Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޓައުންޝިޕް މަޝްރޫއު

ޓައުންޝިޕް މަޝްރޫއާއެކު ދައުލަތަށް ލިބެންޖެހޭ ބޮޑު އާމްދަނީއެއް ގެއްލި، ކޮރަޕްޝަނަށް މަގުފަހިވާކަމުގެ ތުހުމަތާއެކު މައްސަލަ އޭސީސީއަށް!

20 އޯގަސްޓު 2026 | ބުރާސްފަތި 06:27

ނ. އަތޮޅުގައި ހިންގާ ރިސޯޓު މަޝްރޫއެއް އެސްއީޒެޑްގެ ދަށުން ޓައުންޝިޕަކަށް ބަދަލުކުރުމުން ދައުލަތަށް ލިބެންޖެހޭ ބޮޑު އާމްދަނީއެއް ގެއްލި، ކޮރަޕްޝަނަށް މަގުފަހިވާކަމުގެ ތުހުމަތާއެކު އެ މައްސަލަ އޭސީސީއަށް ހުށަހަޅައިފި. މި މަޝްރޫއުގެ ސަބަބުން ގައުމީ ސަލާމަތަށް ނުރައްކާވެދާނެތީ، މައްސަލަ ތަހުގީގުކޮށް މަސައްކަތް ވަގުތުން ހުއްޓުވުމަށް އަމުރެއް ނެރެދިނުމަށް ވަނީ އެދިފައި

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 20 އޯގަސްޓު 2026 | ބުރާސްފަތި 06:27
ސަރުކާރުން ހިންގާ ޓައުންޝިޕް މަޝްރޫއުގައި ބޮޑެތި ކޮރަޕްޝަންގެ އަމަލުތައް ހިމެނޭކަމަށް ބުނެ މައްސަލަ އޭސީސީއަށް ހުށަހެޅުން

ސަރުކާރުން ހިންގާ ޓައުންޝިޕް މަޝްރޫއުގައި ބޮޑެތި ކޮރަޕްޝަންގެ އަމަލުތައް ހިމެނޭކަމަށް ބުނެ މައްސަލަ އޭސީސީއަށް ހުށަހެޅުން | ރާއްޖެ އެމްވީ

ސަރުކާރުން ހިންގާ ޓައުންޝިޕް މަޝްރޫއުގައި ކޮރަޕްޝަން އެކުލެވޭކަމަށް ބުނެ އެންޓި ކޮރަޕްޝަން ކޮމިޝަންގެ ރައީސް އަލްއުސްތާޛު އާދަމް ޝާމިލްއަށް އެޑްރެސްކުރައްވައި އަމިއްލަ ފަރާތެއްކަމަށްވާ އަހުމަދު ސަލީމް ސިޓީއެއް ފޮނުއްވައިފި އެވެ.

ނ.އަތޮޅު ދިގުފަރާއި ދެކުނުފަރު 262 ކޮޓަރީގެ އަލްޓްރާ ލަގްޒަރީ ޓޫރިސްޓު ރިސޯޓެއްގެ ގޮތުގައި ޕްރޮޖެކްޓު އައިލާ ނަމުގައި ތަރައްޤީކުރުމަށް ކުއްޔަށް ދޫކޮށްފައިވާއިރު، ރިސޯޓު ހެދުމަށް ބޭނުންވާ ބިންހިއްކުމުގެ މަސައްކަތް ކުރިޔަށް ދަނިކޮށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން އެސްއީޒެޑުގެ ޤާނޫނަށް ކުއްލިޔަކަށް ބަދަލުގެނެސް ސަސްޓެއިނަބަލް ޓައުންޝިޕް ނަމުގައި އައު ގިންތިއެއް ތައާރަފްކޮށް މި ރިސޯޓު ޕްރޮޖެކްޓަށް އެސްއީޒެޑްގެ ދަރަޖަ ދީފައިވާކަމަށް ސިޓީގައި ބުނެފައިވެ އެވެ.

Advertisement - newsAdvertisement

ޤާނޫނަށް ގެނެވުނު އިސްލާހަށް އަމަލުކުރަން ފެށިތާ އެއްމަސް ދުވަސް ނުވަނީސް، ކުރިން ހިނގަމުން ދިޔަ ރިސޯޓު ޕްރޮޖެކްޓު ކަމަށްވާ އައިލާ ޕްރޮޖެކްޓަށް އެސްއީޒެޑްގެ ދަރަޖަ ދީ އެ މަޝްރޫއު ސަސްޓެއިނަބަލް ޓައުންޝިޕަކަށް ބަދަލުކުރުމަކީ އެތައް ސުވާލެއް އުފެދޭ ކަމެއްކަމަށް ސިޓީގައި ފާހަގަކޮށްފައިވެ އެވެ.

262 ކޮޓަރީގެ އަލްޓްރާ ލަގްޒަރީ ރިސޯޓެއްގެ ގޮތުގައި ތަރައްޤީކޮށްފިނަމަ މިފަދަ ރިސޯޓަކުން ބިމުކުއްޔާއި ޓީޖީއެސްޓީ، ގްރީން ޓެކްސް އަދި އިންކަމް ޓެކްސްގެ ގޮތުގައި ސަރުކާރަށް ސީދާ އާމްދަނީގެ ގޮތުގައި އަހަރަކު 70 މިލިއަން ދިވެހި ރުފިޔާ ނުވަތަ އެއަށްވުރެ ގިނައިން ލިބުމުގެ ފުރުސަތު އޮތްކަމަށް ސިޓީގައި ބުނެފައިވެއެވެ.

އެހެންނަމަވެސް އެސްއީޒެޑްގެ ދަށުން ކުޑަވެގެންދާ ޓެކްސް އަދި ކަސްޓަމްސް ޑިއުޓީން ލިބިދޭ ބޮޑެތި ލުއިތަކުގެ ސަބަބުން، ރިސޯޓެއްގެ ގޮތުގައި ލިބިދޭ އާމްދަނީގެ ވަރަށް ކުޑަ މިންވަރެއް ނޫނީ ދައުލަތަށް ނުލިބޭނެކަމަށް ވެސް ބުނެފައިވެއެވެ.

ރާއްޖޭގެ އާންމު ބާޒާރުން ދިވެއްސަކު ގޯތި ގެދޮރު ގަންނައިރު 8 ޕަސެންޓުގެ ޖީއެސްޓީއެއް ސަރުކާރަށް ދައްކަންޖެހޭއިރު، މި ޓައުންޝިޕްތަކުގެ ތެރޭގައި ހިންގާ މުއާމަލާތްތަކުން ނަގާ ޓެކްސް 1 ޕަސެންޓާއި ގާތްކުރާ މިންވަރަކަށް ކުޑަވުމުގެ ފުރުސަތު އޮތްކަމަށް ވެސް މި ސިޓީގައި ބުނެފައިވެއެވެ.

އެހެންކަމުން ދިވެހިރާއްޖެއިން ގެދޮރު ގަންނަ ދިވެހި ރައްޔިތަކަށްވުރެ، މި ޕްރޮޖެކްޓު އެސްއީޒެޑްގެ ޕްރޮޖެކްޓަކަށް ކުއްލިޔަކަށް ބަދަލުކޮށް މި ޕްރޮޖެކްޓުގެ ތެރެއިން ލަގްޒަރީ ޕްރޮޕަޓީ ގަންނަ ބޭރުގެ މުއްސަނދިންނަށް ލުއި ގޮތްތަކެއް ހަމަޖައްސައިދިނުމަކީ ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ކުރުމަށް ރޭވިފައިވާ ކަމެއްކަމަށް ތުހުމަތުކުރެވޭކަމަށް ސިޓީގައި ވަނީ ބަޔާންކޮށްފަ އެވެ.

ސިޓީގައި އިތުރަށް ބުނެފައިވަނީ، ރާއްޖެއިން ބޭރުގެ މީހުންނަށް ރަށްވެހިކަން ލިބިދޭ ވިސާ ޕްރޮގްރާމް އެވޯޑުކުރެވުނު ހެންލީ އެންޑް ޕާޓްނާސް އަކީ މިފަދަ އިންވެސްޓްމަންޓު މައިގްރޭޝަން ޕްރޮގްރާމްތަކާއި ގުޅިގެން ބައިނަލްއަޤުވާމީ ދުނިޔޭގައި ބޮޑެތި ފާޑުކިޔުންތައް އަމާޒުވެ ބޮޑެތި ތުހުމަތުތަކެއް ކުރެވޭ ކުންފުންޏަކަށްވާއިރު، މި ކުންފުންޏަށް މި ޕްރޮޖެކްޓް އެވޯޑުކުރެވުނީ ކޮންގޮތަކުންތޯ ބަލާން ޖެހޭކަމަށެވެ.

އެހެންކަމުން މި މައްސަލައިގައި ވަގުތީ އަމުރެއް ނެރިގެން މި ޕްރޮޖެކްޓު ހުއްޓުވައި، އަވަސް މަސްއަލައެއްގެ ގޮތުގައި ތަހުޤީޤުކޮށްދެއްވުމަށް ސިޓީގައި ވަނީ އެދިފަ އެވެ.

މިކަމުގެ ފަހަތުން ފެނިގެން މިދަނީ މީހުން ދިރިއުޅޭ ރަށްތަކެއްގެ ތެރޭގައި އޮންނަ ސަރަހައްދެއް، ބޭރުގެ ފަރާތްތަކަކަށް ވިއްކާލުމުން އެބަޔަކަށް އެތަންތަން މިލްކުވެ އަދި އެތަނުގައި އެބަޔަކު ބޭނުންދީނަކަށް އުޅުމުގެ ފުރުސަތުލިބިދީ، ޖުވާކުޅުމާއި، ކެސިނޯ ހިންގުމާ އަދި އެއްޖިއްސުން މީހުނާ އިނުމަށް ވެސް ފުރުސަތު ލިބި މިއިން އެއްވެސް ކަމަކަށް މިސަރުކާރުން ބަހެއްކިޔާ އަމުރު މަޢުރޫފެއް ނުހިންގޭގޮތަށް އެ ބަޔަކަށް އެތަންތަން މުޅިން ހިބަކޮށް ލިބުން. މިކަމަކީ ދިވެހި ރައްޔިތުން ޤަބޫލުވެ ރުހޭނޭ ކަމެއްނޫން. ފާފު އަތޮޅުގެ މައްސަލައިގައި އޭރު ވެސް ރައްޔިތުންގެ ކަންބޮޑުވުން ފާޅުކޮށް ބުނަމުން ދިޔައީ، ބޭރުގެ ފަރާތްތަކަށް މިފަދައިން ބޮޑެތި ސަރަހައްދުތައް ދޫކުރުމަކީ ދިވެހި ރައްޔިތުން ރުހޭ އަދި ޤަބޫލުކަމެއް ނޫންކަމަށް. މީގެ އިތުރުން މިކަމުގައި އޮތް އެންމެ ހައްސާސް ކަމަކީ މިކަމުގެ ސަބަބުން ރާއްޖޭގެ ސިޔާދަތާ ޤައުމީ ސަލާމަތަށް އޮތް ނުރައްކާ
މާޒް ސަލީމް އޭސީސީއަށް ފޮނުއްވި ސިޓީ

ސިޓީގައި ފާހަގަކޮށްފައިވާ ގޮތުގައި މިދިޔަ އަހަރުގެ ޖުލައި މަހު ސިންގަޕޫރުގައި ބޭއްވި މޯލްޑިވްސް-ސިންގަޕޫރު ބިޒްނަސް ފޯރަމްގެ ތެރެއިން، ރާއްޖޭގައި 'ރެސިޑެންސް ބައި އިންވެސްޓްމަންޓް' ޕްރޮގްރާމެއް ތައާރަފުކުރުމަށްޓަކައި ހެންލީ އެންޑް ޕާޓްނާސްއާއެކު ސަރުކާރުން ވަނީ އެއްބަސްވުމެއްގައި ސޮއިކޮށްފަ އެވެ. އެހެން ނަމަވެސް ސަރުކާރުން އޭރު ވެސް އެ ކުންފުނި މިކަމަށް ނޮމިނޭޓުވީ ގޮތެއް ހާމަކޮށްފައެއް ނުވެ އެވެ. އަދި މިކަމުގައި އެކުލެވޭ ވިޔަފާރީގެ މުއާމަލާތްތަކުގެ ތަފްސީލު ވެސް ހާމަކޮށްފައެއް ނުވެ އެވެ.

މިކަމަކީ ދައުލަތަށް ބޮޑުފައިދާއެއްވާން އޮތްކަމެއްގައި ބާރާއި ނުފޫޒު ބޭނުންކޮށްގެން ދައުލަތަށް ގެއްލުންވަމުންދާނެ ޕުރޮޖެކުޓަކަށްވާތީވެ، މިމައްސަލާގައި އޭސީސީން ވަގުތީ އަމުރެއް ނެރިގެން މިމަސައްކަތް ނުހުއްޓުވައިފިނަމަ، ދިވެހި ދައުލަތުގެ މާލިއްޔަތަށް އެތައް ބިލިއަން ޑޮލަރެއްގެ ބޮޑު ގެއްލުމެއް ލިބި މިޤަމުގެ ސިޔާދަތާއި އަދި ޤައުމީ ސަލާމަތަށް ބޮޑު ނުރައްކަލެއް ކުރިމަތިވެދާނެކަމުގެ ކަންބޮޑުވުން އޮތްކަމަށް ވެސް ސިޓީގައި ވަނީ ބުނެފަ އެވެ.

އާދަމް ޝާމިލްހެންލީ އެންޑް ޕާޓްނާސްއެންޓި ކޮރަޕްޝަން ކޮމިޝަންޓައުންޝިޕް ޕްރޮޖެކްޓް

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

3

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

4

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

5

މަޝްހޫރު ބަތަލާ ހޭޑަން ޕެނެޓިއޭ 36 އަހަރުގައި މަރުވެފައި އޮއްވާ ފެނިއްޖެ

އިތުރަށް ކިޔާލަން

19 އޯގަސްޓު 2026

ކުޅިވަރުގެ ދާއިރާގައި ހިންގާ ކޮރަޕްޝަން ހުއްޓުވުމަށް އޭސީސީއާއެކު މިދަނީ މަސައްކަތް ކުރަމުން: މިނިސްޓަރު

19 އޯގަސްޓު 2026
ކުޅިވަރުގެ ދާއިރާގައި ހިންގާ ކޮރަޕްޝަން ހުއްޓުވުމަށް އޭސީސީއާއެކު މިދަނީ މަސައްކަތް ކުރަމުން: މިނިސްޓަރު
17 އޯގަސްޓު 2026

މެންބަރު ޝަމްހީދު ކިޔާދެއްވީ ނ.އަތޮޅުގައި އޮތް ފަޅު އެސްއީޒެޑްގެ ދަށުން ޓައުންޝިޕްއަށް ބަދަލުވި ގޮތާއި ލިބުނު ގެއްލުން!

17 އޯގަސްޓު 2026
މެންބަރު ޝަމްހީދު ކިޔާދެއްވީ ނ.އަތޮޅުގައި އޮތް ފަޅު އެސްއީޒެޑްގެ ދަށުން ޓައުންޝިޕްއަށް ބަދަލުވި ގޮތާއި ލިބުނު ގެއްލުން!
06 އޯގަސްޓު 2026

ރާއްޖޭގެ ސަރަޙައްދުތަކެއް ބޭރުގެ ބައެއްގެ އަތްމައްޗަށް ދޫކޮށްލާގޮތަށް ސަރުކާރުން ފެށި ޓައުންޝިޕް މަޝްރޫއުގެ ސަބަބުން ސިޔާދަތަށް ކުރާނެ އަސަރު 241 ކޮމިޓީން ބަލަންޖެހޭ: ބޮންޑާ

06 އޯގަސްޓު 2026
ރާއްޖޭގެ ސަރަޙައްދުތަކެއް ބޭރުގެ ބައެއްގެ އަތްމައްޗަށް ދޫކޮށްލާގޮތަށް ސަރުކާރުން ފެށި ޓައުންޝިޕް މަޝްރޫއުގެ ސަބަބުން ސިޔާދަތަށް ކުރާނެ އަސަރު 241 ކޮމިޓީން ބަލަންޖެހޭ: ބޮންޑާ
05 އޯގަސްޓު 2026

މޭޔަރުކަމުގައި ހުންނެވިއިރު މުއިއްޒުގެ އަރިސް ބޭފުޅެއްގެ ކުންފުންޏަކަށް 11 މިލިއަނަށްވުރެ ގިނަ ރުފިޔާ ދިންކަމަށް ތުހުމަތު ކުރެވޭ މައްސަލައިގެ އަވަސް ތަހުގީގެއް ހިންގައިދޭން މާލޭ ސިޓީ ކައުންސިލުން އެދެނީ!

ޕްރޮޖެކްޓް އައިލާ އެސްއީޒެޑަކަށް ބަދަލުކުރިގޮތާއި ރާއްޖެއިން ބޭރު މީހުންނަށް ރަށްވެހިކަން ލިބޭ ވިސާ ޕްރޮގްރާމަށް ހެންލީ އެންޑް ޕާޓްނާސް ހޮވި ގޮތާ ގުޅޭ ސުވާލުތަކަށް ސަރުކާރުން ޖަވާބުދާރީވާންޖެހޭ!

03 އޯގަސްޓު 2026

ސްޓެލްކޯއިން ދިއްލަންވީ ޤައުމު، އޭސީސީން ކުރަންވީ ކަމަކީ ކޮރަޕްޝަން ތަހުގީގުކުރުން، ފުރަތަމަ އެކަންކަން ކޮށްދީ!

03 އޯގަސްޓު 2026
ސްޓެލްކޯއިން ދިއްލަންވީ ޤައުމު، އޭސީސީން ކުރަންވީ ކަމަކީ ކޮރަޕްޝަން ތަހުގީގުކުރުން، ފުރަތަމަ އެކަންކަން ކޮށްދީ!
03 އޯގަސްޓު 2026

ކޮރަޕްޝަން ހުއްޓުވަން ކުރެވޭނެ މަސައްކަތްތައް ދެނެގަންނަން އޭސީސީއާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފި

03 އޯގަސްޓު 2026
ކޮރަޕްޝަން ހުއްޓުވަން ކުރެވޭނެ މަސައްކަތްތައް ދެނެގަންނަން އޭސީސީއާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފި
02 އޯގަސްޓު 2026

ފަޅުތަކާއި ގިރިތަކާއި ބިންތައް ބަހަމުންދާކަމުގެ ތުހުމަތާއެކު، ކުރީގެ ރައީސް ޔާމީންގެ ބަހުގެ ހަމަލާތަކެއް އޭސީސީ އަދި ފުލުހުންނަށް އަމާޒު ކުރައްވައިފި

02 އޯގަސްޓު 2026
ފަޅުތަކާއި ގިރިތަކާއި ބިންތައް ބަހަމުންދާކަމުގެ ތުހުމަތާއެކު، ކުރީގެ ރައީސް ޔާމީންގެ ބަހުގެ ހަމަލާތަކެއް އޭސީސީ އަދި ފުލުހުންނަށް އަމާޒު ކުރައްވައިފި
28 ޖުލައި 2026

އަޑިނޭނގޭ އެއްބަސްވުމެއްގެ ދަށުން ޖިނާއީ ކުށްތައް ކޮށްފައިވާ ކުންފުންޏެއް މެދުވެރިކޮށް ރާއްޖެއިން ބިދޭސީންނަށް ދާއިމީ ރެސިޑެންސީ ވިއްކަން ސަރުކާރުން އުޅޭ މައްސަލަ މަޖިލިހަށް ވައްދައިފި، އެކަން މިހާރުން މިހާރަށް ހުއްޓާލުމަށް ގޮވާލާފައިވޭ

27 ޖުލައި 2026

އިންސާފުވެރި އިޖުރާއަތުން ބޭރުން ފަނޑިޔާރުންތަކެއް ވަކިކޮށްލީ އޭސީސީއާއި ސަރުކާރު ބައިވެރިވެގެން، ބޭނުމަކީ ސަރުކާރުގެ މަސްލަހަތު އޮތް މައްސަލައެއް ވަކި ގޮތަކަށް ނިންމާލުން: މުއިއްޒު

27 ޖުލައި 2026
އިންސާފުވެރި އިޖުރާއަތުން ބޭރުން ފަނޑިޔާރުންތަކެއް ވަކިކޮށްލީ އޭސީސީއާއި ސަރުކާރު ބައިވެރިވެގެން، ބޭނުމަކީ ސަރުކާރުގެ މަސްލަހަތު އޮތް މައްސަލައެއް ވަކި ގޮތަކަށް ނިންމާލުން: މުއިއްޒު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް