Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެބިދޭސީންނަށް ރަށްވެހިކަން

އަޑިނޭނގޭ އެއްބަސްވުމެއްގެ ދަށުން ޖިނާއީ ކުށްތައް ކޮށްފައިވާ ކުންފުންޏެއް މެދުވެރިކޮށް ރާއްޖެއިން ބިދޭސީންނަށް ދާއިމީ ރެސިޑެންސީ ވިއްކަން ސަރުކާރުން އުޅޭ މައްސަލަ މަޖިލިހަށް ވައްދައިފި، އެކަން މިހާރުން މިހާރަށް ހުއްޓާލުމަށް ގޮވާލާފައިވޭ

28 ޖުލައި 2026 | އަންގާރަ 13:27

ބިދޭސީންނަށް ދާއިމީ ރެސިޑެންސީ ވިއްކުމަށް "ހެންލީ އެންޑް ޕާޓްނާސް" އާއެކު ސަރުކާރުން ވެފައިވާ އެއްބަސްވުން ހާމަކުރުމަށާއި އެ މަސައްކަތް ހުއްޓާލުމަށް ގޮވާލައި ރައްޔިތުންގެ މަޖިލީހަށް ގަރާރެއް ހުށަހަޅައިފި. މި ޕްރޮގްރާމަކީ ގާނޫނީ އޮނިގަނޑެއް ނެތި، ގައުމީ ސަލާމަތާއި ސިޔާދަތަށް ނުރައްކާވާ ގޮތަށް ސިއްރުވެރިކަމާއެކު ކުރިއަށްގެންދާ ކަމެއް ކަމަށް އެ ގަރާރުގައި ބަޔާންކޮށްފައިވޭ

ރާއްޖެ އެމްވީ | 28 ޖުލައި 2026 | އަންގާރަ 13:27
މޯލްޑިވްސް-ސިންގަޕޫރު ބިޒްނަސް ފޯރަމްގައި ހެންލީ އެންޑް ޕާޓްނާސް އާއެކު އިކޮނޮމިކް މިނިސްޓަރު އެއްބަސްވުމެއްގައި ސޮއިކުރަނީ، އެ އެއްބަސްވުމުގެ އެއްވެސް ތަފްސީލެއް ހާމަކޮށްފަ އެއް ނުވޭ

މޯލްޑިވްސް-ސިންގަޕޫރު ބިޒްނަސް ފޯރަމްގައި ހެންލީ އެންޑް ޕާޓްނާސް އާއެކު އިކޮނޮމިކް މިނިސްޓަރު އެއްބަސްވުމެއްގައި ސޮއިކުރަނީ، އެ އެއްބަސްވުމުގެ އެއްވެސް ތަފްސީލެއް ހާމަކޮށްފަ އެއް ނުވޭ | ރައީސް އޮފީސް

އަޑިނޭނގޭ އެއްބަސްވުމެއްގެ ދަށުން ޖިނާއީ ކުށްތައް ކޮށްފައިވާ ކުންފުންޏެއް މެދުވެރިކޮށް ރާއްޖެއިން ބިދޭސީންނަށް ދާއިމީ ރެސިޑެންސީ ވިއްކަން ސަރުކާރުން އުޅޭ މައްސަލަ މަޖިލިހަށް ވައްދައި، އެކަން މިހާރުން މިހާރަށް ހުއްޓާލުމަށް ގޮވާލާފި އެވެ.

"މޯލްޑިވްސް ޕާލް ރެސިޑެންސް ޕްރޮގްރާމް" ގެ ނަމުގައި ބިދޭސީންނަށް ދާއިމީ ރަށްވެހިކަން ދޫކުރުމަށް ސަރުކާރުން އެކުލަވާލާފައިވާ ސިޔާސަތަކީ ރައްޔިތުންގެ މަޖިލިހުން ގާނުނެއް ފާސްކުރުމެއްނެތި، އިދާރީ ނިންމުމެއްގެ ދަށުން ކުރިއަށް ގެންދާ ޕްރޮގްރާމެއް ކަމަށް މަޖިލީހަށް ހުށަހެޅި ގަރާރުގައި ބުނެފައިވެ އެވެ.

ހުޅުމާލޭ ދެކުނު ދާއިރާގެ މެމްބަރު ޑރ. އަހްމަދު ޝަމްހީދު ހުށަހެޅުއްވި މި ގަރާރުގައި "ހެންލީ އެންޑް ޕާޓްނާސް" ކިޔާ ކުންފުންޏަކަށް މި ޕްރޮގްރާމް ހިންގުމަށް ހަވާލުކޮށްފައިވަނީ އޭގެ މާލީ އަދި ގާނޫނީ ތަފްސީލުތައް ރައްޔިތުންގެ މަޖިހަށް ވެސް އަދި ރައްޔިތުންނަށް ވެސް ހާމަކުރުމެއްނެތި ކަމަށް ބުނެފައިވެ އެވެ.

މީގެ ސަބަބުން ދިވެހި ދައުލަތައް ލިބޭ މާލީ މަންފާ އެއް އެނގެން ނެތް ކަމުގެ އިތުރުން، މީގެ ސަބަބުން ގައުމީ ސަލާމަތާއި ދައުލަތުގެ މާލީ ސިޔާދަތައް ނުރައްކާވެދާނެ ފަދަ ސީރިއަސް ކަންތައްތަކެއް ފާހަގަ ކުރެވޭ ކަމަށް ބުނެފައިވެ އެވެ.

އެހެން ކަމުން ގަރާރުގައި ގޮވާލާފައިވަނީ މި މަސައްކަތް ވަގުތުން މެދުކަނޑާލުމަށާއި، މިކަމާ ގުޅޭ އެއްބަސްވުންތައް ސަރުކާރުން ހާމަ ކުރުމަށެވެ.

މިއަހަރުގެ މިނިވަން ދުވަހުގެ ޖަލްސާގައި ގުޑް ގަވަރނަންސްގެ ނިޒާމުގެ ތެރެއިން ޑިމޮކްރަސީ ފުރިހަމައަށް ތަންފީޒުކުރާ ސަރުކާރެއް ކަމަށް ވިދާޅުވެ ރައީސް ޑރ. މުހައްމަދު މުއިއްޒު ވާހަކަ ދައްކަވާފައިވާއިރު، މި މައްސަލަ އާ ބެހޭ ގޮތުން ހުށަހެޅި ގަރާރުގައި ބުނެފައިވަނީ،  ބިދޭސީންނަށް ދިރިއުޅުމުގެ ހުއްދަ ދޫކުރުމަކީ އިމިގްރޭޝަނާއި، ގައުމި ސަލާމަތާއި، ޓެކުހާއި، ދިވެހިރާއްޖޭގެ ބިންތަކާއި، ދައުލަތުގެ މާލިއްޔަތާ ސީދާ ގުޅިފައިވާ، ސިޔާދަތީ ބާރެއް ކަމަށްވެފައި، މިފަދަ ސިޔާސަތެއް އެންމެ މަތީ ދަރަޖައިގެ ހާމަކަމާއި ޖަވާބުދާރީ ވުމާއެކު ރައްޔިތުންގެ މަޖިލިހުގެ ބެލެނިވެރިކަމުގެ ދަށުން ކުރިއަށް ގެންދިއުން ލާޒިމު ކަމަށް ދެކޭ ކަމުގަ އެވެ.

2025 ވަނަ އަހަރުގެ ޖުލައި މަހުގެ 1 ވަނަ ދުވަހު ސިންގަޕޫރުގައި ހެންލީ އެންޑް ޕާޓްނާސް އާއެކު ސޮއިކުރި އެއްބަސްވުމުގެ އެއްވެސް ވާހަކަ އެއް ސަރުކާރުން ހާމަކޮށްފަ އެއް ނުވެ އެވެ.

މި މަޝްރޫއުގެ ދަށުން ބިނާ ކުރެވުނު ވިލާތައް މި ޕްރޮގްރާމްގެ ތެރެއިން ވިއްކުމަށް މިހާރު އިޝްތިހާރު ކުރަމުންދާކަން ފާހަގަ ކުރެވޭ ކަމަށާއި، މިކަމުގެ ސަބަބުން ދައުލަތުގެ ތެރޭގައި "ވަކި ދައުލަތެއް" އުފެދި ގާނޫނު އަސާސީން ކަށަވަރުކޮށްދޭ ދައުލަތުގެ ސިޔާދަތީ ބާރުތަކަށް އުނިކަން އަތުވެދާނެ ކަމުގެ ބިރު އޮތް ކަމަށް މެމްބަރު ހުށަހެޅުއްވި ގަރާރުގައިވެ އެވެ.

 ގަރާރުގައި އިތުރަށް ބުނެފައިވަނީ، މި ސަރުކާރު ވެރިކަމަށް އައީ ކުރީ ސަރުކާރުން ދިވެހި ރާއްޖޭގެ ކަނޑުގެ ސަރަހައްދުގެ ބައެއް ވިއްކާލި ކަމަށް ތުހުމަތުއަޅުވައި، ރިޔާސީ ކެމްޕޭނުގައި އެވާހަކަ ދައްކައިގެން ކަމަށްވާއިރު، ރާއްޖޭގެ ފަސްގަނޑާއި، ފަޅުތަކާއި ކަނޑުތަކުގެ ސިޔާދަތީ ބާރުވެރިކަން ރައްކައުތެރިކުރުމަކީ ރައްޔިތުންގެ އެންމެ ބޮޑު އެދުން ކަން ރިޔާސީ އިންތިޚާބުގެ ނަތީޖާ އިން ހާމަވާ ކަމަށާއި، އެހެން ނަމަވެސް އެ ވައުދުގެ މައްޗަށް އައި ސަރުކާރަކުން ރާއްޖޭގެ ފަޅުތަކާއި ރަށްތަކެއް ބާރުވެރިކަން ބޭރުގެ އަމިއްލަ ކުންފުންޏަކަށް ދީ އެތަންތަނުގައި ދިރިއުޅުމުގެ ހައްގު ބިދޭސީންނަށް ބައިނަލްއަގުވާމީ ބާޒާރުގައި ވިއްކަމުންގެންދާ ކަމުގަ އެވެ.

 ގަރާރުގައި މިކަން ފާހަގަ ކޮށްފައިވާއިރު މި އަހަރު ރައްޔިތުންގެ މަޖިލީހުގައި ރައީސް މުއިއްޒު ދެއްވި ރިޔާސީ ބަޔާނުގައި "ދިވެހީންގެ ބިމުން ވެލިފުކެއްގެ މިންވަރު ވެސް، އަދި ދިވެހީންގެ އިމުން ޒައްރެއްގެ މިންވަރު ވެސް، ދޫކޮށްލެވިގެންނުވާނޭކަމުގައި," ވިދާޅުވެފައިވެ އެވެ.

ސަރުކާރުން މި މަސައްކަތް ހަވާލުކޮށްފައިވާ ހެންލީ އެންޑް ޕާޓްނާސް އަކީ ޔޫރަޕިއަން ޔޫނިއަން ގެ ކޯޓު އޮފް ޖަސްޓިސް އިން 2025 ވަނަ އަހަރު ގާނޫނާ ޚިލާފުކަމަށް ނިންމާފައިވާ މޯލްޓާގެ "ސިޓިޒަންޝިޕް ބައި އިންވެސްޓްމަންޓް" ޕްރޮގްރާމް ހިންގި ކުންފުންޏެވެ. އޭގެ އިތުރުން 2014 ވަނަ އަހަރު އެމެރިކާގެ ފައިނޭންޝަލް ކްރައިމްސް އެންފޯސްމަންޓް ނެޓްވޯކުން ޣައިރު ގާނޫނީ މާލީ މުއާމަލާތްތައް ހިންގާ ކަމަށް ފާހަގަ ކޮށްފައިވާ ކުންފުންޏެކެވެ. މިފަދަ ގާނޫނާ ޚިލާފު ކަންކަން ކޮށްފައިވާ ކުންފުންޏެއް މިކަމަށް ހޮވި ގޮތެއް އެނގެން ނެތްކަން ވެސް މި ގަރާރުގައި ބުނެފައިވެ އެވެ.

ޑރ. މުޙައްމަދު މުޢިއްޒުޑރ. އަހްމަދު ޝަމްހީދުމޯލްޑިވްސް ޕާލް ރެސިޑެންސް ޕްރޮގްރާމްހެންލީ އެންޑް ޕާޓްނާސް

އިތުރަށް ކިޔާލަން

28 ޖުލައި 2026

ޕީއެންސީގެ މަޖިލިސް މެންބަރުންގެ ބަސްމަގާއި އަމަލުތައް، ޖޯކަރެއްގެ ބަސްމަގާއި އަމަލުތަކާ އެއްވެސް ތަފާތެއް ނެތް!

28 ޖުލައި 2026
ޕީއެންސީގެ މަޖިލިސް މެންބަރުންގެ ބަސްމަގާއި އަމަލުތައް، ޖޯކަރެއްގެ ބަސްމަގާއި އަމަލުތަކާ އެއްވެސް ތަފާތެއް ނެތް!
28 ޖުލައި 2026

ގާނޫނުއަސާސީ ގެ ބޭނުން ނަހަމަގޮތުގައި ހިފައިގެން އެންމެ ގިނަ ސިޔާސީ މުވައްޒަފުން އައްޔަންކޮށްފައިވަނީ ރައީސުލްޖުމްހޫރިއްޔާ: ޝަމްހީދު

28 ޖުލައި 2026
ގާނޫނުއަސާސީ ގެ ބޭނުން ނަހަމަގޮތުގައި ހިފައިގެން އެންމެ ގިނަ ސިޔާސީ މުވައްޒަފުން އައްޔަންކޮށްފައިވަނީ ރައީސުލްޖުމްހޫރިއްޔާ: ޝަމްހީދު
27 ޖުލައި 2026

އޮސްޓްރޭލިއާ އިން ހިލޭދިން ޕެޓްރޯލް ބޯޓު ޚިދުމަތައް ނެރެން ގައުމީ ފެންވަރުގެ ކުލަގަދަ ރަސްމިއްޔާތެއް ބާއްވައިފި

27 ޖުލައި 2026
އޮސްޓްރޭލިއާ އިން ހިލޭދިން ޕެޓްރޯލް ބޯޓު ޚިދުމަތައް ނެރެން ގައުމީ ފެންވަރުގެ ކުލަގަދަ ރަސްމިއްޔާތެއް ބާއްވައިފި
27 ޖުލައި 2026

ސަރުކާރު ޖަވާބުދާރީ ކުރުމަށް ރައްޔިތުންނަށް ލިބޭ އެންމެ ބޮޑު ބާރަކީ އާރްޓީއައި، ނަމަވެސް މައުލޫމާތު ދިނުމަށް ހުރަސް އަޅަނީ ސަރުކާރު ޖަވާބުދާރީ ކުރުވިޔަ ނުދޭން: ފިޔާޒު

27 ޖުލައި 2026
ސަރުކާރު ޖަވާބުދާރީ ކުރުމަށް ރައްޔިތުންނަށް ލިބޭ އެންމެ ބޮޑު ބާރަކީ އާރްޓީއައި، ނަމަވެސް މައުލޫމާތު ދިނުމަށް ހުރަސް އަޅަނީ ސަރުކާރު ޖަވާބުދާރީ ކުރުވިޔަ ނުދޭން: ފިޔާޒު
27 ޖުލައި 2026

ޖަޕާނުން 3.7 މިލިއަން ޑޮލަރު ޚަރަދުކޮށްގެން ތަރައްގީކުރި މެރިޓައިމް ރެސްކިއު ސެންޓަރުގެ ހުރިހާ ކުރެޑިޓެއް ރައީސް މުއިއްޒު ނަންގަވަން އުޅުއްވައިފި

27 ޖުލައި 2026
ޖަޕާނުން 3.7 މިލިއަން ޑޮލަރު ޚަރަދުކޮށްގެން ތަރައްގީކުރި މެރިޓައިމް ރެސްކިއު ސެންޓަރުގެ ހުރިހާ ކުރެޑިޓެއް ރައީސް މުއިއްޒު ނަންގަވަން އުޅުއްވައިފި
27 ޖުލައި 2026

ފޯޅަވަހި ދިވެހިންނާ ހަވާލުކުރެވެން ނެތްނަމަ، މިހާރު އޮތްގޮތަށް ކުރިއަށްދިއުމަކީ މައްސަލައެއް ނޫން: ރައީސް މުއިއްޒު

27 ޖުލައި 2026
ފޯޅަވަހި ދިވެހިންނާ ހަވާލުކުރެވެން ނެތްނަމަ، މިހާރު އޮތްގޮތަށް ކުރިއަށްދިއުމަކީ މައްސަލައެއް ނޫން: ރައީސް މުއިއްޒު
27 ޖުލައި 2026

2022 ވަނަ އަހަރު ބިންގާ އެޅި މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރުގެ އައު އިމާރާތް ހުޅުވައިފި

27 ޖުލައި 2026
2022 ވަނަ އަހަރު ބިންގާ އެޅި މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރުގެ އައު އިމާރާތް ހުޅުވައިފި
26 ޖުލައި 2026

މިނިވަން ދުވަހުގެ މުނާސަބަތުގައި ހެވިކަމާއި ކުޅިވަރުތައް ބާއްވައިފި

26 ޖުލައި 2026
މިނިވަން ދުވަހުގެ މުނާސަބަތުގައި ހެވިކަމާއި ކުޅިވަރުތައް ބާއްވައިފި
26 ޖުލައި 2026

ބޭހުގެ ދަތިކަން ކުރިމަތިވެގެން އުޅެނީ ރާއްޖޭގައި އޮތް ބޭހުގެ މާފިޔާ އިން ގަސްތުގައި ރައްޔިތުން ހާލުގައި ޖައްސަން ކުރި ކަންތައްތަކުން: ރައީސް މުއިއްޒު

26 ޖުލައި 2026
ބޭހުގެ ދަތިކަން ކުރިމަތިވެގެން އުޅެނީ ރާއްޖޭގައި އޮތް ބޭހުގެ މާފިޔާ އިން ގަސްތުގައި ރައްޔިތުން ހާލުގައި ޖައްސަން ކުރި ކަންތައްތަކުން: ރައީސް މުއިއްޒު
26 ޖުލައި 2026

ގިނަ އަދަދެއްގެ ޑިޕްލޮމޭޓުން މިނިވަން ދުވަހުގެ ރަސްމިއްޔާތައް ރާއްޖެ ވަޑައިގަތީ އަދުގެ ސަރުކާރުން ދިވެހީންނަށް އިސްކަން ދިނުމުގެ ޚާރިޖީ ސިޔާސަތު ގެންގުޅޭތީ ކަމަށް ރައީސް މުއިއްޒު ވިދާޅުވެއްޖެ

ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް