Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެވެމްކޯ

ހުޅުމާލެ ފަޅުތެރެ ކުނިން ތަޣައްޔަރުވާ މައްސަލަ: ވެމްކޯގެ އެމްޑީ އިނގިލި ދިއްކުރެއްވީ ހުޅުމާލޭ ފަޅުގައި އަޅާފައި އޮންނަ ސަފާރީތަކަށް

4 އޯގަސްޓު 2026 | އަންގާރަ 10:11

ހުޅުމާލޭ ފަޅުތެރެއަށް ކުނި އެޅި ތަޣައްޔަރުވާ މައްސަލައިގައި ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު ކުރެއްވި ސުވާލުތަކަށް ރައްދުދެއްވަމުން، އެއީ ވެމްކޯގެ އިހުމާލެއް ނޫން ކަމަށާއި އެކަމުގެ ތުހުމަތު ބޮޑީ ފަޅުގައި އަޅާފައިވާ ސަފާރީތަކަށް ކަމަށް އެ ކޯޕަރޭޝަންގެ އެމްޑީ ވިދާޅުވެއްޖެ. ފަޅުތެރެ ސާފުކުރުމަކީ ވެމްކޯގެ ޒިންމާއަކަށް ނުވި ނަމަވެސް، އެޗްޑީސީއާ ގުޅިގެން ހަފްތާއަކު ތިން ދުވަހު ފަޅުތެރެ ސާފުކުރުމުގެ މަސައްކަތް ކުރަމުންދާކަން އޭނާ ފާހަގަކުރެއްވި

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް | 4 އޯގަސްޓު 2026 | އަންގާރަ 10:11
ހުޅުމާލެ ފަޅުތެރެއަށް އެޅިފައިވާ ކުނި: އެއީ ވެމްކޯގެ އިހުމާލެއް ނޫން ކަމަށާއި އެކަމުގައި ސަފާރީތަކުގެ ޒިންމާ ބޮޑުކަމަށް އެ ކުންފުނީގެ އެމްޑީ ވިދާޅުވި

ހުޅުމާލެ ފަޅުތެރެއަށް އެޅިފައިވާ ކުނި: އެއީ ވެމްކޯގެ އިހުމާލެއް ނޫން ކަމަށާއި އެކަމުގައި ސަފާރީތަކުގެ ޒިންމާ ބޮޑުކަމަށް އެ ކުންފުނީގެ އެމްޑީ ވިދާޅުވި | ޓްވިޓަރ

ހުޅުމާލެ އިން ކުނި އުކާލުމަށް ކުރެވޭ މަސައްކަތުގައި ހުޅުމާލޭ ފަޅުތެރެއަށް ކުނި އެޅި، ފަޅު ތަޣައްޔަރުވަމުންދާ މައްސަލައިގައި، ފަޅުގައި އަޅާފައިވާ ސަފާރީތަކުން އުކާލާ ކުނި ދަނީ ކޮންތާކަށް ތޯ ބަލަން ޖެހޭ ކަމަށް ވިދާޅުވެ، ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް (ވެމްކޯ) ގެ މެނޭޖިންގ ޑިރެކްޓަރު މުޖުތަބާ ޖަލީލު ސަފާރީތަކަށް ތުހުމަތުގެ އިނގިލި ދިއްކުރައްވައިފި އެވެ. 

ހުޅުމާލެ އިން ކުނި އުކާލުމަށް ކުރެވޭ މަސައްކަތުގައި ހުޅުމާލޭ ފަޅުތެރެއަށް ކުނި އެޅި، ފަޅު ތަޣައްޔަރުވަމުންދާ މައްސަލައިގައި ވެމްކޯގެ މެނޭޖިންގ ޑިރެކްޓަރު މުޖުތަބާއާ ސުވާލުތަކެއް ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހީމް (ކުޑޫ) ވަނީ ހުށަހަޅުއްވާފަ އެވެ. 

Advertisement - newsAdvertisement

މެންބަރުގެ މި ސުވާލުތައް ހުށަހަޅުއްވާ، ވެމްކޯގެ އެމްޑީ އަށް ސިޓީ އެއް ވަނީ ފޮނުއްވާފަ އެވެ.

އެ ސިޓީގައި މެންބަރު ވިދާޅުވީ ހުޅުމާލެ އިން ކުނި އުކާލުމުގެ މަސައްކަތް ކުރިއަށްދާއިރު އޭގެ ތެރެއިން ބައެއް ކުނި ފަޅުތެރެ އަށް އެޅި ތިމާވެށި ތަޣައްޔަރުވަމުންދާ ކަމުގެ ޝަކުވާތައް ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ. މެންބަރު ވިދާޅުވީ މިކަމުގެ ސަބަބުން ހުޅުމާލޭގެ ރައްޔިތުންނަށް ކުރިމަތިވެދާނެ ސިއްހީ އަދި އިޖުތިމާއީ ނޭދެވޭ އަސަރުތަކުން ރައްކާތެރި ކުރުމަކީ ވެމްކޯގެ މައްޗަށް އޮތް ޒިންމާއެއް ކަމުގައި ދެކެވަޑައިގަންނަވާ ކަމަށެވެ. 

އެހެންކަމުން މި މައްސަލައާ ގުޅޭ އިތުރު ތަފްސީލު ހޯދުމަށްޓަކައި މެންބަރު ވަނީ 7 ސުވާލެއް ހުށަހަޅުއްވާފަ އެވެ. 

އެކަމަށް ރައްދުދެއްވައި ކުރެއްވި ޕޯސްޓެއްގައި މުޖުތަބާ ވިދާޅުވީ ހުޅުމާލެ ފަޅުތެރެއަށް ކުނި އެޅުމާއި ވެމްކޯއާ މާބޮޑު ގުޅުމެއް ނެތް ކަން ހުޅުމާލެ ފަޅުތެރޭގައި ސަފާރީ ބޯޓު އަޅައިގެން ތިބޭ މީހުންނަށް އެނގޭނެ ކަމަށެވެ. ފަޅުތެރޭގައި ގިނައިން ހުންނަނީ ޕްލާސްޓިކް ފުޅިކަން ފާހަގަ ކުރައްވާ އޭނާ ވިދާޅުވީ ޕްލާސްޓިކް ފުޅި އަކީ އެކަމަށް ޚާއްސަ ދެ ޖަމިއްޔާ ކަމަށްވާ ޕަރލޭ އަދި މޯޕާ އިން ވަރަށް ޒިންމާދާރު ކަމާއެކު ހުޅުމާލެ އިން ނަގަމުންދާ އެއްޗެއް ކަމަށެވެ.

އެ ދެ ޖަމިއްޔާ އިން ޕްލާސްޓިކް ފުޅި ނަގަނީ ފިއްތާފައި ކަމަށާއި ނަމަވެސް ހުޅުމާލެ ފަޅުތެރެއަށް އަޅާފައި ހުންނަ ފުޅިތައް ހުންނަނީ ހުރި ގޮތަށް އުކާލާފައި ކަން މުޖުތަބާ ވަނީ ފާހަގަ ކުރައްވާފަ އެވެ. އަދި ވިދާޅުވީ އެއްވެސް ސަފާރީއަކުން ސީދާ ވެމްކޯ ސައިޓަށް ކުނި ނުގެންނަ ކަމަށާއި އެހެންކަމުން، އެ ކުނިތައް ދަނީ ކޮންތާކަށް ތޯ ބަލަން ޖެހޭ ކަމަށެވެ.

ހުޅުމާލެ ފަޅުތެރެ ސާފުކޮށް ބެލެހެއްޓުމަކީ ވެމްކޯގެ ޒިންމާ އެއް ނޫން. ނަމަވެސް ހަފްތާއަކު 3 ދުވަހު ފަޅުތެރެއިން ކުނި ނަގާ ސާފު ކުރުމަށް ވަކި ޑިންގީ އެއް ބާއްވައިގެން ރައްޔިތުންނަށްޓަކައި އެކަން ކުރޭ. އެޗްޑީސީ އިން މިކަމުގައި ފުރިހަމަ އެއްބާރުލުން ވެމްކޯ އަށް ދޭ. އެޗްޑީސީ އާއި ވެމްކޯ ގުޅިގެން މިހާރު ވެސް ޖޮއިންޓް އެފޯޓެއް އެބަ ލާ ފަޅުތެރެ ސާފު ކުރުމަށް. ފަޅު ބޭނުން ކުރާ ފަރާތްތަކުގެ ޒިންމާ މިކަމުގައި ބޮޑު. ސުވާލު އުފައްދާ ފަރާތްތަކުން ވިސްނާލަން ރަނގަޅު ކަމެއް މިކަމަކީ 
މުޖުތަބާ ޖަލީލު

ހުޅުމާލެއަށް ދިމާވެފައިވާ ކުނީގެ މައްސަލަ ހައްލުކުރަން އެހީވުމުގެ ގޮތުން އެޗްޑީސީ އިން މިފަހުން ވެމްކޯއަށް ވަގުތީ ބިމެއް ދީފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. 

މެންބަރު ކުޑޫ ހުށަހަޅުއްވާފައިވާ ސުވާލުގައި ވެމްކޯ އިން ހުޅުމާލޭގެ ފަޅުތެރެ އަށް ކުނި އެޅެން މެދުވެރިވާ މައިގަނޑު ސަބަބު ހޯދުމާއި، ކުނި އުފުލާ އުޅަނދުފަހަރުން ފަޅުތެރެއަށް ކުނި އެޅެނީ ކޮން އިހުމާލަކުން ނުވަތަ ކޮން ދައްޗަކާ ހުރެ ތޯ ސާފުކުރުމަށް ހުށަހަޅުއްވާފައިވެ އެވެ. އަދި ފަޅު ތަޣައްޔަރުވުމުގެ ސަބަބުން ހުޅުމާލޭގެ ތިމާވެއްޓާއި ކަނޑުގެ ދިރުންތަކަށް ކުރަމުންދާ ނޭދެވޭ އަސަރުތައް ކުޑަ ކުރުމަށް އެއްވެސް މަސައްކަތެއް ކުރަމުންދޭތޯ އާއި، އެކަން ކުރާނަމަ ކުރާ މަސައްކަތްތަކަކީ ކޮބައިތޯ ވެސް ސުވާލު ކުރައްވާފައިވެ އެވެ.

ހުޅުމާލެ ވެމްކޯމުޖުތަބާ ޖަލީލް

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

3

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

4

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

5

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

އިތުރަށް ކިޔާލަން

03 އޯގަސްޓު 2026

ކުނި އުކާލުމުގެ ތެރެއިން ހުޅުމާލޭ ފަޅުތެރެއަށް ކުނި އެޅި، ފަޅު ހަޑިވަމުންދާ މައްސަލައިގައި މެންބަރު ކުޑޫގެ ސުވާލުތަކެއް ވެމްކޯގެ އެމްޑީ މުޖުތަބާ އަށް!

03 އޯގަސްޓު 2026
ކުނި އުކާލުމުގެ ތެރެއިން ހުޅުމާލޭ ފަޅުތެރެއަށް ކުނި އެޅި، ފަޅު ހަޑިވަމުންދާ މައްސަލައިގައި މެންބަރު ކުޑޫގެ ސުވާލުތަކެއް ވެމްކޯގެ އެމްޑީ މުޖުތަބާ އަށް!
30 ޖުލައި 2026

ހޮނިހިރު ދުވަހުން ފެށިގެން ވެމްކޯ އިން މާލެ އާއި ހުޅުމާލެ އަދި ވިލިމާލެ އިން ކުނި ނަގަަން ފަށަނީ

30 ޖުލައި 2026
ހޮނިހިރު ދުވަހުން ފެށިގެން ވެމްކޯ އިން މާލެ އާއި ހުޅުމާލެ އަދި ވިލިމާލެ އިން ކުނި ނަގަަން ފަށަނީ
30 ޖުލައި 2026

މާލޭ ސަރަހައްދުގައި އުފެދޭ ކުނި ބޮޑުތިލަދުންމައްޗަށް އުކާލުމަކީ އެ ސަރަހައްދުގެ ރައްޔިތުންނަށް ކުރެވޭ މަލާމާތެއް: ޝާހިދު

30 ޖުލައި 2026
މާލޭ ސަރަހައްދުގައި އުފެދޭ ކުނި ބޮޑުތިލަދުންމައްޗަށް އުކާލުމަކީ އެ ސަރަހައްދުގެ ރައްޔިތުންނަށް ކުރެވޭ މަލާމާތެއް: ޝާހިދު
29 ޖުލައި 2026

ތިލަފުށިން އެނދި ކުނިތައް ކުނބުރުދޫ އަށް ގެންދާތީ ކަންބޮޑުވުން ފާޅުކޮށް ހުށަހެޅި ކުއްލި މައްސަލަ ބޭރުކޮށްލައިފި

29 ޖުލައި 2026
ތިލަފުށިން އެނދި ކުނިތައް ކުނބުރުދޫ އަށް ގެންދާތީ ކަންބޮޑުވުން ފާޅުކޮށް ހުށަހެޅި ކުއްލި މައްސަލަ ބޭރުކޮށްލައިފި
27 ޖުލައި 2026

ނާލާފުށީ ކުނި ކޮށި އަޕްގްރޭޑް ކުރުން: ރައީސް މުއިއްޒު ވަޑައިގަންނަވަން 2025 ގައި ޖެހި ބޯޑު ފިޔަވައި އިތުރު އެއްވެސް ކަމެއް ނުކުރޭ!

27 ޖުލައި 2026
ނާލާފުށީ ކުނި ކޮށި އަޕްގްރޭޑް ކުރުން: ރައީސް މުއިއްޒު ވަޑައިގަންނަވަން 2025 ގައި ޖެހި ބޯޑު ފިޔަވައި އިތުރު އެއްވެސް ކަމެއް ނުކުރޭ!
23 ޖުލައި 2026

ތިލަފުށީގައި ހިނގި އަލިފާން ހާދިސާގެ ސަބަބުން، ވިލިމާލެ އަދި ހުޅުމާލެ އިން ކުނި ބަލައި ގަންނަ މިންވަރު މަދުކޮށްފި

23 ޖުލައި 2026
ތިލަފުށީގައި ހިނގި އަލިފާން ހާދިސާގެ ސަބަބުން، ވިލިމާލެ އަދި ހުޅުމާލެ އިން ކުނި ބަލައި ގަންނަ މިންވަރު މަދުކޮށްފި
23 ޖުލައި 2026

ހުޅުމާލެ ފޭސް 2ގައި ބަސް ސްޓޮޕްތައް ގާއިމްކޮށްދިނުމަށް ސިޓީ ކައުންސިލުން އެމްޓީސީސީގައި އެދިއްޖެ

23 ޖުލައި 2026
ހުޅުމާލެ ފޭސް 2ގައި ބަސް ސްޓޮޕްތައް ގާއިމްކޮށްދިނުމަށް ސިޓީ ކައުންސިލުން އެމްޓީސީސީގައި އެދިއްޖެ
22 ޖުލައި 2026

ހުޅުމާލޭގައި ހުންނަ އަޒީޒާ މިސްކިތައް މި ހަފްތާގައި ދެވަނަ ފަހަރަށް ގެއްލުން ދީފި

22 ޖުލައި 2026
ހުޅުމާލޭގައި ހުންނަ އަޒީޒާ މިސްކިތައް މި ހަފްތާގައި ދެވަނަ ފަހަރަށް ގެއްލުން ދީފި
20 ޖުލައި 2026

މާލޭ ސަރަހައްދުގައި ތަރައްގީކޮށްފައިވާ ޓަވަރުތަކުގައި އަލިފާނުގެ ހާދިސާއެއް ހިނގިޔަސް ރައްކާތެރިކަމުގެ ފިޔަވަޅު އެޅޭނެ އެއްވެސް ގޮތެއް ނެތް: ބޮންޑާ

20 ޖުލައި 2026
މާލޭ ސަރަހައްދުގައި ތަރައްގީކޮށްފައިވާ ޓަވަރުތަކުގައި އަލިފާނުގެ ހާދިސާއެއް ހިނގިޔަސް ރައްކާތެރިކަމުގެ ފިޔަވަޅު އެޅޭނެ އެއްވެސް ގޮތެއް ނެތް: ބޮންޑާ
20 ޖުލައި 2026

ތިލަފުށީގައި ހުންނަ ވެމްކޯ ސަރަހައްދުގައި އާދިއްތަ ދުވަހުގެ ރޭ ބޮޑު އަލިފާނުގެ ހާދިސާއެއް، ކޮންޓްރޯލް ކުރެވުނީ ހޯމަ ދުވަހުގެ ހެނދުނު!

20 ޖުލައި 2026
ތިލަފުށީގައި ހުންނަ ވެމްކޯ ސަރަހައްދުގައި އާދިއްތަ ދުވަހުގެ ރޭ ބޮޑު އަލިފާނުގެ ހާދިސާއެއް، ކޮންޓްރޯލް ކުރެވުނީ ހޯމަ ދުވަހުގެ ހެނދުނު!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް