Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރައްޔިތުންގެ މަޖިލިސް

ރައްޔިތުންގެ މަޖިލިސް ހިންގަނީ ގާނޫނު އަސާސީގެ ރޫހާއި ހިލާފަށް، މިއަދު މަޖިލީހުގައި އޮތީ ހިޓްލަރުގެ އުސޫލު: މެންބަރު މީކާއިލް

23 އޯގަސްޓު 2026 | އާދީއްތަ 06:23

މަޖިލީހުގެ ގަވާއިދަށް ބަދަލުތައް ގެންނަނީ ސަރުކާރުން ބޭނުންނުވާ ކަންކަން ހުއްޓުވުމަށް ކަމަށް ވިދާޅުވެ، މެންބަރު މީކާއިލް ނަސީމް ސަރުކާރަށް ފާޑުވިދާޅުވެއްޖެ. ލާމަރުކަޒީ ގާނޫނަށް ހުށަހެޅި އިސްލާހާ ދެކޮޅަށް ރައްޔިތުން ހުށަހެޅި ޕެޓިޝަންގެ ބަހުސް ހުއްޓުވަން މަސައްކަތް ކުރާ ކަމަށް އޭނާ ތުހުމަތު ކުރެއްވި. އެއް މައްސަލައެއްގައި ދެ ޕެޓިޝަން ހުށަހެޅޭ ގޮތަށް ގަވާއިދު ބަދަލުކުރުމަކީ ރައްޔިތުންގެ އަޑު ކަނޑުވާލުން ކަމަށް ވެސް މީކާއިލް ވިދާޅުވި

ޝާއިން މުޙައްމަދު
ޝާއިން މުޙައްމަދު | 23 އޯގަސްޓު 2026 | އާދީއްތަ 06:23
ރައްޔިތުންގެ މަޖިލިސް ހިންގަނީ ގާނޫނު އަސާސީގެ ރޫހާއި ހިލާފަށް ކަމަށާއި މިއަދު މަޖިލީހުގައި އޮތީ ހިޓްލަރުގެ އުސޫލު ކަމަށް މެންބަރު މީކާއިލް ވިދާޅުވި

ރައްޔިތުންގެ މަޖިލިސް ހިންގަނީ ގާނޫނު އަސާސީގެ ރޫހާއި ހިލާފަށް ކަމަށާއި މިއަދު މަޖިލީހުގައި އޮތީ ހިޓްލަރުގެ އުސޫލު ކަމަށް މެންބަރު މީކާއިލް ވިދާޅުވި | ރައްޔިތުންގެ މަޖިލިސް

ރައްޔިތުންގެ މަޖިލިސް ހިންގަނީ ގާނޫނު އަސާސީގައި އޮތް ރޫހާ ހިލާފަށް ކަމަށާއި، މިއަދު މަޖިލީހުގައި އޮތީ ހިޓްލަރުގެ އުސޫލު ކަމަށް ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމް ވިދާޅުވެއްޖެ އެވެ.

އާދިއްތަ ދުވަހުގެ ރައްޔިތުން މަޖިލީހުގެ ޖަލްސާގައި، އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހު އަނބުރާ ގެންދިއުމަށް ގޮވާލާ ހުށަހަޅާފައިވާ ޕެޓިޝަނަށް ބަހުސް ކުރައްވަމުން މީކާއިލް ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ ގަވާއިދަކީ ގާނޫނެއް ކަމަށާއި ކޮންމެ ދުވަހަކު އެއްފަހަރު އިސްލާހެއް ހުށަހަޅައިގެން ގާނޫނު ބަދަލުކުރާނަމަ އޭގެ އަގެއް ނުހުންނާނެ ކަމަށެެވެ. އަދި ސަރުކާރު ހިންގާ މައި ޕާޓީ ޕީއެންސީން ބޭނުން ނުވާ ގޮތަކަށް މަޖިލީހުގައި ކަމެއް ހިނގާނަމަ ގާނޫނާއި ގަވައިދު ދަނީ ބަދަލުކުރަމުން ކަމަށް މެންބަރު މީކާއިލް ވިދާޅުވި އެވެ.

Advertisement - newsAdvertisement

އީ-ޕެޓިޝަން ނިޒާމެއް ގާއިމުކުރެވިގެން ދިޔައީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ކައިރިއަށް ދާން ނުޖެހި، ރައްޔިތުން ބޭނުންވާ ކަންކަން މަޖިލީހުގައި ބަހުސް ކުރެވޭނެ ނިޒާމެއް ގާއިމުކުރުމަށް ކަމަށް މީކާއިލް ވިދާޅުވި އެވެ. ނަމަވެސް މަޖިލީހުން މިހާރު ފާހަގަކުރެވެނީ ރައްޔިތުންގެ ފަރާތުން ހުށަހަޅާފައިވާ ބަހުސެއް ހުއްޓުވަން ސަރުކާރުން ކުރަމުންދާ މަސައްކަތް ކަމަށް އޭނާ ވިދާޅުވި އެވެ.

މާދަމާ ވެސް އިއްޒަތްތެރި ރައީސް، މަޖިލީހުގައި ޕީއެންސީން ބޭނުންނުވާ ގޮތަކަށް ކަމެއް ހިނގާ ނަމަ ހަމަ އުސޫލު ބަދަލުކޮށް، ގާނޫނު ބަދަލުކޮށް، ގަވާއިދު ބަދަލުކޮށް، އަނެއް ދުވަހު އެކަން ނިންމާލާފައި އެކަން ކުރީ ގަވާއިދާ އެއްގޮތަށްށޭ ބުނީމަ އަޅުގަނޑަށް ހަމަ ހަދާން ވަނީ ނާޗީ ޖަރމަނީ، އިއްޒަތްތެރި ރައީސް ނާޗީ ޖަރމަނީގައި އޮތް ހިޓްލަރުގެ އުސޫލު އަޅުގަނޑުމެންނަށް މިހާރު ރައްޔިތުންގެ މަޖިލީހުގައި ކުރިއަށް ދާތަން މިފެންނަނީ، ހަމަ ކޮންމެ ކަމެއް ކުރަން ވީމަ ގަވާއިދު ބަދަލު ކޮށްލަނީ  
މީކާއިލް އަހުމަދު ނަސީމް

އެއް މައްސަލައަކާއި ގުޅޭ ގޮތުން ދެ ޕެޓީޝަނެއް ހުށަހެޅޭ ގޮތަށް ގާނޫނު އިސްލާހު ކުރީ، ލާމަރުކަޒީ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހު އަނބުރާ ގެންދަން ގޮވާލާ ޕެޓިޝަނާއި ގުޅިގެންކަން ފާހަގަކުރައްވައި މީކާއިލް ވިދާޅުވީ މި ގާނޫނު އިސްލާހު ކުރީ ސަރުކާރުން ފައިސާ ދީގެން ގެންގުޅޭ ސޯޝަލް މީޑިއާ އެކްޓްވިސްޓުން ލައްވާ ޕީއެންސީން ޕެޓިޝަނެއް ހުށަހަޅަން ކަމަށެވެ. 

މީގެއިތުރުން، މީކާއިލް ވަނީ 70 ވަރަކަށް މެންބަރުންނާއެކު ސުޕަރ މެޖޯރިޓީއެއް އޮތްއިރު، ރައްޔިތުން ހުށަހަޅާފައިވާ ޕެޓިޝަނެއް ޕީއެންސީއަށް ހަޖަމް ނުވެގެން އުޅެނީ ކީއްވެ ތޯ ސުވާލު އުފައްދަވާފައި އެވެ. އަދި ޕީއެންސީން ކުރަމުންދާ މިފަދަ ކޮންމެ ކަމަކަށް ރައްޔިތުން ދާނީ އިންތިހާބުތަކުން ޕީއެންސީއަށް ނަތިޖާ ދައްކަމުން ކަމަށް މީކާއިލް ވިދާޅުވި އެވެ.

އެއް މައްސަލައަކާ ގުޅޭގޮތުން އެއް ޕެޓިޝަނަށްވުރެ ގިނަ ޕެޓިޝަން ހުށަހެޅޭ ގޮތަށް ރައްޔިތުންގެ މަޖިލީހުގެ ގަވާއިދު ބަދަލުކުރަން މަޖިލީހުން ވަނީ 18 އޮގަސްޓުގައި ފާސްކޮށްފަ އެވެ. 

20 ވަނަ ރައްޔިތުންގެ މަޖިލީސްމީކާއިލް އަހުމަދު ނަސީމް

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

4

ދުނިޔޭގެ ބޮކްސިން ޗެމްޕިއަންކަން ދެ ފަހަރު ހޯދާފައިވާ ޓެޓޭ ގަޔަށް ބަޑިޖަހާ މަރާލައިފި

5

ގަތަރުގައި ހައްޔަރުކޮށްފައި ތިބި އީރާނުގެ ޕައިލެޓުންގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސްވަމުންދާ ކަމަށާއި މިހާރުން މިހާރަށް އެމީހުން ހަވާލުކުރުމަށް އީރާނުން އިންޒާރުދީފި

އިތުރަށް ކިޔާލަން

20 އޯގަސްޓު 2026

ލާމަރުކަޒީ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހު އޮތް ގޮތަށް ފާސްކުރުމަށް ގޮވާލާ، ސަރުކާރަށް ތާއީދުކުރާ މީހުންގެ ޕެޓިޝަނުގައި ސޮއިކުރުމަށް އެސްއޯއީތަކުގެ މުވައްޒަފުންނަށް އަންނަނީ މަޖުބޫރު ކުރަމުން: ރައީސް ނަޝީދު

ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ލިބޭ އަގުބޮޑު ހެލްތު އިންޝުއަރެންސް ކަނޑާލުމަށް ގޮވާލާ ޕެޓިޝަނުގައި 5000ށް ވުރެ ގިނަ ސޮއި!

20 އޯގަސްޓު 2026
ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ލިބޭ އަގުބޮޑު ހެލްތު އިންޝުއަރެންސް ކަނޑާލުމަށް ގޮވާލާ ޕެޓިޝަނުގައި 5000ށް ވުރެ ގިނަ ސޮއި!
18 އޯގަސްޓު 2026

ދައުލަތުން މުސާރާއިގެ ގޮތުގައި މަހެއްގެ މައްޗަށް ހަރަދުވާ މިންވަރު އެއް ބިލިއަނުން 1.4 ބިލިއަނަށް އިތުރުވެއްޖެ: ފިނޭންސް މިނިސްޓަރު

18 އޯގަސްޓު 2026
ދައުލަތުން މުސާރާއިގެ ގޮތުގައި މަހެއްގެ މައްޗަށް ހަރަދުވާ މިންވަރު އެއް ބިލިއަނުން 1.4 ބިލިއަނަށް އިތުރުވެއްޖެ: ފިނޭންސް މިނިސްޓަރު
18 އޯގަސްޓު 2026

މުއިއްޒުއާއި ޕީއެންސީއަށް ސަނާކިޔާ ޓްވީޓު ކޮށްލާކަމަށްޓަކައި މަހަކު 12،000 ރުފިޔާ މެންބަރުންނަށް އެބަދޭ: މީކާއީލް

18 އޯގަސްޓު 2026
މުއިއްޒުއާއި ޕީއެންސީއަށް ސަނާކިޔާ ޓްވީޓު ކޮށްލާކަމަށްޓަކައި މަހަކު 12،000 ރުފިޔާ މެންބަރުންނަށް އެބަދޭ: މީކާއީލް
18 އޯގަސްޓު 2026

ފަޅުރަށްރަށާއި ފަޅުތައް ކުއްޔަށް ދިނުމުގެ ބިލު މުޅި މަޖިލީހުގެ ކޮމިޓީން ފާސްކޮށްފި

18 އޯގަސްޓު 2026
ފަޅުރަށްރަށާއި ފަޅުތައް ކުއްޔަށް ދިނުމުގެ ބިލު މުޅި މަޖިލީހުގެ ކޮމިޓީން ފާސްކޮށްފި
18 އޯގަސްޓު 2026

ރާއްޖޭގައި ރަޖިސްޓްރީވެފައިވާ ވިޔަފާރިތަކުން އެކަނި ޓެކްސް ނަގާގޮތަށް އޮތް އޮތުން ނިމުމަކަށް ގެންނަ ބިލު މުޅި މަޖިލީހުގެ ކޮމިޓީން ފާސްކޮށްފި

18 އޯގަސްޓު 2026
ރާއްޖޭގައި ރަޖިސްޓްރީވެފައިވާ ވިޔަފާރިތަކުން އެކަނި ޓެކްސް ނަގާގޮތަށް އޮތް އޮތުން ނިމުމަކަށް ގެންނަ ބިލު މުޅި މަޖިލީހުގެ ކޮމިޓީން ފާސްކޮށްފި
16 އޯގަސްޓު 2026

ރައްޔިތުންނަށް ޑޮލަރު ލިބުމުގައި ދަތިތައް ކުރިމަތިވަނީ ސަރުކާރުގެ މިސްމެނޭޖްމަންޓާއި ބޭކާރު ޚަރަދުތަކުގެ ސަބަބުން: މެންބަރު ޒިޔާދު

16 އޯގަސްޓު 2026
ރައްޔިތުންނަށް ޑޮލަރު ލިބުމުގައި ދަތިތައް ކުރިމަތިވަނީ ސަރުކާރުގެ މިސްމެނޭޖްމަންޓާއި ބޭކާރު ޚަރަދުތަކުގެ ސަބަބުން: މެންބަރު ޒިޔާދު
15 އޯގަސްޓު 2026

ކުރިއަށް އޮތްތަނުގައި އިސްލާމްދީނާ ޚިލާފު ގާނޫނެއް އުފަން ނުކުރެވޭނެ ފަދަ ނިޒާމެއް ގާއިމުކުރަން މަޖިލީހަށް ހުށަހަޅާނަން: ރައީސް މުއިއްޒު

15 އޯގަސްޓު 2026
ކުރިއަށް އޮތްތަނުގައި އިސްލާމްދީނާ ޚިލާފު ގާނޫނެއް އުފަން ނުކުރެވޭނެ ފަދަ ނިޒާމެއް ގާއިމުކުރަން މަޖިލީހަށް ހުށަހަޅާނަން: ރައީސް މުއިއްޒު
13 އޯގަސްޓު 2026

އެޖެންޑާ އެއް ނެތް، ފެށޭނެ ގަޑިއެއް ނޭނގޭ، ޖަލްސާ އެބައޮތް

13 އޯގަސްޓު 2026
އެޖެންޑާ އެއް ނެތް، ފެށޭނެ ގަޑިއެއް ނޭނގޭ، ޖަލްސާ އެބައޮތް
12 އޯގަސްޓު 2026

ރާއްޖޭގެ އިގްތިސާދަށް ރައީސް މުއިއްޒު ކުރައްވަމުން ގެންދެވި އެކްސްޕެރިމެންޓް ފެއިލްވެއްޖެ ކަމަށް މި ސަރުކާރުން އިއުތިރާފުވެއްޖެ: މީކާއިލް

12 އޯގަސްޓު 2026
ރާއްޖޭގެ އިގްތިސާދަށް ރައީސް މުއިއްޒު ކުރައްވަމުން ގެންދެވި އެކްސްޕެރިމެންޓް ފެއިލްވެއްޖެ ކަމަށް މި ސަރުކާރުން އިއުތިރާފުވެއްޖެ: މީކާއިލް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް