Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރޮޒައިނާ އާދަމް

ސިފައިން ލައްވާ މަޖިލިސް މެމްބަރުންނަށް އަނިޔާކުރާ މަންޒަރު ފެންނަން ޖެހޭނެ : ރޮޒައިނާ

3 އޮކްޓޯބަރު 2017 | އަންގާރަ 19:18

ހުރިހާ މައްސަލައަކީ އިތުބާރު ނެތް މީހަކު ރިޔާސަތުގައި އިނުން

މުރުޝިދް އަބްދުލް ހަކީީމް
މުރުޝިދް އަބްދުލް ހަކީީމް | 3 އޮކްޓޯބަރު 2017 | އަންގާރަ 19:18
ރޮޒައިނާ އާދަމް

ރޮޒައިނާ އާދަމް

ރައްޔިތުންގެ މަޖިލިސްކުރާގެއަށް ސިފައިން ވައްދައިގެން މަޖިލިސް މެމްބަރުނަށް އަނިޔާ ކުރާ މަންޒަރާ މަޖިލީހުގެ ރައީސް ގަދަބާރުން މަޖިލީހުގެ ޖަލްސާތައް ކުރިއަށް ގެންދަވާ މަންޒަރު ރައްޔިތުންނަށް ފެންނަން ޖެހޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ވިދާޅުވެއްޖެ އެވެ.

ރާއްޖެ ޓީވީގެ ފަލަސުރުހީ ޕްރޮގުމްގައި ވާހަކަ ދައްކަވަމުން ރޮޒައިނާ ވިދާޅުވީ ރައްޔިތުންގެ މަޖިލިސް ހަލަބޮލިކަމަކަށް އައިސް ހަމަ ނުޖެހުންތައް ހިނގަނީ މެމްބަރުންގެ އިތުބާރު ނެތް މީހަކު ރިޔާސަތުގައި އިންނަވަން މަސައްކަތް ކުރައްވާތީ ކަމަށެވެ.

Advertisement - newsAdvertisement
" ގަދަ ބާރުން މަޖިލިސް ރައީސްގެ ގޮނޑިއަށް އަރާ އިނދެގެން ވަށައިގެން ސިފައިން އަތުރާލީމަކާއެއް ދެނެއް ރީތި ތަންތަނެއް ނުފެންނާނެ. އެހާ ހިސާބުން އެ އޮތީ ރީތިކަން ގޮސްފަ. މަޖިލީހުގެ ޖަލްސާގެ ސައްހަކަން ވެސް ގޮސްފައި. އެ ހިސާބުން ރައްޔިތުންނަށްޓަކައި މަޖިލީހަށް ވަދެ ތިބި މެމްބަރުންގެ ވާޖިބަކަށް ވާނީ އެ މަންޒަރުތައް ރައްޔިތުންނަށް ދެއްކުން،" އޭނާ ވިދާޅުވި އެވެ. އޭނާ ވިދާޅުވި ގޮތުގައި ސައްހަ ނޫން ރައީސަކަށް ފުރުސަތު ދީގެން މަޖިލީހުގެ ޖަލްސާތައް ކުރިއަކަށް ނުގެންދެވޭނެއެވެ.

" އަޅުގަނޑުމެންވެސް އުފަލެއް ނުވޭ މަޖިލީހުގައި މި ކުރަން ޖެހޭ ކަންތައް ތަކާ ހުރެ. އަޅުގަނޑުމެން ކުރަން ރައްޔިތުންނާ ގުޅުންހުރި ވަރަށް ބައިވަރު މަސައްކަތްތައް އެބަހުރި. އެހެން ނަމަވެސް އެންމެ ފުރަތަމަ ކަންތައް ގޯސްކޮން އޮވެގެން ދެވަނަ ކަންތަކާ ހަމައަށް ދާނީ ކިހިނެތް ތޯ. ފުރަތަމައިނުން ސައްހަ ނޫން ރައީސަކު ގޮނޑީގައި ބައިންދައިގެން އިތުރު މަސައްކަތެއް ފަށާނީ ކިހިނެތް ތޯ؟،" ރޮޒައިނާ ވިދާޅުވި އެވެ.

މަސީހްގެ އިތުބާރުނެތްކަމުގެ މައްސަލަ ހުށަހަޅަން ޖެހުނީވެސް މަޖިލިސް މެމްބަރުންނަށް ކުރަން ޖެހޭ މަސައްކަތްތައް ނުކުރެވި މަޖިލީހުގެ ގަވައިދުތަކާ ހިލާފަށް ކުރިއަށް ގެންދަވާތީ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި މަޖިލީހުގެ ރައީސްގެ އިތުބާރުނެތްކަމުގެ މައްސަލައަށް ހުރަސްއަޅުއްވަމުން ގެންދަވަނީ ވެސް ގާނޫނުތަކާ ގަވައިދާ ހިލާފަށް ކަމަށް އޭނާ ވިދާޅުވި އެވެ.

މަސީހް މިހާރު މަޖިލީހުގެ ޖަލްސާތައް ކުރިއަށް ގެންދަވަނީ މަޖިލީހުގެ ނިޒާމް ގެއްލިފައިވަނިކޮށް ކަމަށް ވެސް ފާހަގަ ކުރެއްވި އެވެ.

" މަސީހަކަށް ނިޒާމް ގެއްލޭ ވަގުތެއް ނާދެ އެތަނުގައި މީހަކު ހޭނެތިގެން ވެއްޓުނަސް. މަސީހަކަށް ނިޒާމް ގެއްލޭ ވަގުތެއް ނާދެ މަޖިލިސް މެމްބަރަކު ތެދުވެ ކުޅު ޖެހިޔަސް. މަސީހަށް ނިޒާމް ގެއްލޭ ވަގުތެއް ނާދެ އޭނާ އިންނަ ގޮނޑި ނަގައިގަނެގެން އެހެން ތާނަކަށް ގެންދިޔަޔަސް. މަޖިލިސް ދޮރު ކަންމަތީ މަޑުކޮށްލައިގެން ހުރެވެސް އޭނާ ކިޔާ އެއްޗެއް ކިޔާ،" ރޮޒައިނާ ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި ސެކިއުރިޓީ ބަލަހައްޓަން ތިބޭ ސިފައިންނަށް މެމްބަރުން މަޖިލީހުގެ އިދާރާއަށް ވަނުން މަނާ ނުކުރެވޭނެ ކަމަށް ފާހަގަ ކުރައްވައި ރޮޒައިނާ ވިދާޅުވީ މަޖިލިސްކުރާގޭ އިދާރާއަށް ނުވަދެވޭ މައްސަލާގައި ޕީޕީއެމްގެ މެމްބަރުންވެސް މިހާރު ޝަކުވާ ކުރައްވާ ކަމަށެވެ.

މީގެ އިތުރުން ބައެއް މަޖިލިސް މެމްބަރުންނަށް މަޖިލީހުގެ މަސައްކަތްތަކަކީ ކޮބައިކަންވެސް އެނގިވަޑައިނުގަންނަވާ ކަމަށާއި އެގޮތުން ވަޒީރުން މަޖިލީހަށް ހާޒިރުކުރުމަށް މެމްބަރުން ދެކޮޅު ހައްދަވާ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ވިދާޅުވީ މިއަދު ގާނޫނުތައް ހެދެނީވެސް ކޮރަޕްޝަނަށް މަގު ފަހިވާ ގޮތަށް ކަމަށާއި ސަރުކާރަށް ތާއީދު ކުރައްވާ މެމްބަރުންނަށް ސަރުކާރުން ހުށަހަޅާ އެއްޗަކަށް ދެކޮޅު ހެދުމުގެ ބާރުވެސް ނޯންނަ ކަމަށެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

10 އަހަރު ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހު، ރޮނާލްޑޯ އާއި ޖޯޖީނާ ކައިވެނިކޮށްފި

އިތުރަށް ކިޔާލަން

09 ފެބުރުއަރީ 2017

މަޖިލިސް މެމްބަރުންގެ އިންޝުއަރެންސް ކަންތަކާ މެމްބަރުން ކަންބޮޑުވެއްޖެ

09 ފެބުރުއަރީ 2017
މަޖިލިސް މެމްބަރުންގެ އިންޝުއަރެންސް ކަންތަކާ މެމްބަރުން ކަންބޮޑުވެއްޖެ
09 ފެބުރުއަރީ 2017

ރައީސް ޔާމީން އެދެއްވީ ރައީސް ނަޝީދު ދޫކޮށްލައްވާނެކަމުގެ އިޝާރާތެއް: ހަސަން ލަތީފް

09 ފެބުރުއަރީ 2017
ރައީސް ޔާމީން އެދެއްވީ ރައީސް ނަޝީދު ދޫކޮށްލައްވާނެކަމުގެ އިޝާރާތެއް: ހަސަން ލަތީފް
05 ފެބުރުއަރީ 2017

ރައްޔިތުންގެ މަޖިލިސް: ރިޔާސީ ބަޔާން އިއްވުން މާދަމާ ދަރުބާރު ގޭގައި

05 ފެބުރުއަރީ 2017
ރައްޔިތުންގެ މަޖިލިސް: ރިޔާސީ ބަޔާން އިއްވުން މާދަމާ ދަރުބާރު ގޭގައި
01 ފެބުރުއަރީ 2017

ސިފައިންގެއަށް ޕައިލެޓުންނާއި އެއާކްރާފްޓް އިންޖިނިއަރުން ހޯދަނީ

01 ފެބުރުއަރީ 2017
ސިފައިންގެއަށް ޕައިލެޓުންނާއި އެއާކްރާފްޓް އިންޖިނިއަރުން ހޯދަނީ
26 ޖެނުއަރީ 2017

ސަރުކާރު ޖަވާބުދާރީ ކުރުމުގައި ރައްޔިތުންގެ މަޖިލިސް މިވަނީ ނުކުޅެދިފައި: ފަލާހު

26 ޖެނުއަރީ 2017
ސަރުކާރު ޖަވާބުދާރީ ކުރުމުގައި ރައްޔިތުންގެ މަޖިލިސް މިވަނީ ނުކުޅެދިފައި: ފަލާހު
20 ޖެނުއަރީ 2017

ރައީސުލްޖުމްހޫރިއްޔާ، އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލިސްގެ ރައީސް ކަމަށް ބޭފުޅަކު ޢައްޔަނު ކުރައްވައިފި

20 ޖެނުއަރީ 2017
ރައީސުލްޖުމްހޫރިއްޔާ، އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލިސްގެ ރައީސް ކަމަށް ބޭފުޅަކު ޢައްޔަނު ކުރައްވައިފި
16 ޖެނުއަރީ 2017

ހަތަރު ޤައުމެއްގެ ސިފައިން ބައިވެރިވާ ކޯސްޓްގާޑު ބޭސިކް ޑައިވިންގ ކޯހެއް އެމްއެންޑީއެފް އިން ފަށައިފި

16 ޖެނުއަރީ 2017
ހަތަރު ޤައުމެއްގެ ސިފައިން ބައިވެރިވާ ކޯސްޓްގާޑު ބޭސިކް ޑައިވިންގ ކޯހެއް އެމްއެންޑީއެފް އިން ފަށައިފި
15 ޖެނުއަރީ 2017

ރިޔާސީ ބަޔާން ހުށަހެޅުއްވުމާއި މަޖިލިސް ހުޅުވުން ފެބްރުއަރީ 6 ގައި

15 ޖެނުއަރީ 2017
ރިޔާސީ ބަޔާން ހުށަހެޅުއްވުމާއި މަޖިލިސް ހުޅުވުން ފެބްރުއަރީ 6 ގައި
13 ޖެނުއަރީ 2017

ލަންކާގެ ދެ މަސް ބޯޓާއި މަސްވެރިން ސަލާމަތްކޮށްދިނުމުން ލަންކާ ސަރުކާރުގެ ތަޢުރީގް ދިވެހި ސިފައިންނަށް

13 ޖެނުއަރީ 2017
ލަންކާގެ ދެ މަސް ބޯޓާއި މަސްވެރިން ސަލާމަތްކޮށްދިނުމުން ލަންކާ ސަރުކާރުގެ ތަޢުރީގް ދިވެހި ސިފައިންނަށް
07 ޖެނުއަރީ 2017

ސިޑިއަކާއި ސިފައިންގެ ހެލިކޮޕްޓަރު ޖެހިގެން އަނިޔާވި މީހާގެ ހާލު އަދިވެސް ސީރިއަސް: އޭޑީކޭ

07 ޖެނުއަރީ 2017
ސިޑިއަކާއި ސިފައިންގެ ހެލިކޮޕްޓަރު ޖެހިގެން އަނިޔާވި މީހާގެ ހާލު އަދިވެސް ސީރިއަސް: އޭޑީކޭ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް