Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އިލެކްޝަން ކޮމިޝަން

އީސީގެ ރައީސް ޒާހިދު އާއި، ރައީސް މުއިއްޒު ސިއްރު ބައްދަވުންތައް ބާއްވަވާއިރު، ކުރިއަށް އޮތް އެއްވެސް އިންތިޚާބެއް ''ސަހަލު'' ގޮތަކަށް ނުދާނެ: މެންބަރު ޒިޔާދު

މެންބަރު ޒިޔާދު ވިދާޅުވީ ރެފަރެންޑަމް ވޯޓާ ގުޅޭގޮތުން ރަނގަޅު މައުލޫމާތު ރައްޔިތުންނަށް ފޯރުކޮށް ނުދޭ ކަމަށާއި، ރައްޔިތުން ގާތުގައި އަހާ ސުވާލު ވެސް ސާފުކޮށް ނުދޭ ކަމަށް. އަދި ރެފަރެންޑަމް ވޯޓާ ގުޅޭގޮތުން ގިނަ މައުލޫމާތުތައް ރައްޔިތުންނަށް ފޯރުކޮށްދޭން ބޭނުންވާ ކަމަށާއި، ނަމަވެސް މަޖިލީހުގެ ތަޅުމުގައި ވެސް ވާހަކަ ދެއްކުމުގެ ފުރުސަތު ނުލިބޭ ކަމަށް އޭނާ ވިދާޅުވި.

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 21 ފެބުރުއަރީ 2026 | ހޮނިހިރު 08:20
އެމްޑީޕީން ބޭއްވި މަގުމަތީގައި ހަރަކާތެއްގައި ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު ރާއްޖެޓީވީއަށް އިންޓަވިއު ދެއްވަނީ.

އެމްޑީޕީން ބޭއްވި މަގުމަތީގައި ހަރަކާތެއްގައި ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު ރާއްޖެޓީވީއަށް އިންޓަވިއު ދެއްވަނީ. | ރާއްޖެއެމްވީ

އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ރައީސް މުހައްމަދު ޒާހިދު އާއި، ރައީސް ޑރ.މުހައްމަދު މުއިއްޒު ސިއްރު ބައްދަވުންތައް ބާއްވަވާއިރު، ކުރިއަށް އޮތް އެއްވެސް އިންތިޚާބެއް ''ސަހަލު'' ގޮތަކަށް ނުދާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ވައިކަރަދޫ ދާއިރާގެ މެމްބަރު ހުސެއިން ޒިޔާދު ވިދާޅުވެއްޖެ އެވެ.

ބުރާސްފަތި ދުވަހުގެ ރޭ އެމްޑީޕީން ބޭއްވި ގައުމީ މަޖިލީހުގެ ބައްދަލުވުމުގައި މެންބަރު ޒިޔާދު ވަނީ ރައްޔިތުންގެ މަޖިލީހުގެ ދައުރު ކުރުކޮށް، ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބު އެއްކޮށް ބޭއްވުމާ ގުޅޭގޮތުން ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް ސަރުކާރުން އަމަލު ކުރާ ގޮތަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފަ އެވެ. 

Advertisement - newsAdvertisement

މެންބަރު ޒިޔާދު ވިދާޅުވީ މިކަމާއި ގުޅޭގޮތުން ރަނގަޅު މައުލޫމާތު ރައްޔިތުންނަށް ފޯރުކޮށް ނުދޭ ކަމަށާއި، ރައްޔިތުން ގާތުގައި އަހާ ސުވާލު ވެސް ސާފުކޮށް ނުދޭ ކަމަށެވެ. އަދި ރެފަރެންޑަމް ވޯޓާ ގުޅޭގޮތުން ގިނަ މައުލޫމާތުތައް ރައްޔިތުންނަށް ފޯރުކޮށްދޭން ބޭނުންވާ ކަމަށާއި، ނަމަވެސް މަޖިލީހުގެ ތަޅުމުގައި ވެސް ވާހަކަ ދެއްކުމުގެ ފުރުސަތު ނުލިބޭ ކަމަށް މެންބަރު ޒިޔާދު ވިދާޅުވި އެވެ. އަދި ވިދާޅުވީ މިއަދު ސަރުކާރުން މީޑިއާތަކަށް ފައިސާ ދެމުންދާތީ މީޑިއާތަކުން ވެސް ވާނުވާ ރައްޔިތުންނަށް އޮޅުންފިލުވައި ނުދޭ ކަމަށެވެ.

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބާއެކު ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެއް ތާރީހެއްގައި ބޭއްވުމާ މެދު ގޮތެއް ނިންމަން ނަގާ ވޯޓުގައި އެކަމަށް ނޫނެކޭ ބުނަންޖެހޭކަން ފާހަގަކުރައްވައި މެންބަރު ޒިޔާދު ވިދާޅުވީ، އީސީގެ ރައީސް ޒާހިދު، ރައީސް މުއިއްޒާއެކު ސިއްރު ބައްދަލުވުންތައް ބާއްވަވާއިރު ކުރިއަށް އޮތް އެއްވެސް އިންތިޚާބެއް ސަހަލު ގޮތަކަށް ނުދާނެ ކަމަށާއި، ރައްޔިތުން އެވަރު ވިސްނަން ޖެހޭ ކަމަށެވެ. 

ފުރަތަމަ ކަމަކަށް ސުވާލު. އެސުވާލެއް ކަމަށް މިހާރު ލަފާކުރެވެނީ ރައީސުލްޖުމްހޫރިއްޔާ އެގެނައި ގާނޫނު އަސާސީ އެ ގެނައި ބަދަލުތައް ތަސްތީގު ކުރަން ފެނޭތޯ ނުވަތަ ނޫން ތޯ އަހާފާނެ ރައްޔިތުން ކައިރި. އަނެހެން އޭގެޒާތުގައި އެއްވެސް މައްސަލައެއް ނޫން. މިގޮތަށް މިހާރު ސުވާލު ކުރާ ގޮތަށް ވިސްނުން ހުރީ. ޕީއެންސީއަށް ނިސްބަތްވާ މަޖިލިސް މެންބަރުން އެހެން ވާހަކަ ވެސް ދައްކަވަނީ. ރައްޔިތުންނާ ކުރިމަތިކުރުވާ ސުވާލަކީ ގާނޫނު އަސާސީއަށް ގެނައި އިސްލާހަށް ތާއީދު ކުރާނަންތޯ ނޫންތޯ. ސުވާލުގައި މާ ބޮޑު މައްސަލައެއް ނެތް. އެހެންނަމަވެސް އޭގެން ނުކުންނަ ނަތީޖާ ބުނެދޭން މިޖެހެނީ އެމްޑީޕީއަށް. އެ ތަސްތީގު ކުރަން ފެނޭތޯ އާއެކޭ ބުނެފިއްޔާ އޭގެން އެ ގެއްލެނީ ރައްޔިތުންނަށް ބަސްބުނުމުގެ ފުރުސަތު އަދި މިހާރު ރަށްރަށުގައި ހިނގާ ތަރައްގީގެ މަޝްރޫއުތައް ހުއްޓިގެން އެދަނީ އޭގެ ނަތީޖާއާ ހަމައިން. މިމައުލޫމާތު ކަރުދާސް އޮންނަން ޖެހޭނެ ފާސް ކުރެވިފައި. މިމައުލޫމާތު ކަރުދާހެއް ނެތް. މިބުނާ ސުވާލެއް ވެސް ނެތް. މިހާރު މިއޮތީ އިލެކްޝަން ކޮމިޝަނާއި ރައީސުލްޖުމްހޫރިއްޔާގެ އެކަހެރި ބައްދަލުވުމުން މިކަން ނިންމާލާފައި.
ރައްޔިތުންގެ މަޖިލީހުގެ ވައިކަރަދޫ ދާއިރާގެ މެމްބަރު ހުސެއިން ޒިޔާދު

މެންބަރު ޒިޔާދު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ދައުރު ކުރުކޮށް، ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބު އެއްކޮށް ބޭއްވުމާ ގުޅޭގޮތުން ފެންނަ ނުފެންނަ ވޯޓު ކައުންސިލް އިންތިޚާބުގައި ނެގުމަށް ސަރުކާރުން މަސައްކަތް ކުރަމުންދަނީ މުޅިން އެހެން މަގުސަދެއްގައި ކަމަށެވެ.

މިކަމުގެ ސަބަބުން ރައްޔިތުންނަށް ކުރިމަތިވާނެ ނުރައްކަލާއި، ގެއްލުންތައް ރައްޔިތުންނަށް ހާމަ ކޮށްދޭން ޖެހޭ ކަމަށާއި، މިކަން ވިޔަނުދިނުމަށް އެމްޑީޕީން ކުރަންޖެހޭ ހުރިހާ މަސައްކަތެއް ކުރާނެ ކަމަށް މެންބަރު ޒިޔާދު ވިދާޅުވި އެވެ.

ހުސެއިން ޒިޔާދުއިލެކްޝަންސް ކޮމިޝަންއެމްޑީޕީރައީސް ޑރ.މުހައްމަދު މުއިއްޒު

ކޮމެންޓް

އިތުރަށް ކިޔާލަން

އިންތިޚާބު އެއްކޮށްލުމަކީ 2028 ނުފޫޒާއި ބާރުގެ ތެރެއިން ހޯދުމަށް ކުރަމުންދާ މަސައްކަތްތަކެއް: ޝަމްހީދު

އިންތިޚާބު އެއްކޮށްލުމަކީ 2028 ނުފޫޒާއި ބާރުގެ ތެރެއިން ހޯދުމަށް ކުރަމުންދާ މަސައްކަތްތަކެއް: ޝަމްހީދު

20 ފެބުރުއަރީ 2026
އެމްޑީޕީގެ ކެމްޕެއިން ޓީމަށް ބާރަށުން ހޫނު މަރުހަބާއެއް ކިޔައިފި

އެމްޑީޕީގެ ކެމްޕެއިން ޓީމަށް ބާރަށުން ހޫނު މަރުހަބާއެއް ކިޔައިފި

20 ފެބުރުއަރީ 2026
ލޯކަލް ކައުންސިލް އިންތިހާބު ކެމްޕޭނަށް އެމްޑީޕީގެ ރައީސް ހއ. އަތޮޅަށް ވަޑައިގެންފި

ލޯކަލް ކައުންސިލް އިންތިހާބު ކެމްޕޭނަށް އެމްޑީޕީގެ ރައީސް ހއ. އަތޮޅަށް ވަޑައިގެންފި

20 ފެބުރުއަރީ 2026
މިސަރުކާރުގައި ރައްޔިތުންނަށް ދަތިވެ، މިއަދު ބޭހެއް، ގޭހެއް އަދި ލޭ ވެސް ނުލިބޭ: މެންބަރު ނާޒިލް

މިސަރުކާރުގައި ރައްޔިތުންނަށް ދަތިވެ، މިއަދު ބޭހެއް، ގޭހެއް އަދި ލޭ ވެސް ނުލިބޭ: މެންބަރު ނާޒިލް

20 ފެބުރުއަރީ 2026
ރައީސް މައުމޫނުގެ ތިރީސް އަހަރުގައި ނުގެއްލޭވަރުގެ ޙައްޤު މި ދެ އަހަރުގެ ތެރޭގައި ރައީސް މުއިއްޒު ނިގުޅައިގެންފި: މައުރޫފް

ރައީސް މައުމޫނުގެ ތިރީސް އަހަރުގައި ނުގެއްލޭވަރުގެ ޙައްޤު މި ދެ އަހަރުގެ ތެރޭގައި ރައީސް މުއިއްޒު ނިގުޅައިގެންފި: މައުރޫފް

20 ފެބުރުއަރީ 2026

އަހަރުތަކުން މިއަދު

25 އެޕްރީލު
މެލޭޝިއާގައި ތިބި ކިޔަވާކުދިން ރައީސް މުއިއްޒާއި ބައްދަލުނުކުރަން ނިންމައިފި
20251 އަހަރު ކުރިން
ރާއްޖެ

މެލޭޝިއާގައި ތިބި ކިޔަވާކުދިން ރައީސް މުއިއްޒާއި ބައްދަލުނުކުރަން ނިންމައިފި

ސާބިތުކަމުގެ އާދަޔާ ޚިލާފު ބާރު، ޢިމާދުގެ ފޭލިގެއިން!
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ސާބިތުކަމުގެ އާދަޔާ ޚިލާފު ބާރު، ޢިމާދުގެ ފޭލިގެއިން!

މެސީ އަނެއްކާ ވެސް ބާސެލޯނާގައި!
20233 އަހަރު ކުރިން
ކުޅިވަރު

މެސީ އަނެއްކާ ވެސް ބާސެލޯނާގައި!

100،000 ޑޮލަރު ޑިޕޮސިޓްކޮށްގެން، 10 އަހަރަށް ލަންކާގައި އުޅުމުގެ ވިސާ ދެނީ
20224 އަހަރު ކުރިން
ދުނިޔެ

100،000 ޑޮލަރު ޑިޕޮސިޓްކޮށްގެން، 10 އަހަރަށް ލަންކާގައި އުޅުމުގެ ވިސާ ދެނީ

ސައުދީން އިންޑިއާއަށް އޮކްސިޖަން ފޯރުކޮށްދީފި
20215 އަހަރު ކުރިން
ދުނިޔެ

ސައުދީން އިންޑިއާއަށް އޮކްސިޖަން ފޯރުކޮށްދީފި

ލަންކާ އަށް ދިން ޓެރަރިސްޓް ހަމަލާ: އެންމެ ފަސް
20197 އަހަރު ކުރިން
ދުނިޔެ

ލަންކާ އަށް ދިން ޓެރަރިސްޓް ހަމަލާ: އެންމެ ފަސް

ތިން ކުދިން ގެބެމުން ދިޔަ މަންޒަރު ހަސަންގެ އިޝާރާތުން!
20188 އަހަރު ކުރިން
ރިޕޯޓު

ތިން ކުދިން ގެބެމުން ދިޔަ މަންޒަރު ހަސަންގެ އިޝާރާތުން!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު