Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއެމެރިކާ-އިސްރާއީލް

އިސްރާއީލަށް ދެމުން އަންނަ އަސްކަރީ އެހީ ހުއްޓާލަން އެމެރިކާގެ ޑިމޮކްރަޓިކް ޕާޓީ އިން ތާއީދު ކުރޭ

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގައި ހިމެނޭ ޕްރޮގްރެސިވް ޑިމޮކްރަޓުންގެ އިސް މެންބަރެއް ކަމަށްވާ ގްރެގް ކޭސާ ވަނީ، އިސްރާއީލުގެ އަސްކަރިއްޔާ އަށް ދިނުމަށް ހަމަޖެހިފައިވާ 3.3 ބިލިއަން ޑޮލަރުގެ އެހީ ހުއްޓުވުމަށް ހުށަހަޅާފައިވާ އިސްލާހަށް އޭނާ ތާއީދު ކުރައްވާނެކަން ރަސްމީކޮށް އިއުލާން ކުރައްވާފައި

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 16 ޖުލައި 2026 | ބުރާސްފަތި 08:20
އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގައި ހިމެނޭ ޕްރޮގްރެސިވް ޑިމޮކްރަޓުންގެ އިސް މެންބަރެއް ކަމަށްވާ ގްރެގް ކޭސާ

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގައި ހިމެނޭ ޕްރޮގްރެސިވް ޑިމޮކްރަޓުންގެ އިސް މެންބަރެއް ކަމަށްވާ ގްރެގް ކޭސާ | ރޮއިޓާސް

އެމެރިކާ އިން އިސްރާއީލަށް ދެމުން އަންނަ އަސްކަރީ އެހީތެރިކަން ހުއްޓާލުމަށް ގޮވާލައި، އެމެރިކާގެ ޤާނޫނު ހަދާ މަޖިލީހަށް ހުށަހަޅާފައިވާ އިސްލާހަށް ތާއީދު ކުރާ ޑިމޮކްރަޓިކް ޕާޓީގެ މެމްބަރުންގެ އަދަދު އިތުރުވާން ފަށައިފި އެވެ. 

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގައި ހިމެނޭ ޕްރޮގްރެސިވް ޑިމޮކްރަޓުންގެ އިސް މެންބަރެއް ކަމަށްވާ ގްރެގް ކޭސާ ވަނީ، އިސްރާއީލުގެ އަސްކަރިއްޔާ އަށް ދިނުމަށް ހަމަޖެހިފައިވާ 3.3 ބިލިއަން ޑޮލަރުގެ އެހީ ހުއްޓުވުމަށް ހުށަހަޅާފައިވާ އިސްލާހަށް އޭނާ ތާއީދު ކުރައްވާނެކަން ރަސްމީކޮށް އިއުލާން ކުރައްވާފައި އެވެ.

މިކަމާ ގުޅޭ ގޮތުން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ކޭސާ ވިދާޅުވީ، ޣައްޒާގައި ގަތުލުއާންމު ހިންގުމަށާއި، ލުބުނާން އާއި އެ ނޫންވެސް ސަރަހައްދުތަކުގައި ކުށެއް ނެތް އާންމުން މެރުމަށް ބޭނުންކުރާ އެހީ ދިނުން ހުއްޓާލަން ޖެހޭ ވަގުތު ޖެހިއްޖެ ކަމަށެވެ. އަދި މި އެހީގެ ސަބަބުން އީރާން އާއެކު ކުރެވޭ ހަނގުރާމައެއްގެ ތެރެއަށް އެމެރިކާ ފުރޮޅިގެން ދިޔުމުގެ ބާރު ލިބޭ ކަމަށް ވެސް އޭނާ ފާހަގަ ކުރެއްވި އެވެ.

ކޭސާގެ އިތުރުން، އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުގެ މެންބަރު ރޯ ކަންނާ ވެސް ވަނީ މި އިސްލާހަށް ތާއީދު ކުރައްވާނެ ކަމަށް ވިދާޅުވެފައި އެވެ. ކަންނާ އަކީ ދާދި ފަހުން އިސްރާއީލުން ހިފާފައިވާ ހުޅަނގު އައްސޭރި އަށް ކުރެއްވި ޒިޔާރަތެއްގައި، އިސްރާއީލުގެ ވަޒަންވެރިން އޭނާ ހިފަހައްޓައި ހުރަސްތަކެއް ކުރިމަތި ކުރުވި މެންބަރެވެ.

މި މައްސަލައިގައި ވާހަކަ ދައްކަވަމުން ކަންނާ ވިދާޅުވީ، ގަތުލުއާންމު ހިންގާ ގައުމަކަށް އެހީތެރިވުމަށް އޭނާގެ ވޯޓު ނުދެއްވާނެ ކަމަށެވެ. އަދި އެމެރިކާގެ ރައްޔިތުން ދައްކާ ޓެކްސް ފައިސާ ބޭނުން ކޮށްގެން، އޭނާ ފަދަ އެމެރިކާގެ ރައްޔިތުން ހިފަހައްޓައި އަނިޔާވެރިވާ ގައުމަކަށް އެހީ ދިނުމަށް ތާއީދު ނުކުރެއްވޭނެ ކަމަށް ވެސް ކަންނާ ވިދާޅުވި އެވެ.

އިސްރާއީލުން ޣައްޒާގައި ހިންގަމުންދާ އުދުވާންއާ ގުޅިގެން އެމެރިކާގެ ސަރުކާރުން އިސްރާއީލަށް ދޭ އަސްކަރީ އެހީތަކަށް އޮތް ފާޑު ކިޔުންތައް ވަނީ ވަރަށް ބޮޑަށް އިތުރުވެފައި އެވެ. ހާއްސަކޮށް ވެރިކަން ކުރާ ރިޕަބްލިކަން ޕާޓީގެ ތެރޭގައި މިކަމާ މެދު އޮތް ހިޔާލު ތަފާތުވުންތައް ދަނީ ދުވަހެއް ދުވަހަކަށް ބޮޑު ވަމުންނެވެ.

ޑިމޮކްރެޓިކް ޕާޓީ - އެމެރިކާއެމެރިކާއިސްރާއީލް

އިތުރަށް ކިޔާލަން

16 ޖުލައި 2026

އެމެރިކާގެ ހަމަލާތަކަށް ބަދަލުހިފުމުގެ ގޮތުން ކުވެއިތާއި އުރުދުންގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް މިސައިލާއި ޑްރޯން ބޭނުންކޮށްގެން ވަރުގަދަ ހަމަލާތަކެއް ދީފިކަން އީރާނުން ބުނެފި

އީރާނުން އެމެރިކާއާ މަޝްވަރާކުރުމުގެ ވިސްނުމެއް ނެތް، ފޯކަސް ހުރީ ދިފާއަށް

16 ޖުލައި 2026
އީރާނުން އެމެރިކާއާ މަޝްވަރާކުރުމުގެ ވިސްނުމެއް ނެތް، ފޯކަސް ހުރީ ދިފާއަށް
14 ޖުލައި 2026

އެމެރިކާގެ ޔެލޯސްޓޯން ޕާކުގައި ބައިސަންއެއް ފަތުރުވެރިއަކު 8 ފޫޓު މައްޗަށް ހޫރާލައިފި

14 ޖުލައި 2026
އެމެރިކާގެ ޔެލޯސްޓޯން ޕާކުގައި ބައިސަންއެއް ފަތުރުވެރިއަކު 8 ފޫޓު މައްޗަށް ހޫރާލައިފި
13 ޖުލައި 2026

އެމެރިކާއިން އީރާނުގެ ސަބްމެރިނާއި ބޯޓު މަރާމާތު ކުރާ މަރުކަޒަކަށް ހަމަލާ ދޭ މަންޒަރު ދައްކާލައިފި

13 ޖުލައި 2026
އެމެރިކާއިން އީރާނުގެ ސަބްމެރިނާއި ބޯޓު މަރާމާތު ކުރާ މަރުކަޒަކަށް ހަމަލާ ދޭ މަންޒަރު ދައްކާލައިފި
12 ޖުލައި 2026

އީރާނުން ހުރްމުޒް ކަނޑުއޮޅި ވަކި މުއްދަތެއް ނެތް ގޮތަށް ބަންދުކޮށްފި

12 ޖުލައި 2026
އީރާނުން ހުރްމުޒް ކަނޑުއޮޅި ވަކި މުއްދަތެއް ނެތް ގޮތަށް ބަންދުކޮށްފި
10 ޖުލައި 2026

ހުރްމުޒްގެ މައްސަލަ އިންޝުއަރެންސް ކުންފުނިތަކަށް ބޮޑު ނުރައްކަލަކަށްވެ، ކުއްލި ކުއްލި އަށް އިންސުއަރެންސް ޕޮލިސީ ބަދަލު ކުރަނީ!

10 ޖުލައި 2026
ހުރްމުޒްގެ މައްސަލަ އިންޝުއަރެންސް ކުންފުނިތަކަށް ބޮޑު ނުރައްކަލަކަށްވެ، ކުއްލި ކުއްލި އަށް އިންސުއަރެންސް ޕޮލިސީ ބަދަލު ކުރަނީ!
10 ޖުލައި 2026

އީރާނުން ދޭ ރައްދު ހަމަލާތަކުން އިސްރާއީލަށް ސަލާމަތް ނުވެވޭނެ: އީރާން

10 ޖުލައި 2026
އީރާނުން ދޭ ރައްދު ހަމަލާތަކުން އިސްރާއީލަށް ސަލާމަތް ނުވެވޭނެ: އީރާން
10 ޖުލައި 2026

އީރާނުގެ ދެކުނުގެ ސަރަހައްދުތަކަށް ބުރާސްފަތި ދުވަހުގެ ރޭ ވަރުގަދަ ހަމަލާތަކެއްދީފި، އެމެރިކާ އިން ބުނަނީ ހަމަލާ ދިނުމުގައި ބައިވެރިނުވާ ކަމަށް

10 ޖުލައި 2026
އީރާނުގެ ދެކުނުގެ ސަރަހައްދުތަކަށް ބުރާސްފަތި ދުވަހުގެ ރޭ ވަރުގަދަ ހަމަލާތަކެއްދީފި، އެމެރިކާ އިން ބުނަނީ ހަމަލާ ދިނުމުގައި ބައިވެރިނުވާ ކަމަށް
09 ޖުލައި 2026

އެމެރިކާގެ ހަމަލާތަކުގައި އީރާނުން 14 މީހުން މަރުވެ 78 ޒަޚަމް

09 ޖުލައި 2026
އެމެރިކާގެ ހަމަލާތަކުގައި އީރާނުން 14 މީހުން މަރުވެ 78 ޒަޚަމް
08 ޖުލައި 2026

އެމެރިކާއިން ދޭ ހަމަލާތަކަށް އެހީތެރިވާ ކޮންމެ ތަނަކަށް ހަމަލާދޭނެ ކަމުގެ އިންޒާރު އީރާނުގެ އަސްކަރިއްޔާއިން ދީފި

08 ޖުލައި 2026
އެމެރިކާއިން ދޭ ހަމަލާތަކަށް އެހީތެރިވާ ކޮންމެ ތަނަކަށް ހަމަލާދޭނެ ކަމުގެ އިންޒާރު އީރާނުގެ އަސްކަރިއްޔާއިން ދީފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު