Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުދިވެހި ފިލްމު "އިލް ނޮައިސް"

"އިލް ނޮއިސް"، ޕްރިމިއާ ކުރާނެ ތާރީޚެއް ދެތިން ވަރަކަަށް ދުވަސް ތެރޭ ހާމަ ކުރާނެ: ޕްރޮޑަކްޝަން ޓީމް

ފިލްމު ޕްރިމިއާ ކުރާނެ ތާރިޚު ދެތިން ވަރަކަށް ދުވަސްތެރޭ ހާމަ ކުރެވޭނެ

އަހުމަދު އަނޫޝު
އަހުމަދު އަނޫޝު | 30 މާރިޗު 2017 | ބުރާސްފަތި 15:21
ފިިލްމުގެ ޕޯސްޓަރެއް

ފިިލްމުގެ ޕޯސްޓަރެއް

މި މާޗް މަހު 23 ވަނަ ދުވަހު ޝްވެކް ސިނަމާގައި ޕްރިމިއަރ ކުރުމަށް ހަމަޖެހުނު، ތިއެޓާ މިރާޖް އާއި އޯކޭޒް އިން ޕްރޮޑިއުސްކޮށްފައިވާ ދިވެހި ފިލްމު "އިލް ނޮއިސް"، ރާއްޖޭގައި ފެތުރެމުންދާ ސްވައިން ފްލޫ ނުވަަތަ އެޗްވަންއެންވަން ގެ ސަބަބުން ފަސް ކުރެވިފައިވާއިރު، ޕްރެމިއާ ކުރާ ތާރީޚު ވަރަށް އަވަހަށް ހާމަ ކުރާނެ ކަމަށް "އިލް ނޮއިސް" ޓީމް ގެ ފަރާތުން ބުނެފިއެވެ.

"އިލް ނޮއިސް" ޓީމް ގެ ފަރާތުން ރާއްޖެ ޓީވީއަށް މައުލޫމާތު ދެމުން އަހްމަދު ސާޖިދު ބުނީ ފިލްމު ޕްރިމިއާ ކުރާނެ ތާރިޚު ދެތިން ވަރަކަށް ދުވަސްތެރޭ ހާމަ ކުރެވޭވަރު ވާނެ ކަމަށަވެ.

"އިލް ނޮއިސް" ޓީމް އިން ސްވައިން ފްލޫ އާއި ގުޅިގެން ފިލްމު ޕްރިމިއާ ކުރުން ފަސްކުރީ ރާއްޖޭގެ ހާލަތަށް ބެލުމަށްފަހު ޓީމުގެ އެންމެންގެ މަޝްވަރާގެ މަތިން ކަމަށް، "އިލް ނޮއިސް" ގެ ޓީމުން ބުނެއެވެ. އަދި ފިލްމު ބެެލުމަށްޓަކައި އިންތިޒާރު ކުރަމުން ދިޔަ އެންމެހައި ސަޕޯޓަރުންނާއި މިހާރު ޓިކެޓް ނަގާފައިވާ ފަރާތްތަކުގެ ކިބައިން މައާފަށް އެދޭ ކަމަށްވެސް ފިލްމުގެ ޓީމް އިން ބުނެއެވެ.

"އިލް ނޮއިސް" ޕްރިމިއާ ކުރުން ފަސްކޮށްފައިވީ ނަމަވެސް، މީޑިއާ މެދުވެރިކޮށް ފިލްމާ ބެހޭ މައުލޫމާތު ހިއްސާ ކުރާނެ ކަމަށާއި، ފިލްމާ ގުޅޭ ހާއްސަ ޕްރޮމޯޝަންތަކާއި ފިލްމުގެ އިތުރު މަންޒަރުތައް، #illnoisethemovie ގެ ނަމުގައި ތައްޔާރުކޮށްފައިވާ ފޭސްބުކް ޕޭޖް އަދި ޓްވިޓާ އިން ކުރިއަށް ގެންދާނެ ކަމަށް ފިލްމުގެ ޓީމުން ބުނެއެވެ.

އިތުރަށް ކިޔާލަން

18 މެއި 2017

ކަރަން ޖޯހަރަށް ބްލެކްމެއިލް ކުރި މައްސަލައެއްގައި 6 މީހަކު ހައްޔަރުކޮށްފި

18 މެއި 2017
ކަރަން ޖޯހަރަށް ބްލެކްމެއިލް ކުރި މައްސަލައެއްގައި 6 މީހަކު ހައްޔަރުކޮށްފި
01 މެއި 2017

"ބޭވޮޗް" އިންޑިއާގައި ޕްރިމިއާ ކުރާނެކަމެއް ނޭނގޭ: ޕްރިޔަންކާ

01 މެއި 2017
"ބޭވޮޗް" އިންޑިއާގައި ޕްރިމިއާ ކުރާނެކަމެއް ނޭނގޭ: ޕްރިޔަންކާ
27 އެޕްރީލު 2017

ވިނޯދް ކަންނާ މަރުވުމާ ގުޅިގެން "ބާހްބަލީ2" ޕްރިމިއާ ކުރުން ކެންސަލްކޮށްފި

27 އެޕްރީލު 2017
ވިނޯދް ކަންނާ މަރުވުމާ ގުޅިގެން "ބާހްބަލީ2" ޕްރިމިއާ ކުރުން ކެންސަލްކޮށްފި
27 އެޕްރީލު 2017

"އިލް ނޮއިސް" މިރޭ ބޮޑު ސްކްރީނަށް!

27 އެޕްރީލު 2017
"އިލް ނޮއިސް" މިރޭ ބޮޑު ސްކްރީނަށް!
03 އެޕްރީލު 2017

"އިލް ނޮއިސް" މިމަހުގެ 27 ގައި

03 އެޕްރީލު 2017
"އިލް ނޮއިސް" މިމަހުގެ 27 ގައި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު