Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެޑިޖިޓަލް ނިޒާމު

ޑިޖިޓަލް ނިޒާމެއް ޤާއިމުކުރަންކަމަށް ބުނެ ބަޖެޓު ފޮތުގައި ނުލިޔެ މިދިޔަ އަހަރު 600 މިލިއަން ރުފިޔާ ބޭނުންކުރި، ޚަރަދުގެ ތަފްސީލެއް އެނގޭކަށް ނެތް: ޝަމްހީދު

ސަރުކާރުން ހުށަހަޅާފައިވާ ޑިޖިޓަލް އައިޑެންޓިޓީ ބިލާ ގުޅޭގޮތުން ވާހަކަދައްކަވަމުން، ރާއްޖޭގައި މިހާރު ގެންގުޅޭ މޮޑެލްގެ ސަބަބުން އާންމުންގެ ޒާތީ މައުލޫމާތުގެ ރައްކާތެރިކަން ގެއްލި، ނަހަމަ ބޭނުން ހިފުމުގެ ފުރުސަތު އޮތް ކަމަށް މެމްބަރު ޑރ. އަހުމަދު ޝަމްހީދު ވިދާޅުވެއްޖެ. މީގެ އިތުރުން، ޑިޖިޓަލް ނިޒާމު ގާއިމުކުރުމުގެ ނަމުގައި ބަޖެޓުގައި ނުހިމަނައި 600 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވާ ކަމަށް ބުނެ އޭނާ ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައި.

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 23 ޖޫން 2026 | އަންގާރަ 09:43
ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު ޑރ. އަހްމަދު ޝަމްހީދު  ޖަލްސާގައި ވާހަކަދައްކަވަނީ

ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު ޑރ. އަހްމަދު ޝަމްހީދު ޖަލްސާގައި ވާހަކަދައްކަވަނީ | ރާއްޖެއެމްވީ

ފައިސާ ޚަރަދުކުރި ގޮތުގެ އެއްވެސް ތަފްސީލެއް ނެތި، ޑިޖިޓަލް ނިޒާމު ޤާއިމު ކުރުމަށްކަމަށް ބުނެ މިދިޔަ އަހަރު ބަޖެޓު ފޮތުގައި ނުލިޔެ، 600 މިލިއަން ރުފިޔާ ބޭނުންކޮށްފައިވާ ކަމަށް ހުޅުމާލޭ ދެކުނު ދާއިރާގެ މެމްބަރު ޑރ އަހުމަދު ޝަމްހީދު ވިދާޅުވެއްޖެއެވެ.

ޝަމްހީދު އެފަދައިން ވިދާޅުވީ، ސަރުކާރުން ހުށަހަޅާފައިވާ ޑިޖިޓަލް އައިޑެންޓިޓީ ބިލާ ގުޅޭގޮތުން އަންގާރަ ދުވަހުގެ މަޖިލިސް ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.

އެ ބިލާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން އޭނާ ވިދާޅުވީ ރާއްޖެއިން ޑިޖިޓަލް ޤައުމީ ނިޒާމެއް އެކުލަވާލަން ބަލާއިރު، ދުނިޔޭގެ އެކި މޮޑެލްތަކުގެ ތެރެއިން ރާއްޖެއިން މިހާރު ނަގާފައިވާ މޮޑެލްއަކީ އެސްޓޯނިއާގެ މޮޑެލް ކަމަށެވެ.

އެހެންނަމަވެސް، ރާއްޖޭގައި މިހާރު އޮތް މޮޑެލްގައި މި އޮންނަނީ ހުރިހާ މައުލޫމާތެއް އެއް ތަނަކަށް ޖަމާކުރާ ގޮތަށް ކަމަށާއި، އެއީ ރިސްކް ބޮޑު މޮޑެލްއެއް ކަމަށް އޭނާ ވިދާޅުވިއެވެ. ސަބަބަކީ މީހެއްގެ އައިޑީކާޑުގެ މައުލޫމާތު ލިބޭއިރަށް އެމީހެއްގެ ސިއްޙީ މައުލޫމާތާއި، ބޭންކިންގ މައުލޫމާތާއި، ހުރިހާ މައުލޫމާތެއް އެއް ތަނަކަށް ޖަމާވެ، ވަކި ވަޒީރަކަށް އެ ބާރުތައް އެއްވާ ގޮތަށް އޮންނާތީ ކަމަށް އޭނާ ވިދާޅުވިއެވެ.

ކަން އެހެން އޮތުމުން، ވަޒީރު ބޭނުންވާއިރަށް މީހަކާބެހޭ ހުރިހާ މައުލޫމާތެއް ވަޒީރަށް ބަލާލެވޭ ކަމަށާއި، އަދި މި ނިޒާމުގައި ރައީސްގެ ދައުރުވެސް އެބައޮތް ކަމަށް ޑރ ޝަމްހީދު ވިދާޅުވިއެވެ. ސަބަބަކީ ޑިޖިޓަލް ގަވަރނަންސް ކޮމިޓީގެ އިސް ބޭފުޅަކަށް ހުންނަވަނީ ރައީސުލްޖުމްހޫރިއްޔާ ކަމަށް އޭނާ ވިދާޅުވިއެވެ.

އެހެންވީމާ މިއީ ބޮޑު ކަންބޮޑުވުމެއް ކަމަށާއި، މި ނިޒާމުގެ ނަހަމަ ބޭނުން ނުހިފޭނެކަން ކަށަވަރުކޮށް، ރެގިއުލޭޓު ކުރެވޭނެ ގޮތްތަކެއް އަންނަންޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.

ރާއްޖޭގައި މިހާރު އޮތް މޮޑެލްގައި މި އޮންނަނީ ހުރިހާ މައުލޫމާތެއް އެއް ތަނަކަށް ޖަމާކުރާ ގޮތަށް، އެއީ ރިސްކް ބޮޑު މޮޑެލްއެއް، ސަބަބަކީ މީހެއްގެ އައިޑީކާޑުގެ މައުލޫމާތު ލިބޭއިރަށް އެމީހެއްގެ ސިއްޙީ މައުލޫމާތާއި، ބޭންކިންގ މައުލޫމާތާއި، ހުރިހާ މައުލޫމާތެއް އެއް ތަނަކަށް ޖަމާވެ، ވަކި ވަޒީރަކަށް އެ ބާރުތައް އެއްވާ ގޮތަށް އޮންނާތީ، އެހެންވީމާ، ވަޒީރު ބޭނުންވާއިރަށް މީހަކާބެހޭ ހުރިހާ މައުލޫމާތެއް ވަޒީރަށް އެބަ ބަލާލެވޭ، އަދި މި ނިޒާމުގައި ރައީސްގެ ދައުރުވެސް އެބައޮތް، ސަބަބަކީ ޑިޖިޓަލް ގަވަރނަންސް ކޮމިޓީގެ އިސް ބޭފުޅަކަށް ހުންނަވަނީ ރައީސުލްޖުމްހޫރިއްޔާ، އެހެންވީމާ މިއީ އަޅުގަނޑުމެންގެ ބޮޑު ކަންބޮޑުވުމެއް، މި ނިޒާމުގެ ނަހަމަ ބޭނުން ނުހިފޭނެކަން ކަށަވަރުކޮށް، ރެގިއުލޭޓު ކުރެވޭނެ ގޮތްތަކެއް އަންނަންޖެހޭ،
ހުޅުމާލޭ ދެކުނު ދާއިރާގެ މެމްބަރު ޑރ އަހުމަދު ޝަމްހީދު 

މީގެ އިތުރުން، ބަޖެޓު ފޮތުގައި ނުލިޔެ، އަހަރު ނިމިގެން ދިޔައިރު މިފަދަ ނިޒާމަކަށް 600 މިލިއަން ރުފިޔާ ބޭނުންކޮށްފައިވާ ކަމަށް ޑރ ޝަމްހީދު ވިދާޅުވިއެވެ. އެއީ ގާތްގަނޑަކަށް 45 މިލިއަން ޑޮލަރު ކަމަށާއި، މި ފައިސާ ޚަރަދުކުރީ ކޮން ކަމަކަށްކަން، އަދި ގަތީ ކޮން އެއްޗެއްކަން އެނގޭކަށް ނެތް ކަމަށް އޭނާ ވިދާޅުވިއެވެ.

‏‏ ބަޖެޓު ފޮތުގައި ނުލިޔެ، އަހަރު ނިމިގެން ދިޔައިރު މިފަދަ ނިޒާމަކަށް 600 މިލިއަން ރުފިޔާ ވަނީ ބޭނުންކޮށްފައި، އެއީ ގާތްގަނޑަކަށް 45 މިލިއަން ޑޮލަރު، މި ފައިސާ ޚަރަދުކުރީ ކޮން ކަމަކަށްކަން، އަދި ގަތީ ކޮން އެއްޗެއްކަން އެނގޭކަށް ނެތް.
ހުޅުމާލޭ ދެކުނު ދާއިރާގެ މެމްބަރު ޑރ އަހުމަދު ޝަމްހީދު 

ޑރ ޝަމްހީދު އިތުރަށް ވިދާޅުވީ، މި ސަރުކާރުން ދިވެހި ދައުލަތުގެ ތެރޭގައި ޔަހޫދީންނަށްވެސް ދައުލަތެއް ހަދާފައިވާ ކަމަށެވެ. އަދި ދިވެހިންނަށްވުރެވެސް މާ ތަނަވަސްކަމާއި ހަމަޖެހުމާއެކު ޔަހޫދީންނަށް މި ރާއްޖޭގައި އުޅެވޭނެ ނިޒާމެއް މި ސަރުކާރުން އެކުލަވާލާފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އެގޮތުން އެސްއީޒެޑުގެ ނަމުގައި ރާއްޖޭގެ ބައެއް ބޭރުގެ ބަޔަކަށް ވަނީ ވިއްކާލާފައިވާ ކަމަށާއި، އެސްއީޒެޑުގެ ނަމުގައި ތަރައްޤީ ކުރުމަށް ޔަހޫދީންނަށް ހުޅުވާލާފައިވާ ކަމަށް ޑރ ޝަމްހީދު ތުހުމަތުކުރެއްވިއެވެ. އަދި ރާއްޖޭގެ ސިޓިޒަންޝިޕް މާކެޓު ކޮށްފައި އެކި ތަންތަނުގައި އެބަހުރި ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އެހެންނަމަވެސް ރިޔާސަތުން ވަނީ އެ ވާހަކަ ދޮގު ކުރައްވާފައެވެ. އެގޮތުން އެސްއީޒެޑުގެ ނަމުގައި ރާއްޖޭގެ ބައެއް ބޭރުގެ ބަޔަކަށް ވިއްކާލާފައިވާ ކަމަށް ދެކެވޭ ވާހަކައަކީ ދޮގު ވާހަކައެއްކަމަށް ރިޔާސަތުން ފާހަގަކުރިއެވެ.

 

އަހްމަދު ޝަމްހީދުހުޅުމާލެ ދެކުނުޑިޖިޓަލް އައިޑެންޓިޓީއެސްޓޯނިއާޑިޖިޓަލް ގަވަރނަންސް ކޮމިޓީއެސްއީޒެޑް

އިތުރަށް ކިޔާލަން

16 ޖޫން 2026

ރައްޔިތުންގެ ލޯތްބާއި ވޯޓު ހޯދާނީ ބިން ހިއްކާ ސާމާނު ރަށަށް އަރުވައިގެން ދަޅަ ދައްކައިގެންނެއް ނޫން: ޤާލިބް

16 ޖޫން 2026
ރައްޔިތުންގެ ލޯތްބާއި ވޯޓު ހޯދާނީ ބިން ހިއްކާ ސާމާނު ރަށަށް އަރުވައިގެން ދަޅަ ދައްކައިގެންނެއް ނޫން: ޤާލިބް
08 ޖޫން 2026

ރައީސް މުއިއްޒު ވެރިކަމުގައި ހުންނަވާނަމަ ދަރަނި 90 ބިލިއަނަށް އެރުން އެކަށީގެންވޭ: ކުރީގެ ރައީސް ޔާމީން

08 ޖޫން 2026
ރައީސް މުއިއްޒު ވެރިކަމުގައި ހުންނަވާނަމަ ދަރަނި 90 ބިލިއަނަށް އެރުން އެކަށީގެންވޭ: ކުރީގެ ރައީސް ޔާމީން
06 ޖޫން 2026

ރައްޔިތުން އެންމެ ހާލުގައި އުޅުނީ ދައުލަތަށް ރިކޯޑު އަދަދަކަށް އާމްދަނީ ލިބުނު 2 އަހަރު، ބަޖެޓު ޚަރަދު ކުރާ ގޮތެއް ނޭނގޭ: ޝަމްހީދު

06 ޖޫން 2026
ރައްޔިތުން އެންމެ ހާލުގައި އުޅުނީ ދައުލަތަށް ރިކޯޑު އަދަދަކަށް އާމްދަނީ ލިބުނު 2 އަހަރު، ބަޖެޓު ޚަރަދު ކުރާ ގޮތެއް ނޭނގޭ: ޝަމްހީދު
05 ޖޫން 2026

މި ސަރުކާރުން ޚަރަދު ކުޑަކުރަން ސީރިއަސް މަސައްކަތެއް ނުކުރޭ، މިއީ އެންމެ އިވެންޓު ގިނަ ސަރުކާރު: ޝަމްހީދު

05 ޖޫން 2026
މި ސަރުކާރުން ޚަރަދު ކުޑަކުރަން ސީރިއަސް މަސައްކަތެއް ނުކުރޭ، މިއީ އެންމެ އިވެންޓު ގިނަ ސަރުކާރު: ޝަމްހީދު
18 މެއި 2026

މުހިއްމު މަސައްކަތް ހުރި ކަމަށް ބުނެ މަޖިލީހުގެ ދައުރު ދަންމާލުމަށް ފަހު ތާވަލު ކުރި ފުރަތަމަ ޖަލްސާ ވެސް ކެންސަލް

18 މެއި 2026
މުހިއްމު މަސައްކަތް ހުރި ކަމަށް ބުނެ މަޖިލީހުގެ ދައުރު ދަންމާލުމަށް ފަހު ތާވަލު ކުރި ފުރަތަމަ ޖަލްސާ ވެސް ކެންސަލް
06 މެއި 2026

މަޖިލީހުގައި ރައީސް މުއިއްޒުގެ އަގު ވައްޓާލަނީ ޕީއެންސީ އިން: ޝަމްހީދު

06 މެއި 2026
މަޖިލީހުގައި ރައީސް މުއިއްޒުގެ އަގު ވައްޓާލަނީ ޕީއެންސީ އިން: ޝަމްހީދު
21 އެޕްރީލު 2026

ބިލެއް ނުދައްކައިގެން ޑީސެލް ނުލިބުނު އިރު ވަކި ދޯންޏަކަށް ވަކި އަގެއްގައި މަސް ކިރުވާތީ ޕީއެންސީ މެންބަރު ފަޒީލް ކަންބޮޑުވުން ފާޅުކުރައްވައިފި

21 އެޕްރީލު 2026
ބިލެއް ނުދައްކައިގެން ޑީސެލް ނުލިބުނު އިރު ވަކި ދޯންޏަކަށް ވަކި އަގެއްގައި މަސް ކިރުވާތީ ޕީއެންސީ މެންބަރު ފަޒީލް ކަންބޮޑުވުން ފާޅުކުރައްވައިފި
20 އެޕްރީލު 2026

ކުއްލިގޮތަކަށް ގިނަ އަދަދެއްގެ ބަޔަކު ވަޒީފާތަކުން ވަކިކުރާ ކަމަށް ބުނާ ކުއްލި މައްސަލަ ބޭރު ކޮށްލައިފި

20 އެޕްރީލު 2026
ކުއްލިގޮތަކަށް ގިނަ އަދަދެއްގެ ބަޔަކު ވަޒީފާތަކުން ވަކިކުރާ ކަމަށް ބުނާ ކުއްލި މައްސަލަ ބޭރު ކޮށްލައިފި
15 އެޕްރީލު 2026

ރިޒާވްގައި ރުފިޔާއެއް ނެތް، ސުކޫކަށް 500 މިލިއަން ޑޮލަރު ދެއްކީ ބީއެމްއެލްގަ ހުރި ރައްޔިތުންގެ ޑިޕޮސިޓު ފައިސާ އިން: ޝަމްހީދު

15 އެޕްރީލު 2026
ރިޒާވްގައި ރުފިޔާއެއް ނެތް، ސުކޫކަށް 500 މިލިއަން ޑޮލަރު ދެއްކީ ބީއެމްއެލްގަ ހުރި ރައްޔިތުންގެ ޑިޕޮސިޓު ފައިސާ އިން: ޝަމްހީދު
15 އެޕްރީލު 2026

ރައީސް މުއިއްޒުގެ ސަރުކާރުން ބަޖެޓާ ހިލާފަށް 12 ބިލިއަން ހޭދަކޮށްފި: ޝަމްހީދު

15 އެޕްރީލު 2026
ރައީސް މުއިއްޒުގެ ސަރުކާރުން ބަޖެޓާ ހިލާފަށް 12 ބިލިއަން ހޭދަކޮށްފި: ޝަމްހީދު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު