Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެކެބިނެޓުގެ ބަދަލުތައް

ޑިފެންސް މިނިސްޓަރު ފަދަ މުހިއްމު މަގާމުތަކުގައި ތިއްބަވާ ބޭފުޅުން ކުއްލި ގޮތަކަށް ވަކިކުރާއިރު އެކަށީގެންވާ ސަބަބުތަކެއް ދައްކަންވާނެ: އަލީ ހުސައިން

3 ޖޫން 2026 | ބުދަ 05:48

ސަރުކާރުގެ ކެބިނެޓަށް ގެނައި ބަދަލުތަކަކީ ހެޔޮ ބަދަލުތަކެއް ނޫން ކަމަށާއި، ސަރުކާރުގެ ސައިޒު ކުޑަކުރާނެ ކަމަށް ބުނެ ދެއްކި ވާހަކަތަކާ އަމަލާ ދިމާނުވާ ކަމަށް ގާނޫނީ ވަކީލު އަލީ ހުސައިން ވިދާޅުވެއްޖެ. ގައުމުގެ ސިޔާސީ މަސްރަހު އޮތީ ނުތަނަވަސްކަމެއްގެ ތެރޭގައިކަން ފާހަގަކުރައްވައި، މަޖިލީހުގެ ތެރޭގައި ވަކި ބަޔަކު ބާރުވެރިކަން ދައްކަމުންދާ ކަމަށް އޭނާ ތުހުމަތުކުރެއްވި.

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 3 ޖޫން 2026 | ބުދަ 05:48
ކެންދޫ ދާއިރާގެ ކުރީގެ މެމްބަރު އަލީ ހުސައިން ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި ވާހަކަދައްކަވަނީ

ކެންދޫ ދާއިރާގެ ކުރީގެ މެމްބަރު އަލީ ހުސައިން ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި ވާހަކަދައްކަވަނީ | ރާއްޖެ އެމްވީ

ޑިފެންސް މިނިސްޓަރު ފަދަ ދައުލަތުގެ މުހިއްމު މަގާމުތަކުގައި ތިއްބަވާ ބޭފުޅުން ކުއްލި ގޮތަކަށް މަގާމުން ވަކިކުރާއިރު އެކަށީގެންވާ ސަބަބުތަކެއް އޮންނަންވާނެ ކަމަށް ޤާނޫނީ ވަކީލު އަލީ ހުސައިން ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ ފަލަސުރުޚީ ޕްރޮގްރާމްގައި ވާހަކަދައްކަވަމުން އަލީ ހުސައިން ވިދާޅުވީ، ޑިފެންސް މިނިސްޓަރު ފަދަ ދައުލަތުގެ މުހިއްމު މަގާމުތަކުގައި ތިއްބަވާ ބޭފުޅުން ކުއްލި ގޮތަކަށް މަގާމުން ވަކިކުރާއިރު އެކަށީގެންވާ ސަބަބުތަކެއް އޮންނަންވާނެ ކަމަށެވެ.

Advertisement - newsAdvertisement

އެހެން ނަމަވެސް ސަރުކާރުގެ ކެބިނެޓަށް މިފަހުން ގެނައި ބަދަލުތަކުން ފެނިގެންދިޔައީ ލަނޑެއް ޖަހަން ލިބުނު ފުރުސަތެއްގައި ފަހަތަށް ޖެހި ޕާހެއްގެ ގޮތުގައި އޭނާ ސިފަކުރެއްވިއެވެ. އަދި ސަރުކާރުގެ ސައިޒު ކުޑަކުރާނެ ކަމަށް ބުނެ ދެއްކި ވާހަކަތަކާއެކު ހެޔޮ ބަދަލުތަކެއް އަންނާނެ ކަމަށް އުންމީދު ކުރެވުނު ނަމަވެސް، އަމަލީ ގޮތުން ފެނިގެންދިޔައީ މުޅިން ތަފާތު މަންޒަރެއް ކަމަށް އޭނާ ވިދާޅުވިއެވެ.

ސަރުކާރުގެ މިހާރުގެ ހާލަތާ ގުޅޭގޮތުން އިތުރަށް ވާހަކަދައްކަވަމުން އަލީ ހުސައިން ވިދާޅުވީ، ސަރުކާރުގެ އޮޑި މިހާރު ދަނީ ފެތެމުން ކަމަށާއި، ވަކި ހިސާބަކަށް ދިއުމުން ރިޔަލުގެ ދަށުވެ ސަލާމަތްވާން އުނދަގޫވާނެ ކަމަށެވެ. މިއަދު ގައުމުގެ ސިޔާސީ މަސްރަހުން ފެންނަމުންދަނީ އެ ބިރުވެރި މަންޒަރު ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ތެރޭގައި ކަންކަން ހިނގަމުންދާ ގޮތަށް ފާޑުވިދާޅުވަމުން އަލީ ހުސައިން ވިދާޅުވީ، ސަރުކާރުން ދޭ ހާއްސަ ނަފާއާއި މަންފާތައް ލިބެމުންދަނީ ވެރިކަން ކުރާ ޕީއެންސީގެ ވަކި މެމްބަރުންތަކަކަށް ކަމަށެވެ. އަދި މަޖިލީހުގެ ތެރޭގައި ހުރިހާ ކަމެއް ލީޑުކޮށް ބާރުވެރިކަން ދައްކަނީވެސް ވަކި ބަޔަކު ކަން ސޯޝަލް މީޑިއާގެ ޕްލެޓްފޯމްތަކުން ވަރަށް ސާފުކޮށް ފެންނަން އޮތް ކަމަށް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން މަޖިލީހުގެ ނައިބު ރައީސްގެ މަގާމަށް މިހާރު ބަދަލު ގެނެސްފައިވާއިރު، ކުރިއަށް އޮތް ތަނުގައި މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނެގުމަކީވެސް އެކަށީގެންވާ ކަމެއް ކަމަށް އަލީ ހުސައިން ވަނީ ލަފާކުރައްވާފައެވެ. ސަރުކާރުގެ ސިޔާސަތުތަކާއި މަޖިލީހުގެ ހިންގުމަށް އަންނަމުންދާ ބަދަލުތަކަށް ބަލާއިރު، ސިޔާސީ މަސްރަހު އޮތީ ނުތަނަވަސްކަމެއްގެ ތެރޭގައި ކަމަށް އޭނާގެ ވާހަކައިގައި ފާހަގަކުރެއްވިއެވެ.

އަލީ ހުސައިންޑިފެންސް މިނިސްޓަރުރާއްޖެ ޓީވީ20 ވަނަ ރައްޔިތުންގެ މަޖިލީސްޕީއެންސީ

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

3

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

4

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

5

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

އިތުރަށް ކިޔާލަން

03 ޖޫން 2026

ވޭވަށު ކައުންސިލް ގޮނޑީގެ މައްސަލަ ސުޕްރީމް ކޯޓުން ބަލައިގަނެފި

03 ޖޫން 2026
ވޭވަށު ކައުންސިލް ގޮނޑީގެ މައްސަލަ ސުޕްރީމް ކޯޓުން ބަލައިގަނެފި
02 ޖޫން 2026

ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަގެ ވޯޓާސް ލިސްޓުގައި ކެނޑިޑޭޓުންގެ ފަރާތުން ސޮއިކޮށްފި

02 ޖޫން 2026
 ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަގެ ވޯޓާސް ލިސްޓުގައި ކެނޑިޑޭޓުންގެ ފަރާތުން ސޮއިކޮށްފި
02 ޖޫން 2026

ރައީސް މުއިއްޒަކީ ޤައުމެއް ހިންގުމަށް ބޭނުންވާ ތަޖުރިބާއާއި ވިޝަން ނެތް ބޭފުޅެއް، މޭޔަރުކަމުގައިވެސް އޮތީ ހުސް ކޮރަޕްޝަން: އަލީ ހުސައިން

02 ޖޫން 2026
ރައީސް މުއިއްޒަކީ ޤައުމެއް ހިންގުމަށް ބޭނުންވާ ތަޖުރިބާއާއި ވިޝަން ނެތް ބޭފުޅެއް، މޭޔަރުކަމުގައިވެސް އޮތީ ހުސް ކޮރަޕްޝަން: އަލީ ހުސައިން
01 ޖޫން 2026

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސްގެ މަގާމަށް ސަލީމް ގެނައީ ކޮންޓްރޮވަރސީ އެންމެ ކުޑަ މީހަކު އެ މަޤާމަށް ގެނައުމަށް: އަލީ ހުސައިން

01 ޖޫން 2026
ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސްގެ މަގާމަށް ސަލީމް ގެނައީ ކޮންޓްރޮވަރސީ އެންމެ ކުޑަ މީހަކު އެ މަޤާމަށް ގެނައުމަށް: އަލީ ހުސައިން
01 ޖޫން 2026

ޚާއްސަ އެހީ އަށް ބޭނުންވާ ބައެއް ކުދިންނަށް މޭއި މަހުގެ އެލަވަންސް އަދިވެސް ނުލިބޭ

01 ޖޫން 2026
ޚާއްސަ އެހީ އަށް ބޭނުންވާ ބައެއް ކުދިންނަށް މޭއި މަހުގެ އެލަވަންސް އަދިވެސް ނުލިބޭ
01 ޖޫން 2026

ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަންގައި ޔާމީނުގެ ތާއީދުވެސް ސޯބެއަށް، އެދިލެއްވީ ޕީއެންސީއަށް ވޯޓުނުދޭން

01 ޖޫން 2026
ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަންގައި ޔާމީނުގެ ތާއީދުވެސް ސޯބެއަށް، އެދިލެއްވީ ޕީއެންސީއަށް ވޯޓުނުދޭން
01 ޖޫން 2026

މަޖިލީހުގެ ނައިބު ރައީސްކަމުން ނާޒިމް ވަކިކުރެއްވީ އިތުބާރު ނެތިގެންތޯ ކުރި ސުވާލަށް ރައީސް ވިދާޅުވީ އެ ސުވާލަށް ޖަވާބުދެއްވާނީ ޕާޓީގެ ޕޯޑިއަމެއްގައި ކަމަށް!

01 ޖޫން 2026
މަޖިލީހުގެ ނައިބު ރައީސްކަމުން ނާޒިމް ވަކިކުރެއްވީ އިތުބާރު ނެތިގެންތޯ ކުރި ސުވާލަށް ރައީސް ވިދާޅުވީ އެ ސުވާލަށް ޖަވާބުދެއްވާނީ ޕާޓީގެ ޕޯޑިއަމެއްގައި ކަމަށް!
01 ޖޫން 2026

އިންސާނުންގެ ގުނަވަން ޓްރާންސްޕްލާންޓު ކުރުމުގެ ބިލު ރައީސް އަނބުރާ ފޮނުވާލައްވައިފި، ސަބަބަކަށް އޮތީ ތަންފީޒީ ދަތިތަކެއް ހުރުން

01 ޖޫން 2026
އިންސާނުންގެ ގުނަވަން ޓްރާންސްޕްލާންޓު ކުރުމުގެ ބިލު ރައީސް އަނބުރާ ފޮނުވާލައްވައިފި، ސަބަބަކަށް އޮތީ ތަންފީޒީ ދަތިތަކެއް ހުރުން
31 މެއި 2026

ސަރުކާރަކުން މީޑިއާ އާއި ހަނގުރާމަ އިއުލާންކޮށްގެން މޮޅުވި ޤައުމެއް ނެތް، ރައީސް މުއިއްޒު އެކަން ދަންނަން ޖެހޭ: އަމީތް

31 މެއި 2026
ސަރުކާރަކުން މީޑިއާ އާއި ހަނގުރާމަ އިއުލާންކޮށްގެން މޮޅުވި ޤައުމެއް ނެތް، ރައީސް މުއިއްޒު އެކަން ދަންނަން ޖެހޭ: އަމީތް
31 މެއި 2026

މުއިއްޒާއި މުއިއްޒުގެ ބޮޑު ތުހުމަތު. މިފަހަރު ނާޒިމަށް ވާނީ ކިހިނެއް؟

31 މެއި 2026
މުއިއްޒާއި މުއިއްޒުގެ ބޮޑު ތުހުމަތު. މިފަހަރު ނާޒިމަށް ވާނީ ކިހިނެއް؟
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް