އިންޑިއާ-ޗައިނާ ބޯޑަރާ ގުޅޭ މަޝްވަރާތައް އަންގާރަ ދުވަހު ބާއްވަނީ
25 އޯގަސްޓު 2026 | އަންގާރަ 06:45ޗައިނާގެ ވެރިރަށް ބެއިޖިންގައި އޮންނަ މި މަޝްވަރާތަކުގައި ޗައިނާގެ ފަރާތުން އިސްކޮށް ބައިވެރިވެ ވަޑައިގަންނަވަނީ ފޮރިން މިނިސްޓަރު ވާންގް ޔީ. އަދި އިންޑިއާގެ ފަރާތުން އިސްކޮށް ބައިވެރިވެ ވަޑައިގަންނަވަނީ ޤައުމީ ސަލާމަތާ ބެހޭ މުޝީރު އަޖިތު ދޯވާލް


ޗައިނާ އާއި އިންޑިއާއާ ދެމެދު މީގެ ކުރިން ބޭއްވި ބައްދަލުވުމެއްގެ ތެރެއިން | ރޮއިޓާސް
އިންޑިއާ އާއި ޗައިނާއާ ދެމެދު ސަރަހައްދީ އިމުގެ މައްސަލައިގައި އުފެދިފައިވާ ޚިޔާލު ތަފާތުވުންތަކާ ގުޅޭ މަޝްވަރާތަކުގެ 25 ވަނަ ބުރު އަންގާރަ ދުވަހު އޮންނާނެ އެވެ.
ޗައިނާގެ ވެރިރަށް ބެއިޖިންގައި އޮންނަ މި މަޝްވަރާތަކުގައި ޗައިނާގެ ފަރާތުން އިސްކޮށް ބައިވެރިވެ ވަޑައިގަންނަވަނީ ފޮރިން މިނިސްޓަރު ވާންގް ޔީ އެވެ. އަދި އިންޑިއާގެ ފަރާތުން އިސްކޮށް ބައިވެރިވެ ވަޑައިގަންނަވަނީ ޤައުމީ ސަލާމަތާ ބެހޭ މުޝީރު އަޖިތު ދޯވާލް އެވެ.
މަޝްވަރާތަކުގައި ބައިވެރިވެ ވަޑައިގަތުމަށް އަޖިތު ދޯވާލް ވަނީ ހޯމަ ދުވަހު ޗައިނާ އަށް ވަޑައިގެންފައި އެވެ. އަދި އޭނާގެ މި ދަތުރުފުޅުގައި ޗައިނާގެ ނައިބު ރައީސް ހާން ޒެންގްއާ ވެސް ބައްދަލުކުރައްވާނެ އެވެ.
އަންނަ ސެޕްޓެމްބަރު މަހުގެ މެދުތެރޭގައި އޮންނަ ބްރިކްސް ޖަމިއްޔާގެ މެންބަރު ޤައުމުތަކުގެ ވެރިންގެ ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގަތުމަށް ޗައިނާގެ ރައީސް ޝީ ޖިންގްޕިންގް އިންޑިއާގެ ވެރި ރަށް ނިއުދިއްލީ އަށް ވަޑައިގަންނަވަން ހަމަޖެހިފައިވާތީ، ބޯޑަރު މައްސަލައިގައި އަންގާރަ އޮންނަ މަޝްވަރާތަކަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުގެ ސަމާލުކަން ވަނީ އިތުރުވެފައި އެވެ.
މަސްދަރު: އަލް ޖަޒީރާ








