖެހޭ ކަމަށް

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 25 އޯގަސްޓު 2026 | އަންގާރަ 03:33
ރާއްޖެ ޓީވީގެ ފަށާއިރު ޕްރޮގްރާމްގައި އެމްޑީޕީގެ ކުރީގެ ރައީސް އަބްދުﷲ ޝާހިދު ބައިވެރިވެ ވަޑައިގަންނަވަނީ

ރާއްޖެ ޓީވީގެ ފަށާއިރު ޕްރޮގްރާމްގައި އެމްޑީޕީގެ ކުރީގެ ރައީސް އަބްދުﷲ ޝާހިދު ބައިވެރިވެ ވަޑައިގަންނަވަނީ | ރާއްޖެ އެމްވީ

އިދިކޮޅު ދިވެހި ރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ)ގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވަން ނިންމެވީ ވަރަށް ގިނަ ބައެއްގެ އެދުމުގެ މަތިން ކަމަަށާއި، ދިވެހި ރާއްޖެ މިހާރު މި އޮތް ހާލަތުގެ ސަބަބުން ވަރިހަމަ ކޮށްލައިގެން ތިބެވެން ނެތް ކަމަށް އެމްޑީޕީގެ ކުރީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.

އަންގާރަ ދުވަހު ރާއްޖެ ޓީވީގެ ފަށާއިރު ޕްރޮގްރާމްގައި ބައިވެރިވެ ވަޑައިގެން ވާހަކަފުޅު ދައްކަވަމުން ޝާހިދު ވިދާޅުވީ، 2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު އެމްޑީޕީ އަށް ގެއްލުނު ފަހުން، ދެން 2028 ގައި އޮންނަ ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވުމަށް އެމްޑީޕީގެ ވަރަށް ގިނަ މެންބަރުން އެދިވަޑައިގެންނެވި ކަމަށެވެ. 

Advertisement - newsAdvertisement

ޝާހިދު ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ މި ސަރުކާރު ފެނިގެން ދަނީ އެއްވެސް މިސްރާބެއް ނެތް، އެއްވެސް ކަހަލަ ސިޔާސަތުތަކެއް ނެތް، ރައްޔިތުންނަށް ގިނަ ގުނަ ދުއްތުރާތައް ކުރަމުން އަންނަ މުސީބާތެއް ކަހަލަ ސަރުކާރެއް ކަމަށެވެ. މިއީ ވަރިހަމަ ކޮށްލައިގެން ތިބެވޭނެ ހާލަތެއް ނޫން ކަމަށް ފާހަގަ ކުރައްވައި ޝާހިދު ވިދާޅުވީ، އެ މީހަކަށް ލިބިފައި ހުރި ތަޖުރިބާ ބޭނުންކޮށްގެން ރާއްޖެ ހަމަ މަގަށް އެޅުވުމުގެ މަސައްކަތް ކުރަން ޖެހޭ ކަމަށެވެ. 

މި ސަރުކާރަކީ އެއްވެސް ކަހަލަ މިސްރާބެއް ނެތް، އެއްވެސް ކަހަލަ ސިޔާސަތުތަކެއް ނެތް، ރައްޔިތުންނަށް ގިނަ ގުނަ ދުއްތުރާތައް ކުރަމުންދާ، ދިވެހި ރާއްޖެ އަށް މުސީބާތެއްގެ ގޮތުގައި އޮތް ސަރުކާރެއްގެ ގޮތުގައި. އަޅުގަނޑުމެންނަކަށް ނެތް ވަރިހަލަ ކޮށްލައިގެން ތިބެވޭކަށް
އަބްދުﷲ ޝާހިދު

މީގެ އިތުރުން ޝާހިދު ވިދާޅުވެފައި ވަނީ، އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަ ކުރައްވަން ނިންމެވީ މިހާރު ފާލުން ނެއްޓިފައިވާ ސަރުކާރު ނިމުމަކަށް ގެނެސް، ދިވެހި ރައްޔިތުން ބޭނުންވާ ފަދަ ވެރިކަމެއް ކޮށްދެއްވުމުގެ މަޤުސަދުގައި ކަަމަށެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނެކަން ޝާހިދު އިއުލާނުކުރައްވާފައި ވަނީ، މި ހިނގާ އޮގަސްޓު މަހުގެ 14 ވަނަ ދުވަހުގެރޭ އައްޑޫ ސިޓީގައި ބޭއްވި ޖަލްސާގައި އެވެ. އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރެއްވުމަށް އިއުލާނުކުރެއްވުމާ އެކު، އެ ރޭ ޝާހިދު ވަނީ އެމްޑީޕީގެ ރައީސްކަމުގެ މަޤާމުން އިސްތިއުފާ ދެއްވައިފަ އެވެ. 

މީގެ ކުރިން ޝާހިދު ވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މަޤާމު އަދާކުރައްވައިފަ އެވެ. އޭގެ ފަހުން ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި ޝާހިދު ވަނީ ފޮރިން މިނިސްޓަރުގެ މަޤާމު އަދާކުރައްވައިފަ އެވެ. އަދި އެ ދައުރުގެ ތެރޭގައި ޝާހިދު ވަނީ އދ.ގެ ޖެނަރަލް އެސެމްބްލީގެ ރައީސްކަން ވެސް ކުރައްވައިފަ އެވެ.

އަބްދުﷲ ޝާހިދުއެމްޑީޕީ

އެންމެ ހިނގާ

1

އެމެރިކާއިން އީރާނަށް ހަމަލާދޭން ފެށި ދުވަހުގެ ހާމަނުކުރާ ވާހަކަތައް: އެމެރިކާގެ ހަމަލާތަކަށް ފަހު މަދު ގަޑިއިރުތަކެއްގެ ތެރޭގައި އީރާނުން އެފް-35 މަރުކާގެ ބޯޓެއްގެ މިޝަން ހުއްޓުވައި އެމެރިކާ ސިއްސުވާލި

2

އާދަޔާޚިލާފު ބާރުގަދަ "އެލް ނީނޯ" ގެ ނުރައްކާ ބޮޑުވަނީ، ވަގުތު ނަގާލެވޭކަށް ނެތް: އދ

3

ޔަމަނުގެ ހޫޘީން ހަލުއިކަމާއެކު ހޯދަމުންދާ ކުރިއެރުންތަކާއެކު މުޅި ސަރަހައްދަށް ކުއްލި ސިހުމެއް

4

އީރާނުން ބަޑިޖަހައި ވައްޓާލި އެމެރިކާގެ އަސްކަރީ ބޯޓުގައި އިން އެއާމަން ސަލާމަތްކުރުމަށް ހިންގި ނުރައްކާތެރި އޮޕަރޭޝަނުގެ ވާހަކަ

5

"ސުޕަރޖަމްބޯ" ގެ ނަމުން މަޝްހޫރުވެފައިވާ ބިޔަ އޭ380 މަތިންދާބޯޓުތަކުގެ ޒަމާން ނިމުމަކަށް އަންނަނީބާ؟

އިތުރަށް ކިޔާލަން

25 އޯގަސްޓު 2026

އަޅުގަނޑުގެ އިދިކޮޅު ފަރާތްތަކަކީ މިހާރު މި އޮތް ސަރުކާރު: ޝާހިދު

25 އޯގަސްޓު 2026
އަޅުގަނޑުގެ އިދިކޮޅު ފަރާތްތަކަކީ މިހާރު މި އޮތް ސަރުކާރު: ޝާހިދު
25 އޯގަސްޓު 2026

އަޅުގަނޑަކީ އަސްލު އެމްޑީޕީ މީހެއް، ޑީއާރުޕީ އިން ވަކިވީ ރައީސް ވަހީދުގެ ސަރުކާރުގައި ބައިވެރިވާން އެ ޕާޓީ އިން ނިންމުމުން: ޝާހިދު

25 އޯގަސްޓު 2026
އަޅުގަނޑަކީ އަސްލު އެމްޑީޕީ މީހެއް، ޑީއާރުޕީ އިން ވަކިވީ ރައީސް ވަހީދުގެ ސަރުކާރުގައި ބައިވެރިވާން އެ ޕާޓީ އިން ނިންމުމުން: ޝާހިދު
20 އޯގަސްޓު 2026

10 އަހަރު ފޯކައިދޫ ފެނަކަ ބްރާންޗަށް ޚިދުމަތް ކުރި މުވައްޒަފަކު އެމްޑީޕީއަށް ސޮއިކުރުމުން ވަޒީފާއިން ވަކިކުރި ކަމުގެ ތުހުމަތު!

20 އޯގަސްޓު 2026
10 އަހަރު ފޯކައިދޫ ފެނަކަ ބްރާންޗަށް ޚިދުމަތް ކުރި މުވައްޒަފަކު އެމްޑީޕީއަށް ސޮއިކުރުމުން ވަޒީފާއިން ވަކިކުރި ކަމުގެ ތުހުމަތު!
18 އޯގަސްޓު 2026

އައްޑޫއިން ފެނިގެން ދަނީ ސަރުކާރުގެ ދެކޮޅުނުޖެހޭ ސިޔާސަތުތަކުގެ ސަބަބުން ތަރައްގީ ސޮއްސާލާފައިވާ މަންޒަރު: ޝާހިދު

18 އޯގަސްޓު 2026
އައްޑޫއިން ފެނިގެން ދަނީ ސަރުކާރުގެ ދެކޮޅުނުޖެހޭ ސިޔާސަތުތަކުގެ ސަބަބުން ތަރައްގީ ސޮއްސާލާފައިވާ މަންޒަރު: ޝާހިދު
17 އޯގަސްޓު 2026

ރައީސް މުއިއްޒު ސިޔާސީ ގޮތުން މާޔޫސްވެ ބަލިކަށިވެއްޖެ: ޑީޑީ

17 އޯގަސްޓު 2026
ރައީސް މުއިއްޒު ސިޔާސީ ގޮތުން މާޔޫސްވެ ބަލިކަށިވެއްޖެ: ޑީޑީ
17 އޯގަސްޓު 2026

ރާއްޖޭގެ އިޤްތިސާދީ ހާލަތު ބަދަލުކޮށް ރައްޔިތުންނަށް ފުދުންތެރި ދިރިއުޅުމެއް ހޯދައިދެވޭނީ އެމްޑީޕީއަށް: ޝާހިދު

17 އޯގަސްޓު 2026
ރާއްޖޭގެ އިޤްތިސާދީ ހާލަތު ބަދަލުކޮށް ރައްޔިތުންނަށް ފުދުންތެރި ދިރިއުޅުމެއް ހޯދައިދެވޭނީ އެމްޑީޕީއަށް: ޝާހިދު
14 އޯގަސްޓު 2026

އެމްޑީޕީގެ ވެރިކަން ނިމުމާއެކު މުޅި ރާއްޖޭގެ ތަރައްގީ އަދި އިގްތިސާދު ބިލާހަކަށްވެ ނެތިގޮސްފި: ނާޒިލް

14 އޯގަސްޓު 2026
އެމްޑީޕީގެ ވެރިކަން ނިމުމާއެކު މުޅި ރާއްޖޭގެ ތަރައްގީ އަދި އިގްތިސާދު ބިލާހަކަށްވެ ނެތިގޮސްފި: ނާޒިލް
14 އޯގަސްޓު 2026

މި ސަރުކާރުގެ ހިންގުންތެރިކަމަށް ބަލާއިރު ފެންނަނީ އެއްވެސް ކަހަލަ ލީޑަރޝިޕެއް ނެތް މަންޒަރު: ހިސާން

14 އޯގަސްޓު 2026
މި ސަރުކާރުގެ ހިންގުންތެރިކަމަށް ބަލާއިރު ފެންނަނީ އެއްވެސް ކަހަލަ ލީޑަރޝިޕެއް ނެތް މަންޒަރު: ހިސާން
14 އޯގަސްޓު 2026

ރާއްޖޭގެ ރައްޔިތުން އެދުނު ކޮންމެ ކަމެއް އިސްލާހުކޮށް ބަދަލުކޮށްލި ފަހުލަވާނުން ތިބީ އެމްޑީޕީގައި: ޝާހިދު

14 އޯގަސްޓު 2026
ރާއްޖޭގެ ރައްޔިތުން އެދުނު ކޮންމެ ކަމެއް އިސްލާހުކޮށް ބަދަލުކޮށްލި ފަހުލަވާނުން ތިބީ އެމްޑީޕީގައި: ޝާހިދު
14 އޯގަސްޓު 2026

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނެކަން ޝާހިދު އިއުލާނުކުރައްވައިފި

14 އޯގަސްޓު 2026
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނެކަން ޝާހިދު އިއުލާނުކުރައްވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް