Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ހއ. އުތީމު

ބޮޑުތަކުރުފާނު ދޫނި ހިއްޕެވި ތާރީޚީ ތުނޑި ގިރައިގެން ހިނގައްޖެ! އެ ތުނޑި އަލުން އަނބުރާ ހޯދިދާނެތަ؟

ގައުމީ ބަޠަލުގެ ދޫނިތުނޑި ދެކެން ޒިޔާރަތްކުރި ދަރިވަރުންނަށް އެ ތަނުން ފެނުނީ ފުން ގޮންޑޮޅި އާއި ރަށުގެ އާނުގަނޑާއި، ވެއްޓިފައިވާ ގަސްތަކުގެ މޫދަތަކެވެ.

މުހައްމަދު އާދަމް ސަލީމް
މުހައްމަދު އާދަމް ސަލީމް, ރާއްޖެ އެމްވީ | 8 ނޮވެމްބަރު 2025 | ހޮނިހިރު 09:19
އުތީމުގެ ތާރީޚީ ތުނޑި ގިރައިގެން ގޮސްފައި

އުތީމުގެ ތާރީޚީ ތުނޑި ގިރައިގެން ގޮސްފައި

ދިވެހި ތާރީޚް ކިޔަވާ ދަރިވަރުންތަކަކާ އެކު ބާރަށަށް ފަހު އުތީމަށް ފޭބީ، ޣާޒީ ބަންޑާރައިންގެ ހަނދާންތައް އާވާން ހުރި ތަރިކަތައް ބަލައި ދިރާސާ ކުރުމަށެވެ. ކަނދުވަލު މިސްކިތުގެ ހުޅަނގަށް އޮތް މަގުން ލާފައި ގޮސް ފޭބެން އޮތް، ދޫނިތުނޑީގެ އެއްގަމުން އޭރު އިވެމުންދިޔައީ ކޮންކްރީޓު މެޝިނުގެ އަޑެވެ.

އެއީ އެދިމާގައި ހަދަމުން ގެންދާ ސިޓީ ހޮޓާ އެޅުމުގެ މަސައްކަތުގެ އަޑެވެ. މި ސިޓީ ހޮޓަލަކީ ދޫނިތުނޑީގެ ކުރިމައްޗަށް ވާގޮތަށް އެއްގަމުގައި ހަދަމުން ގެންދާ ބޮޑު ހޮޓަލެކެވެ. ދޫނިތުނޑި އަށް ދެވެން އޮތީ މި ހޮޓަލުގެ ގޯތިތެރޭން ލައިފައެވެ. އެކަމަށް ހުއްދަ ނަގަން ޖެހުނެވެ. ހުއްދަ ލިބިގެން ޓީމަށް އެތެރެވުނެވެ. އެހިނދު ހިތަށް ވަނެވެ. ގައުމީ ބަޠަލު ދޫނި ހިއްޕަވާފައި އެސޮރަށް އޯގާވެ ދޫކޮށްލައްވަމުން ގެންދެވި މި ޚާއްސަ ތާރީޚީ ތުނޑި ކުރިމައްޗަށް ވާގޮތަށް، މިއަޅާ ހޮޓާ އިޝްތިހާރުކޮށް ވިއްކަން ހާދަ ފަސޭހަވާނެ ތާއެވެ.

މިހެން ހިތަށް ވަންނަމުން ދަނިކޮށް ތުނޑިއާ އަރާ ހަމަވިއެވެ. ދޫނި ތުނޑި ލޮލަށް ފެނުމާއެކު، އިނގިލީގައި ދައިގަނެވުނެވެ. ސުބްޙާނައް ﷲއޭ ބުނެވުނެވެ! ..." ސަރ ކޮބާ ބުނުއްވި ތުނޑި؟" ހައިރާންވެ ހުރެ ދަރިވަރަކު އަޅުގަނޑާ އެ ސުވާލު ކުރިއެވެ! އޭނާ ވެސް އެހުރީ ނޯޓުފޮތާއި ގަލަމާ ހިފައިގެންނެވެ. ދޫނި ތުނޑީގެ ހިތްގައިމު ވާހަކަ ލިޔުމަށެވެ. ދަތުރުގެ މުހިންމު ބަޔަކަށް މި ވާހަކަ ވީތީއެވެ. އެހެން ނަމަވެސް، މިތަން ފެނި އެ ހުރެވުނީ ގަނޑުގައި ގަލަން ނުހިނގައިގެންނެވެ. އެއްޗެއް ލިޔާނީ ތުނޑި އޮތް ނަމަތާއެވެ! އޭރު ތުނޑި ދޫކުރި ވެލިގަނޑު ހިފަހަށްޓައިދިން އާނުގަނޑު މޫދުން ފެންނާން އޮތެވެ. ސުނާމީގައި ގައުތައް ވިއްސިވިހާލިވެ، ކިރިޔަކިރިޔާ ފެންނާން އޮތް ފަރުގެ މައްޗަށް ރާޅު ބިންދައެވެ. އެ ފަރަކު އަދަކު މި ތުނޑި ހިމާޔަތްކުރާހާ ބާރެއް ނެތެވެ. އެހެން ކަމުން މާޔޫސީ ފަރު އެއޮތީ އާރެއް ބާރެއް ނެތިފައެވެ. ވަށައިގެން އޮތް ފަސް މަންޒަރަށް ނަޒަރު ހިންގާލީމެވެ. ފުންމިނުގައި ހައެއްކަ ފޫޓުހުރި ގުންޑޮޅިން ތިރީގައި މަރުވެފައި އެހުރީ، ކުރިން އެއްގަމުގައި ބިޔަކޮށް ހުރި ގަސްތަކުގެ ބުޑުތަކެވެ. ފުނަ އާއި، މިދިއްޔާއި، ނިކަ އާއި ތަފާތު ގަސްތައް ހެދިފައިހުރި މި ވެށިން، އެ ގަސްތައް ވެސް އެވަނީ ގިރަމުންދިޔަ ފަހާއެކުވެ، މަހެފިލު ދޫކޮށްފައެވެ.

އުތީމު ތުނޑި އާ ބެހޭ ގޮތުން މައުލޫމާތު ހޯދުމަށް ކުރި ދަތުރުގެ ތެރެއިން
އުތީމު ތުނޑި އާ ބެހޭ ގޮތުން މައުލޫމާތު ހޯދުމަށް ކުރި ދަތުރުގެ ތެރެއިން

އުތީމަކީ ރާއްޖޭގެ އުސް ރަށްތަކުގެ ތެރެއިން ހިމެނޭ ރަށެކެވެ. އެވްރެޖުކޮށް 2.5 މީޓަރުގެ އުސް ރަށެކެވެ. ދޫނިތުނޑި އާއި ގަނޑުވަރު ހުންނަ ދިމާގެ އުސްމިނުގައި 3 މީޓަރު ހުންނަ ކަމަށްވެއެވެ.

އުތީމު ތުނޑި ގިރަން ފެށީ 2015 ވަނަ އަހަރު، ހެދި ބަނދަރަށް ފަހުގައެވެ. އޭގެ ދުވަސްކޮޅެއް ފަހުންނެވެ. އެހެން ކަމުން ކައުންސިލުން މި ވާހަކަ އެކި ސަރުކާރުތަކުގެ ކަންފަތަށް އިއްވަމުން ގެންދިޔައެވެ. ރައީސުން އުތީމަށް ވަޑައިގަތް ދަތުރު ތަކުގައި ވެސް، މި އާދޭސް ދެންނެވިއެވެ. އެފަދަ އަށާވީހަށް ވުރެން ގިނަ ސިޓީ ވެސް، މިކަމުގައި ފޮނުވި ކަމަށް ވެއެވެ. ނަމަ ވެސް ނަތީޖާ އެއް ނުލިބި، ތޮށްޓެއް ނުލެވި އޮތްވައި، ތުނޑި އޭގެ މަގާމު ދޫކުރި އެވެ.

ބަނދަރު ހެދީ ރަށުގެ ބިމުން ވެސް 100 ފޫޓަށް ވުރެން ބޮޑުބަޔެއް ކޮނެގެންނެވެ. ބަނދަރު ހެދުމަށްފަހު، ބޮޑަށް ގިރަމުން ދިޔައީ 2022 އާއި 2023 އާއި 2024 ގެ އަހަރު ތަކުގައެވެ. އުތީމު ކައުންސިލުން ލަފާކުރި ގޮތުގައި މި ތުނޑިން 600 ފޫޓު ގިރައިގެން ހިނގައްޖެއެވެ. އެއާއެކު އެތާނގައި ކުރިން ހުރި ގަސްތައް ވެސް އެވަނީ ވެއްޓިފައެވެ. މިކަމުން ސިޓީ ހޮޓަލަށް ބިން އުނިވެފައިވާތީވެ، ދެބުރި އިމާރާތް 4 ބުރިއަށް އެމީހުން ވެސް އުސްކުރިއެވެ. މި ކަންކަމާ ގުޅިގެން ސިޓީ ހޮޓަލުގެ އެގްރިމަންޓަށް ގެނެވުނު އިސްލާޙު ތަކުގެ ތެރޭގައި، ތުނޑި ޙިމާޔަތްކުރާނެ ތޮށްޓެއް ލުމުގެ ވާހަކަ ހިމަނާފައި ވާނޭ ކަމަށް ވެއެވެ.

އުތީމު ތުނޑި ގިރައިގެން ގޮސް ގަސްތައް ވެއްޓިފައި
އުތީމު ތުނޑި ގިރައިގެން ގޮސް ގަސްތައް ވެއްޓިފައި

ތުނޑި އަށް ބަލަން ޙައިރާންވެފައި ހުއްޓައި، ގުންޑޮޅިން ކުއްޖަކު އެދިމާ ތިރިއަށް ފޭބިތަން ފެނުމުން އަޅުގަނޑު އެދިމާއަށް ބަލައިލީމެވެ. އޭނާގެ އިސްކޮޅަށްވުރެން ގުންޑޮޅި ފުނެވެ.

މި ރީތި ހިތްގައިމު ތުނޑި އެ ވަނީ އެތައް ސަތޭކަ އަހަރަކަށް ފަހު، ނެތި ގޮއްސައެވެ. ބޮޑުތަކުރުފާނުގެ ތުއްޕުޅު އިރުގެ ހަނދާންތަކާއިގުޅި ފައިވީ ކޮންމެ ތަނަކީ ތާރީޚީ ތަރިކައަކަށް ނޫނީ ނުވާނެއެވެ. އެހެން ކަމުން މި ތަރިކަ ހިމާޔަތް ކުރުމަށް، އެ ތުނޑި އެނބުރި އާދޭތޯ؟ މަސައްކަތް ކުރުމަކީ ގައުމީ ވާޖިބެކެވެ. ދިރިތިބި ދިވެހީންގެ މަދަދު ބޭނުންވާ ކަމެކެވެ. އެ ރީތި ގައުމީ ވާހަކައިގެ މިބައި ނެތި ދިޔުމުން އެކަންވާނީ " ފޭޑެޑް ގްލޯރީ" އަކަށް ނޫން ، ދެން ކޮން ކަމަކަށް ހެއްޔެވެ؟!!

ހއ. އުތީމު

ކޮމެންޓް

އިތުރަށް ކިޔާލަން

ކުރީ ސަރުކާރުން އުތީމުގައި މަސައްކަތް ފެށި ބޮޑު ފުޓުބޯޅަ ދަނޑު ނިންމައިފި

ކުރީ ސަރުކާރުން އުތީމުގައި މަސައްކަތް ފެށި ބޮޑު ފުޓުބޯޅަ ދަނޑު ނިންމައިފި

17 ޖުލައި 2025
ރައީސުލްޖުމްހޫރިއްޔާ، ތިލަދުންމަތީގެ ހަތަރު ރަށަކަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލައްވައިފި

ރައީސުލްޖުމްހޫރިއްޔާ، ތިލަދުންމަތީގެ ހަތަރު ރަށަކަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލައްވައިފި

28 ސެޕްޓެމްބަރު 2022
ގައުމީ ދުވަހުގެ ޕެރޭޑް އުތީމުގައި ބާއްވައިފި

ގައުމީ ދުވަހުގެ ޕެރޭޑް އުތީމުގައި ބާއްވައިފި

27 ސެޕްޓެމްބަރު 2022
އުތީމުގެ ތަރައްގީ އާ އުސްމިންތަކަށް ގެންދިއުމުގައި މި ސަރުކާރުގެ ބައިވެރިވުން ބޮޑު - އުތީމު ކައުންސިލް

އުތީމުގެ ތަރައްގީ އާ އުސްމިންތަކަށް ގެންދިއުމުގައި މި ސަރުކާރުގެ ބައިވެރިވުން ބޮޑު - އުތީމު ކައުންސިލް

27 ސެޕްޓެމްބަރު 2022
ބޮޑުތިލަދުންމަތި: އިއްޔެގެ ބަދަލަކީ ބޮޑުތަކުރުފާނުގެ ޖިހާދު، މިއަދުގެ ބަދަލަކީ ރަށެއް ބާކީކޮށްފައި ނެތުން

ބޮޑުތިލަދުންމަތި: އިއްޔެގެ ބަދަލަކީ ބޮޑުތަކުރުފާނުގެ ޖިހާދު، މިއަދުގެ ބަދަލަކީ ރަށެއް ބާކީކޮށްފައި ނެތުން

27 ސެޕްޓެމްބަރު 2022

އަހަރުތަކުން މިއަދު

18 ޖެނުއަރީ
ޓްރަމްޕް އާ ދެކޮޅަށް އެތައް ހާސް އެމެރިކާ ރައްޔިތުން މުޒާހަރާ އަށް ނުކުމެއްޖެ
20251 އަހަރު ކުރިން
ދުނިޔެ

ޓްރަމްޕް އާ ދެކޮޅަށް އެތައް ހާސް އެމެރިކާ ރައްޔިތުން މުޒާހަރާ އަށް ނުކުމެއްޖެ

މުދައްރިސުންނާއި އުނގަންނައިދޭ މީހުންނަކީ އީމާންކަމުގެ ފޭރާމުން ޒީނަތްތެރިވާންޖެހޭ ބައެއް - ހުތުބާ
20242 އަހަރު ކުރިން
ރާއްޖެ

މުދައްރިސުންނާއި އުނގަންނައިދޭ މީހުންނަކީ އީމާންކަމުގެ ފޭރާމުން ޒީނަތްތެރިވާންޖެހޭ ބައެއް - ހުތުބާ

ނޭޕާލް ފްލައިޓް: "ފުރާނަ ސަލާމަތްވީ ޕައިލެޓްގެ ސަބަބުން"
20233 އަހަރު ކުރިން
ދުނިޔެ

ނޭޕާލް ފްލައިޓް: "ފުރާނަ ސަލާމަތްވީ ޕައިލެޓްގެ ސަބަބުން"

ޔާމީން ރަޝީދުގެ މަރު: ސިއްރު ހެކިވެރިޔާގެ ކުއްލި ސިޓީ ބަލައިނުގަނެ، ހައިޝަމްއާއި ޒިހާން އުމުރަށް ޖަލަށްލާން ޙުކުމް ކުރި ސަބަބު!
20224 އަހަރު ކުރިން
ރިޕޯޓު

ޔާމީން ރަޝީދުގެ މަރު: ސިއްރު ހެކިވެރިޔާގެ ކުއްލި ސިޓީ ބަލައިނުގަނެ، ހައިޝަމްއާއި ޒިހާން އުމުރަށް ޖަލަށްލާން ޙުކުމް ކުރި ސަބަބު!

ޗައިނާގެ ވާވޭ ކުންފުނީގެ އައު ވާހަކަތަކެއް ފަޅާ އަރުވާލައިފި!
20215 އަހަރު ކުރިން
ދުނިޔެ

ޗައިނާގެ ވާވޭ ކުންފުނީގެ އައު ވާހަކަތަކެއް ފަޅާ އަރުވާލައިފި!

ދައުލަތަށް އެންމެ ގިނަ އާމްދަނީ ވައްދައިދޭ މީހުންގެ ހައްގުތައް ގެއްލިފައި!
20197 އަހަރު ކުރިން
ރިޕޯޓު

ދައުލަތަށް އެންމެ ގިނަ އާމްދަނީ ވައްދައިދޭ މީހުންގެ ހައްގުތައް ގެއްލިފައި!

ދިވެހިބަހުގެ އަކުރު
20188 އަހަރު ކުރިން
ދިވެހި ބަސް

ދިވެހިބަހުގެ އަކުރު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު