Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - businessAdvertisement
ވިޔަފާރި-އިގްތިސާދުމަޑިހާ ކޮމްޕެނީ

މަޑިހާގެ ފަރާތުން ހުޅުމާލޭގައި އުފަންވެލި ފިހާރައިގެ އައު އައުޓްލެޓެއް ހުޅުވައިފި

8 ޖުލައި 2026 | ބުދަ 11:53

މަޑިހާ ކޮމްޕެނީގެ ވިޔަފާރި ފުޅާކުރުމުގެ މަސައްކަތުގެ ދަށުން، ހުޅުމާލެ ފޭސް 1 ގެ ބޮކަރުމާ ހިނގުމުގައި އުފަންވެލި ފިހާރައިގެ އައު އައުޓްލެޓެއް ވަނީ ހުޅުވާފަ. މި ފިހާރައިން ތާޒާ މޭވާއާއި ތަރުކާރީގެ އިތުރުން، ފެންވަރު ރަނގަޅު މަހުގެ ބާވަތްތަކާއި ގޭބިސީތަކަށް ބޭނުންވާ ޒަރޫރީ ހުރިހާ ސާމާނެއް އެއް ފުރާޅެއްގެ ދަށުން ލިބެން ހުންނާނެ. މިއީ ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ފަސޭހަކަމާއެކު މުދާ ފޯރުކޮށްދިނުމަށް އެ ކުންފުނިން ކުރަމުންދާ މަސައްކަތަށް ލިބުނު އިތުރު ކުރިއެރުމެއް.

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް | 8 ޖުލައި 2026 | ބުދަ 11:53
މަޑިހާ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ހުޅުމާލޭގައި އުފަންވެލި ފިހާރައިގެ އައު އައުޓްލެޓް

މަޑިހާ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ހުޅުމާލޭގައި އުފަންވެލި ފިހާރައިގެ އައު އައުޓްލެޓް | އުފަންވެލި ފިހާރަ

މަޑިހާ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ހުޅުމާލޭގައި އުފަންވެލި ފިހާރައިގެ އައު އައުޓްލެޓެއް ހުޅުވައިފި އެވެ. 

މިއީ އެ ކުންފުނީގެ ވިޔަފާރި ފުޅާކޮށް، ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ތާޒާ ކާބޯތަކެއްޗާއި ގޭބިސީތަކަށް ބޭނުންވާ ޒަރޫރީ ސާމާނު ފަސޭހަކަމާއެކު ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް ކުރާ މަސައްކަތުގެ ދަށުން ހުޅުވާ ފިހާރައެކެވެ.

މި އައު އައުޓްލެޓް ރަސްމީކޮށް ހުޅުވާފައިވަނީ ޖުލައި 2 ގަ އެވެ. މި ފިހާރަ ހުންނާނީ ހުޅުމާލެ ފޭސް 1 ގެ ބޮކަރުމާ ހިނގުމުގަ އެވެ.

އަލަށް ހުޅުވާ އުފަންވެލި ފިހާރައަކީ ކާބޯތަކެއްޗާއި ދިރިއުޅުމަށް ބޭނުންވާ މުހިންމު ސާމާނު އެއް ފުރާޅެއްގެ ދަށުން ލިބޭނެހެން ފަރުމާކޮށްފައިވާ ތަނެކެވެ. މި ފިހާރައިން ޚާއްސަ އިސްކަމެއް ދީގެން ފެންވަރު ރަނގަޅު މަހުގެ ބާވަތްތަކާއި، ތާޒާ މޭވާއާއި ތަރުކާރީ ލިބެން ހުންނާނެ އެވެ. މީގެ އިތުރުން ގޭބިސީތަކަށް ބޭނުންވާ ހުރިހާ ބާވަތެއްގެ ގްރޯސަރީ ސާމާނުވެސް މި އައުޓްލެޓުން ލިބެން ހުންނާނެ އެވެ.

މި އައު ފިހާރައިން ކަސްޓަމަރުންނަށް ލިބޭނެ ޚިދުމަތްތަކުގެ ތެރޭގައި ހިމެނެނީ:

ތާޒާ މަހުގެ ބާވަތްތަކާއި ފިނިކުރި ކާބޯތަކެތި

ތާޒާ މޭވާއާއި ތަރުކާރީ

ކޮންމެ ދުވަހަކު ބޭނުންވާ ގްރޯސަރީ ސާމާނު

ގޭތެރޭގައި ބޭނުންކުރާ ސާމާނު

ރާއްޖެއިން ބޭރުން އެތެރެކުރާ ކާބޯތަކެއްޗާއި ޚާއްޞަ ބާވަތްތައް

މަޑިހާ ކޮމްޕެނީން ހާމަކުރި ގޮތުގައި، މި އައު އައުޓްލެޓަކީ ފެންވަރު ރަނގަޅު އުފެއްދުންތައް ކަސްޓަމަރުންނާ ވީހާވެސް ގާތުން ފޯރުކޮށްދިނުމަށާއި، ހުޅުމާލޭގައި ވިޔަފާރިކުރުމުގެ ފަސޭހަކަން އިތުރުކުރުމަށް އުފަންވެލި ފިހާރަތަކުން ކުރަމުންދާ މަސައްކަތުގެ ހެއްކެކެވެ.

މިކަމާ ގުޅޭގޮތުން މަޑިހާ ކޮމްޕެނީގެ މަންދޫބަކު ހާމަކުރި ގޮތުގައި ހުޅުމާލޭގެ އާބާދީ އިތުރުވަމުންދާއިރު، އެ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންނަށް ފެންވަރު ރަނގަޅު އުފެއްދުންތަކާއި ތާޒާ ކާބޯތަކެތި އެމީހުން ދިރިއުޅޭ ސަރަހައްދާ ގާތުން ފަސޭހަކަމާއެކު ލިބޭނެކަން ކަށަވަރުކުރަން ބޭނުންވާ ކަމަށެވެ. އަދި އުފަންވެލި ފިހާރައިގެ މި އައު އައުޓްލެޓުން ތާޒާ މަހާއި، މޭވާއާއި ތަރުކާރީއަށް ޚާއްސަ އިސްކަމެއް ދީގެން، ފުރިހަމަ ޝޮޕިންގ ތަޖުރިބާއެއް ކަސްޓަމަރުންނަށް ފޯރުކޮށްދޭނެ ކަމަށެވެ.

ވޭތުވެދިޔަ އަހަރުތަކުގައި އުފަންވެލި ފިހާރަތަކުން ވަނީ މެދުކެނޑުމެއްނެތި މުދާ ލިބެން ހުރުމާއި، ތަކެތީގެ ފެންވަރު ހިފެހެއްޓުމުގެ އިތުރުން ހެޔޮ އަގުގައި މުދާ ފޯރުކޮށްދީ ކަސްޓަމަރުންގެ އިތުބާރު ހޯދާފަ އެވެ. ހުޅުމާލޭގެ އައު ސަރަހައްދަކަށް ވިޔަފާރި ފުޅާކުރުމަކީ ކަސްޓަމަރުންގެ އިތުރުވަމުންދާ ޑިމާންޑާ އެއްވަރަށް ޚިދުމަތް ދިނުމަށް އެ ކުންފުނިން ކުރަމުންދާ މަސައްކަތަށް ލިބުނު އިތުރު ކުރިއެރުމެކެވެ.

2026 ޖުލައި 02 އިން ފެށިގެން ހުޅުމާލެ ފޭސް 1 ގެ ބޮކަރުމާ ހިނގުމުގައި ހުންނަ އުފަންވެލި ފިހާރައިގެ އައު އައުޓްލެޓަށް ޒިޔާރަތްކޮށް، އެއް ތަނަކުން ގިނަ ބާވަތްތަކެއްގެ މުދާ ބައްލަވައިގަތުމަށް ހުޅުމާލޭގެ ރައްޔިތުންނަށް އެ ކުންފުނިން ދައުވަތު އަރުވަ އެވެ.

މަޑިހާ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްހުޅުމާލެ އުފަންވެލި ފިހާރަ

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ތުރުކީގެ އަޝްޓާޝް އިން 300 މިލިއަން ޑޮލަރުގެ ލަގްޒަރީ ރިސޯޓެއް ރާއްޖޭގައި ތަރައްގީކުރަނީ

3

އުތުރު ކޮރެއާއިން ޖަޕާނަށް އަސްކަރީ ފިޔަވަޅުއަޅާނެ ކަމުގެ އިންޒާރުދީފި

4

ޓްރަމްޕްގެ "ތިންވަނަ ހަނގުރާމަ" ވެސް ނާކާމިޔާބުވެ އެމެރިކާ ބަލިވެއްޖެ: އީރާނުގެ ލީޑަރުގެ އެޑްވައިޒަރ

5

އީރާން ބަލިވެފައިވާކަމަށް 106 ފަހަރު އަދި އެއްބަސްވުމަކަށް އާދެވިފައިވާ ކަމަށް 80 ފަހަރު ޓްރަމްޕް ވިދާޅުވެފައިވާތީ، އީރާންގެ ޤައުމީ ސަލާމަތާ ބެހޭ ކޮމެޓީގެ މެންބަރެއްގެ މަލާމާތް ޓްރަމްޕް އަށް!

އިތުރަށް ކިޔާލަން

02 ޖުލައި 2026

ހުޅުމާލޭ 110 ވަނަ ފުލެޓުގައި ހިނގި އަލިފާނުގެ ހާދިސާ: ދެ އެޕާޓްމަންޓެއް ބޭނުން ނުކުރެވޭ ވަރަށް އަނދާ، 15 މީހަކު ވަގުތީ ބޯހިޔާވަހިކަމަށް!

02 ޖުލައި 2026
ހުޅުމާލޭ 110 ވަނަ ފުލެޓުގައި ހިނގި އަލިފާނުގެ ހާދިސާ: ދެ އެޕާޓްމަންޓެއް ބޭނުން ނުކުރެވޭ ވަރަށް އަނދާ، 15 މީހަކު ވަގުތީ ބޯހިޔާވަހިކަމަށް!
30 ޖޫން 2026

ގާސިމްގެ ގާތިލު އަދުހަމް މަރަން ކުރި ޙުކުމް ސައްޙަކަމަށް ހައިކޯޓުން ކަނޑައަޅައިފި

30 ޖޫން 2026
ގާސިމްގެ ގާތިލު އަދުހަމް މަރަން ކުރި ޙުކުމް ސައްޙަކަމަށް ހައިކޯޓުން ކަނޑައަޅައިފި
29 ޖޫން 2026

2028 ވަނަ އަހަރުގެ މެދުތެރެއަށް ގޯއްޗާއި ފްލެޓް ރައްޔިތުންނާ ހަވާލު ކުރާނެ ކަމުގެ ޔަޤީންކަން ރައީސް ދެއްވައިފި

29 ޖޫން 2026
2028 ވަނަ އަހަރުގެ މެދުތެރެއަށް ގޯއްޗާއި ފްލެޓް ރައްޔިތުންނާ ހަވާލު ކުރާނެ ކަމުގެ ޔަޤީންކަން ރައީސް ދެއްވައިފި
28 ޖޫން 2026

ބަނގުރާ ގެންގުޅެ ވިޔަފާރިކުރާކަމުގެ ތުހުމަތުގައި ހުޅުމާލެއިން ހައްޔަރުކުރި ދެ ބިދޭސީއަކު ބަންދުކޮށްފި

28 ޖޫން 2026
ބަނގުރާ ގެންގުޅެ ވިޔަފާރިކުރާކަމުގެ ތުހުމަތުގައި ހުޅުމާލެއިން ހައްޔަރުކުރި ދެ ބިދޭސީއަކު ބަންދުކޮށްފި
26 ޖޫން 2026

އެމްޑީޕީއަކީ މުއައްސަސާއެއްގެ ގޮތުގައި ހިނގާ ހަމައެކަނި ޕާޓީ، ކުރިއަށް އޮތް އިންތިޚާބު އެމްޑީޕީން ކާމިޔާބު ކުރާނެ: އަލީ ނިޔާޒު

26 ޖޫން 2026
އެމްޑީޕީއަކީ މުއައްސަސާއެއްގެ ގޮތުގައި ހިނގާ ހަމައެކަނި ޕާޓީ، ކުރިއަށް އޮތް އިންތިޚާބު އެމްޑީޕީން ކާމިޔާބު ކުރާނެ: އަލީ ނިޔާޒު
24 ޖޫން 2026

އެފްޑީސީ ފްލެޓުތަކުގައި ގާބެޖް ޝޫޓް ހަރުނުކުރާ މައްސަލައިގައި މިނިސްޓަރ މުއްތަލިބު މަޖިލީހަށް ހާޒިރުކުރަނީ

24 ޖޫން 2026
އެފްޑީސީ ފްލެޓުތަކުގައި ގާބެޖް ޝޫޓް ހަރުނުކުރާ މައްސަލައިގައި މިނިސްޓަރ މުއްތަލިބު މަޖިލީހަށް ހާޒިރުކުރަނީ
23 ޖޫން 2026

ދިވެހިންގެ ނަފްސާނީ ދުޅަހެޔޮކަން ކަންބޮޑުވާ ހިސާބެއްގައި: ފާއިތުވި އަހަރު އެހީ އަށް އެދި 10،000 ކޯލް، މިދިޔަ 3 އަހަރު 70،000 މީހުން ފަރުވާ ހޯދައިފި

23 ޖޫން 2026
ދިވެހިންގެ ނަފްސާނީ ދުޅަހެޔޮކަން ކަންބޮޑުވާ ހިސާބެއްގައި: ފާއިތުވި އަހަރު އެހީ އަށް އެދި 10،000 ކޯލް، މިދިޔަ 3 އަހަރު 70،000 މީހުން ފަރުވާ ހޯދައިފި
23 ޖޫން 2026

މެންޓަލް ހެލްތު ސެންޓަރުން އެކަށީގެންވާ ފަރުވާ ނުދެވެނީ ނަފްސާނީ ބަލި މީހުން ގިނަވީމާ: ގީލާ

23 ޖޫން 2026
މެންޓަލް ހެލްތު ސެންޓަރުން އެކަށީގެންވާ ފަރުވާ ނުދެވެނީ ނަފްސާނީ ބަލި މީހުން ގިނަވީމާ: ގީލާ
22 ޖޫން 2026

ދަރިވަރުންނާ ގުޅޭ މުހިއްމު 2 ކަމެއްގައި ރާއްޖެޓީވީން ގުޅާލުމުން އެޑިއުކޭޝަން މިނިސްޓްރީ: "ރާއްޖެޓީވީއަކީ ޓީވީ ޗެނަލެއް ދެއްތޯ"

22 ޖޫން 2026
ދަރިވަރުންނާ ގުޅޭ މުހިއްމު 2 ކަމެއްގައި ރާއްޖެޓީވީން ގުޅާލުމުން އެޑިއުކޭޝަން މިނިސްޓްރީ: "ރާއްޖެޓީވީއަކީ ޓީވީ ޗެނަލެއް ދެއްތޯ"
21 ޖޫން 2026

ފާއިތުވި ހަފްތާގައި 15،700 އަށް ވުރެ ގިނަ އޮޕަރޭޝަން ހިންގައި އެކި މައްސަލަތަކުގައި 59 މީހަކު، ފުލުހުން ހައްޔަރު ކުރި

21 ޖޫން 2026
ފާއިތުވި ހަފްތާގައި 15،700 އަށް ވުރެ ގިނަ އޮޕަރޭޝަން ހިންގައި އެކި މައްސަލަތަކުގައި 59 މީހަކު، ފުލުހުން ހައްޔަރު ކުރި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް