Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެޖޮބް ބުރާސްފަތި

ސީދާ ހަރަކާތައް ނުކުތުމަށް މެންބަރު މައުރޫފު ގޮވާލައްވައިފި

23 ޖުލައި 2026 | ބުރާސްފަތި 17:16

ވަޒީފާއާ ބެހޭ ޓްރައިބިއުނަލަށް ގޮސްގެން މައްސަލަ ބަލާ ނިމި އޭގެ ބަދަލު ލިބެން 11 ވަރަކަށް އަހަރު ނަގާނެ ކަމަށް މެންބަރު މައުރޫފު ވިދާޅުވި.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 23 ޖުލައި 2026 | ބުރާސްފަތި 17:16
އެމްޑީޕީ އިން މީގެ ކުރިން ބޭއްވި ޖަލްސާއެއްގައި މައުރޫފް ވާހަކަ ދައްކަވަނީ

އެމްޑީޕީ އިން މީގެ ކުރިން ބޭއްވި ޖަލްސާއެއްގައި މައުރޫފް ވާހަކަ ދައްކަވަނީ | ސޯޝަލް މީޑިއާ

ރައީސް ޑރ މުހައްމަދު މުއިއްޒުގެ ސަރުކާރުން މީހުން ވަޒީފާތަކުން ކަނޑަމުން ގެންދިޔުމާ ދެކޮޅަށް އަޑު އުފުލުމަށް މަގުތައް މައްޗައް ނުކުތުމަށް ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު ގޮވާލައްވައިފި އެވެ.

ބުރާސްފަތި ދުވަހު އެމްޑީޕީން ބޭއްވި "ޖޮބް ބުރާސްފަތި" ޕެނަލް ޑިސްކަޝަންގައި ވާހަކަ ދައްކަވަމުން ސަރުކާރު ކުންފުނިތަކުން މުވައްޒަފުން ވަކިކުރަމުން ގެންދާ މައްސަލަ އަށް އަލި އަޅުވާލައްވާ މެންބަރު މައުރޫފު ވިދާޅުވީ ވަޒީފާއާ ބެހޭ ޓްރައިބިއުނަލަށް ގޮސްގެން މިކަމަށް ހައްލެއް ނުލިބޭނެ ކަމަށެވެ.

ވަޒީފާއާ ބެހޭ ޓްރައިބިއުނަލަށް ގޮސްގެން މައްސަލަ ބަލާ ނިމި އޭގެ ބަދަލު ލިބެން 11 ވަރަކަށް އަހަރު ނަގާނެ ކަމަށް ވެސް މެންބަރު މައުރޫފު ވިދާޅުވި އެވެ.

މެންބަރު ވިދާޅުވި ގޮތުގައި ޓްރައިބިނަލުން ނިންމާ ނިންމުން އިސްތިއުނާފްކޮށް، ހައިކޯޓް އަދި ސުޕްރީމް ކޯޓަށް ދާނެ ކަމަށެވެ. އަދި މިގޮތަށް މިކަން ކޮށްގެން ހައްލެއް ނުލިބޭނެ ކަމަށް މެންބަރު ވިދާޅުވި އެވެ.

ޅ. ކުރެންދޫ ފެނަކައިގައި ތިބި މުވައްޒަފުން ވަކިކުރުމާ ގުޅިގެން އިހުތިޖާޖު ކުރިކަން ފާހަގަކުރައްވާ މެންބަރު ވިދާޅުވީ މިފަދަ މައްސަލަތަކަށް ހައްލު ލިބޭނީ މިގޮތަށް މަގު މައްޗަށް ނުކުމެގެން ކަމަށެވެ.

އަޅުގަނޑުމެނަކަށް ތަކެތީގެ އަގު ބޮޑު ވެއްޖެއޭ ކިޔާ ކިޔާ ތިބެވޭކަށް ނެތް އަޅުގަނޑުމެން ސީދާ ހަރަކާތަށް ދާން ޖެހޭ، ސީދާ ހަރަކާތަށް ގޮސްގެން މި ބަދަލު ކުރަން ޖެހޭ އަޅުގަނޑުމެން އަތުގައި މި ބާރު އޮންނަނީ އަޅުގަނޑުމެން މި ބަދަލު ނުކޮށްފި ނަމަ މިއަށްވުރެ މާ ނިކަމެތި ހާލަތާއި އަޅުގަނޑުމެން ކުރިމަތި ލާން ޖެހޭނެ
މައުރޫފް ޒާކިރު

މީގެ އިތުރުން މައުރޫފް ވިދާޅުވީ މިހާރު ވެސް ވަޒީފާއެއް ނެތި 14،000 އެއްހާ މީހުން އެބަ ތިބި ކަމަށާއި، މިކަން މިހެން އޮއްވައި ސަރުކާރުން އުޅެނީ އިތުރު 14،000 މީހުން ވަޒީފާ އިން ވަކިކުރަން ކަމަށެވެ. މިކަމުން ވެސް ގައުމުގެ އިގުތިޞާދީ ހާލަތު އެނގޭ ކަމަށް ވިދާޅުވި އެވެ.

ރައީސް މުއިއްޒުގެ ސަރުކާރުން ކުންފުނިތަކުން މީހުން ވަކިކުރާ މައްސަލައިގައި "ޖޮބް ބުރާސްފަތި" ގެ ނަމުގައި މިފަހުން އެމްޑީޕީން އިން މުޒާހަރާ ވެސް ކޮށްފައިވެ އެވެ.

މޯލްޑިވިއަން ޑިމޮކްރެޓިކް ޕާރޓީ (އެމް.ޑީ.ޕީ)މައުރޫފް ޒާކިރުޖޮބް ބުރާސްފަތި

އިތުރަށް ކިޔާލަން

23 ޖުލައި 2026

ރާއްޖޭގެ ލާމަރުކަޒީ ނިޒާމަށް މިއަދު ކުރިމަތިވެފައި މިވަނީ ވަރަށް ކަޅު އަނދިރި ދުވަސްތަކެއް: ޝަމާޢު

23 ޖުލައި 2026
ރާއްޖޭގެ ލާމަރުކަޒީ ނިޒާމަށް މިއަދު ކުރިމަތިވެފައި މިވަނީ ވަރަށް ކަޅު އަނދިރި ދުވަސްތަކެއް: ޝަމާޢު
21 ޖުލައި 2026

މިސަރުކާރުން ދަނީ ކަޅު އަނދިރި ހޮހަޅައެއްގައި ރައްޔިތުން ބައި ތިއްބައިގެން، ނުބައި ނިންމުންތައް ނިންމަމުން: ފައްޔާޒު

21 ޖުލައި 2026
މިސަރުކާރުން ދަނީ ކަޅު އަނދިރި ހޮހަޅައެއްގައި ރައްޔިތުން ބައި ތިއްބައިގެން، ނުބައި ނިންމުންތައް ނިންމަމުން: ފައްޔާޒު
21 ޖުލައި 2026

33 އިންސައްތައިގެ ދަށުން ވަޒީފާ އިން ވަކިކޮށް "އެއްލާލަނީ" 14،733 މީހުން: ފައްޔާޒް

21 ޖުލައި 2026
33 އިންސައްތައިގެ ދަށުން ވަޒީފާ އިން ވަކިކޮށް "އެއްލާލަނީ" 14،733 މީހުން: ފައްޔާޒް
18 ޖުލައި 2026

މިސަރުކާރުގައި ރައްޔިތުންނަށް އިއާދަނުކުރެވޭ ފަދަ ބޮޑެތި ގެއްލުންތައް ދަނީ ލިބެމުން، ވެރިކަމުގެ ދައުރު ހަމަވަންދެން މަޑުން ތިބޭކަށް ނުޖެހޭނެ: މެންބަރު މައުރޫފް

18 ޖުލައި 2026
މިސަރުކާރުގައި ރައްޔިތުންނަށް އިއާދަނުކުރެވޭ ފަދަ ބޮޑެތި ގެއްލުންތައް ދަނީ ލިބެމުން، ވެރިކަމުގެ ދައުރު ހަމަވަންދެން މަޑުން ތިބޭކަށް ނުޖެހޭނެ: މެންބަރު މައުރޫފް
17 ޖުލައި 2026

އެމްޑީޕީން ވެރިކަމާ ހަވާލުވަނީ ރައްޔިތުންނަށް ހެޔޮވެރިކަމެއް ކޮށްދިނުމަށް ނަމަވެސް އިދިކޮޅު ފަރާތްތަކުން ވެރިކަމަށް އަންނަނީ ހަމައެކަނި ވައްކަން ކުރަން: މެންބަރު މައުރޫފް

17 ޖުލައި 2026
އެމްޑީޕީން ވެރިކަމާ ހަވާލުވަނީ ރައްޔިތުންނަށް ހެޔޮވެރިކަމެއް ކޮށްދިނުމަށް ނަމަވެސް އިދިކޮޅު ފަރާތްތަކުން ވެރިކަމަށް އަންނަނީ ހަމައެކަނި ވައްކަން ކުރަން: މެންބަރު މައުރޫފް
17 ޖުލައި 2026

20 ވަނަ ރައްޔިތުންގެ މަޖިލީހުގެ މަސައްކަތަށް ނާޒިލްގެ ފާޑު ކިޔުން، ވިދާޅުވީ ނަތީޖާ ގޯސް ކަމަށް

17 ޖުލައި 2026
20 ވަނަ ރައްޔިތުންގެ މަޖިލީހުގެ މަސައްކަތަށް ނާޒިލްގެ ފާޑު ކިޔުން، ވިދާޅުވީ ނަތީޖާ ގޯސް ކަމަށް
14 ޖުލައި 2026

ކުނި މެނޭޖް ކުރުމަށް ބޭނުންވާ ފެސިލިޓީތައް ގާއިމް ކުރުމަށް ބޭނުންވާ ފައިސާ ވެސް ސަރުކާރުގައި ނެތް: މައުރޫފް

14 ޖުލައި 2026
ކުނި މެނޭޖް ކުރުމަށް ބޭނުންވާ ފެސިލިޓީތައް ގާއިމް ކުރުމަށް ބޭނުންވާ ފައިސާ ވެސް ސަރުކާރުގައި ނެތް: މައުރޫފް
12 ޖުލައި 2026

މިހާރު ކަޅު ބާޒާރުގައި ވެސް ޑޮލަރު ނުލިބޭ: އަމީރު

12 ޖުލައި 2026
މިހާރު ކަޅު ބާޒާރުގައި ވެސް ޑޮލަރު ނުލިބޭ: އަމީރު
08 ޖުލައި 2026

ސިޔާސީ ގޮތުން މުވައްޒަފުން ވަކި ކުރަނީ މުވައްޒަފުން މަދު ކުރުން ނިވައިފަތްގަނޑެއްގެ ގޮތުގައި ކަމަށް ބުނެ އެމްޑީޕީގެ ގަރާރެއް

08 ޖުލައި 2026
ސިޔާސީ ގޮތުން މުވައްޒަފުން ވަކި ކުރަނީ މުވައްޒަފުން މަދު ކުރުން ނިވައިފަތްގަނޑެއްގެ ގޮތުގައި ކަމަށް ބުނެ އެމްޑީޕީގެ ގަރާރެއް
08 ޖުލައި 2026

ކުރާނެ މަސައްކަތެއް ނެތިގެން ޖަލްސާތައް ނިންމާލަނީ، އެކަމަކު ވަޒީރުންނަށް ކުރަން 100 އެއްހާ ސުވާލު ހުށަހަޅާފައި އެބައޮތް: އެމްޑީޕީ ޕީޖީ

08 ޖުލައި 2026
ކުރާނެ މަސައްކަތެއް ނެތިގެން ޖަލްސާތައް ނިންމާލަނީ، އެކަމަކު ވަޒީރުންނަށް ކުރަން 100 އެއްހާ ސުވާލު ހުށަހަޅާފައި އެބައޮތް: އެމްޑީޕީ ޕީޖީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް