Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޓައުންޝިޕް ޕްރޮޖެކްޓް

ޓައުންޝިޕްގެ ސަބަބުން ބޭރުގެ ގައުމުތަކުން ރާއްޖެއަށް ބޭނުން ގޮތަކަށް ނުފޫޒު ފޯރުވޭނެ: އަލީ ހުސެއިން

21 އޯގަސްޓު 2026 | ހުކުރު 14:25

ސަސްޓެއިނަބަލް ޓައުންޝިޕް މަޝްރޫއުތަކުގެ ސަބަބުން ބޭރުގެ ނުފޫޒުގަދަ ފަރާތްތަކަށް ރާއްޖޭގެ ސިޔާސީ އަދި އިގްތިސާދީ މިނިވަންކަމަށް ބާރުފޯރުވުމުގެ ފުރުސަތު އޮތްކަމަށް ވިދާޅުވެ ކެންދޫ ދާއިރާގެ ކުރީގެ މެންބަރު އަލީ ހުސެއިން ކަންބޮޑުވުން ފާޅުކުރައްވައިފި. މި މަޝްރޫއުތަކަށް ބޮޑެތި ޓެކްސް އިނާޔަތްތަކެއް ދީފައިވާއިރު، މީގެ ސަބަބުން ދިވެހި ރައްޔިތުންނަށް މަންފާއެއް ނުލިބި ގައުމީ ވަންތަކަން ގެއްލިދާނެތީ މި ބިލާ ދެކޮޅަށް އަޑުއުފުލުމަށް އޭނާ ވަނީ ގޮވާލައްވާފައި

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް | 21 އޯގަސްޓު 2026 | ހުކުރު 14:25
ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ ކުރީގެ މެންބަރު އަލްއުސްތާޛު އަލީ ހުސެއިން

ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ ކުރީގެ މެންބަރު އަލްއުސްތާޛު އަލީ ހުސެއިން | ރާއްޖެއެމްވީ

ޓައުންޝިޕް މަޝްރޫއުގެ ސަބަބުން ބޭރުގެ ނުފޫޒުގަދަ ގައުމުތަކަށް ދިވެހިރާއްޖެ ފަދަ ކުޑަ ގައުމަކަށް ބޭނުން ގޮތަކަށް ނުފޫޒު ފޯރުވޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ ކުރީގެ މެންބަރު އަލްއުސްތާޛު އަލީ ހުސެއިން ވިދާޅުވެއްޖެ އެވެ.

ރާއްޖެޓީވީގެ ޓީވީ ޓޯކް ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން އަލީ ހުސެއިން ވިދާޅުވީ، ޓައުންޝިޕް މަޝްރޫއު ކުރިޔަށް ގެންދާނީ ދުނިޔޭގެ އެންމެ ނަން މަޝްހޫރު އެންމެ ނުފޫޒު ގަދަ މީހުންނާއި ގައުމުތަކުން ކަމަށެވެ. މިގޮތުން އެމެރިކާ ފަދަ ބޮޑެތި ގައުމުތަކުން މި މަޝްރޫއު ހިންގާނަމަ ރާއްޖެއަށް ސިޔާސީ ގޮތުން ނުފޫޒު ފޯރުވުމަކީ އެމީހުންނަށް އެއްވެސް ކަމެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.

Advertisement - newsAdvertisement
ޓައުންޝިޕް ބިލްޑު ކުރާނީ ދުނިޔޭގެ ނިސްބަތުން އެންމެ ޓޮޕް ލެވެލް އެންމެ ފައިސާ ގިނަ ނުފޫޒު ގަދަ މީހުން. ވަކިން ހާއްސަކޮށް އެމެރިކާ ފަދަ ބޮޑެތި ގައުމުތަކުން ދިވެހިރާއްޖެ ކަހަލަ ކުޑަކުޑަ ގައުމަކަށް އެމީހުންނަށް ނުފޫޒު ފޯރުވާލާކަށް އެއްވެސް ކަމެއް ނޫން. ބޭނުން ކަމެއް ސިޔާސީ ގޮތުން އެމީހުންނަށް ކުރެވޭނެ
އަލީ ހުސެއިން

ޓައުންޝިޕްގެ މަޝްރޫއުގެ ސަބަބުން ރާއްޖޭގެ ރައްޔިތުންނަށް އެއްވެސް މަންފާ އެއް ނުވާނެކަމަށް ފާހަގަކުރައްވާ އަލީ ހުސެއިން ވިދާޅުވީ ޓައުންޝިޕް މަޝްރޫއަށް ބޭނުންވާ ހުރިހާ އިންވެސްޓްމެންޓެއް އަންނަނީ ބޭރުގެ ފަރާތްތަކުން ކަމަށެވެ. ހަމައެއާއެކު މި މަޝްރޫއުގެ ސަބަބުން ދިވެހި ރައްޔިތުންގެ ގައުމީވަންތަ ސިފަތަކާއި އާދަކާދަތަށް އަދި މިނިވަންކަން ގެއްލިގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އަލީ ހުސެއިން ވިދާޅުވީ އެސްއީޒެޑްގެ ގާނޫނުގައި ދައުލަތުން ޓައުންޝިޕްގައި ދިރިއުޅޭ ބޭރު މީހުންގެ އަތުން ޓެކްސް ނެގުމަށް ހަމަޖެހިފައިވަނީ އަށް އަހަރާއި ދިހަ އަހަރަށް ފަހު ކަމަށެވެ. އަދި މި މަޝްރޫއަށް ބޭނުންވާ ތަކެތި އެތެރެކުރާ އިރު ކުންފުނިތަކުން އިންޕޯޓް ޓެކްސް ދައްކަން ނުޖެހޭ ކަމަށް އަލީ ހުސެއިން ވިދާޅުވި އެވެ.

އެސްއީޒެޑްގެ ގާނުނަށް އަދި ޓުއަރިޒަމް ގާނޫނަށް ބެލިޔަސް ތަނެއް އިމާރާތްކުރާ އިރުގައި އެ ތަނަށް ގެންނަ ހުރިހާ މެޓީރިއަލް އެއް މި ގެންނަނީ އިންޕޯޓް ޑިއުޓީ ފްރީކޮށް. އަޅުގަނޑުމެން ގެސްޓް ހައުސް އަޅާ އިރު ގެސްޓް ހައުސް އަޅާ ހުރިހާ އެއްޗަކުން ދައުލަތުށް 25 ޕަސެންޓް ޓެކްސް ދައްކައިގެން. ފުރަތަމަ އެސްއީޒެޑް ގަނޫނު އޮތްގޮތުން އަށެއް ނުވަތަ ދިހަ އަހަރު ދުވަސް ވަންދެން ޖީއެސްޓީ އަދި ޓީޖީއެސްޓީ ދައްކާކަށް ނުޖެހޭ
އަލީ ހުސެއިން

މިހެންކަމުން މި ބިލާ ދެކޮޅަށް ރައްޔިތުން އަޑުއުފުލަން އަލީ ހުސެއިން ވަނީ ގޮވާލައްވާފަ އެވެ. އަދި މި ބިލު މިގޮތަށް ފާސް ވެއްޖެނަމަ ވިއްކާލާފައިވާ ބިންތަށް ރައްޔިތުންނަށް އަނބުރާ ހޯދޭނެ އެއްވެސް ގޮތެއް ނޯންނާނެކަމުގެ ކަންބޮޑުވުން އޭނާ ވަނީ ފާޅުކުރައްވާފަ އެވެ.

ނ. އަތޮޅު ދިގުފަރާއި ދެކުނުފަރު 262 ކޮޓަރީގެ އަލްޓްރާ ލަގްޒަރީ ޓޫރިސްޓު ރިސޯޓެއްގެ ގޮތުގައި ޕްރޮޖެކްޓު އައިލާގެ ނަމުގައި ތަރައްޤީ ކުރުމަށް ކުއްޔަށް ދޫކޮށްފައިވާއިރު، ރިސޯޓު ހެދުމަށް ބޭނުންވާ ބިންހިއްކުމުގެ މަސައްކަތް ކުރިޔަށް ދަނިކޮށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން އެސްއީޒެޑުގެ ޤާނޫނަށް ކުއްލިޔަކަށް ބަދަލު ގެނެސް ސަސްޓެއިނަބަލް ޓައުންޝިޕް ނަމުގައި އައު ގިންތިއެއް ތައާރަފްކޮށް މި ރިސޯޓު ޕްރޮޖެކްޓަށް އެސްއީޒެޑްގެ ދަރަޖަ ވަނީ ދީފައި އެވެ. މިކަމުގެ ސަބަބުން އެތައް ބަޔަކު ދަނީ ކަންބޮޑުވުން ފާޅުކޮށް ސަރުކާރަށް ފާޑުކިޔަމުންނެވެ.

އަލީ ހުސައިންޓައުންޝިޕް ޕްރޮޖެކްޓްއެސްއީޒެޑް

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

4

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

5

މިނިސްޓަރު އަމީން ރަޝިޔާ އަށް ކުރެއްވި ދަތުރުފުޅާ މެދު ރާއްޖޭގެ ޓްރެވަލް އެޖެންޓުންގެ ޖަމްއިއްޔާ އިން ކަންބޮޑުވެއްޖެ

އިތުރަށް ކިޔާލަން

21 އޯގަސްޓު 2026

ރައީސް މުއިއްޒު އަކީ ސިނގުރުޅީގައި ވިސްނާލެއްވުމެއްނެތި ކަންކަން ކުރައްވާ ބޭފުޅެއް: ޒިޔާދު

21 އޯގަސްޓު 2026
ރައީސް މުއިއްޒު އަކީ ސިނގުރުޅީގައި ވިސްނާލެއްވުމެއްނެތި ކަންކަން ކުރައްވާ ބޭފުޅެއް: ޒިޔާދު
20 އޯގަސްޓު 2026

ގާނޫނުގައި ބުނެފައިވާ ގޮތުން އެސްއީޒެޑްގެ ދަށުން އެޕާޓްމަންޓެއް ގަންނަ މީހާ ރާއްޖޭގައި ދިރިއުޅޭކަށް ނުޖެހޭ: ބޮންޑާ

20 އޯގަސްޓު 2026
ގާނޫނުގައި ބުނެފައިވާ ގޮތުން އެސްއީޒެޑްގެ ދަށުން އެޕާޓްމަންޓެއް ގަންނަ މީހާ ރާއްޖޭގައި ދިރިއުޅޭކަށް ނުޖެހޭ: ބޮންޑާ
20 އޯގަސްޓު 2026

ޓައުންޝިޕް މަޝްރޫއާއެކު ދައުލަތަށް ލިބެންޖެހޭ ބޮޑު އާމްދަނީއެއް ގެއްލި، ކޮރަޕްޝަނަށް މަގުފަހިވާކަމުގެ ތުހުމަތާއެކު މައްސަލަ އޭސީސީއަށް!

20 އޯގަސްޓު 2026
ޓައުންޝިޕް މަޝްރޫއާއެކު ދައުލަތަށް ލިބެންޖެހޭ ބޮޑު އާމްދަނީއެއް ގެއްލި، ކޮރަޕްޝަނަށް މަގުފަހިވާކަމުގެ ތުހުމަތާއެކު މައްސަލަ އޭސީސީއަށް!
17 އޯގަސްޓު 2026

މެންބަރު ޝަމްހީދު ކިޔާދެއްވީ ނ.އަތޮޅުގައި އޮތް ފަޅު އެސްއީޒެޑްގެ ދަށުން ޓައުންޝިޕްއަށް ބަދަލުވި ގޮތާއި ލިބުނު ގެއްލުން!

17 އޯގަސްޓު 2026
މެންބަރު ޝަމްހީދު ކިޔާދެއްވީ ނ.އަތޮޅުގައި އޮތް ފަޅު އެސްއީޒެޑްގެ ދަށުން ޓައުންޝިޕްއަށް ބަދަލުވި ގޮތާއި ލިބުނު ގެއްލުން!
06 އޯގަސްޓު 2026

ރާއްޖޭގެ ސަރަޙައްދުތަކެއް ބޭރުގެ ބައެއްގެ އަތްމައްޗަށް ދޫކޮށްލާގޮތަށް ސަރުކާރުން ފެށި ޓައުންޝިޕް މަޝްރޫއުގެ ސަބަބުން ސިޔާދަތަށް ކުރާނެ އަސަރު 241 ކޮމިޓީން ބަލަންޖެހޭ: ބޮންޑާ

06 އޯގަސްޓު 2026
ރާއްޖޭގެ ސަރަޙައްދުތަކެއް ބޭރުގެ ބައެއްގެ އަތްމައްޗަށް ދޫކޮށްލާގޮތަށް ސަރުކާރުން ފެށި ޓައުންޝިޕް މަޝްރޫއުގެ ސަބަބުން ސިޔާދަތަށް ކުރާނެ އަސަރު 241 ކޮމިޓީން ބަލަންޖެހޭ: ބޮންޑާ
01 ޖުލައި 2026

އޭސީސީއަކީ އުފަންވީއްސުރެ ބޭކާރު ތަނެއް، މިހާތަނަށް އެކޮމިޝަނުން ބަލަމުން ދަނީ ކުރީ ސަރުކާރުތަކުގެ މައްސަލަތައް: އަލީ ހުސެއިން

01 ޖުލައި 2026
އޭސީސީއަކީ އުފަންވީއްސުރެ ބޭކާރު ތަނެއް، މިހާތަނަށް އެކޮމިޝަނުން ބަލަމުން ދަނީ ކުރީ ސަރުކާރުތަކުގެ މައްސަލަތައް: އަލީ ހުސެއިން
30 ޖޫން 2026

މިސަރުކާރުން ކަމެއްކުރާ އިރު ވިސްނަނީ ނޭފަތު ކުރިއާ ހިސާބަށް: އަލީ ހުސައިން

30 ޖޫން 2026
މިސަރުކާރުން ކަމެއްކުރާ އިރު ވިސްނަނީ ނޭފަތު ކުރިއާ ހިސާބަށް: އަލީ ހުސައިން
29 ޖޫން 2026

އައިސީޕީން "ލެޓްސް ޓޯކް" ހަރަކާތް ފަށައިފި

29 ޖޫން 2026
އައިސީޕީން "ލެޓްސް ޓޯކް" ހަރަކާތް ފަށައިފި
23 ޖޫން 2026

ޑިޖިޓަލް ނިޒާމެއް ޤާއިމުކުރަންކަމަށް ބުނެ ބަޖެޓު ފޮތުގައި ނުލިޔެ މިދިޔަ އަހަރު 600 މިލިއަން ރުފިޔާ ބޭނުންކުރި، ޚަރަދުގެ ތަފްސީލެއް އެނގޭކަށް ނެތް: ޝަމްހީދު

23 ޖޫން 2026
ޑިޖިޓަލް ނިޒާމެއް ޤާއިމުކުރަންކަމަށް ބުނެ ބަޖެޓު ފޮތުގައި ނުލިޔެ މިދިޔަ އަހަރު 600 މިލިއަން ރުފިޔާ ބޭނުންކުރި، ޚަރަދުގެ ތަފްސީލެއް އެނގޭކަށް ނެތް: ޝަމްހީދު
03 ޖޫން 2026

ޑިފެންސް މިނިސްޓަރު ފަދަ މުހިއްމު މަގާމުތަކުގައި ތިއްބަވާ ބޭފުޅުން ކުއްލި ގޮތަކަށް ވަކިކުރާއިރު އެކަށީގެންވާ ސަބަބުތަކެއް ދައްކަންވާނެ: އަލީ ހުސައިން

03 ޖޫން 2026
ޑިފެންސް މިނިސްޓަރު ފަދަ މުހިއްމު މަގާމުތަކުގައި ތިއްބަވާ ބޭފުޅުން ކުއްލި ގޮތަކަށް ވަކިކުރާއިރު އެކަށީގެންވާ ސަބަބުތަކެއް ދައްކަންވާނެ: އަލީ ހުސައިން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް