Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ރިޔާސީ ވައުދު

ރައީސް މުއިއްޒު މިހާތަނަށް ވެވަޑައިގެންނެވި ވައުދުތަކުގެ ޖުމްލަ އަދަދު އެމަނިކުފާނަށް ވެސް އެނގިވަޑައި ނުގަންނަވާނެ: މެންބަރު ޒިޔާދު

ރައީސް މުއިއްޒުގެ ވައުދުތަކުގެ ޖުމްލަ އަދަދު އެނގޭ އެއްވެސް ދިވެހި ރައްޔިތެއް މިހާރު ނުހުންނާނެ

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 20 ނޮވެމްބަރު 2025 | ބުރާސްފަތި 10:14
ރާއްޖެޓީވީގެ ޕްރޮގްރާމެއްގައި ރައްޔިތުންގެ މަޖިލީހުގެ ވައިކަރަދޫ ދާއިރާގެ މެމްބަރު ހުސައިން ޒިޔާދު ވާހަކަ ދައްކަވަނީ

ރާއްޖެޓީވީގެ ޕްރޮގްރާމެއްގައި ރައްޔިތުންގެ މަޖިލީހުގެ ވައިކަރަދޫ ދާއިރާގެ މެމްބަރު ހުސައިން ޒިޔާދު ވާހަކަ ދައްކަވަނީ

ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު މިހާތަނަށް ވެވަޑައިގެންނެވި ވައުދުތަކުގެ ޖުމްލަ އަދަދު އެމަނިކުފާނަށް ވެސް އެނގިވަޑައިނުގަންނަވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ވައިކަރަދޫ ދާއިރާގެ މެމްބަރު ހުސައިން ޒިޔާދު ވިދާޅުވެއްޖެ އެވެ.

ރާއްޖެޓީވީގެ ޓީވީޓޯކް ޕްރޮގްރާމްގައި މެންބަރު ޒިޔާދު ވިދާޅުވީ ރައީސް މުއިއްޒު ރިޔާސީ އިންތިޚާބުގެ ކެންޕޭން ތެރޭގައި ވެވަޑައިގެންނެވި ވައުދު ތަކާ ގުޅޭ ފޮތެއް ޗާޕު ކުރައްވައި ނެރުއްވި ކަމަށެވެ. އޭގެފަހުން މިހާތަނަށް ވެސް އެ ފޮތުގައި ހިމެނޭ ވައުދުތަކަށް ވުރެ ގިނަ ވައުދުތައް ވެވަޑައިގެންފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

Advertisement - newsAdvertisement

މެންބަރު ޒިޔާދު ވިދާޅުވީ ރައީސް މުއިއްޒުގެ ވައުދުތަކުގެ ޖުމްލަ އަދަދު އެނގޭ އެއްވެސް ދިވެހި ރައްޔިތެއް މިހާރު ނުހުންނާނެ ކަމަށެވެ.

ރަށެއްގައި ކުރަން ޖެހޭ އުމްރާނީ މަސައްކަތް ތަކަށްވުރެ ރަށަކަށް ވަޑައިގަންނަވައި، އެރަށުގެ ކައުންސިލްއާ ރައްޔިތުންނާ ބައްދަލުކުރައްވައި ފޮޓޯ ނެންގެވުން ފަސޭހަކަން ފާހަގަކުރައްވައި މެންބަރު ޒިޔާދު ވިދާޅުވީ ރައީސް މުއިއްޒު އެ މަސައްކަތް ވަރަށް ރަނގަޅަށް ކުރައްވާ ކަމަށާއި، އެކަމުގައި ނަތީޖާ ފެންނަ ކަމަށެވެ. މި ސަރުކާރުގެ ދެ އަހަރުގެ ތެރޭގައި އެމަނިކުފާނު ކުރެއްވި މަސައްކަތްތަކީ ރަށްރަށަށް ދަތުރު ކުރެއްވުން ކަމަށް މެންބަރު ޒިޔާދު ވިދާޅުވި އެވެ.

އަނެއްކާ މިދަތުރު ކުރައްވަނީ އެވައުދުތައް ފުއްދަން. ދެން ހަދަން ޖެހެނީ ކިހިނެތްތޯ ބަލަން. ދަތުރުކޮށް ނިންމާފައި ދެން އައިސްފައި މި ވިދާޅުވަނީ މާލެ އަރާފައި ތިމަންނާމެން ކުރާނީ މައުނަވީ ގޮތުންނޭ. ތިމަންނާ ކުރާނީ ބޮޑު ސިންގާ ޕްލޭނެއް 20 އަހަރުގެ ތަރައްގީ ހަދާފައޭ. މަސައްކަތް ފަށާނީ. އެއީ ވެރިކަމަށް ވަޑައިގެންފައި ވިދާޅުވި. މިހާރު އެ ޕްލޭން ހަދަން ބަޔަކަށް ދީގެން އެ އުޅެނީ. ދެ އަހަރުވީއޭ. ހަމަ ހުސް ދަތުރަށް ދިޔައީ. ރައްޔިތުންނަށް މިލިބޭ ލުއިކަމަކީ ރައީސުލްޖުމްހޫރިއްޔާ ކައިރިން ފެނުނީމަ އެކަން އެނގިވަޑައިގަތީމަ ރައީސުލްޖުމްހޫރިއްޔާ މި ހަދާ އެއްޗަކީ ކޮންމެ ރަށަކަށް ވެސް ދަނީ. ދެން ކަމެއް ނުވޭ. އެކަމަކު ރައީސް އައު ވަދެއްވީމަ އަނެއްކާ ވެސް އުންމީދުގައިތާ ރައްޔިތުން ތިބޭނީ. އަބަދު ވެސް. ވައުދުވުން މި ދެ އަހަރު ވެސް މިދިޔައީ. އެންމެ ފަހުން މި ނިންމާލި ކަމަށް ވަނީ އަދި މާލޭގެ ރައްޔިތުންނާ ވަކިން ބައްދަލުވެ ނިމިގެން ކަމަށް ވަނީ ނިމޭނީ. އެހިސާބުން އެނގޭނީ ޖުމްލަ ވައުދު ހުރި ވަރެއް
ރައްޔިތުންގެ މަޖިލީހުގެ ވައިކަރަދޫ ދާއިރާގެ މެމްބަރު ހުސައިން ޒިޔާދު

މެންބަރު ޒިޔާދު ވިދާޅުވީ ރައްޔިތުންނާ ބައްދަލު ކުރައްވައި ތަކުރާރުކޮށް ވައުދުވެވަޑައިގެން ރައީސް މުއިއްޒު ނަތީޖާ ދައްކަވާ ކަމަށެވެ. އަދި އޭ ރިޕޯޓާއި ޔޫ ރިޕޯޓަކީ ވެސް ނަތީޖާ އެއް ކަމަށާއި، ގޮތް ނިންމާނީ ރައްޔިތުން ކަމަށް އޭނާ ވިދާޅުވި އެވެ.

ޑރ. މުހައްމަދު މުއިއްޒުހުސެއިން ޒިޔާދުރިޔާސީ ވައުދުތައް

ކޮމެންޓް

އިތުރަށް ކިޔާލަން

މިސަރުކާރުގެ ދޮގާއި މަކަރުގެ ސްކޭމް ގައި ތިން ވަނަ ފަހަރަށް ރައްޔިތުން ޖެއްސުމަށް ދަނީ މަސައްކަތް ކުރަމުން: މެންބަރު އަހުމަދު ދީދީ

މިސަރުކާރުގެ ދޮގާއި މަކަރުގެ ސްކޭމް ގައި ތިން ވަނަ ފަހަރަށް ރައްޔިތުން ޖެއްސުމަށް ދަނީ މަސައްކަތް ކުރަމުން: މެންބަރު އަހުމަދު ދީދީ

11 ޑިސެމްބަރު 2025
ވައުދުތައް ނުފުއްދާތީ މަސްވެރިން އިހުތިޖާޖަށް، ރައީސް ވިދާޅުވަނީ އެންމެ ބޮޑު އަމާޒަކީ މަސްވެރި އާއިލާތަކަށް ލިބޭ އާމުދަނީ އިތުރު ކުރުން ކަމަށް!

ވައުދުތައް ނުފުއްދާތީ މަސްވެރިން އިހުތިޖާޖަށް، ރައީސް ވިދާޅުވަނީ އެންމެ ބޮޑު އަމާޒަކީ މަސްވެރި އާއިލާތަކަށް ލިބޭ އާމުދަނީ އިތުރު ކުރުން ކަމަށް!

10 ޑިސެމްބަރު 2025
މިސަރުކާރު ގައި ރައްޔިތުންނަށް އަބަދުވެސް ލިބެނީ ''އައު މުހުލަތު''، އެ ނޫން އެއްޗެއް ނުލިބޭނެ: މެންބަރު މީކާއީލް

މިސަރުކާރު ގައި ރައްޔިތުންނަށް އަބަދުވެސް ލިބެނީ ''އައު މުހުލަތު''، އެ ނޫން އެއްޗެއް ނުލިބޭނެ: މެންބަރު މީކާއީލް

10 ޑިސެމްބަރު 2025
މިއީ ބަހާނާ ދައްކާ ސަރުކާރެއް، ހަދާ ދޮގުތައް ހާމަވެ، ކުރިއަށް އޮތްތަނުގައި ވަރަށް ގިނަ ބޮނޑި ބޯނެ: ވ.ތިނަދޫ ކައުންސިލްގެ ރައީސް

މިއީ ބަހާނާ ދައްކާ ސަރުކާރެއް، ހަދާ ދޮގުތައް ހާމަވެ، ކުރިއަށް އޮތްތަނުގައި ވަރަށް ގިނަ ބޮނޑި ބޯނެ: ވ.ތިނަދޫ ކައުންސިލްގެ ރައީސް

07 ޑިސެމްބަރު 2025
އެންމެ ބައްދަލުވުމެއް! ފެނުނީ ރައްޔިތުން ގެ އުދާހާއި މާޔޫސްކަން!

އެންމެ ބައްދަލުވުމެއް! ފެނުނީ ރައްޔިތުން ގެ އުދާހާއި މާޔޫސްކަން!

06 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

20 ޖޫން
އިސްރާއީލުން އަވަހާރަ ކޮށްލި ކަމަށް ބުނި އީރާނުގެ ލީޑަރުގެ މުޝީރު ދުނިޔޭގައި އެބަ ހުންނެވި!
20251 އަހަރު ކުރިން
ދުނިޔެ

އިސްރާއީލުން އަވަހާރަ ކޮށްލި ކަމަށް ބުނި އީރާނުގެ ލީޑަރުގެ މުޝީރު ދުނިޔޭގައި އެބަ ހުންނެވި!

އީދު މިސްކިތުން މި މަހު އެކަނި 10 ފަންކާ ވަގަށް ނަގައިފި
20242 އަހަރު ކުރިން
ރާއްޖެ

އީދު މިސްކިތުން މި މަހު އެކަނި 10 ފަންކާ ވަގަށް ނަގައިފި

މާދަމާގެ ޖަލްސާއަކީ އިދިކޮޅުން އެދިގެން ކަމެއް ހާސިލްކުރަން ބާއްވާ ޖަލްސާއެއް - އަސްލަމް
20233 އަހަރު ކުރިން
ރާއްޖެ

މާދަމާގެ ޖަލްސާއަކީ އިދިކޮޅުން އެދިގެން ކަމެއް ހާސިލްކުރަން ބާއްވާ ޖަލްސާއެއް - އަސްލަމް

ޔޯގާ ހަރަކާތުގެ ހަމަނުޖެހުމުގައި ސިޔާސީ ޕާޓީއެއްގެ ބައިވެރިވުން އޮތްނަމަ ފިޔަވަޅުއަޅާނަން: އީސީ
20224 އަހަރު ކުރިން
ރާއްޖެ

ޔޯގާ ހަރަކާތުގެ ހަމަނުޖެހުމުގައި ސިޔާސީ ޕާޓީއެއްގެ ބައިވެރިވުން އޮތްނަމަ ފިޔަވަޅުއަޅާނަން: އީސީ

ރައީސް ސާލިހުގެ ކޮއްކޯފުޅު އަހުމަދު މުހައްމަދު ސާލިހު އަވަހާރަވެއްޖެ
20215 އަހަރު ކުރިން
ރާއްޖެ

ރައީސް ސާލިހުގެ ކޮއްކޯފުޅު އަހުމަދު މުހައްމަދު ސާލިހު އަވަހާރަވެއްޖެ

ޝޯ ފެށުމުގެ ކުރިން ޑާންސް އިންޑިއާ ޑާންސްގެ ހޯސްޓް ޝޯއިން ވަކިވެއްޖެ
20197 އަހަރު ކުރިން
ރާއްޖެ

ޝޯ ފެށުމުގެ ކުރިން ޑާންސް އިންޑިއާ ޑާންސްގެ ހޯސްޓް ޝޯއިން ވަކިވެއްޖެ

މަހެއް ފަހުން އަދީބަށް ދިން އާއިލީ ބައްދަލުވުން: ބިއްލޫރި ދޮރެއްގެ ބިއްދޮށުން ފޯނުގެ އަތްގަނޑުން!
20188 އަހަރު ކުރިން
ރާއްޖެ

މަހެއް ފަހުން އަދީބަށް ދިން އާއިލީ ބައްދަލުވުން: ބިއްލޫރި ދޮރެއްގެ ބިއްދޮށުން ފޯނުގެ އަތްގަނޑުން!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު