Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއަލިފާނުގެ ހާދިސާ

ހުޅުމާލޭ 110 ވަނަ ފުލެޓުގައި ހިނގި އަލިފާނުގެ ހާދިސާ: ދެ އެޕާޓްމަންޓެއް ބޭނުން ނުކުރެވޭ ވަރަށް އަނދާ، 15 މީހަކު ވަގުތީ ބޯހިޔާވަހިކަމަށް!

ހުޅުމާލެ ފުރަތަމަ ފިޔަވަހީގެ ފުލެޓެއްގައި ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާގައި ދެ އެޕާޓްމަންޓަކަށް ބޮޑެތި ގެއްލުންތަކެއް ވެފައިވާއިރު، މި ހާދިސާ ހިނގަން މެދުވެރިވީ ސިޓިންގ ރޫމުގައި އޮތް 'ޓޫލް މެލްޓިން ޑިވައިސް' އެއްގައި ރޯވުމުން ކަމަށް ބެލެވޭ. މި ހާދިސާގައި ފިހުނު މީހަކަށް ހުޅުމާލެ ހޮސްޕިޓަލުގައި ފަރުވާދެމުންދާއިރު، ދުމުގެ އަސަރުކޮށްގެން އިތުރު ފަސް މީހަކަށް ފަރުވާ ދީފައިވޭ. އެންޑީއެމްއޭއިން މިހާރު ދަނީ މި ހާދިސާގައި ހާލުގައި ޖެހުނު އާއިލާތަކަށް ބޭނުންވާ އެހީތެރިކަމާއި ނަފުސާނީ ފުރަތަމަ އެހީ ފޯރުކޮށްދެމުން.

އަމްނާ އިމާދު
އަމްނާ އިމާދު | 2 ޖުލައި 2026 | ބުރާސްފަތި 09:26
ހުޅުމާލޭ 110 ވަނަ ފުލެޓުގައި ހިނގި އަލިފާނުގެ ހާދިސާގައި ކޮޓަރިއެއް އެއްކޮށް އަނދާފައި.

ހުޅުމާލޭ 110 ވަނަ ފުލެޓުގައި ހިނގި އަލިފާނުގެ ހާދިސާގައި ކޮޓަރިއެއް އެއްކޮށް އަނދާފައި. | އެންޑީއެމްއޭ

ހުޅުމާލެ ފުރަތަމަ ފިޔަވަހީގެ 110 ވަނަ ފުލެޓުގައި ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާއާ ގުޅިގެން ޖުމްލަ 15 މީހަކަށް ވަގުތީ ބޯހިޔާވަހިކަން ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) ހަމަޖައްސައިދީފި އެވެ. 

މި ހާދިސާ ހިނގިކަމުގެ ރިޕޯޓު އެމްއެންޑީއެފްއަށް ލިބުނީ ބުދަ ދުވަހުގެ ރޭ ދަންވަރު 1:10 ހާއިރު އެވެ. އަދި މި ރިޕޯޓު ލިބުމާއެކު، އެ ފަޔަރ ސްޓޭޝަނުގެ ފަޔަރ ފައިޓަރުން އެ ސަރަހައްދަށް ގޮސް، ފަޔަރ ފައިޓަރުން ކުރި މަސައްކަތުން އަލިފާން ނިއްވާލެވުނީ 01:23 ހާއިރު ކަމަށެވެ.

Advertisement - newsAdvertisement

މިހާދިސާއާ ގުޅޭގޮތުން އެންޑީއެމްއޭ އިން ފުލުހުންނާ ހަވާލާދީ ބުނީ، މި ހާދިސާ ހިނގަން މެދުވެރިވީ އެޕާޓްމަންޓުގެ ސިޓިންގ ރޫމުގައި އޮތް 'ޓޫލް މެލްޓިންގ ޑިވައިސް' އެއްގައި ރޯވުމުގެ ސަބަބުން ކަމަށް ބެލެވޭ ކަމަށެވެ. 

އެންޑީއެމްއޭއިން ބުނީ،  1 ވަނަ އަދި 3 ވަނަ ފަންގިފިލާގެ 2 އެޕާޓްމަންޓަކަށް ވަރަށް ބޮޑަށް ގެއްލުން ވެފައިވާ ކަމަށާއި، އެތަންތަނުގައި ދިރިނުޅޭވޭ ވަރަށް ދުމުގެ އަސަރުކޮށްފައިވާ ކަމަށެވެ.

އެންޑީއެމްއޭއިން ބުނީ،  މި ހާދިސާ ހިނގިއިރު އެ އެޕާޓްމަންޓުގައި ދިރިއުޅެމުން ދިޔަ 7 ދިވެހިންގެ ތެރެއިން 5 މީހަކަށް ފަރުވާ ދީފައިވާ ކަމަށެވެ. އޭގެ ތެރޭގައި 18 އަހަރުން ދަށުގެ ފިރިހެން ކުއްޖަކާއި، އަންހެން ކުއްޖެއް ހިމެނޭ ކަމަށް އެ އޮތޯރިޓީން ބުންޏެވެ. އަދި ހުޅުމާލެ ހޮސްޕިޓަލާ ހަވާލާދީ އެންޑީއެމްއޭއިން ބުނީ، މި ހާދިސާގައި އެކަކުގެ އަތާއި ފައިގެ 12 އިންސައްތަ ފިހިފައިވާ ކަމަށާއި، އޭނާ ގެ ހާލު ވެސް ރަނގަޅު ވަމުންދާ ކަމަށެވެ. އަދި އެހެން އެންމެނަށް ފަރުވާ ދިނުމަށްފަހު ދޫކޮށްލާފައިވާ ކަމަށް އެ އޮތޯރިޓީން ބުންޏެވެ. 

މީގެ އިތުރުން އެންޑީއެމްއޭއިން ބުނީ ދުމުގެ އަސަރުކުރި އެޕާޓްމަންޓަކުން ވެސް މީހުން ހުސްކޮށްފައިވާ ކަމަށެވެ. 

އެގޮތުން 8 ދިވެހިންނަށް ވެސް ވަގުތީ ބޯހިޔާވަހިކަން ހަމަޖައްސާދީފައިވާ ކަމަށް އެ އޮތޯރިޓީން ބުންޏެވެ 

އެންޑީއެމްއޭއިން ބުނީ ދިވެހި ރެޑް ކްރެސެންޓް މެދުވެރިކޮށް އެ އާއިލާއަށް ބޭނުންވާ ނަފުސާނީ ފުރަތަމަ އެހީ ފޯރުކޮށްދިނުމުގެ މަސައްކަތް ކުރަމުންދާ ކަަމަށެވެ. 

މި އަލިފާނުގެ ހާދިސާއާ ގުޅިގެން އާންމުކޮށްފައިވާ ފޮޓޯތަކުން ފެންނަ ގޮތުގައި މުޅި އެޕާޓްމަންޓް އެކީގައި އަނދާފައިވާއިރު، ފަރުނީޗަރުތައް ވެސް ބޭނުން ނުކުރެވޭ ވަރަށް ވަނީ ހަލާކުވެފަ އެވެ.

އެ ހާދިސާއާ ގުޅިގެން ބަލަންޖެހޭ އިތުރު ކަންކަން ބަލަމުންދާ ކަމަށް ފުލުހުން ބުނެ އެވެ.

ހުޅުމާލެ ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީއެމްއެންޑީއެފްމޯލްޑިވިއަން ރެޑް ކްރެސެންޓްއަލިފާނުގެ ހާދިސާ

އިތުރަށް ކިޔާލަން

02 ޖުލައި 2026

ކުރީގެ ރައީސުން މުޒާހަރާތަކުގައި ބައިވެރިވާ ވަގުތުތަކުގައި އެމްއެންޑީއެފްގެ ސެކިއުރިޓީ ދޭން ނުޖެހޭ ގޮތަށް އުސޫލު އިސްލާޙުކުރަނީ

ކުރީގެ ރައީސުން މުޒާހަރާތަކުގައި ބައިވެރިވެވަޑައިގަންނަވާ ވަގުތުތަކުގައި އެމްއެންޑީއެފުން ސެކިއުރިޓީ ދޭން ނުޖެހޭ ގޮތަށް އުސޫލު އިސްލާހުކުރަން މަޖިލީހުގެ 241 ކޮމިޓީން ނިންމީ އެމްއެންޑީއެފްގެ އެދުމުގެ މަތިން. މި ނިންމުމަކީ ކުރީގެ ރައީސުންގެ ސިޔާސީ ހަރަކާތްތަކަށް ހުރަސްއެޅުމަށް ސަރުކާރުން ކުރާ ކަމެއްގެ ގޮތުގައި ބައެއް ފަރާތްތަކުން ސިފަކުރާއިރު، މީގެ ސަބަބުން ކުރީގެ ރައީސުންގެ ރައްކާތެރިކަމާ މެދު ވަނީ ކަންބޮޑުވުން އުފެދިފައި.

02 ޖުލައި 2026
ކުރީގެ ރައީސުން މުޒާހަރާތަކުގައި ބައިވެރިވާ ވަގުތުތަކުގައި އެމްއެންޑީއެފްގެ ސެކިއުރިޓީ ދޭން ނުޖެހޭ ގޮތަށް އުސޫލު އިސްލާޙުކުރަނީ
30 ޖޫން 2026

ގަދަވަޔާއި ވިއްސާރައިގައި އާރަށު ނިވަލުގައި މަޑުކޮށްގެން ތިބި މަސްވެރިންތަކެއް ސަލާމަތީ ބާރުތަކުން ފަހާލައިފި!

މިދިޔަ އާދިއްތަ ދުވަހުގެ ރޭ މާލެ ސަރަހައްދަށް މޫސުން ވަރަށް ބޮޑަށް ގޯސްވި ވަގުތު، ސަލާމަތްތެރިކަން ހޯދުމަށް އާރަށުގެ ނިވަލުގައި މަޑުކޮށްގެން ތިބި "އުއްމީދު" ދޯނީގެ މަސްވެރިން ސަލާމަތީ ބާރުތަކުން އެ ސަރަހައްދުން ފޮނުވާލި މައްސަލައެއް ފެންމަތިވެއްޖެ. ކަނޑުގަދަވެ ފުރާނައަށް ނުރައްކާވެދާނެ ފަދަ ހާލަތެއްގައި އޮއްވައި، އެ ތަނުން ދިއުމަށް އަމުރުކުރުމުން މަސްވެރިންނާއި އާންމުންގެ ބޮޑެތި ފާޑުކިޔުންތަކެއް ވަނީ ސަލާމަތީ ބާރުތަކަށް އަމާޒުވެފަ. މީގެ ކުރީގެ ސަރުކާރުތަކުގައި މިފަދަ ހާލަތްތަކުގައި އެހީތެރިކަން ލިބުނު ނަމަވެސް، މިފަހަރު އަމަލުކުރި އިހާނެތި ގޮތާމެދު މަސްވެރިން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ.

30 ޖޫން 2026
ގަދަވަޔާއި ވިއްސާރައިގައި އާރަށު ނިވަލުގައި މަޑުކޮށްގެން ތިބި މަސްވެރިންތަކެއް ސަލާމަތީ ބާރުތަކުން ފަހާލައިފި!
30 ޖޫން 2026

މީހަކު ރަހީނުކޮށް އޭނާގެ އިނގިލި ބުރިކޮށްލި މައްސަލައިގައި 4 މީހެއްގެ މައްޗަށް ކުށް ސާބިތުވެއްޖެ

މާލޭގެ ގެއެއްގައި މީހަކު ރަހީނުކޮށް، މަސްތުވާތަކެތި ވިއްކަން މަޖުބޫރުކުރުވައި، އޭނާގެ އިނގިލި ބުރިކޮށްލި މައްސަލައިގައި ދައުވާ އުފުލި މީހުންގެ މައްޗަށް ކުށް ސާބިތުވެ ހުކުމްކޮށްފި. މި މައްސަލައިގައި ހިމެނޭ އަހުމަދު ސާއިފް 15 އަހަރަށް ޖަލަށްލުމަށް ހުކުމްކުރިއިރު، އަލީ ސާމީ އާއި މުހައްމަދު ނައުޝާން ކޮންމެ މީހަކު 10 އަހަރަށް ޖަލަށްލުމަށް ކޯޓުން ވަނީ ނިންމާފައި. ނަމަވެސް، މި މައްސަލައިގައި ހިމެނޭ އެމްއެންޑީއެފްގެ ދެ އޮފިސަރުންގެ ތެރެއިން އެކަކުގެ މައްޗަށް ކުށް ސާބިތުނުވާއިރު، އަނެކަކު ބަންދުގައި ހުރި މުއްދަތުން އޭނާގެ އަދަބު ވަނީ ފުރިހަމަވެފައި.

30 ޖޫން 2026
މީހަކު ރަހީނުކޮށް އޭނާގެ އިނގިލި ބުރިކޮށްލި މައްސަލައިގައި 4 މީހެއްގެ މައްޗަށް ކުށް ސާބިތުވެއްޖެ
30 ޖޫން 2026

ގާސިމްގެ ގާތިލު އަދުހަމް މަރަން ކުރި ޙުކުމް ސައްޙަކަމަށް ހައިކޯޓުން ކަނޑައަޅައިފި

ޓެކްސީ ޑްރައިވަރު ގާސިމް ހަސަން މަރާލި މައްސަލާގައި އަދުހަމް މުހައްމަދުގެ މައްޗަށް އިއްވި މަރުގެ ހުކުމް ހައިކޯޓުން މިއަދު ދެމެހެއްޓީ، އޭނާގެ އިއުތިރާފާއި ސައިންޓިފިކް ހެކިތަކަށް ރިއާޔަތްކުރުމަށްފަހު. ގާސިމްގެ ވާރިސުން މަރަށް މަރު ހިފަން ބޭނުންވާކަން ކޯޓުގައި ހާމަކޮށްފައިވާއިރު، އަދުހަމްގެ އަމަލުތައް ހުރިގޮތުން އޭނާގެ ކިބައިގައި މީހަކު މަރާލުމުގެ ގަސްދު އޮތްކަން ޝަރުއީ އަދި ގާނޫނީ މިންގަނޑުން ސާބިތުވާކަމަށް ފަނޑިޔާރުންގެ އިއްތިފާގުން ވަނީ ކަނޑައަޅާފައި.

30 ޖޫން 2026
ގާސިމްގެ ގާތިލު އަދުހަމް މަރަން ކުރި ޙުކުމް ސައްޙަކަމަށް ހައިކޯޓުން ކަނޑައަޅައިފި
29 ޖޫން 2026

2028 ވަނަ އަހަރުގެ މެދުތެރެއަށް ގޯއްޗާއި ފްލެޓް ރައްޔިތުންނާ ހަވާލު ކުރާނެ ކަމުގެ ޔަޤީންކަން ރައީސް ދެއްވައިފި

މިގޮތުން އަތޮޅުތެރޭގެ ހައުސިންގ މަޝްރޫޢުތަކާއި ރަސްމާލެ ބިންހިއްކުމުގެ މަސައްކަތް ބާރުމިނުގައި ކުރިއަށްދާ ކަމަށާއި، ބޭންކުތައް މެދުވެރިކޮށް ލުއި ލޯނު ސްކީމްތަކާއި ފައިނޭންސިންގ ފުރުޞަތުތައް ފަހިކޮށްދިނުމަށް ސަރުކާރުން ދަނީ މަސައްކަތް ކުރަމުން ކަމަށް މުއިއްޒު ވިދާޅުވި. މީގެ އިތުރުން، ގޯއްޗާއި ފްލެޓްގެ ލިސްޓުތައް ފުރިހަމައަށް ވެރިފައިކުރުމަށްފަހު، އެއްވެސް ނުފޫޒެއް ނެތި ހާމަކަން ބޮޑު ގޮތެއްގައި ހައްގުވެރިންނަށް ބޯހިޔާވަހިކަން ކަށަވަރުކޮށްދެއްވާނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވި.

29 ޖޫން 2026
2028 ވަނަ އަހަރުގެ މެދުތެރެއަށް ގޯއްޗާއި ފްލެޓް ރައްޔިތުންނާ ހަވާލު ކުރާނެ ކަމުގެ ޔަޤީންކަން ރައީސް ދެއްވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު