Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެބްރޯޑްކޮމް

ޓީވީ ޗެނަލްތަކާ މެދު ފިޔަވަޅު އަޅާފައި ވަނީ ގަވާއިދު ނެތި ކަމަށް ޝަހީބް އިއުތިރާފް ވެވަޑައިގެންފި

4 އޮކްޓޯބަރު 2017 | ބުދަ 08:49

ކޮމިޝަން އުފެދުނީއްސުރެ މިހާތަނަށް ބްރޯޑްކާސްޓް ދާއިރާއާ ގުޅޭ 521 ޝަކުވާ، ހުށަހެޅިފައިވާ

ސަހުބާން  ފަހުމީ
ސަހުބާން ފަހުމީ | 4 އޮކްޓޯބަރު 2017 | ބުދަ 08:49
ބްރޯޑްކާސްޓިން ކޮމިޝަންގެ މެމްބަރުން

ބްރޯޑްކާސްޓިން ކޮމިޝަންގެ މެމްބަރުން

އަބުރުރައްކާތެރި ކުރުމާއި ހިޔާލްފާޅު ކުރުމުގެ މިނިވަން ކަމުގެ ގާނޫނުގެ ދަށުން ޓީވީ ޗެނަލްތަކާ މެދު ފިޔަވަޅު އަޅައި، ބޮޑެތި އަދަދުތަކުން ޗެނަލްތައް ޖޫރިމަނާ ކޮށްފައި ވަނީ އަބުރުގެ ގާނޫނުގެ ދަށުން ކޮމިޝަނުން ހަދަން ޖެހޭ ގަވާއިދު ހަދާ ނުނިމެނީސް ކަމަށް ބްރޯޑްކާސްޓިން ކޮމިޝަންގެ ރައީސް މުހައްމަދު ޝަހީބް އިއުތިރާފް ވެވެވަޑައިގެންފިއެވެ.

ބްރޯޑްކާސްޓް ކުރުމުގެ ދުވަހުގެ މުނާސަބަތުގައި ޝަހީބް ނެރުއްވި ހިތޯބުގައި ވިދާޅުވެފައިވާ ގޮތުގައި އަބުރު ރައްކާތެރި ކުރުމާއި ހިޔާލްފާޅު ކުރުމުގެ މިނިވަން ކަމުގެ ގާނޫނު އުފަންވުމާ ގުޅިގެން އެ ގާނޫނުގެ ދަށުން ބްރޯޑްކާސްޓިން ކޮމިޝަނުން ހަދަން ޖެހޭ ގަވާއިދުތަކާއި އުސޫލްތައް ހެދުމުގެ މަސައްކަތް ކޮމިޝަނުން ދަނީ ކުރަމުންނެވެ. އަދި މީގެ ހަ އަހަރު ކުރިން ބްރޯޑްކާސްޓިން ކޮމިޝަނުން ހަދާފައިވާ ބްރޯޑްކާސްޓް ކުުރމުގެ ގަވާއިދާއި ރީބްރޯޑްކާސްޓް ކުރުމުގެ ގަވާއިދު ވެސް މުރާޖާ ކުރަމުންދާ ކަމަށް ޝަހީބުގެ ހިތޯބުގައި ވަނީ ވިދާޅުވެފައެވެ.

Advertisement - newsAdvertisement

ގަވައިދު ނެތި ބްރޯޑްކާސްޓަރުން ޖޫރިމަނާކޮށްފައިވާ ކަމަށް ޝަހީބު އެއްބަސްވެވަޑައިގެންނެވި އިރު ދެ މައްސަލައަކާ ގުޅިގެން ރާއްޖެޓީވީ 1.2 މިލިއަން ރުފިޔާ އިން ޖޫރިމަނާކޮށްފައި ވެއެވެ. ގަވައިދެއް ނެތި އެ ގާނޫނުގެ ދަށުން އަދިވެސް އިތުރު ފަރާތްތަކާ މެދު ފިޔަވަޅު އަޅާފައި ވެއެވެ.

ޝަހީބުގެ ހިތޯބުގައި ވިދާޅުވެފައިވާ ގޮތުގައި އަބުރު ރައްކާތެރިކޮށްދިނުމާއި ހިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ގާނޫނަށް އޮގަސްޓު 11، 2016 ގައި އަމަލުކުރަން ފެށިފަހުން އަބުރާ ގުޅުންހުރި 22 ޝަކުވާއެއް މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނަށް ވަނީ ހުށަހެޅިފައެވެ.

ޝަހީބު ދެއްވި ހިތާބުގައި ވިދާޅުވި ގޮތުގައި މިހާތަނަށް ކޮމިޝަނަށް ހުށަހެޅިފައިވާ ޝަކުވާތަކުގެ ތެރެއިން، 17 ޝަކުވާ އަދި ބަލައި ނުނިމެއެވެ. މީގެ ތެރޭގައި ހިމެނެނީ ލައިސަންސްގެ މައްސަލަތަކާ ގުޅޭ 11 ޝަކުވާ އާއި އަބުރާ ގުޅުންހުރި ހަތަރު މައްސަލަ ކަމަށް ޝަހީބް ވިދާޅުވެފައި ވެއެވެ. އޭގެ އިތުރުން ބްރޯޑްކާސްޓިން ކޮމިޝަން އުފެދުނީއްސުރެ މިހާތަނަށް ބްރޯޑްކާސްޓް ދާއިރާއާ ގުޅޭ 521 ޝަކުވާ، ހުށަހެޅިފައިވާ ކަމަށާއި އޭގެ ތެރޭގައި 219 ޝަކުވާއަކީ ބްރޯޑްކާސްޓްކުރެވޭ ކޮންޓެންޓާ ގުޅުންހުރި ޝަކުވާ ކަމަށާއި 240 ޝަކުވާއަކީ ލައިސަންސްގެ މައްސަލަތަކާ ގުޅުންހުރި ޝަކުވާ ކަމަށް ޝަހީބު ވިދާޅުވިއެވެ.

އެކި އެކި ހާލަތްތަކާ ގުޅިގެން، ޒިންމާދާރުކަމާ އެކު ތެދު މައުލޫމާތާއި، ގައުމީ ސަލާމަތަށް އިސްކަންދީގެން ޚަބަރު ފެތުރުމަށް އަބަދުވެސް ކޮމިޝަނުން ބްރޯޑްކާސްޓަރުންނަށް އިލްތިމާސް ކުރަމުންދާ ކަމަށާއި ބްރޯޑްކާސްޓަރުން ފޮނުވާ ކޮންޓެންޓުގެ ޒިންމާދާރުކަމާއި ފެންވަރު ބެލުމުގެ މަސައްކަތް ކެނޑިނޭޅި ކުރަމުންދާ ކަމަށް ޝަހީބު ވިދާޅުވިއެވެ. ޝަހީބު ވިދާޅުވި ގޮތުގައި، ރާއްޖޭގައި ބްރޯޑްކާސްޓްކުރުމަށް މިހާތަނަށް 43 ލައިސަންސް ދޫކޮށްފައިވެއެވެ. އޭގެ ތެރޭގައި 31 ޓީވީ ޗެނަލާއި 12 ރޭޑިއޯ ޗެނަލް ހިމެނޭ ކަމަށް ޝަހީބު ވިދާޅުވިއެވެ. އަދި ރީބްރޯޑްކާސްޓްކުރުމަށް 122 ލައިސަންސް ދޫކޮށްފައިވާ ކަމަށާއި އޭގެ ތެރޭގައި މުޅި ރާއްޖެއަށް ހިދުމަތް ހިދުމަށް ފަސް ފަރާތަކަށް ލައިސަންސް ދޫކޮށްފައިވާ ކަމަށް ޝަހީބް ވިދާޅުވިއެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

4

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

27 ޖެނުއަރީ 2017

ރާއްޖެޓީވީގެ އަހަރު ޝަހުސިއްޔަތަކަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު

27 ޖެނުއަރީ 2017
ރާއްޖެޓީވީގެ އަހަރު ޝަހުސިއްޔަތަކަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު
27 ޖެނުއަރީ 2017

ރާއްޖެ އާއި އިންޑިއާގެ މެދުގައި އޮތް ގުޅުމަކީ އާޓިފިޝަލް ގުޅުމެއް ނޫން: މިޝްރާ

27 ޖެނުއަރީ 2017
ރާއްޖެ އާއި އިންޑިއާގެ މެދުގައި އޮތް ގުޅުމަކީ އާޓިފިޝަލް ގުޅުމެއް ނޫން: މިޝްރާ
25 ޖެނުއަރީ 2017

ރާއްޖެޓީވީ ނޫސްވެރިންގެ މައްސަލައިގައި އަދުލް އިންސާފުގެ ހުރިހާ ދޮރެއްގައި ޓަކި ޖަހާނަން: ހަސީން

25 ޖެނުއަރީ 2017
ރާއްޖެޓީވީ ނޫސްވެރިންގެ މައްސަލައިގައި އަދުލް އިންސާފުގެ ހުރިހާ ދޮރެއްގައި ޓަކި ޖަހާނަން: ހަސީން
24 ޖެނުއަރީ 2017

ރާއްޖެ ޓީވީގެ ނޫސްވެރިންނަށް ހުކުމް ކުރުމަކީ ސަރުކާރުގެ ފިނޑި ޢަމަލެއް:އެމްޔޫއޯ

24 ޖެނުއަރީ 2017
ރާއްޖެ ޓީވީގެ ނޫސްވެރިންނަށް ހުކުމް ކުރުމަކީ ސަރުކާރުގެ ފިނޑި ޢަމަލެއް:އެމްޔޫއޯ
24 ޖެނުއަރީ 2017

ޖަލަށްލިކަމުގައިވިޔަސް ފަހަތަކަށް ނުޖެހޭނެ، ނޫސްވެރިން ތިބީ އެކަތިގަނޑެއްގެ ގޮތުގައި: ރާއްޖެޓީވީ

24 ޖެނުއަރީ 2017
ޖަލަށްލިކަމުގައިވިޔަސް ފަހަތަކަށް ނުޖެހޭނެ، ނޫސްވެރިން ތިބީ އެކަތިގަނޑެއްގެ ގޮތުގައި: ރާއްޖެޓީވީ
23 ޖެނުއަރީ 2017

އަސްލެއް ނެތް ދައުވާ ކޮށްގެން ރާއްޖެ ޓީވީގެ މަންޒަރެއް، އަޑު ކަނޑައެއް ނުލެވޭނެ: ފިޔާޒު

23 ޖެނުއަރީ 2017
އަސްލެއް ނެތް ދައުވާ ކޮށްގެން ރާއްޖެ ޓީވީގެ މަންޒަރެއް، އަޑު ކަނޑައެއް ނުލެވޭނެ: ފިޔާޒު
20 ޖެނުއަރީ 2017

ރާއްޖެޓީވީގެ ނޫސްވެރިން ކުރި ކުށަކީ ހަރަކާތްތަކެއް ކަވަރުކުރުން: ސީޕީޖޭ

20 ޖެނުއަރީ 2017
ރާއްޖެޓީވީގެ ނޫސްވެރިން ކުރި ކުށަކީ ހަރަކާތްތަކެއް ކަވަރުކުރުން: ސީޕީޖޭ
16 ޖެނުއަރީ 2017

ރާއްޖެޓީވީގެ ޒަރީރަށް ހުކުމް ކުރުން މިއަދު

16 ޖެނުއަރީ 2017
ރާއްޖެޓީވީގެ ޒަރީރަށް ހުކުމް ކުރުން މިއަދު
15 ޖެނުއަރީ 2017

ފަރަށް އެރި ބޯޓުގެ ޖޫރިމަނާއާމެދު އަދިވެސް ވަކި ގޮތެއް ނުނިންމާ: ޓްރާންސްޕޯޓް އޮފޯރިޓީ

15 ޖެނުއަރީ 2017
ފަރަށް އެރި ބޯޓުގެ ޖޫރިމަނާއާމެދު  އަދިވެސް ވަކި ގޮތެއް ނުނިންމާ: ޓްރާންސްޕޯޓް އޮފޯރިޓީ
14 ޖެނުއަރީ 2017

ރާއްޖެޓީވީގެ ކެމެރާމަން ޒަރީރަށް ހުކުމް ކުރުން ހޯމަ ދުވަހު

14 ޖެނުއަރީ 2017
ރާއްޖެޓީވީގެ ކެމެރާމަން ޒަރީރަށް ހުކުމް ކުރުން ހޯމަ ދުވަހު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް