Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ރައީސް އުތީމު ކައުންސިލާއި ބައްދަލުކުރެއްވުން

އުތީމުގެ ތަރައްގީ އާ އުސްމިންތަކަށް ގެންދިއުމުގައި މި ސަރުކާރުގެ ބައިވެރިވުން ބޮޑު - އުތީމު ކައުންސިލް

ރަށުގައި ނަރުދަމާ ގާއިމްކުރެވި، އަދި ފެނުގެ މަޝްރޫއުވެސް ބާރު އިސްޕީޑުގައި ހިނގަމުންދާކަން ކައުންސިލުން ފާހަގަކުރި

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 27 ސެޕްޓެމްބަރު 2022 | އަންގާރަ 15:48
ރައީސް ޞާލިޙް އުތީމު ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީއާއި ބައްދަލުކުރައްވަނީ

ރައީސް ޞާލިޙް އުތީމު ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީއާއި ބައްދަލުކުރައްވަނީ

އުތީމުގެ ތަރައްގީ އާ އުސްމިންތަކަށް ގެންދިއުމުގައި މި ސަރުކާރުގެ ބައިވެރިވުން ވަރަށް ބޮޑުކަމަށް އުތީމު ކައުންސިލުން ބުނެފިއެވެ.

ކައުންސިލުން މިހެން ބުނެފައިވަނީ، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ބޮޑުތިލަދުންމައްޗަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން، އަންގާރަ ދުވަހު އުތީމަށް ވަޑައިގެން އެރަށު ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުންނާއެކު ބޭއްވި ބައްދަލުކުރެއްވުމުގައެވެ. ރައީސުލްޖުމްހޫރިއްޔާ ވަނީ، އެރަށުގެ ތަރައްގީއަށް ކުރެވޭ މަސައްކަތްތަކާއި ރައްޔިތުންނަށް ބޭނުންޖެހިފައިވާ ކަންކަމާ ގުޅޭގޮތުން މި ބައްދަލުވުމުގައި ޚިޔާލު ބަދަލުކުރައްވައި މަޝްވަރާކުރައްވާފައެވެ. މި ބައްދަލުކުރެއްވުން އޮތީ އުތީމު ކައުންސިލް އިދާރާގައެވެ.

މިބައްދަލުކުރެއްވުމުގައި އުތީމު ކައުންސިލުން ބުނެފައިވަނީ، އުތީމުގެ ތަރައްގީ އާ އުސްމިންތަކަށް ގެންދިޔުމުގައި މި ސަރުކާރުން ހިންގަމުންދާ މަޝްރޫއުތަކުގެ ތެރެއިން، ރަށުގައި ނަރުދަމާ ގާއިމްކުރެވިފައިވާ ކަމަށެވެ. އަދި މިހާރު ފެނުގެ މަޝްރޫއު ވަރަށް ބާރަށް ހިނގަމުންދާކަން ކައުންސިލުން ފާހަގަކުރިއެވެ.

ކައުސިލުން ފާހަގަކުރި ކަންބޮޑުވުންތަކުގެ ތެރޭގައި، ކައުންސިލް އިދާރާގެ ޖާގައިގެ ދަތިކަމާއި، ބަނދަރުގެ ދަތިކަމާއި، ބަނދަރު މަރާމާތުކުރަންޖެހިފައި އޮތުމާއި، ކުނީގެ މައްސަލަ ހައްލުކުރުމުގައި ދިމާވާ ބަޖެޓުގެ ދަތިކަން ވަނީ ފާހަގަކޮށްފައެވެ. އަދި، ރަށުގެ މަގުތައް ޒަމާނީ ފެންވަރަށް ހެދުމަށް ރައްޔިތުން ބޭނުންވާކަމާއި، އިޖުތިމާއީ މަރުކަޒެއް ބިނާކުރުމަށް ބޭނުންވާކަންވެސް ކައުންސިލުން ފާހަގަކުރިއެވެ. މީގެ އިތުރުން، އުތީމު ގަނޑުވަރު މައިދާން، ޣާޒީ ބަންޑާރައިން މައިދާނުގެ ގޮތުގައި ތަރައްގީކުރުމަށް ބޭނުންވާކަންވެސް ކައުންސިލުން ވަނީ ހާމަކުރައްވާފައެވެ. އަދި، ރަށުގައި ގިނަ ގޯތިތަކެއް ނުހެދި ހުރުމާއެކު ބޯހިޔާވަހިކަމުގެ މަޝްރޫއެއް ހިންގުމަށް ބޭނުންވެފައިވާކަންވެސް ކައުންސިލުން ފާހަގަކުރިއެވެ.

އުތީމު ޣާޒީ ބަންޑާރައިންގެ މިސްކިތަކީ، ވަރަށް ކުރިން އިމާރާތްކޮށްފައިވީ ނަމަވެސް އަދިވެސް ރަސްމީކޮށް ހުޅުވާފައިނުވާ މިސްކިތެއް ކަމަށާއި، އަދި އިމާރާތުގެ ފެންވަރު ދަށްވުމުގެ ސަބަބުން އެ މިސްކިތުގެ ޝީޓުގައި ރެނދުލައި މިސްކިތުގެ ތެރެއަށް ފެންފައިބާކަން ކައުންސިލުން ފާހަގަކޮށްފައިވެއެވެ.

އުތީމަކީ ތާރީޚީ އާސާރުތަކެއް ހުރި ރަށަކަށް ވުމާއި، ރަށުގެ އެންމެ މުހިއްމު ތަންތަނުގެ ތެރޭގައި ދޫނި ތުނޑި ހިމެނޭކަމުގައި ވީނަމަވެސް، ބަނދަރު ހެދުމާގުޅިގެން އެ ތުނޑި ގިރާފައިވާކަން ކައުންސިލުން ފާހަގަކުރިއެވެ.

ކައުންސިލުން މި ބައްދަލުކުރެއްވުމުގައި، ފާހަގަކުރި ކަންކަމާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، އެކަންކަމާއި ގުޅުންހުރި މުއައްސަސާތަކާ ގުޅިގެން އެކަންކަން ހައްލުކޮށްދެއްވުމަށް މަސައްކަތްޕުޅު ކުރައްވާނެކަމަށެވެ. އަދި، މިހާރު ރޭވިފައިވާ މަޝްރޫއުތަކާއި އެ މަޝްރޫއުތައް ކުރިއަށްގޮސްފައިވާ މިންވަރުވެސް ރައީސުލްޖުމްހޫރިއްޔާ ހިއްސާކުރެއްވިއެވެ. މީގެ އިތުރުންވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ، އުތީމުގައި އާ މިސްކިތެއް ތަރައްގީކުރުން އަންނަ އަހަރުގެ ބަޖެޓުގައި ހިމަނައިގެން ކުރިއަށްގެންދަވާނެކަމަށް ވިދާޅުވެފައެވެ.

އުތީމުގައި މި ސަރުކާރުން ގިނަ މަޝްރޫއުތަކެއް ހިންގައި ނިންމާފައި ވާއިރު، އޭގެ ތެރޭގައި; ނަރުދަމާ ގާއިމްކުރުމާއި، އާ އިންޖީނުގެއަކާއި، އޮފީސް އިމާރާތެއް އެޅުމާއި، ކުޅިވަރުގެ ވަސީލަތްތައް ގާއިމްކުރުމުގެ މަޝްރޫއުތައް ހިމެނެއެވެ. މީގެ އިތުން މިހާރުވެސް އުތީމުގައި، ސާފު ބޯފެނުގެ ނިޒާމު ގާއިމްކުރުމާއި، ކަރަންޓްގެ ވިއުގަ އަޕްގްރޭޑްކުރުމާއި، ސިއްހީމަރުކަޒާއި، ބޮޑުތަކުރުފާނުގެ ހަނދާނީ މަރުކަޒު އަޕްގްރޭޑް ކުރުމުގެ މަޝްރޫއު ހިމެނެއެވެ.

މިބައްދަލުކުރެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަނީ، އުތީމު ބަންޑާރައިންގެ ރުއްދަނޑު އިފްތިތާޙްކޮށްދެއްވައި ރުއް އިންދަވައިދެއްވާފައެވެ. މީގެ އިތުރުން މިނިވަންދުވަހާ ގުޅިގެން އުތީމުގައި ބޭއްވި ޕެރޭޑްވެސް ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ބައްލަވާލެއްވިއެވެ.

ހއ. އުތީމުރައީސް, އިބްރާހީމް މުޙައްމަދު ޞާލިޙު

ކޮމެންޓް

އިތުރަށް ކިޔާލަން

ނ. އަތޮޅު ކައުންސިލުން ކޯޓަށް ހާޒިރު ނުވުމުން ކެނދިވަރު އާއި ދޮނައެރިކަނޑޫދޫ މައްސަލަ ބޭރު ކޮށްލައިފި

ނ. އަތޮޅު ކައުންސިލުން ކޯޓަށް ހާޒިރު ނުވުމުން ކެނދިވަރު އާއި ދޮނައެރިކަނޑޫދޫ މައްސަލަ ބޭރު ކޮށްލައިފި

10 ޑިސެމްބަރު 2025
ފައްޔާޒުގެ އިސްތިއުފާގެ ސިޓީގައި ކުރިން ނުދައްކާ އެތައް ވާހަކައެއް!

ފައްޔާޒުގެ އިސްތިއުފާގެ ސިޓީގައި ކުރިން ނުދައްކާ އެތައް ވާހަކައެއް!

24 ނޮވެމްބަރު 2025
ރައީސް ސާލިހް ގެ ސަރުކާރުން ފަށާފައިވާ ފެނަކަ އިމާރާތް މިސަރުކާރު އައިސް ހޮޅި ގެއަކަށް ހަދައިފި: ހުސައިން

ރައީސް ސާލިހް ގެ ސަރުކާރުން ފަށާފައިވާ ފެނަކަ އިމާރާތް މިސަރުކާރު އައިސް ހޮޅި ގެއަކަށް ހަދައިފި: ހުސައިން

23 ނޮވެމްބަރު 2025
ބިލެތްދޫ ތަރައްގީގެ ރަން ޒަމާނަކީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ފަސް އަހަރު: ކައުންސިލް މެންބަރު އާސިފާ

ބިލެތްދޫ ތަރައްގީގެ ރަން ޒަމާނަކީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ފަސް އަހަރު: ކައުންސިލް މެންބަރު އާސިފާ

22 ނޮވެމްބަރު 2025
ބޮޑުތަކުރުފާނު  ދޫނި ހިއްޕެވި ތާރީޚީ ތުނޑި ގިރައިގެން ހިނގައްޖެ! އެ ތުނޑި އަލުން އަނބުރާ ހޯދިދާނެތަ؟

ބޮޑުތަކުރުފާނު ދޫނި ހިއްޕެވި ތާރީޚީ ތުނޑި ގިރައިގެން ހިނގައްޖެ! އެ ތުނޑި އަލުން އަނބުރާ ހޯދިދާނެތަ؟

08 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

29 މާރިޗު
އީދު ބޮކި: ދިއްލުނު ބޮކިން ނުފެންނަ ބޮކި
20251 އަހަރު ކުރިން
ރިޕޯޓު

އީދު ބޮކި: ދިއްލުނު ބޮކިން ނުފެންނަ ބޮކި

ބާކީކޮށް ފޮނުވާލީ ބަކަރި ދަނޑަށް، ހުރައަށް ކުޅެން ދިޔައީ ކެނޯއެއްގައި ފަލި ޖަހާފައި، މިހާރު ގަދަ ވިޔަފާރިވެރިއެއް
20242 އަހަރު ކުރިން
މީހުން

ބާކީކޮށް ފޮނުވާލީ ބަކަރި ދަނޑަށް، ހުރައަށް ކުޅެން ދިޔައީ ކެނޯއެއްގައި ފަލި ޖަހާފައި، މިހާރު ގަދަ ވިޔަފާރިވެރިއެއް

އެންމެ މަދުން މީހުން ދިރިއުޅެނީ ރަކީދޫގައި، އެންމެ 63 ދިވެހީން!
20233 އަހަރު ކުރިން
ރާއްޖެ

އެންމެ މަދުން މީހުން ދިރިއުޅެނީ ރަކީދޫގައި، އެންމެ 63 ދިވެހީން!

މެކްރޮން ޕުޓިންއަށް: ގޭހަށް ރަޝިޔާގެ ކަރަންސީން އަގު އަދާކުރުމަކީ ކުރެވޭނެ ކަމެއްނޫން
20224 އަހަރު ކުރިން
ދުނިޔެ

މެކްރޮން ޕުޓިންއަށް: ގޭހަށް ރަޝިޔާގެ ކަރަންސީން އަގު އަދާކުރުމަކީ ކުރެވޭނެ ކަމެއްނޫން

ވިއެނާ ކޮންވެންޝަނުގައި ބައިވެރިވުމުން ރާއްޖޭގެ ލައިސަންސް ބޭނުންކޮށްގެން މެންބަރު ގައުމުތަކުގައި ދުއްވޭނެ :ނަހުލާ
20215 އަހަރު ކުރިން
ރާއްޖެ

ވިއެނާ ކޮންވެންޝަނުގައި ބައިވެރިވުމުން ރާއްޖޭގެ ލައިސަންސް ބޭނުންކޮށްގެން މެންބަރު ގައުމުތަކުގައި ދުއްވޭނެ :ނަހުލާ

ތިމަރަފުށި ކެމްޕެއިން ފޯރީގައި އަންވަރުގެ ލޮލުން ކަރުނަ، މުސްތަފާ މައާފަށް!
20197 އަހަރު ކުރިން
ރިޕޯޓު

ތިމަރަފުށި ކެމްޕެއިން ފޯރީގައި އަންވަރުގެ ލޮލުން ކަރުނަ، މުސްތަފާ މައާފަށް!

ފަހު ފިޔަވަޅުމަތީގައި ވެސް މަހުލޫފު ދެއްކި ހިތްވަރު ދެކިބަލަ!
20188 އަހަރު ކުރިން
ރިޕޯޓު

ފަހު ފިޔަވަޅުމަތީގައި ވެސް މަހުލޫފު ދެއްކި ހިތްވަރު ދެކިބަލަ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު