Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއެމެރިކާ

ޖޯން އޮސޮފް، ޑިމޮކްރެޓިކް ޕާޓީ އިން ބޭނުންވާފަދަ އައު "އޮބާމާ"!

31 ޖުލައި 2026 | ހުކުރު 05:58

އުމުރުން 39 އަހަރުގެ ޔަހޫދީ ނަސްލަތަށް ނިސްބަތްވާ އޮސޮފް އަކީ މިހާރު ޑިމޮކްރެޓިކް ޕާޓީގެ މެންބަރުންގެ މެދުގައި މަޤުބޫލުވަމުން އަންނަ ބޭފުޅަކަށްވާއިރު، އޭނާ އަކީ އަމިއްލަ ސިޔާސީ މަސްލަޙަތަށް ވުރެ ޤައުމީ މަސްލަޙަތު އިސްކުރާ ބޭފުޅެއްގެ ގޮތުގައި ގިނަ ބަޔަކު ޤަބޫލު ކުރޭ

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 31 ޖުލައި 2026 | ހުކުރު 05:58
ޑިމޮކްރެޓިކް ޕާޓީގެ އައު އުންމީދެއްގެ ގޮތުގައި ބެލެވޭ، ޖޯޖިއާ ސްޓޭޓަށް ނިސްބަތްވާ އުމުރުން 35 އަހަރުގެ ޔަހޫދީ ސެނެޓަރު ޖޯން އޮސޮފް

ޑިމޮކްރެޓިކް ޕާޓީގެ އައު އުންމީދެއްގެ ގޮތުގައި ބެލެވޭ، ޖޯޖިއާ ސްޓޭޓަށް ނިސްބަތްވާ އުމުރުން 35 އަހަރުގެ ޔަހޫދީ ސެނެޓަރު ޖޯން އޮސޮފް | ރޮއިޓާސް

އެމެރިކާގެ ކުރީގެ ރައީސް ބަރަކް އޮބާމާ ފަދަ ނުފޫޒު ގަދަ ޝަހުސިއްޔަތެއް ހޯދުމަށް ޑިމޮކްރެޓިކް ޕާޓީ އިން ކުރަމުން އަންނަ މަސައްކަތުގައި، ޖޯޖިއާގެ ސެނެޓަރު ޖޯން އޮސޮފް އަކީ 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި އެ ޕާޓީ އަށް އޮތް އައު އުންމީދެއްގެ ގޮތުގައި ފާހަގަވާން ފަށައިފި އެވެ. 

އުމުރުން 39 އަހަރުގެ ޔަހޫދީ ނަސްލަށް ނިސްބަތްވާ އޮސޮފް އަކީ މިހާރު ޑިމޮކްރެޓިކް ޕާޓީގެ މެންބަރުންގެ މެދުގައި މަޤުބޫލުވަމުން އަންނަ ބޭފުޅަކަށްވާއިރު، އޭނާ އަކީ އަމިއްލަ ސިޔާސީ މަސްލަޙަތަށްވުރެ ޤައުމީ މަސްލަޙަތު އިސްކުރާ ބޭފުޅެއްގެ ގޮތުގައި ގިނަ ބަޔަކު ޤަބޫލު ކުރެ އެވެ. 

އޮސޮފްގެ ސިޔާސީ ބާރުވެރިކަން އިތުރުވަމުންދާ ކަމުގެ އެންމެ ބޮޑު ހެތްކެކީ، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ފާޑުކިޔުންތައް އޭނާ އަށް އަމާޒުވާން ފެށުމެވެ. ޓްރަމްޕް ވަނީ އޮސޮފް އަކީ، ނާކާމިޔާބު އަދި ދަށު ދަރަޖައިގެ ސެނެޓަރެއްގެ ގޮތުގައި ސިފަ ކުރައްވައި، އޭނާ އަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައި އެވެ. 

ނަމަވެސް ސިޔާސީ ތަޖުރިބާާކާރުން ދެކޭ ގޮތުގައި ޓްރަމްޕް މިގޮތަށް ހަމަލާ ދެއްވަނީ އޮސޮފްގެ ފަރާތުން ކުރިމަތި ވެދާނެ ނުރައްކަލެއް އިޙުސާސް ކުރެއްވޭތީ އެވެ. ޚާއްސަކޮށް މިދިޔަ ހަފުތާގައި ކޮންގްރެސްގައި ބޭއްވި އަޑުއެހުމެއްގައި، ޑިފެންސް ސެކްރެޓަރީ ޕީޓް ހެގްސެތުއާ އީރާާން ހަނގުރާމައާ ގުޅޭ ގޮތުން ކުރިމަތިލައްވައި އޮސޮފް ދެއްކެވި ހުނަރުވެރި ކަމުން ގިނަ ބައެއްގެ ސަމާލުކަން ވަނީ ލިބިފައި އެވެ. 

ކުރިއަށް އޮތް އެމެރިކާގެ މިޑްޓާމް އިންތިޚާބުގައި ޖޯޖިއާގެ ސެނެޓު ގޮނޑި އަށް ވެރިކަން ކުރާ ރިޕަބްލިކަން ޕާޓީގެ ކެންޑިޑޭޓް މައިކް ކޮލިންސްއާ ދެކޮޅަށް އޮސޮފް ވާދަ ކުރައްވާއިރު، އެންމެ ފަހުގެ ޚިޔާލު ހޯދުމުގެ ވޯޓުތަކުން ދައްކަނީ އޮސޮފް އުޅުއްވަނީ ނުވަ އިންސައްތަ އާއި، 13 އިންސައްތައާ ދެމެދުގެ ކުރިއެރުމެއްގައި އެވެ. 

އޮސޮފްގެ ކެމްޕެއިން ބިނާ ކޮށްފައި ވަނީ ޓްރަމްޕްގެ އާއިލާ އިން ވެރިކަމުގެ ބޭނުންކޮށްގެން އެތައް މިލިއަނުން ފައިސާ ހޯދާއިރު، އާންމު ރައްޔިތުންނަށް ބޭސްފަރުވާ ނުކުރެވޭ ކަމުގެ މައްޗަށެވެ. އަދި މިއީ ހަމައެކަނި މުއްސަނދިންގެ ސަރުކާރެއް ކަމަށް ވިދާޅުވެ، އޭނާ ދެއްވާ ތަޤުރީރުތައް ސޯޝަލް މީޑިއާގައި ވަރަށް ބޮޑަށް ވައިރަލް ވަމުންދެ އެވެ. 

ފޮރިން ސިޔާސަތަށް ބަލާއިރު، އޮސޮފް އަކީ އިސްރާއީލްގެ ސަލާމަތައް ތާއީދު ކުރާ ބޭފުޅަކަށް ވީ ނަމަވެސް، ބެންޖަމިން ނަތަންޔާހޫގެ ސަރުކާރުން ޣައްޒާގައި ހިންގަމުން އަންނަ އަމަލުތަަކަށް އޭނާ ފާޑު ވިދާޅުވެ އެވެ. ޣައްޒާގައި އާންމުންނަށް ލިބެމުންދާ ގެއްލުންތަކަކީ، އަޚުލާޤީ ނާކާމިޔާބެއް ކަމަށް ސިފަ ކުރެއްވި ފުރަތަމަ ޔަހޫދީ މެންބަރުންގެ ތެރޭގައި އޭނާ ހިމެނެ އެވެ. މީގެ އިތުރުން، އިސްރާއީލް އަށް ހަތިޔާރު ވިއްކުން ހުއްޓުވުމަށް ގޮވާލާ ޤަރާރަކަށް ވެސް އޭނާ ވަނީ ވޯޓު ދެއްވައިފަ އެވެ. މި ސަބަބުތަކާ ހުރެ ޑިމޮކްރެޓިކް ޕާޓީގެ ތެރޭގައި އޮންނަ ތަފާތު ފިކުރުތަކުގެ މެދުގައި އޭނާ އަށް އޮތް ތާއީދު ބޮޑެވެ. 

އެމާސަން އިންސްޓިޓިއުޓް އިން ދާދި ފަހުން ކުރި ސާވޭ އަކުން ދައްކާ ގޮތުގައި، 2028 ވަނަ އަހަރުގެ ރިޔާސީ ޕްރައިމަރީގައި ވާދަ ކުރާނެ ކަމަށް ބެލެވޭ ބޭފުޅުންގެ ތެރެއިން އޮސޮފް އޮތީ 13 އިންސައްތަ އާއެކު ތިން ވަަނައިގަ އެވެ. މި ލިސްޓުގެ ކުރީގައި އުޅެނީ 19 އިންސައްތަ އާއެކު ޕީޓް ބުޓިޖެޖް އެވެ. އަދި 17 އިންސައްތަ އާއެކު ދެ ވަނައިގައި އޮތީ ކެލިފޯނިއާގެ ގަވަރުނަރު ގޭވިން ނިއުސަމް އެވެ. 

މިވަގުތު ރިޔާސީ އިންތިޚާބަށް ޝައުޤުވެރިކަން ނެތް ކަމަށް އޮސޮފް ވިދާޅުވި ނަމަވެސް، މިޑްޓާމް އިންތިޚާބުގައި ޖޯޖިއާ ފަދަ މުހިންމު ސްޓޭޓް އަކުން ބޮޑު އަޣުލަބިއްޔަތެއް ހޯއްދަވައިފި ނަމަ، އޭނާ އަކީ ޑިމޮކްރެޓުންގެ އައު "އޮބާމާ" އަށް ވުމުގެ ފުރުސަތު އޮތް ކަމަށް ބައެއް ފަރާތްތަކުން ދެކެ އެވެ.

މަސްދަރު: ވައިނެޓް

އެމެރިކާޑިމޮކްރެޓިކް ޕާޓީ - އެމެރިކާޖޯން އޯސޮފްބަރަކް އޮބާމާ

އިތުރަށް ކިޔާލަން

30 ޖުލައި 2026

ހޯމަ ދުވަހު އާންމު ކުރި ރެކޯޑިންތަކުގައި ބައިޑަންގެ ހަނދާނުގެ މައްސަލަ ހުންނާތީ ނަންތައް ނޯޓުކޮށްގެން އުޅުއްވި ކަމާއި، ސިއްރު ލިޔެ ކިޔުންތަކެއް ގޭގައި ބެހެއްޓެވި ކަމުގެ ވާހަކަތައް!

30 ޖުލައި 2026
ހޯމަ ދުވަހު އާންމު ކުރި ރެކޯޑިންތަކުގައި ބައިޑަންގެ ހަނދާނުގެ މައްސަލަ ހުންނާތީ ނަންތައް ނޯޓުކޮށްގެން އުޅުއްވި ކަމާއި، ސިއްރު ލިޔެ ކިޔުންތަކެއް ގޭގައި ބެހެއްޓެވި ކަމުގެ ވާހަކަތައް!
29 ޖުލައި 2026

ގްރަހަމްގެ ޖަނާޒާގައި ޓްރަމްޕް މިންޓް ބައްސަވާ މަންޒަރު ފެންނަ ވީޑިއޯއެއް އާންމުވެ، ވައިރަލްވެއްޖެ!

29 ޖުލައި 2026
ގްރަހަމްގެ ޖަނާޒާގައި ޓްރަމްޕް މިންޓް ބައްސަވާ މަންޒަރު ފެންނަ ވީޑިއޯއެއް އާންމުވެ، ވައިރަލްވެއްޖެ!
26 ޖުލައި 2026

ހަތިޔާރު މަދުވުމުގެ ސަބަބުން، އީރާން އަށް ދެމުން އައި ހަމަލާތައް އެމެރިކާ އިން މެދުކަނޑާލައިފި

26 ޖުލައި 2026
ހަތިޔާރު މަދުވުމުގެ ސަބަބުން، އީރާން އަށް ދެމުން އައި ހަމަލާތައް އެމެރިކާ އިން މެދުކަނޑާލައިފި
25 ޖުލައި 2026

ޓްރަމްޕްގެ މަޖާ ވާހަކަފުޅުތަކެއް: ވިދާޅުވީ ތިން އިންތިޚާބު ކާމިޔާބުކޮށްފައިވާ ކަމަށާއި، ހަތަރު ވަނަ ދައުރަކަށް ވެސް ވާދަ ކުރައްވާނެ ކަމަށް!

25 ޖުލައި 2026
ޓްރަމްޕްގެ މަޖާ ވާހަކަފުޅުތަކެއް: ވިދާޅުވީ ތިން އިންތިޚާބު ކާމިޔާބުކޮށްފައިވާ ކަމަށާއި، ހަތަރު ވަނަ ދައުރަކަށް ވެސް ވާދަ ކުރައްވާނެ ކަމަށް!
24 ޖުލައި 2026

ސެޓެލައިޓް މެދުވެރިކޮށް ނަގާ ގަލްފް ސަރަހައްދުގެ ފޮޓޯތައް އާންމުކުރުން ފަސްކޮށްދިނުމަށް އެމެރިކާއިން އެދިފައިވާ އެދުމަށް އީޔޫ އިން އެއްބަސްވެއްޖެ

24 ޖުލައި 2026
ސެޓެލައިޓް މެދުވެރިކޮށް ނަގާ ގަލްފް ސަރަހައްދުގެ ފޮޓޯތައް އާންމުކުރުން ފަސްކޮށްދިނުމަށް އެމެރިކާއިން އެދިފައިވާ އެދުމަށް އީޔޫ އިން އެއްބަސްވެއްޖެ
22 ޖުލައި 2026

މިފަހަރުގެ ވޯލްޑް ކަޕް އަކީ ކުރީގެ މުބާރާތްތަކާ އަޅާބަލާއިރު، ހަތަރު ގުނަ ކާމިޔާބު މުބާރާތެއް: ޓްރަމްޕް

22 ޖުލައި 2026
މިފަހަރުގެ ވޯލްޑް ކަޕް އަކީ ކުރީގެ މުބާރާތްތަކާ އަޅާބަލާއިރު، ހަތަރު ގުނަ ކާމިޔާބު މުބާރާތެއް: ޓްރަމްޕް
19 ޖުލައި 2026

ޖީ7 ގެ ފަރުދާގެ ފަހަތް: ޓްރަމްޕްގެ ނުފޫޒާއި އަމަލުފުޅުތައް ހުންނަނީ ބައިނަލްއަޤުވާމީ ޕްރޮޓޮކޯލް އަށް ވުރެ މަތީގައި

19 ޖުލައި 2026
ޖީ7 ގެ ފަރުދާގެ ފަހަތް: ޓްރަމްޕްގެ ނުފޫޒާއި އަމަލުފުޅުތައް ހުންނަނީ ބައިނަލްއަޤުވާމީ ޕްރޮޓޮކޯލް އަށް ވުރެ މަތީގައި
17 ޖުލައި 2026

އެމެރިކާގެ އިންތިޚާބީ ނިޒާމު އޮތީ ކޮރަޕްޓުވެފައި، ވޯޓުލާ މީހުންގެ ތެރޭގައި އެމެރިކާ ރައްޔިތުން ނޫން މީހުންނާއި މަރުވެފައި ތިބި ވެސް އެބަ ތިބި: ޓްރަމްޕް

17 ޖުލައި 2026
އެމެރިކާގެ އިންތިޚާބީ ނިޒާމު އޮތީ ކޮރަޕްޓުވެފައި، ވޯޓުލާ މީހުންގެ ތެރޭގައި އެމެރިކާ ރައްޔިތުން ނޫން މީހުންނާއި މަރުވެފައި ތިބި ވެސް އެބަ ތިބި: ޓްރަމްޕް
16 ޖުލައި 2026

ބައިޑަންގެ ވެރިކަމުގެ ދުވަސްތަކަށް ޚާއްސަކޮށް ފޮތެއް ލިޔުއްވައިފި، ނޮވެމްބަރު މަހު ނެރެނީ

16 ޖުލައި 2026
ބައިޑަންގެ ވެރިކަމުގެ ދުވަސްތަކަށް ޚާއްސަކޮށް ފޮތެއް ލިޔުއްވައިފި، ނޮވެމްބަރު މަހު ނެރެނީ
16 ޖުލައި 2026

އިސްރާއީލަށް ދެމުން އަންނަ އަސްކަރީ އެހީ ހުއްޓާލަން އެމެރިކާގެ ޑިމޮކްރަޓިކް ޕާޓީ އިން ތާއީދު ކުރޭ

16 ޖުލައި 2026
އިސްރާއީލަށް ދެމުން އަންނަ އަސްކަރީ އެހީ ހުއްޓާލަން އެމެރިކާގެ ޑިމޮކްރަޓިކް ޕާޓީ އިން ތާއީދު ކުރޭ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް