Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ޗެލްސީ

ޗެލްސީގެ ކޯޗުކަމުން ޕޮޗެޓީނޯ ވަކިވެއްޖެ

ޗެލްސީގެ ކޯޗުކަން ދޫކޮށްލަން ޕޮޗެޓީނޯ ނިންމީ ކުލަބުގެ އިސްވެރިންނާއެކު ކުރިއަށް ގެންދިޔަ މަޝްވަރާތަކަށްފަހު

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 22 މެއި 2024 | ބުދަ 02:14
ޗެލްސީ އަށް އިރުޝާދު ދެމުން އައި މައުރީސިއޯ ޕޮޗެޓީނޯ

ޗެލްސީ އަށް އިރުޝާދު ދެމުން އައި މައުރީސިއޯ ޕޮޗެޓީނޯ

ޗެލްސީ އަށް އިރުޝާދު ދެމުން އައި އާޖެންޓީނާގެ މައުރީސިއޯ ޕޮޗެޓީނޯ އެ ކުލަބުގެ ކޯޗުކަމުން ވަކިވެއްޖެ އެވެ.

އުމުރުން 52 އަހަރުގެ ޕޮޗެޓީނޯ ޗެލްސީގެ ކޯޗުކަމާ ހަވާލުވީ މިދިޔަ އަހަރު އެވެ. އެ ކުލަބާއެކު އޭނާ ސޮއި ކުރީ ދެ އަހަރު ދުވަހުގެ އެއްބަސްވުމެއްގަ އެވެ. އެހެން ނަަމަވެސް، ޗެލްސީ އަށް އެންމެ ސީޒަނެއްގައި އިރުޝާދު ދިނުމަށްފަހު، ޕޮޗެޓީނޯ ވަނީ ޗެލްސީ ދޫކޮށްލަން ނިންމައިފަ އެވެ.

ޗެލްސީގެ ކޯޗުކަން ދޫކޮށްލަން ޕޮޗެޓީނޯ ނިންމީ ކުލަބުގެ އިސްވެރިންނާއެކު ކުރިއަށް ގެންދިޔަ މަޝްވަރާތަކަށްފަހު އެވެ. ޕޮޗެޓީނޯ ބުނީ، ޗެލްސީ ކަހަލަ ބޮޑު ކުލަބަކުން ޕްރިމިއާ ލީގުގައި ކުރި ދަތުރުގައި ބައިވެރިވުމަކީ އޭނާ އަށް ލިބުނު އުފަލެއް ކަމަށެވެ. ޗެލްސީގައި ހޭދަކުރި ދުވަސްތަކުގެ ތެރޭގައި ކުލަބުގެ އޯނަރުންނާއި، ސްޕޯޓިން ޑައިރެކްޓަރުގެ ފަރާތުން ލިބުނު އެހީތެރިކަމާއި، އެއްބާރުލުމަށް ޕޮޗެޓީނޯ ވަނީ ޝުކުރު އަދާކޮށްފަ އެވެ.

މީގެ އިތުރުން ޕޮޗެޓީނޯ ބުނީ، ޗެލްސީ މިހާރު އޮތީ ކުރިއަށް އޮތް އަހަރު އިނގިރޭސި ޕްރިމިއާ ލީގު އަދި ޔޫރަޕުގައި ރަނގަޅަށް ވާދަކޮށްލެވޭނެ ޙާލަތުގައި ކަމަށެވެ. ޗެލްސީގައި މި ފާއިތުވި އެއް އަހަރު ދުވަހުގެ ތެރޭގައި ކުރެވުނު މަސައްކަތާމެދު ހިތްހަމަ ޖެހޭ ކަމުގައި ވެސް ޕޮޗެޓީނޯ ބުންޏެވެ.

ޕޮޗެޓީނޯގެ އިރުޝާދުގެ ދަށުން ޗެލްސީން ކުޅެފައި ވަނީ 51 މެޗެވެ. އޭގެ ތެރެއިން އެ ޓީމު މޮޅުވެފައި ވަނީ 26 މެޗުންނެވެ. 14 މެޗަކުން ބަލިވެފައިވާއިރު، 11 މެޗަކުން ވަނީ އެއްވަރުވެފަ އެވެ. މި ސީޒަންގެ ޕްރިމިއާ ލީގު ޗެލްސީން ނިންމާލަން ޖެހުނީ ލީގު ތާވަލްގެ ހަ ވަނައިގަ އެވެ.

ޗެލްސީމައުރީސިއޯ ޕޮޗެޓީނޯ

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

އެޓަލަންޓާ އަތުން ޗެލްސީ ބަލިވެއްޖެ

އެޓަލަންޓާ އަތުން ޗެލްސީ ބަލިވެއްޖެ

10 ޑިސެމްބަރު 2025
ލީޑްސް ޔުނައިޓެޑުން ޗެލްސީ ބަލިކޮށްފި

ލީޑްސް ޔުނައިޓެޑުން ޗެލްސީ ބަލިކޮށްފި

04 ޑިސެމްބަރު 2025
ޗެލްސީ އިން ބާސެލޯނާ ލަދު ގަންނަވާލައިފި

ޗެލްސީ އިން ބާސެލޯނާ ލަދު ގަންނަވާލައިފި

26 ނޮވެމްބަރު 2025
ފަހު ވަގުތު ޗެލްސީ އަތުން ބަލިވެ ލިވަޕޫލް އަށް ޖެހިޖެހިގެން ތިން ވަނަ ބަލި

ފަހު ވަގުތު ޗެލްސީ އަތުން ބަލިވެ ލިވަޕޫލް އަށް ޖެހިޖެހިގެން ތިން ވަނަ ބަލި

05 އޮކްޓޯބަރު 2025
އަމިއްލަ ދަނޑުގައި ބްރައިޓަން އަތުން ޗެލްސީ ބަލިވެއްޖެ

އަމިއްލަ ދަނޑުގައި ބްރައިޓަން އަތުން ޗެލްސީ ބަލިވެއްޖެ

28 ސެޕްޓެމްބަރު 2025

އަހަރުތަކުން މިއަދު

12 މާރިޗު
ސްވީޓް ޕޮޓޭޓޯ ކެސެރޯލް ވިތް މާޝްމެލޯސް
20251 އަހަރު ކުރިން
ލައިފް ސްޓައިލް

ސްވީޓް ޕޮޓޭޓޯ ކެސެރޯލް ވިތް މާޝްމެލޯސް

އަންހެނުންގެ ދުވަސް ނިމި މުއާލާތް ކެނޑުނުއިރުވެސް އެ ވާހަކަދައްކަވަން އެމަނިކުފާނަށް ކެރިވަޑައިނުގަތެވެ.
20242 އަހަރު ކުރިން
ރިޕޯޓު

އަންހެނުންގެ ދުވަސް ނިމި މުއާލާތް ކެނޑުނުއިރުވެސް އެ ވާހަކަދައްކަވަން އެމަނިކުފާނަށް ކެރިވަޑައިނުގަތެވެ.

އިވުނީ މީހެއް ހަޅޭކުގެ އަޑު، ދެން ފެނުނީ ވެއްޓިފައި އޮއްވާ!
20233 އަހަރު ކުރިން
ރިޕޯޓު

އިވުނީ މީހެއް ހަޅޭކުގެ އަޑު، ދެން ފެނުނީ ވެއްޓިފައި އޮއްވާ!

ރާފިލްގެ ފަހު މެސެޖް ''އައްސަލާމް އަލައިކުމް ސަރ، އަޅުގަނޑު ވަރަށް ގަދައަށް ހުން އައިސްގެން މިއުޅެނީ''
20224 އަހަރު ކުރިން
ރިޕޯޓު

ރާފިލްގެ ފަހު މެސެޖް ''އައްސަލާމް އަލައިކުމް ސަރ، އަޅުގަނޑު ވަރަށް ގަދައަށް ހުން އައިސްގެން މިއުޅެނީ''

ކަސްރަތުކޮށް ނިމިގެން ދާއިރު މާސްކް އަޅައިގެން ދިއުމަށް ފުލުހުން އިލްތިމާސްކޮށްފި
20215 އަހަރު ކުރިން
ރާއްޖެ

ކަސްރަތުކޮށް ނިމިގެން ދާއިރު މާސްކް އަޅައިގެން ދިއުމަށް ފުލުހުން އިލްތިމާސްކޮށްފި

ޔާމީންގެ އެއްވެސް ކެންޑިޑޭޓަކަށް ތާއީދެއް ނުކުރާނަން: މިނިސްޓަރު އައިޝާ
20197 އަހަރު ކުރިން
ރާއްޖެ

ޔާމީންގެ އެއްވެސް ކެންޑިޑޭޓަކަށް ތާއީދެއް ނުކުރާނަން: މިނިސްޓަރު އައިޝާ

ޖެނެރަލް ޝިޔާމް މާފަށް އެދި ތައުބާވުމަށް ރުކުމާ ގޮވާލައްވައިފި
20188 އަހަރު ކުރިން
ރާއްޖެ

ޖެނެރަލް ޝިޔާމް މާފަށް އެދި ތައުބާވުމަށް ރުކުމާ ގޮވާލައްވައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު