Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއީރާން

އީރާންގެ ސުޕްރީމް ސެކިއުރިޓީ ކައުންސިލްގެ ވެރިޔަކަށް މުހްސިން ރެޒާއީ އައްޔަން ކުރައްވައިފި

10 އޯގަސްޓު 2026 | ހޯމަ 08:44

ރިޔާސީ އޮފީހުގެ ތަރުޖަމާން މެހްދީ ތަބާތަބާއީ އެކްސްގައި ވިދާޅުވީ، މުޙައްމަދު ބާގިރު ޒޮލްގަދުރު ސުޕްރީމް ނޭޝަނަލް ސެކިއުރިޓީ ކައުންސިލްގެ ސެކްރެޓަރީ މަޤާމުން އިސްތިއުފާ ދެއްވައި، އައު މަސައްކަތްތަކަށް އައްޔަންކުރުމާ ގުޅިގެން، އީރާންގެ ރައީސް މަސްއޫދު ޕެޒެޝްކިއާން، މުހްސިން ރެޒާއީ އެ އިދާރާގެ ވެރިޔަކަށް ހަމަޖައްސަވައިފައިވާ ކަމަށް

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 10 އޯގަސްޓު 2026 | ހޯމަ 08:44
ސުޕްރީމް ނޭޝަނަލް ސެކިއުރިޓީ ކައުންސިލްގެ ވެރިޔަކަށް ހަމަޖެއްސެވި މުހްސިން ރެޒާއީ

ސުޕްރީމް ނޭޝަނަލް ސެކިއުރިޓީ ކައުންސިލްގެ ވެރިޔަކަށް ހަމަޖެއްސެވި މުހްސިން ރެޒާއީ | ރޮއިޓާސް

އީރާންގެ އެންމެ އިސް ޤައުމީ ސަލާމަތީ އިދާރާ ކަމަށްވާ، ސުޕްރީމް ނޭޝަނަލް ސެކިއުރިޓީ ކައުންސިލްގެ ވެރިޔަކަށް މުހްސިން ރެޒާއީ ހަމަޖައްސަވައިފި އެވެ.

އުމުރުން 71 އަހަރުގެ ރެޒާއީ އަކީ، މީގެ ކުރިން އީރާންގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައިއާރުޖީސީ)ގެ ކުރީގެ ކޮމާންޑާ އިން ޗީފް އެވެ. ސުޕްރީމް ނޭޝަނަލް ކައުންސިލްގެ ވެރިޔަކަށް ރެޒާއީ ހަމަޖެއްސެވިކަން އީރާންގެ ރިޔާސީ އޮފީހުން ވަނީ އާދީއްތަ ދުވަހު އިއުލާން ކޮށްފައި އެވެ. 

ރިޔާސީ އޮފީހުގެ ތަރުޖަމާން މެހްދީ ތަބާތަބާއީ އެކްސްގައި ވިދާޅުވީ، މުޙައްމަދު ބާގިރު ޒޮލްގަދުރު ސުޕްރީމް ނޭޝަނަލް ސެކިއުރިޓީ ކައުންސިލްގެ ސެކްރެޓަރީ މަޤާމުން އިސްތިއުފާ ދެއްވައި، އައު މަސައްކަތްތަކަށް އައްޔަންކުރުމާ ގުޅިގެން، އީރާންގެ ރައީސް މަސްއޫދު ޕެޒެޝްކިއާން، މުހްސިން ރެޒާއީ އެ އިދާރާގެ ވެރިޔަކަށް ހަމަޖައްސަވައިފައިވާ ކަމަށެވެ.

މީގެ ކުރިން ރެޒާއީ ވަނީ، 1981 ވަނަ އަހަރުން ފެށިގެން، 1997 ވަނަ އަހަރާ ހަމައަށް އައިއާރުޖީސީގެ އިސްވެރިޔާގެ މަޤާމުގައި ހުންނަވައިފަ އެވެ. އެ މުއްދަތުގައި އީރާން އާއި އިރާޤްއާ ދެމެދު ހިނގި ހަނގުރާމަ އަކީ ފާހަގަކޮށްލެވޭ ހަނގުރާމަ އެކެވެ. އޭގެ ފަހުން ރެޒާއީ ވަނީ އީރާންގެ ސިޔާސީ މަސްރަހުގައި ގިނަ މަޤާމުތަކެއް އަދާ ކުރައްވައިފަ އެވެ. 

މީގެ އިތުރުން ރެޒާއީ ވަނީ، އީރާންގެ މިހާރުގެ ރޫހީ ލީޑަރު މުޖުތަބާ ޚާމަނާއީގެ ސިފައިންގެ މަޝްވަރާދޭ ބޭފުޅަކަށް ވެސް ހުންނަވައިފަ އެވެ. އީރާން އާއި އެމެރިކާއާ ދެމެދު ހިނގަމުން އަންނަ ހަނގުރާމައިގެ ތެރޭގައި، ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލް އޮތުމަކީ އެޓޮމިކް ބޮމެއް އޮތުން ފަދަ މުހިންމު ކަމެއް ކަމަށް ވެސް، މިދިޔަ ޖުލައި މަހުގެ ތެރޭގައި ރެޒާއީ ވަނީ ވިދާޅުވެފައި އެވެ. 

މި ބަދަލުތަކަކީ އީރާނުގެ ސަލާމަތާއި ރައްކާތެރިކަމުގެ ދާއިރާގައި ކުރިއަށް އަންނަ މުހިންމު ބަދަލުތަކެކެވެ. ސުޕްރީމް ނޭޝަނަލް ސެކިއުރިޓީ ކައުންސިލް އަކީ އީރާންގެ ޤައުމީ ސަލާމަތާ ބެހޭ ހުރިހާ ކަންކަމުގައި ނިންމުންތައް ނިންމާ އެންމެ އިސް އިދާރާ އެވެ. މި އިދާރާ އިން ނިންމާ ނިންމުންތަކަށް ރޫހީ ލީޑަރުގެ ހުއްދަ ލިބިގެން ތަންފީޒުކުރެވެ އެވެ.

މަސްދަރު: އަލް ޖަޒީރާ

އީރާން ހަނގުރާމައީރާން މުހްސިން ރެޒާއީ

އެންމެ ހިނގާ

1

ގެއްލިފައިވާ ފުލުސް އޮފިސަރުގެ 7 އަހަރުގެ ދަރިފުޅު: ބައްޕަ އަންނަން މިހާ ލަސްވަނީ ކީއްވެ؟ ބައްޕަ ހޯދަން ބަޔަކު ގޮސްފިތަ؟

2

"ގެއްލުނު 3 މީހުން ދޯނިތެރޭ ތާށިވި ކަމަށް ބެލެވޭ ނަމަވެސް ދޯނި މިހާރު އޮތް ހިސާބަށް ފީނުމަކީ ކުރެވޭނެ ކަމެއް ނޫން"

3

"ސަރުކާރުން ދަނީ ގަސްތުގައި ލޯންޗުތަކަށް ޖެއްސުން ކުރަމުން، ސިފައިންނާއި ފުލުހުން ހަޑިހުތުރު ބަހުން މުއާމަލާތްކުރާއިރު، ވައު އަޅާފައިވަނީ ވެސް އުނދަގޫ ކުރަން"

4

ސިގްނަލްތަކަށް ހުރަސްއަޅައިގެން އިސްރާއީލުގެ ހާމީސް ޑްރޯނަކާއި އެމެރިކާގެ ރީޕަރ ޑްރޯނެއް އެއްވެސް ގެއްލުމެއް ނުދީ އަތުލައިގެންފައިވާ މަންޒަރު އީރާނުން ދައްކާލައިފި

5

މެސީގެ ބައްޕަ މަރުވެއްޖެ

އިތުރަށް ކިޔާލަން

10 އޯގަސްޓު 2026

އީރާންއާ ދެކޮޅަށް ކުރާ ހަނގުރާމައަކީ ރާޒުވާ ކުޅުން ކަހަލަ ކަމެއް ކަމަށާއި، މިވަގުތު އެމެރިކާ އިން އަމަލު ކުރަނީ މަޑުމައިތިރި ސިޔާސަތެއްގެ ދަށުން ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ

ހުރްމުޒް ކަނޑުއޮޅީގެ ދެބަސްވުމުގެ ސަބަބުން، ތެލުގެ އަގު އުފުލިއްޖެ

10 އޯގަސްޓު 2026
ހުރްމުޒް ކަނޑުއޮޅީގެ ދެބަސްވުމުގެ ސަބަބުން، ތެލުގެ އަގު އުފުލިއްޖެ
10 އޯގަސްޓު 2026

އީރާންއާ ދެކޮޅަށް އެމެރިކާގެ ހަނގުރާމަމަތީ 20 އުޅަނދެއް މެދުއިރުމަތީގައި

10 އޯގަސްޓު 2026
އީރާންއާ ދެކޮޅަށް އެމެރިކާގެ ހަނގުރާމަމަތީ 20 އުޅަނދެއް މެދުއިރުމަތީގައި
09 އޯގަސްޓު 2026

އީރާނުން ހުރްމުޒް ކަނޑުއޮޅީގެ ސަލާމަތީ ޕްލޭން ފާސްކޮށްފި

09 އޯގަސްޓު 2026
އީރާނުން ހުރްމުޒް ކަނޑުއޮޅީގެ ސަލާމަތީ ޕްލޭން ފާސްކޮށްފި
09 އޯގަސްޓު 2026

އީރާނުގެ ލީޑަރު ޚާމަނާއީގެ ވީޑިއޯ އާންމުކޮށް، ސިއްހީ ހާލަތާ މެދު ދައްކާވާހަކަތަކަށް ރައްދު ދީފި

09 އޯގަސްޓު 2026
އީރާނުގެ ލީޑަރު ޚާމަނާއީގެ ވީޑިއޯ އާންމުކޮށް، ސިއްހީ ހާލަތާ މެދު ދައްކާވާހަކަތަކަށް ރައްދު ދީފި
09 އޯގަސްޓު 2026

ދުޝްމަނުން އީރާނުގެ ބިމުގައި ފައިޖައްސާލައިފި ނަމަ ފައިބުރިކޮށްލާނަން: ކޮމާންޑަރު

09 އޯގަސްޓު 2026
ދުޝްމަނުން އީރާނުގެ ބިމުގައި ފައިޖައްސާލައިފި ނަމަ ފައިބުރިކޮށްލާނަން: ކޮމާންޑަރު
09 އޯގަސްޓު 2026

ހޫޘީން ސައުދީގެ ދައުލަތުގެ ތެޔޮ ކުންފުނި އަރަމްކޯ އަށް ހަމަލާދީފި

09 އޯގަސްޓު 2026
ހޫޘީން ސައުދީގެ ދައުލަތުގެ ތެޔޮ ކުންފުނި އަރަމްކޯ އަށް ހަމަލާދީފި
09 އޯގަސްޓު 2026

އީރާނުގެ ރައީސް ޕެޒެޝްކިއަން އެ ގައުމުގެ އެންމެ މަތީ ވެރިޔާ ޚާމަނާއީއާ ބައްދަލުކުރައްވައިފި

09 އޯގަސްޓު 2026
އީރާނުގެ ރައީސް ޕެޒެޝްކިއަން އެ ގައުމުގެ އެންމެ މަތީ ވެރިޔާ ޚާމަނާއީއާ ބައްދަލުކުރައްވައިފި
09 އޯގަސްޓު 2026

އެމެރިކާާ އިން ވަގުތީ އެއްބަސްވުމާ ޚިލާފު ވަމުންދާތީ، އީރާން އިން އޮތީ މަޝްވަރާ ކުރުމުގެ ވިސްނުމެއްގައި ނޫން

09 އޯގަސްޓު 2026
އެމެރިކާާ އިން ވަގުތީ އެއްބަސްވުމާ ޚިލާފު ވަމުންދާތީ، އީރާން އިން އޮތީ މަޝްވަރާ ކުރުމުގެ ވިސްނުމެއްގައި ނޫން
09 އޯގަސްޓު 2026

އެމެރިކާގެ އަމަލުތައް އިސްލާހު ނުކުރަނީސް ހުރްމުޒް ކަނޑުއޮޅި ނުހުޅުވާނެ ކަމަށް އީރާނުގެ ސަލާމަތީ ކަންތައްތަކާ ބެހޭ އެންމެ އިސް އޮފިޝަލް ވިދާޅުވެއްޖެ

09 އޯގަސްޓު 2026
އެމެރިކާގެ އަމަލުތައް އިސްލާހު ނުކުރަނީސް ހުރްމުޒް ކަނޑުއޮޅި ނުހުޅުވާނެ ކަމަށް އީރާނުގެ ސަލާމަތީ ކަންތައްތަކާ ބެހޭ އެންމެ އިސް އޮފިޝަލް ވިދާޅުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް