Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެހދ. ވައިކަރަދޫ

ވައިކަރަދޫގެ ގިނަ މަޝްރޫއުތަކެއް ހުއްޓި، ނިމިފައިވާ ބައެއް މަޝްރޫއުތަކުގެ އިމާރާތްތައް ބޭނުންނުކޮށް ހުރުމުގެ ސަބަބުން ވީރާނާވަނީ!

10 އޯގަސްޓު 2026 | ހޯމަ 09:59

ވައިކަރަދޫގެ ގިނަ މަޝްރޫއުތަކެއް ހުއްޓި، ނިމިފައިވާ ބައެއް އިމާރާތްތައް ބޭނުންނުކޮށް ހުރުމުގެ ސަބަބުން ވީރާނާވަމުންދާތީ މެންބަރު ހުސައިން ޒިޔާދު ވަނީ ކަންބޮޑުވުން ފާޅު ކުރައްވާފައި. ސްކޫލް ކްލާސްރޫމްތަކާއި އިންޖީނުގެ ފަދަ މުހިންމު މަސައްކަތްތައް ލަސްވަމުންދާތީ ރައްޔިތުންގެ ޝަކުވާ ބޮޑުވެފައިވާކަން ފާހަގަކުރައްވައި، މެންބަރު ވަނީ ސަރުކާރުގެ ވައުދުތައް ފުއްދުމަށް ގޮވާލައްވާފައި

އަމްނާ އިމާދު
އަމްނާ އިމާދު | 10 އޯގަސްޓު 2026 | ހޯމަ 09:59
ރައީސް މުއިއްޒު ހދ. ވައިކަރަދޫ އަށް ކުރެއްވި ރަސްމީ ދަތުރުފުޅެއްގައި އެރަށުގެ އޭރު އޮތް ކައުންސިލްއާ ބައްދަލުކުރައްވަނީ. މި ދަތުރުފުޅުގައި ވެސް އެ ރަށަށް ގިނަ ވައުދުތަކެއް ރައީސް މުއިއްޒު ވެވަޑައިގެންނެވި

ރައީސް މުއިއްޒު ހދ. ވައިކަރަދޫ އަށް ކުރެއްވި ރަސްމީ ދަތުރުފުޅެއްގައި އެރަށުގެ އޭރު އޮތް ކައުންސިލްއާ ބައްދަލުކުރައްވަނީ. މި ދަތުރުފުޅުގައި ވެސް އެ ރަށަށް ގިނަ ވައުދުތަކެއް ރައީސް މުއިއްޒު ވެވަޑައިގެންނެވި | ރައީސް އޮފީސް

ހދ. ވައިކަރަދޫގެ ގިނަ މަޝްރޫއުތަކެއް ހުއްޓި، ނިމިފައިވާ ބައެއް މަޝްރޫއުތަކުގެ އިމާރާތްތައް ބޭނުންނުކޮށް ހުރުމުގެ ސަބަބުން ވީރާނާވަމުންދާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު ވިދާޅުވެއްޖެ އެވެ. 

ރާއްޖެޓީވީގެ ވައުދުނާމާ ޕްރޮގްރާމްގައި، މެންބަރު ޒިޔާދު ވަނީ އެ ދާއިރާގެ ރަށްތަކުގައި ސަރުކާރުން ފަށާފައިވާ ގިނަ މަޝްރޫއުތަކެއް ހުއްޓި، ތަރައްގީގެ މަސައްކަތްތައް މަޑުޖެހިފައިވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ. މެންބަރު ޒިޔާދު ފާހަގަކުރެއްވި ގޮތުގައި ވައިކަރަދޫގެ ތަރައްގީގެ ވައުދު ފޮތުގައި އޮތް އެންމެ ބޮޑު އެއް ވައުދު ކަމަށްވާ ސްކޭޓް ޕާކުގެ މަސައްކަތް ވެސް މިހާރު ވަނީ ހުއްޓިފަ އެވެ.

Advertisement - newsAdvertisement

މެންބަރު ޒިޔާދު ވިދާޅުވީ ކައުންސިލް އިންތިޚާބާ ދިމާކޮށް ސްކޭޓް ޕާކު އެޅުމަށް ބިން ކޮނުނު ނަމަވެސް، ފަހުން އެތަނަށް ފަސްއަޅައި މަސައްކަތް ހުއްޓާލާފައިވާ ކަމަށެވެ. އަދި ވޭތުވެދިޔަ ތިން އަހަރު ދުވަހުގެ ތެރޭގައި އެ މަޝްރޫއަށް އެއްވެސް ކުރިއެރުމެއް ލިބިފައި ނުވާކަން އޭނާ ފާހަގަކުރެއްވި އެވެ.

މީގެ އިތުރުން ސްކޫލްގެ 12 ކްލާސްރޫމް އެޅުމުގެ މަސައްކަތް ވެސް ހުއްޓިފައި އޮތުމަށްފަހު މިހާރު ފެނަކައާ ހަވާލުކޮށްގެން ކުރިއަށް ގެންދިޔަ ނަމަވެސް، މިއަހަރުގެ ޖަނަވަރީ މަހު ކިޔަވައިދޭން ފެށުމަށް ވީ ވައުދު ސަރުކާރުން ފުއްދައިދީފައިނުވާ ކަމަށް ވިދާޅުވި އެވެ.

މީގެއިތުރުން ކުޅިވަރު ދަނޑާއި ޒުވާނުންގެ މަރުކަޒުގެ ހާލަތަށް އިޝާރާތް ކުރައްވައި މެންބަރު ޒިޔާދު ވިދާޅުވީ، ދަނޑުގައި ޓާފް އެޅުމަށްފަހު އިތުރު މަސައްކަތެއް ނުކުރެވި އޮތް ނަމަވެސް، ދާދި ފަހުން ބައްތި ޖެހުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ. ނަމަވެސް ޒުވާނުންގެ މަރުކަޒުގެ މަސައްކަތް ނިމި، އިމާރާތް ހިޔާކޮށް ސިމެންތި ޖަހާފައި ހުރި ނަމަވެސް، ބޭނުން ނުކޮށް ގިނަ ދުވަސްވުމުގެ ސަބަބުން އެތަން މިހާރު ވީރާނާވަމުންދާ ކަމަށް މެންބަރު ޒިޔާދު ވިދާޅުވި އެވެ.

އެ ހުރިގޮތަށް ހުރެ ވީރާނާވެގެން އެ ދަނީ މިހާރު. އަޅުގަނޑުމެން އެންމެ ފަހުން މިނިސްޓަރާ ސުވާލުކުރީމަ ޖަވާބުދެއްވީ އެހެން ބަޔަކާ ހަވާލުކުރަނީ ކަމަށް
ހުސައިން ޒިޔާދު 

ވައިކަރަދޫގެ އައު އިންޖީނުގެއާ ގުޅޭގޮތުން މެންބަރު ޒިޔާދު ވިދާޅުވީ، ރާނާއި ސިމެންތިޖަހައި ހިޔާކޮށް ނިމިފައި އޮތް ނަމަވެސް، އެތަން މިހާރު އޮތީ ޖަންގައްޔަކަށް ވެފައި ކަމަށެވެ. އަދި އެމްޑީޕީ ސަރުކާރު ނިމުނުއިރު އިންޖީނުގޭގެ އޮފީސް މަސައްކަތް ނިމިފައިވާ ކަމަށާއި، ނަމަވެސް މިހާތަނަށް އެތަން ހުޅުވިފައި ނުވާކަން އޭނާ ފާހަގަކުރެއްވި އެވެ.

މީގެ އިތުރުން ފަތާ ޓްރެކާއި މޫދަށް އެރޭ ސަރަހައްދުގެ މަސައްކަތް ވެސް ބަޖެޓުގައި ހިމެނިފައިވީ ނަމަވެސް އަމަލީ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާ ކަމަށް ވިދާޅުވި އެވެ.

މެންބަރު ޒިޔާދު ވިދާޅުވީ، ކުރީ ސަރުކާރުގައި ފެށި މަޝްރޫއުތަކުގެ ތެރެއިން، މިސަރުކާރުގައި ކާމިޔާބު ކަމާއެކު ނިންމާލެވުނީ އޭޓީއެމްގެ މަސައްކަތާއި މަލްޓި ޕާޕަސް ހޯލްގެ މަސައްކަތް ކަމަށެވެ. އަދި ހުއްޓިފައިވާ މަޝްރޫއުތަކާ ގުޅޭގޮތުން ވަޒީރުންނާ ސުވާލުކުރުމުން މަސައްކަތްތައް ހިނގާނެ ކަމަށް ވިދާޅުވި ނަމަވެސް، އަމަލީ ގޮތުން ރަށުން އެކަން ނުފެންނާތީ ރައްޔިތުންގެ ކަންބޮޑުވުން އިންތިހާއަށް އެބައޮތް ކަމަށް އޭނާ ވިދާޅުވި އެވެ.

ހދ. ވައިކަރަދޫހުސެއިން ޒިޔާދު

އެންމެ ހިނގާ

1

ގެއްލިފައިވާ ފުލުސް އޮފިސަރުގެ 7 އަހަރުގެ ދަރިފުޅު: ބައްޕަ އަންނަން މިހާ ލަސްވަނީ ކީއްވެ؟ ބައްޕަ ހޯދަން ބަޔަކު ގޮސްފިތަ؟

2

"ގެއްލުނު 3 މީހުން ދޯނިތެރޭ ތާށިވި ކަމަށް ބެލެވޭ ނަމަވެސް ދޯނި މިހާރު އޮތް ހިސާބަށް ފީނުމަކީ ކުރެވޭނެ ކަމެއް ނޫން"

3

"ސަރުކާރުން ދަނީ ގަސްތުގައި ލޯންޗުތަކަށް ޖެއްސުން ކުރަމުން، ސިފައިންނާއި ފުލުހުން ހަޑިހުތުރު ބަހުން މުއާމަލާތްކުރާއިރު، ވައު އަޅާފައިވަނީ ވެސް އުނދަގޫ ކުރަން"

4

ސިގްނަލްތަކަށް ހުރަސްއަޅައިގެން އިސްރާއީލުގެ ހާމީސް ޑްރޯނަކާއި އެމެރިކާގެ ރީޕަރ ޑްރޯނެއް އެއްވެސް ގެއްލުމެއް ނުދީ އަތުލައިގެންފައިވާ މަންޒަރު އީރާނުން ދައްކާލައިފި

5

މެސީގެ ބައްޕަ މަރުވެއްޖެ

އިތުރަށް ކިޔާލަން

08 މާރިޗު 2026

އެމްބަސީތަކަށް މަހަކު 54 މިލިއަން ޚަރަދު ކުރާއިރު ބަދަލުގައި ކޯއްޗެއްތޯ ލިބެނީ؟ ކުރާ ޚަރަދާ ގާތަށް ވެސް އެބޭފުޅުން މަސައްކަތް ނުކުރޭ: ޒިޔާދު

08 މާރިޗު 2026
އެމްބަސީތަކަށް މަހަކު 54 މިލިއަން ޚަރަދު ކުރާއިރު ބަދަލުގައި ކޯއްޗެއްތޯ ލިބެނީ؟ ކުރާ ޚަރަދާ ގާތަށް ވެސް އެބޭފުޅުން މަސައްކަތް ނުކުރޭ: ޒިޔާދު
24 ފެބުރުއަރީ 2026

5 އަހަރުން 1 ފަހަރު ވޯޓު ލުމަކީ ފަރުދީ ގޮތުންނާއި ރަށަށް ބެލިނަމަވެސް އެންމެ ބޮޑު ގެއްލުމެއް ވާނެ އެއް ކަން: ޒިޔާދު

24 ފެބުރުއަރީ 2026
5 އަހަރުން 1 ފަހަރު ވޯޓު ލުމަކީ ފަރުދީ ގޮތުންނާއި ރަށަށް ބެލިނަމަވެސް އެންމެ ބޮޑު ގެއްލުމެއް ވާނެ އެއް ކަން: ޒިޔާދު
21 ފެބުރުއަރީ 2026

އީސީގެ ރައީސް ޒާހިދު އާއި، ރައީސް މުއިއްޒު ސިއްރު ބައްދަވުންތައް ބާއްވަވާއިރު، ކުރިއަށް އޮތް އެއްވެސް އިންތިޚާބެއް ''ސަހަލު'' ގޮތަކަށް ނުދާނެ: މެންބަރު ޒިޔާދު

21 ފެބުރުއަރީ 2026
އީސީގެ ރައީސް ޒާހިދު އާއި، ރައީސް މުއިއްޒު ސިއްރު ބައްދަވުންތައް ބާއްވަވާއިރު، ކުރިއަށް އޮތް އެއްވެސް އިންތިޚާބެއް ''ސަހަލު'' ގޮތަކަށް ނުދާނެ: މެންބަރު ޒިޔާދު
13 ފެބުރުއަރީ 2026

ރައީސް މުއިއްޒު މިހާރު ވެސް ވަނީ ވެރިކަމުގެ ދެ އަހަރު އެއްވެސް ކަމެއް ނުކުރެވޭ ކަމުގެ ރިކޯޑު ހައްދަވާފައި: މެންބަރު ޒިޔާދު

13 ފެބުރުއަރީ 2026
ރައީސް މުއިއްޒު މިހާރު ވެސް ވަނީ ވެރިކަމުގެ ދެ އަހަރު އެއްވެސް ކަމެއް ނުކުރެވޭ ކަމުގެ ރިކޯޑު ހައްދަވާފައި: މެންބަރު ޒިޔާދު
10 ފެބުރުއަރީ 2026

ދެ އިންތިޚާބު އެއްކޮށްލުމަކީ ރައްޔިތުންނާއި ތަރައްޤީ އާއި ހައްތަހާ ދުރުކުރުން، މިއީ އަތޮޅު ތެރެއަށް ދެވޭ ދެރަ އެއް: ޒިޔާދު

10 ފެބުރުއަރީ 2026
ދެ އިންތިޚާބު އެއްކޮށްލުމަކީ ރައްޔިތުންނާއި ތަރައްޤީ އާއި ހައްތަހާ ދުރުކުރުން، މިއީ އަތޮޅު ތެރެއަށް ދެވޭ ދެރަ އެއް: ޒިޔާދު
10 ޖެނުއަރީ 2026

ރާއްޖޭގައި މިހާތަނަށް އެޅި ހުރިހާ ފްލެޓެއް ދޫކުރުމުގައި އެންމެ އިސްދައުރެއް އަދާކުރީ ރައީސް މުއިއްޒު، އިންސާފުވެރި ނޫން ކަަމަށް ރައްޔިތުން ބުނޭ: މެންބަރު ޒިޔާދު

10 ޖެނުއަރީ 2026
ރާއްޖޭގައި މިހާތަނަށް އެޅި ހުރިހާ ފްލެޓެއް ދޫކުރުމުގައި އެންމެ އިސްދައުރެއް އަދާކުރީ ރައީސް މުއިއްޒު، އިންސާފުވެރި ނޫން ކަަމަށް ރައްޔިތުން ބުނޭ: މެންބަރު ޒިޔާދު
20 ނޮވެމްބަރު 2025

ރައީސް މުއިއްޒު މިހާތަނަށް ވެވަޑައިގެންނެވި ވައުދުތަކުގެ ޖުމްލަ އަދަދު އެމަނިކުފާނަށް ވެސް އެނގިވަޑައި ނުގަންނަވާނެ: މެންބަރު ޒިޔާދު

20 ނޮވެމްބަރު 2025
ރައީސް މުއިއްޒު މިހާތަނަށް ވެވަޑައިގެންނެވި ވައުދުތަކުގެ ޖުމްލަ އަދަދު އެމަނިކުފާނަށް ވެސް އެނގިވަޑައި ނުގަންނަވާނެ: މެންބަރު ޒިޔާދު
16 ނޮވެމްބަރު 2025

މައުނަވީ ތަރައްގީގެ ބަޖެޓާ އެކު އެއްވެސް ކަމެއް ނުވޭ، އަންނަ އަހަރުގެ ބަޖެޓަކީ ވެސް ރައްޔިތުންގެ ބޯކާލާ ބަޖެޓެއް: މެމްބަރު ޒިޔާދު

16 ނޮވެމްބަރު 2025
މައުނަވީ ތަރައްގީގެ ބަޖެޓާ އެކު އެއްވެސް ކަމެއް ނުވޭ، އަންނަ އަހަރުގެ ބަޖެޓަކީ ވެސް ރައްޔިތުންގެ ބޯކާލާ ބަޖެޓެއް: މެމްބަރު ޒިޔާދު
05 ނޮވެމްބަރު 2025

ރާއްޖޭގެ ދެ ދޮރާށިން ނޭނގި ކޮންޓެއިނަރު ތަކާއި ޑޮލަރު ގެންދާއިރު، މިޔަރުގެ މަސްވެރިކަން މޮނިޓަރ ކުރެވޭނެ ކަމާމެދު ސުވާލު އުފެދޭ: މެންބަރު ޒިޔާދު

05 ނޮވެމްބަރު 2025
ރާއްޖޭގެ ދެ ދޮރާށިން ނޭނގި ކޮންޓެއިނަރު ތަކާއި ޑޮލަރު ގެންދާއިރު، މިޔަރުގެ މަސްވެރިކަން މޮނިޓަރ ކުރެވޭނެ ކަމާމެދު ސުވާލު އުފެދޭ: މެންބަރު ޒިޔާދު
03 ނޮވެމްބަރު 2025

މަޝްރޫޢުތައް ނުނިންމާ ބެހެއްޓުމަކީ ރައީސް މުއިއްޒުގެ ތޮބީއަތުގައި ހުރި ކަމެއް: ޒިޔާދު

03 ނޮވެމްބަރު 2025
މަޝްރޫޢުތައް ނުނިންމާ ބެހެއްޓުމަކީ ރައީސް މުއިއްޒުގެ ތޮބީއަތުގައި ހުރި ކަމެއް: ޒިޔާދު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް