ހުޅުމާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓު ކެނޑިއްޖެ
22 އޯގަސްޓު 2026 | ހޮނިހިރު 18:13ހުޅުމާލެ އިން ކަރަންޓު ކެނޑުނީ ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެން ކަމަށް ސްޓެލްކޯއިން ބުނެފި. މި މައްސަލަ ހައްލުކޮށް ވީއެންމެ އަވަހަކަށް ކަރަންޓުގެ ހިދުމަތް އަލުން ފޯރުކޮށްދިނުމުގެ މަސައްކަތް ކުރަމުންދާއިރު، އާންމު ރައްޔިތުންނަށް ދިމާވި ދަތިތަކަށް އެ ކުންފުނިން ވަނީ މާފަށް އެދިފައި


ހުޅުމާލޭގެ ފޭސް 1 އަދި ފޭސް 2 ގެ ބައެއް ސަރަހައްދުތަކުން ކަރަންޓުގެ ހިދުމަތް މެދުކެނޑިއްޖެ | ރާއްޖެއެމްވީ
ހުޅުމާލޭގެ ފޭސް 1 އަދި ފޭސް 2 ގެ ބައެއް ސަރަހައްދުތަކުން ކަރަންޓުގެ ހިދުމަތް މެދުކެނޑިއްޖެ އެވެ.
ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) އިން ރާއްޖެއެމްވީ އަށް ބުނީ ކަރަންޓު ކެނޑެން ދިމާވީ ޓެކްނިކަލް މައްސަލައަކާ ގުޅިގެން ކަމަށެވެ. އަދި މި މައްސަލައަށް އަވަސް ހައްލެއް ހޯދައި، ވީއެންމެ އަވަހަކަށް އަލުން ކަރަންޓުގެ ހިދުމަތް ފޯރުކޮށްދިނުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.
މި ކަމުގެ ސަބަބުން އާންމު ރައްޔިތުންނަށް ދިމާވާނެ ދަތިތަކަށްޓަކައި ސްޓެލްކޯއިން ވަނީ މާފަށް އެދިފަ އެވެ.











