Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއޭޝިއަން ނެޓުބޯޅަ ޗެމްޕިއަންޝިޕް

އޭޝިއަން ނެޓުބޯޅަ ޗެމްޕިއަންޝިޕް ސިންގަޕޫރުން ދިފާއުކޮށްފި

18 އޯގަސްޓު 2026 | އަންގާރަ 12:14

މުބާރާތުގެ ފައިނަލްގައި މުބާރާތް ބޭއްވި ހޮންކޮންގްއާ ވާދަކޮށް 33-57 އިން މޮޅުވެ، ސިންގަޕޫރުން ވަނީ އޭޝިއާގެ ޗެމްޕިއަންކަން ދިފާއުކޮށްފައި. މިއީ ސިންގަޕޫރުން މި ތަށި ކާމިޔާބުކުރި ފަސް ވަނަ ފަހަރު

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 18 އޯގަސްޓު 2026 | އަންގާރަ 12:14
އޭޝިއަން ނެޓުބޯޅަ ޗެމްޕިއަންޝިޕް ކާމިޔާބު ކުރި ސިންގަޕޫރު

އޭޝިއަން ނެޓުބޯޅަ ޗެމްޕިއަންޝިޕް ކާމިޔާބު ކުރި ސިންގަޕޫރު | ސޯޝަލް މީޑިއާ

ހޮންކޮންގުގައި މިދިޔަ ހޮނިހިރު ދުވަހު ނިމުނު 14 ވަނަ އޭޝިއަން ސީނިއާ ނެޓުބޯޅަ ޗެމްޕިއަންޝިޕްގެ ތިން ވަނަ ސްރީލަންކާ އަށް ލިބުމާއެކު، އެ ގައުމުގެ ނެޓުބޯޅަ ކުރިއެރުވުމަށް ކުރާ މަސައްކަތްތަކަށް ބޮޑު ގޮންޖެހުމަކާ ކުރިމަތިވެއްޖެ އެވެ.

މީގެ ކުރިން ހަ ފަހަރު މި މުބާރާތުގެ ތަށި އުފުލާލާފައިވާ ސްރީލަންކާ އަށް ތިން ވަނަ މަގާމު ލިބުނީ، ތިން ވަނަ ހޮވި މެޗުގައި މެލޭޝިއާއާ ވާދަކޮށް 60-65 ގެ ނަތީޖާ އަކުން މޮޅުވުމުންނެވެ. މިއީ އޭޝިއަން ޗެމްޕިއަންޝިޕްގެ ތާރީޚުގައި ސްރީލަންކާ ތިން ވަނައިގައި ނިންމާލި ތިން ވަނަ ފަހަރެވެ. މީގެ ކުރިން އެ ގައުމު ތިން ވަނަ އަށް ގޮސްފައިވަނީ 1993 އަދި 2005 ވަނަ އަހަރު އެވެ.

މުބާރާތުގެ ފައިނަލްގައި މުބާރާތް ބޭއްވި ހޮންކޮންގްއާ ވާދަކޮށް 33-57 އިން މޮޅުވެ، ސިންގަޕޫރުން ވަނީ އޭޝިއާގެ ޗެމްޕިއަންކަން ދިފާއުކޮށްފައި އެވެ. މިއީ ސިންގަޕޫރުން މި ތަށި ކާމިޔާބުކުރި ފަސް ވަނަ ފަހަރެވެ. މީގެ ކުރިން 1993 ވަނަ އަހަރު އެންމެ ފަހަރަކު ތަށި ހޯދާފައިވާ ހޮންކޮންގް އިން މިފަހަރުގެ ފައިނަލަށް ދަތުރު ކުރުމަކީ ގިނަ ބަޔަކު ހައިރާންކޮށްލި ކަމެކެވެ. މި ކާމިޔާބީއާއެކު، ރަނަރަޕްގެ ގޮތުގައި ހޮންކޮންގް ވަނީ ޗެމްޕިއަން ސިންގަޕޫރާ އެކު 2027 ވަނަ އަހަރު ސިޑްނީގައި ބާއްވާ ނެޓުބޯޅަ ވޯލްޑް ކަޕަށް ފުރަތަމަ ފަހަރަށް ކޮލިފައިވެފަ އެވެ.

ސްރީލަންކާ އިން މި މުބާރާތް ވަރުގަދަކޮށް ފެށިއިރު، ފުރަތަމަ ބުރުގައި އެ ގައުމުން ވަނީ މެލޭޝިއާ (52-66)، އިންޑިއާ (34-100) އަދި ދިވެހިރާއްޖެ (33-78) އަތުން މޮޅުވެފައި އެވެ. ނަމަވެސް، ޕްރިލިމިނަރީ ބުރުގައި ހޮންކޮންގްއާ ބައްދަލުކުރި މެޗު 57-57 އިން އެއްވަރުވިއިރު، ސިންގަޕޫރު އަތުން ވަނީ 51-62 އިން ބަލިވެފައި އެވެ. އޭގެ ފަހުން ސެމީ ފައިނަލްގައި ސިންގަޕޫރު އަތުން 54-82 އިން ބަލިވި ނަމަވެސް، ތިން ވަނަ ހޮވި މެޗުގައި މެލޭޝިއާ 60-65 އިން ބަލިކޮށް ސްރީލަންކާ އިން ވަނީ ތިން ވަނަ މަގާމު ކަށަވަރުކޮށްފައި އެވެ.

އޭޝިއަން ނެޓްބޯލް ޗެމްޕިއަންޝިޕް

އެންމެ ހިނގާ

1

ރަސްމާލެ މަޝްރޫއާ ގުޅޭ ގޮތުން ބައެއް މެންބަރުންނާ އެކު ރައީސް މުއިއްޒުގެ ބައްދަލުވުންތަކެއް، ސަރުކާރާއެކު ކުރިއަށްދާން ބޭނުންވާނަމަ އެ މަޝްރޫއާ މެދު ދެކޭގޮތް ބަދަލުކުރަން ޖެހޭކަމުގެ އިންޒާރު!

2

ކީވްއަށް ބެލިސްޓިކް މިސައިލްތަކެއް، މޮސްކޯ ވަށައިގެން އެތައް ސަތޭކަ ޑްރޯނެއް އަދި ވޮޝިންގޓަނުގެ ސިއްރު ޑީލްތައް ފަޅާއެރުން!

3

"ވައިޓް ހައުސް ހީވަނީ ޞައްދާމް ހުސައިން ހުޅުއްވި ޗީޒްކޭކް ފެކްޓަރީއެއް ހެން": އޮބާމާގެ ފާޑުކިޔުން ޓްރަމްޕަށް!

4

އެންމެ ދުވަހަކުން ހަތް ތެޔޮ ޓޭންކަރަށް ބޮޑެތި ގެއްލުންތަކެއް، އެމެރިކާގެ މަރުކަޒުތަކަށް ވެސް ހަމަލާދޭނެ ކަމުގެ އިންޒާރު!

5

ޕާކިސްތާނާއި ރާއްޖެއާ ދެމެދު ގާއިމުކުރި އެއްބަސްވުންތައް ވަރަށް ގާތުން ބަލައި، އަޅަންޖެހުނު ކޮންމެ ފިޔަވަޅެއް އަޅާނެކަމަށް އިންޑިއާއިން ބުނެފި

އިތުރަށް ކިޔާލަން

12 ސެޕްޓެމްބަރު 2022

އޭޝިއަން ނެޓުބޯޅަ މުބާރާތުން ރާއްޖެއަށް ހަތްވަނަ

12 ސެޕްޓެމްބަރު 2022
އޭޝިއަން ނެޓުބޯޅަ މުބާރާތުން ރާއްޖެއަށް ހަތްވަނަ
10 ސެޕްޓެމްބަރު 2022

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ނެޓްބޯޅަ ޓީމާ ބައްދަލުކުރައްވައި ހިތްވަރުދެއްވައިފި

10 ސެޕްޓެމްބަރު 2022
ރައީސުލްޖުމްހޫރިއްޔާގެ ނައިބު ނެޓްބޯޅަ ޓީމާ ބައްދަލުކުރައްވައި ހިތްވަރުދެއްވައިފި
08 ސެޕްޓެމްބަރު 2022

ދެވަނަ މެޗުގައި ބުރުނާއީ އަތުން ބަލިވިނަމަވެސް، ރާއްޖެއިން ރަނގަޅު ކުޅުމެއް ދެއްކި

08 ސެޕްޓެމްބަރު 2022
ދެވަނަ މެޗުގައި ބުރުނާއީ އަތުން ބަލިވިނަމަވެސް، ރާއްޖެއިން ރަނގަޅު ކުޅުމެއް ދެއްކި
04 މާރިޗު 2017

ޔޫތު ނެޓްބޯޅަ ޗެމްޕިއަންޝިޕްގައި ވާދަކުރާ ރާއްޖޭގެ ސްކޮޑް ފައިނަލްކޮށްފި

04 މާރިޗު 2017
ޔޫތު ނެޓްބޯޅަ ޗެމްޕިއަންޝިޕްގައި ވާދަކުރާ ރާއްޖޭގެ ސްކޮޑް ފައިނަލްކޮށްފި
22 ފެބުރުއަރީ 2017

ޓީޓީ ޗެމްޕިއަންޝިޕް: ފިރިހެން ޗެމްޕިއަނަކަށް މުހައްމަދު ޒީސްތު އަދި އަންހެން ޗެމްޕިއަނަކަށް ރަފާ

22 ފެބުރުއަރީ 2017
ޓީޓީ ޗެމްޕިއަންޝިޕް: ފިރިހެން ޗެމްޕިއަނަކަށް މުހައްމަދު ޒީސްތު އަދި އަންހެން ޗެމްޕިއަނަކަށް ރަފާ
31 ޖެނުއަރީ 2017

މިއަހަރުގެ މިނިވަން ޗެމްޕިއަންޝިޕްގައި 75 ރަށަކުން ބައިވެރިވެއްޖެ

31 ޖެނުއަރީ 2017
މިއަހަރުގެ މިނިވަން ޗެމްޕިއަންޝިޕްގައި 75 ރަށަކުން ބައިވެރިވެއްޖެ
31 ޖެނުއަރީ 2017

އޭޝިއަން ސެންޓްރަލް ޒޯން ޗެމްޕިއަންޝިޕް މާޗު މަހު ރާއްޖޭގައި

31 ޖެނުއަރީ 2017
އޭޝިއަން ސެންޓްރަލް ޒޯން ޗެމްޕިއަންޝިޕް މާޗު މަހު ރާއްޖޭގައި
26 ޖެނުއަރީ 2017

ވުމެންސް ވޮލީބޯލް ވޯލްޑް ޗެމްޕިއަންޝިޕް: ނޭޕާލް ޓީމު ރާއްޖެ އަތުވެއްޖެ

26 ޖެނުއަރީ 2017
ވުމެންސް ވޮލީބޯލް ވޯލްޑް ޗެމްޕިއަންޝިޕް: ނޭޕާލް ޓީމު ރާއްޖެ އަތުވެއްޖެ
20 ޖެނުއަރީ 2017

މިނިވަން 50 ޗެމްޕިއަންޝިޕްގައި ޓީމުތަކަށް ދޭން ޖެހޭ ފައިސާ މި އަހަރު ބަޖެޓުގެ ތެރެއިން ދެނީ!

20 ޖެނުއަރީ 2017
މިނިވަން 50 ޗެމްޕިއަންޝިޕްގައި ޓީމުތަކަށް ދޭން ޖެހޭ ފައިސާ މި އަހަރު ބަޖެޓުގެ ތެރެއިން ދެނީ!
10 ޖެނުއަރީ 2017

އޭޝިއަން ސްވިމިންގް ފެޑަރޭޝަނުގެ ދެ ގޮނޑި ރާއްޖެއަށް

10 ޖެނުއަރީ 2017
އޭޝިއަން ސްވިމިންގް ފެޑަރޭޝަނުގެ ދެ ގޮނޑި ރާއްޖެއަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް