Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއެމެރިކާ ޤައުމީ ޓީމު

2030 ވަނަ އަހަރުގެ ވޯލްޑް ކަޕްއާ ހަމައަށް، އެމެރިކާގެ އެއްބަސްވުން ޕޮޗެޓީނޯ އައުކޮށްފި

4 އޯގަސްޓު 2026 | އަންގާރަ 04:21

ޕޮޗެޓީނޯގެ މުސްތަޤުބަލާ މެދު ސުވާލުތަކެއް އުފެދިފައި ވަނިކޮށް، އެމެރިކާާ އިން ވަނީ އޭނާ އަށް އައު އެއްބަސްވުމެއް ހުށަހަޅާފައި. ހޯމަ ދުވަހު ޕޮޗެޓީނޯ އެމެރިކާގެ އެއްބަސްވުން އައުކޮށްފައިވާއިރު، އައު އެއްބަސްވުމުގެ މުއްދަތު ހަމަވާނީ 2030 ވަނަ އަހަރުގެ ވޯލްޑް ކަޕްގެ ނިޔަލަށް

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 4 އޯގަސްޓު 2026 | އަންގާރަ 04:21
އެމެރިކާގެ ކޯޗު މައުރީސިއޯ ޕޮޗެޓީނޯ

އެމެރިކާގެ ކޯޗު މައުރީސިއޯ ޕޮޗެޓީނޯ | ގެޓީ އިމޭޖަސް

އެމެރިކާގެ ޤައުމީ ފުޓުބޯޅަ ޓީމަށް އިރުޝާދު ދެމުން އަންނަ އާާޖެންޓީނާގެ މައުރީސިއޯ ޕޮޗެޓީނޯ، އެ ޓީމުގެ އެއްބަސްވުން އައުކޮށްފި އެވެ. 

އެމެރިކާގެ ކޯޗުކަމާ ޕޮޗެޓީނޯ ހަވާލުވެފައި ވަނީ 2024 ވަނަ އަހަރު އެވެ. އެމެރިކާގެ ކޯޗުކަން އޭނާއާ ހަވާލު ކޮށްފައި ވަނީ 2026 ވަނަ އަހަރުގެ ވޯލްޑް ކަޕްގެ ނިޔަލަށެވެ. އެމެރިކާގައި ކުރިއަށް ދިޔަ މުބާާރާތުގައި އެ ޤައުމަށް ދެވުނީ ގަދަ 16 އާ ހަމަށެވެ. 

ޕޮޗެޓީނޯގެ މުސްތަޤުބަލާ މެދު ސުވާލުތަކެއް އުފެދިފައި ވަނިކޮށް، އެމެރިކާާ އިން ވަނީ އޭނާ އަށް އައު އެއްބަސްވުމެއް ހުށަހަޅައިފަ އެވެ. ހޯމަ ދުވަހު ޕޮޗެޓީނޯ އެމެރިކާގެ އެއްބަސްވުން އައުކޮށްފައިވާއިރު، އައު އެއްބަސްވުމުގެ މުއްދަތު ހަމަވާނީ 2030 ވަނަ އަހަރުގެ ވޯލްޑް ކަޕްގެ ނިޔަލަށެވެ. 

އެމެރިކާގެ ސޮކާގެ ސީއީއޯ ޖޭޓޯ ބެޓްސަން ނެރުއްވި ބަޔާނެއްގައި ވިދާޅުވީ، ޕޮޗެޓީނޯ އާއި އޭނާގެ ޓީމުގެ މަސައްކަތުން އެމެރިކާގެ ފުޓުބޯޅަ ކުރިއަރާ ކަމަށް ޤަބޫލު ކުރައްވާ ކަމަށެވެ. ޕޮޗެޓީނޯ އަށް ހަވާލުކުރި އައު ޕްރޮޖެކްޓަކީ އެމެރިކާގެ ޤައުމީ ފިރިހެން ޓީމުގެ ކުރިއެރުމާއި، ޓީމުގެ މުސްތަޤުބަލަށް ރަނގަޅު ފައިދާތަކެއް ކުރާނެ ކަމަށް ޤަބޫލު ކުރައްވާ ކަމަށް ވެސް ވިދާޅުވެފައިވެ އެވެ. 

ޕޮޗެޓީނޯގެ އިރުޝާދުގެ ދަށުން މިފަހަރުގެ ވޯލްޑް ކަޕްގެ ގުރޫޕު ސްޓޭޖުގައި އެމެރިކާ އިން ވަނީ ޕެރަގުއޭ އާއި އޮސްޓްރޭލިއާ ބަލިކޮށްފައި އެވެ. ފަހު މެޗުގައި ތުރުކީ އަތުން ބަލިވިއިރު، ގަދަ 32 ގައި އެމެރިކާ އިން ވަނީ ބޮސްނިއާގެ މައްޗަށް ވެސް ކުރި ހޯދައިފަ އެވެ. ގަދަ 16 ގައި ބެލްޖިއަމް އަތުން ބަލިވެ، އެމެރިކާ މުބާރާތުން ކެޓީ އެވެ. 

އެމެރިކާާގެ އެއްބަސްވުން އައު ކުރުމަށް ފަހު ޕޮޗެޓީނޯ ބުނެފައި ވަނީ، އެމެރިކާގައި މިދިޔަ ދެ އަހަރު ކުރި މަސައްކަތާ މެދު ހިތްހަމަޖެހޭ ކަމަށެވެ. އަދި އެމެރިކާގެ ޓީމު ވަރުގަދަ ކުރުމާ އެކު، ޓީމު ކުރިއެރުވުމަށް ގިނަ ފުރުސަތުތަކެއް އޮތް ކަމަށް އޭނާ ޤަބޫލު ކުރާ ކަމަށް ވެސް ޕޮޗެޓީނޯ ބުންޏެވެ. ޕޮޗެޓީނޯ ބުނީ އެމެރިކާ އާއެކު ކުރިއަށް ދިޔުމަށް އޭނާގެ ޝައުޤުވެރިކަން އޮތް ކަމަށެވެ.

މީގެ ކުރިން ޓޮޓެންހަމް އާއި ޗެލްސީ އަށް ވެސް އިރުޝާދު ދީފައިވާ ޕޮޗެޓީނޯ އަކީ، 2019 ވަނަ އަހަރު ޓޮޓެންހަމް އަށް ޔުއެފާ ޗެމްޕިއަންސް ލީގުގެ ފައިނަލްގެ ޖާގަ ހޯދައިދިން ކޯޗެވެ.

އެމެރިކާގެ ޤައުމީ ފުޓުބޯޅަ ޓީމުމައުރީސިއޯ ޕޮޗެޓީނޯ

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

3

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

4

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

5

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

އިތުރަށް ކިޔާލަން

07 ޖުލައި 2026

ބެލްޖިއަމް އިން އެމެރިކާ ކަޓުވާލައިފި

07 ޖުލައި 2026
ބެލްޖިއަމް އިން އެމެރިކާ ކަޓުވާލައިފި
06 ޖުލައި 2026

ބަލޮގަންގެ ސަސްޕެންޝަން ލުއި ކުރީ އެމެރިކާގެ ނުފޫޒުން، ޓްރަމްޕްގެ ޝުކުރު ފީފާ އަށް

06 ޖުލައި 2026
ބަލޮގަންގެ ސަސްޕެންޝަން ލުއި ކުރީ އެމެރިކާގެ ނުފޫޒުން، ޓްރަމްޕްގެ ޝުކުރު ފީފާ އަށް
02 ޖުލައި 2026

ބޮސްނިއާ ބަލިކޮށް، އެމެރިކާ ވެސް ގަދަ 16 އަށް

02 ޖުލައި 2026
ބޮސްނިއާ ބަލިކޮށް، އެމެރިކާ ވެސް ގަދަ 16 އަށް
20 ޖޫން 2026

އޮސްޓްރޭލިއާ ބަލިކޮށް، އެމެރިކާ އަނެއް ބުރަށް

20 ޖޫން 2026
އޮސްޓްރޭލިއާ ބަލިކޮށް، އެމެރިކާ އަނެއް ބުރަށް
13 ޖޫން 2026

ޕެރަގުއޭ ބަލިކޮށް، އެމެރިކާ އަށް ވަރުގަދަ ފެށުމެއް

13 ޖޫން 2026
ޕެރަގުއޭ ބަލިކޮށް، އެމެރިކާ އަށް ވަރުގަދަ ފެށުމެއް
20 މާރިޗު 2025

ޕޮޗެޓީނޯ ހުރީ އަލުން ޓޮޓެންހަމަށް ދިޔުމުގެ އުންމީދުގައި

20 މާރިޗު 2025
ޕޮޗެޓީނޯ ހުރީ އަލުން ޓޮޓެންހަމަށް ދިޔުމުގެ އުންމީދުގައި
22 މެއި 2024

ޗެލްސީގެ ކޯޗުކަމުން ޕޮޗެޓީނޯ ވަކިވެއްޖެ

22 މެއި 2024
ޗެލްސީގެ ކޯޗުކަމުން ޕޮޗެޓީނޯ ވަކިވެއްޖެ
16 މެއި 2024

ކާމިޔާބު މަސައްކަތެއް ކުރެވޭކަމުގެ އިޙުސާސާއެކު، ޕޮޗެޓީނޯ އަށް ހަމަޖެހުމެއް

16 މެއި 2024
ކާމިޔާބު މަސައްކަތެއް ކުރެވޭކަމުގެ އިޙުސާސާއެކު، ޕޮޗެޓީނޯ އަށް ހަމަޖެހުމެއް
11 މެއި 2024

އަހަރެން ވަކިވިޔަސް ޗެލްސީ އަށް ދުނިޔެ ނުނިމޭނެ: ޕޮޗެޓީނޯ

11 މެއި 2024
އަހަރެން ވަކިވިޔަސް ޗެލްސީ އަށް ދުނިޔެ ނުނިމޭނެ: ޕޮޗެޓީނޯ
06 މެއި 2024

ޕޮޗެޓީނޯ އެދުނީ އެންމެން ވެސް އިތުބާރުކުރުމަށް!

06 މެއި 2024
ޕޮޗެޓީނޯ އެދުނީ އެންމެން ވެސް އިތުބާރުކުރުމަށް!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް