Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރާއްޖެ-ސައުދީ

މިނިވަން ދުވަހުގެ ހަރަކާތްތައް ޝަރަފުވެރި ކޮށްދެއްވަން ސައޫދީ އަރަބިއްޔާގެ ވަލީއަހުދުގެ ޚާއްސަ މަންދޫބެއް ރާއްޖެ ވަޑައިގެންފި

25 ޖުލައި 2026 | ހޮނިހިރު 06:13

ރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަތުމަށް ސައޫދީ ވަލީއަހުދުގެ ޚާއްސަ މަންދޫބު ޑޮކްޓަރ މަންޞޫރު ބިން މުތްޢިބު ވަނީ ރާއްޖެއަށް ވަޑައިގެންފައި. ރައީސް މުއިއްޒުގެ ދައުވަތަކަށް ކުރައްވާ މި ދަތުރުފުޅުގައި، މިނިވަން ދުވަހުގެ މުނާސަބަތުގައި ޖުމްހޫރީ މައިދާނުގައި ބާއްވާ ހާއްސަ ކުޅިވަރުތަކާއި ފުޅަނދުބުރުގައި އެމަނިކުފާނު ބައިވެރިވެވަޑައިގަންނަވާނެ

އަމްނާ އިމާދު
އަމްނާ އިމާދު | 25 ޖުލައި 2026 | ހޮނިހިރު 06:13
މި އަހަރުގެ މިނިވަން ދުވަހުގެ ހަރަކާތްތައް ޝަރަފުވެރިކޮށްދެއްވުމަށް، ސަޢޫދީ ޢަރަބިއްޔާގެ ވަޒީރުންގެ މަޖިލީހުގެ މެންބަރު، ހިޒް ރޯޔަލް ހައިނަސް ޕްރިންސް ޑޮކްޓަރ މަންޞޫރު ބިން މުތްޢިބު ބިން ޢަބްދުލްޢަޒީޒް އާލް ސަޢޫދު ރާއްޖެ ވަޑައިގެންނެވުން

މި އަހަރުގެ މިނިވަން ދުވަހުގެ ހަރަކާތްތައް ޝަރަފުވެރިކޮށްދެއްވުމަށް، ސަޢޫދީ ޢަރަބިއްޔާގެ ވަޒީރުންގެ މަޖިލީހުގެ މެންބަރު، ހިޒް ރޯޔަލް ހައިނަސް ޕްރިންސް ޑޮކްޓަރ މަންޞޫރު ބިން މުތްޢިބު ބިން ޢަބްދުލްޢަޒީޒް އާލް ސަޢޫދު ރާއްޖެ ވަޑައިގެންނެވުން | ރައީސް އޮފީސް

ދިވެހިރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ ހަރަކާތްތައް ޝަރަފުވެރި ކޮށްދެއްވަން ސައޫދީ އަރަބިއްޔާގެ ވަލީއަހުދު އަދި ބޮޑުވަޒީރު ޕްރިންސް މުހައްމަދު ބިން ސަލްމާން ބިން އަބްދުލްއަޒީޒުގެ ޚާއްސަ މަންދޫބެއް ރާއްޖެ ވަޑައިގެންފި އެވެ.

ރައީސް އޮފިހުން ބުނި ގޮތުގައި ރާއްޖެ ވަޑައިގަތީ ދެ ޙަރަމްފުޅުގެ ޚާދިމުގެ މުޝީރު އަދި ސައުދީ އަރަބިއްޔާގެ ވަޒީރުންގެ މަޖިލީހުގެ މެންބަރު ޑޮކްޓަރ މަންޞޫރު ބިން މުތްޢިބު ބިން ޢަބްދުލްޢަޒީޒް އާލް ސަޢޫދު އެވެ.

އެމަނިކުފާނު ރައްޖެ ވަޑައިގެންނެވީ ހުކުރު ދުވަހުގެ ރޭ އެވެ. އަދި އެމަނިކުފާނަށް ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން މަރުހަބާ ވިދާޅުވީ ހާރިޖީ ވަޒީރު އިރުތިޝާމް އާދަމް އާއި ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް އޮން ފޮރިން ރިލޭޝަންސް މުހައްމަދު ނަސީރެވެ.

މިއީ ރައީސް މުއިއްޒުގެ ދަޢުވަތަކަށް، ސަޢޫދީ ޢަރަބިއްޔާގެ ވަލީއަޙުދު މުޙައްމަދު ބިން ސަލްމާން ފަރާތްޕުޅުން އެމަނިކުފާނު ކުރައްވާ ދަތުރުފުޅެއް ކަމަށް ވެސް ރައީސް އޮފީހުން ބުނެފައިވެ އެވެ.

މިއަހަރުގެ މިނިވަން ދުވަހާ ގުޅިގެން އެހެން އަހަރުތަކެކޭ ވެސް އެއްފަދައިން އާދިއްތަ ދުވަހު ރޭ ޖުމްހޫރީ މައިދާނުގައި ހާއްސަ ކުޅިވަރުގެ އައިޓަމްތައް ބާއްވާނެ އެވެ. އަދި ސަރުކާރުގެ އިދާރާތަކުގެ ފުޅަނދުބުރު ވެސް އޮންނާނެ އެވެ.

މަންޞޫރު ބިން މުތްޢިބުމިނިވަން ދުވަސްދިވެހިރާއްޖެ-ސައުދީ އަރަބިއްޔާ

އިތުރަށް ކިޔާލަން

23 ޖުލައި 2026

ޕީއެންސީގެ މަޖިލިސް މެންބަރުން ދައްކާނީ ކޮން މޫނެއް؟

23 ޖުލައި 2026
ޕީއެންސީގެ މަޖިލިސް މެންބަރުން ދައްކާނީ ކޮން މޫނެއް؟
23 ޖުލައި 2026

ސައުދީ އަރަބިއްޔާއަށް ތާއީދުކޮށް ދިވެހި ސަރުކާރުން ބަޔާނެއް ނެރެފި

23 ޖުލައި 2026
ސައުދީ އަރަބިއްޔާއަށް ތާއީދުކޮށް ދިވެހި ސަރުކާރުން ބަޔާނެއް ނެރެފި
15 ޖުލައި 2026

ދިވެހި ދައުލަތަށް ޚިދުމަތް ކުރުމުގެ އިނާމު 66 ފަރާތަކަށް ދެނީ

15 ޖުލައި 2026
ދިވެހި ދައުލަތަށް ޚިދުމަތް ކުރުމުގެ އިނާމު 66 ފަރާތަކަށް ދެނީ
14 ޖުލައި 2026

ޚަރަދު ކުޑަކުރަން މިނިވަން ދުވަހުގެ މުނާސަބަތުގައި ބާއްވަވާ ރަސްމީ ބައްދަލުކުރެއްވުން ނުބާއްވަން ނިންމައިފި

14 ޖުލައި 2026
ޚަރަދު ކުޑަކުރަން މިނިވަން ދުވަހުގެ މުނާސަބަތުގައި ބާއްވަވާ ރަސްމީ ބައްދަލުކުރެއްވުން ނުބާއްވަން ނިންމައިފި
06 ޖުލައި 2026

ސަޢޫދީ ޢަރަބިއްޔާގެ ވަފުދެއް ރައީސް މުއިއްޒު އާ ބައްދަލު ކުރައްވައިފި

06 ޖުލައި 2026
ސަޢޫދީ ޢަރަބިއްޔާގެ ވަފުދެއް ރައީސް މުއިއްޒު އާ ބައްދަލު ކުރައްވައިފި
01 ޖުލައި 2026

ރާއްޖެ އާއި ސައުދީގެ ޑިފެންސް މިނިސްޓަރުން ބައްދަލުކުރައްވައި ދިފާއީ ގުޅުން ވަރުގަދަކުރަން މަޝްވަރާކުރައްވައިފި

01 ޖުލައި 2026
ރާއްޖެ އާއި ސައުދީގެ ޑިފެންސް މިނިސްޓަރުން ބައްދަލުކުރައްވައި ދިފާއީ ގުޅުން ވަރުގަދަކުރަން މަޝްވަރާކުރައްވައިފި
28 ޖޫން 2026

ސަޢޫދީ ޢަރަބިއްޔާގައި ހެލިކޮޕްޓަރެއް ވެއްޓުމުގެ ހާދިސާއާއި ގުޅިގެން އެ ޤައުމުގެ ވަލީޢަހުދު އަދި ބޮޑުވަޒީރަށް ރައީސް ތަޢުޒިޔާ ވިދާޅުވެއްޖެ

28 ޖޫން 2026
ސަޢޫދީ ޢަރަބިއްޔާގައި ހެލިކޮޕްޓަރެއް ވެއްޓުމުގެ ހާދިސާއާއި ގުޅިގެން އެ ޤައުމުގެ ވަލީޢަހުދު އަދި ބޮޑުވަޒީރަށް ރައީސް ތަޢުޒިޔާ ވިދާޅުވެއްޖެ
20 ޖޫން 2026

ފްލައިނާސްއިން ރިޔާޟް-މާލެ ސީދާ ދަތުރުތައް އަލުން ފަށައިފި

20 ޖޫން 2026
ފްލައިނާސްއިން ރިޔާޟް-މާލެ ސީދާ ދަތުރުތައް އަލުން ފަށައިފި
06 އެޕްރީލު 2026

އުމްރާގެ އަޅުކަން އަދާކުރެއްވުމަށް، ރައީސްގެ ދެކަނބަލުން ސައުދީ އަށް ފުރާވަޑައިގެންފި

06 އެޕްރީލު 2026
އުމްރާގެ އަޅުކަން އަދާކުރެއްވުމަށް، ރައީސްގެ ދެކަނބަލުން ސައުދީ އަށް ފުރާވަޑައިގެންފި
25 މާރިޗު 2026

އީރާނުން ސައުދީ އަށް ދެމުން އަންނަ ހަމަލާ ތަކަކީ، ސަރަހައްދީ ސުލްޙަ އާއި އަމާންކަމަށް ނުރައްކާވާ ކަމެއް: ސްޓާމާ

25 މާރިޗު 2026
އީރާނުން ސައުދީ އަށް ދެމުން އަންނަ ހަމަލާ ތަކަކީ، ސަރަހައްދީ ސުލްޙަ އާއި އަމާންކަމަށް ނުރައްކާވާ ކަމެއް: ސްޓާމާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް