Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެފެނަކަ ކޯޕަރޭޝަން

އައްޑޫގައި ފެނަކައިގެ ހިޔާނާތާ ގުޅޭ މަނީ ލޯންޑްރިންގެ ތަހުގީގެއް ހިންގަނީ!

15 ޖުލައި 2026 | ބުދަ 13:47

ފެނަކަ އައްޑޫ ބްރާންޗުގެ އޮޑިޓް ރިޕޯޓާ ގުޅިގެން، އެ ކުންފުނީގެ ކުރީގެ ބޯޑު މެންބަރުންނާއި ޚިޔާނާތުގައި ބައިވެރިވި މުވައްޒަފުންގެ މައްސަލަ ތަހުގީގުކޮށް މަނީ ލޯންޑްރިންގެ ދައުވާ އުފުލުމަށް މާލިއްޔަތު ކޮމިޓީން ވަނީ ފާސްކޮށްފައި. މީގެ އިތުރުން ކުންފުނީގެ ޕްރޮކިއުމަންޓް އުސޫލުތައް އިސްލާހު ކުރުމަށާއި، ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް އަމަލުކުރި މުވައްޒަފުން ވަޒީފާއިން އެކަހެރިކުރުމަށް ވެސް ކޮމިޓީން ވަނީ ނިންމާފައި.

އަމްނާ އިމާދު
އަމްނާ އިމާދު | 15 ޖުލައި 2026 | ބުދަ 13:47
ފެނަކަ ކޯޕަރޭޝަން ލިމިޓެޑް. ފެނަކައިގެ ގިނަ މައްސަލަތަކެއް އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވޭ.

ފެނަކަ ކޯޕަރޭޝަން ލިމިޓެޑް. ފެނަކައިގެ ގިނަ މައްސަލަތަކެއް އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވޭ. | ކޯޕަރޭޓް މޯލްޑިވެސް

އައްޑޫ ސިޓީ ގައި ފެނަކާ ކޯޕަރޭޝަން ލިމިޓެޑް އިން ހިންގި މަޝްރޫއުތަކުގެ ތެރެއިން ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ކޮށްފައިވާ ކަންކަން ބަލައި، އެކަމުގައި މަނީ ލޯންޑްރިންގެ ތަހުގީގެއް ހިންގަން ފުލުހުންނަށް ހުށަހަޅަން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ނިންމައިފި އެވެ.

ބުދަ ދުވަހު ބޭއްވި މާލިއްޔަތު ކޮމިޓީ ބައްދަލުވުމުގައި ފެނަކަ އައްޑޫ ބްރާންޗުން ހިންގި މަޝަރޫއުތަކާއި، ގުޅޭ އޮޑިޓް ރިޕޯޓް ދިރާސާ ކުރުމަށް ފަހު ފުނަދޫ ދާއިރާގެ މެންބަރު މުހައްމަދު މަމްދޫހު 20 ހުށަހެޅުމެއް ހުށަހަޅާފައިވެ އެވެ. އަދި ހިތަދޫ މެދު ދާއިރާގެ މެންބަރު އަހުމަދު އަޒާން 4 ހުށަހެޅުމެއް ހުށަހަޅާފައިވެ އެވެ.

Advertisement - newsAdvertisement

އެގޮތުން މެންބަރު މަމްދޫހު ހުށަހެޅުއްވީ، އޭރު މަޝްރޫއުތައް ހިންގިއިރު ހުންނެވި ބޯޑް އޮފް ޑިރެކްޓަރުނާއި ފައިސާއަށް ހިޔާނަތްތެރިވެފައިވާ ފަރާތްތަށް ހޯދައި، އެ މައްސަލަ ތަހުގީގު ކުރުމަށް އެންޓި ކޮރަޕްޝަން ކޮމިޝަންނަށާއި ފުލުހުންނަށް އަދި އެހެނިހެން ތަހުގީގީ އިދާރާތަކަށް ހުށަހެޅުމަށެވެ. އަދި ކުންފުނިން މުވައްޒަފުން ނެގުމުގައި އޮނިގަނޑެއް ކަނޑައަޅައި އެ އޮނިގަނޑާ އެއްގޮތަށް މުވައްޒަފުން ނެގުމާއި އެ އޮނިގަނޑު މާލިއްޔަތު ކޮމިޓީ އަށް ހުށަހެޅުމަށެވެ. 

މީގެ އިތުރުން ޕްރޮކިއުމަންޓް ޕޮލިސީ އިސްލާހު ކުރުމާއި، ޕެޓީ ކޭޝް ހަރަދުކުރާނެ ގޮތް އިސްލާހު ކުރުމާއި، ޕޭބަލްސްގެ ގޮތުގައި ކުންފުންޔަށް ލިބެން ޖެހޭ ފައިސާ ހޯދުމާއި، ކޮންމެ ފެނަކަ ބްރާންޗެއްގެ ނަމުގައި ވަކި ބޭންކް އެކައުންޓެއް ހުޅުވުމުގެ އިތުރުން ހަރަދުތައް ދެނެގަނެވޭނެ ނިޒާމެއް ގާއިމުކުރުން ހިމެނެ އެވެ.

މެންބަރު އަޒާން ހުށަހެޅުއްވި ކަންތައްތަކަށް ބަލާއިރު، މި މައްސަލަތައް އެކަށީގެންވާ އަވަސް މިނެއްގައި ހިންގުމަށް އޭސިސީ އަށް އެންގުމާއި، އައްޑޫ ފެނަކަ މުވައްޒަފުންގެ ތެރެއިން މި މައްސަލައިގައި ޝާމިލުވާ މުވައްޒަފުން ވަގުތީ ގޮތުން އެކަހެރިކުރުން އަދި މަނީ ލޯންޑްރީންގެ ނަމުގައި ތަހުގީގެއް ހިންގަން ފުލުހަށް ހުށަހެޅުން ހިމެނެ އެވެ.

މެންބަރު މަމްދޫހު ހުށަހެޅުއްވި ހުށަހެޅުންތައް ކޮމިޓީގައި ތިއްބެވި ހުރިހާ މެންބަރުންގެ އިއްތިފާގުން ވަނީ ފާސްކޮށްފައި އެވެ. އަދި މެންބަރު އަޒާންގެ ހުށަހެޅުއްވުންތައް 4 މެންބަރުންގެ ވޯޓާއެކު ވަނީ ފާސްކޮށްފައި އެވެ.

އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި އައްޑޫގެ ފެނަކަ ބްރާންޗުން މަޝްރޫއުތައް ހިންގީ އެ ކުންފުންޏަށް ބޮޑެތި ގެއްލުންވާ ގޮތަށް ކަމަށާއި އަދި ކަރަންޓާއި ފެން ބިލްތަކުން ވެސް 77 މިލިއަން ރުފިޔާ ނުލިބި އެބައޮތެވެ.

އައްްޑޫ ސިޓީފެނަކަ ކޯޕަރޭޝަންމަނީ ލޯންޑަރިންގރައްޔިތުންގެ މަޖިލިސް

އެންމެ ހިނގާ

1

އީރާނުގެ ޕައިލެޓުން ޖީޕީއެސް ނެތި އެމެރިކާގެ މަރުކަޒުތަކަށް ބޮން އެޅި

2

ސިގްނަލްތަކަށް ހުރަސްއަޅައިގެން އިސްރާއީލުގެ ހާމީސް ޑްރޯނަކާއި އެމެރިކާގެ ރީޕަރ ޑްރޯނެއް އެއްވެސް ގެއްލުމެއް ނުދީ އަތުލައިގެންފައިވާ މަންޒަރު އީރާނުން ދައްކާލައިފި

3

ޚާމަނާއީއާ މުއާމަލާތް ކުރުން "ވަރަށް އުނދަގޫ" - ރައީސް ޕެޒެޝްކިއަން

4

ސްޕޭސްއެކްސްގެ ރޮކެޓަކުން ވަކިވި ހަތަރު ޓަނުގެ ބޮޑު އެތިގަނޑެއް ހަނދުގައި ޖެހި ވަޅުގަނޑެއް ހެދިއްޖެ

5

ތުރުކީގެ އަޝްޓާޝް އިން 300 މިލިއަން ޑޮލަރުގެ ލަގްޒަރީ ރިސޯޓެއް ރާއްޖޭގައި ތަރައްގީކުރަނީ

އިތުރަށް ކިޔާލަން

15 ޖުލައި 2026

އައްޑޫ ސިޓީގައި ތަކުރާރުކޮށް ވައްކަންކުރާ މީހަކު ޝަރީއަތް ނިމެންދެން ބަންދުކޮށްފި

15 ޖުލައި 2026
އައްޑޫ ސިޓީގައި ތަކުރާރުކޮށް ވައްކަންކުރާ މީހަކު ޝަރީއަތް ނިމެންދެން ބަންދުކޮށްފި
15 ޖުލައި 2026

ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމަށް އަމީޒާ އައްޔަނު ކުރަން މަޖިލީހުން ރުހުން ދީފި

15 ޖުލައި 2026
ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމަށް އަމީޒާ އައްޔަނު ކުރަން މަޖިލީހުން ރުހުން ދީފި
15 ޖުލައި 2026

މި ސަރުކާރުން މަސައްކަތްތެރިން ގެންގުޅެނީ ހިފާ ގެންގުޅޭތަކެތި ގެންގުޅޭ އުސޫލުން: މައުރޫފް

15 ޖުލައި 2026
މި ސަރުކާރުން މަސައްކަތްތެރިން ގެންގުޅެނީ ހިފާ ގެންގުޅޭތަކެތި ގެންގުޅޭ އުސޫލުން: މައުރޫފް
15 ޖުލައި 2026

ބޭރު ފައިސާގެ ބާޒާރަށް އަންނަ ބަދަލުތަކާ ޑޮލަރުގެ ކަޅު ބާޒާރެއް އުފެދިފައިވާތީ އެމްޑީޕީގެ ޕީޖީ އާ ގަވަރުނަރު ބައްދަލު ކުރެއްވުމަށް އެދިއްޖެ

15 ޖުލައި 2026
ބޭރު ފައިސާގެ ބާޒާރަށް އަންނަ ބަދަލުތަކާ ޑޮލަރުގެ ކަޅު ބާޒާރެއް އުފެދިފައިވާތީ އެމްޑީޕީގެ ޕީޖީ އާ ގަވަރުނަރު ބައްދަލު ކުރެއްވުމަށް އެދިއްޖެ
15 ޖުލައި 2026

ލ. ހިތަދޫ އިން ކޮންމެ ބައިގަޑިއަކުން ކަރަންޓު ކެނޑޭތީ އެ މައްސަލަ އެންމެ ފަހުން މަޖިލީހަށް!

15 ޖުލައި 2026
ލ. ހިތަދޫ އިން ކޮންމެ ބައިގަޑިއަކުން ކަރަންޓު ކެނޑޭތީ އެ މައްސަލަ އެންމެ ފަހުން މަޖިލީހަށް!
14 ޖުލައި 2026

ކުނި މެނޭޖް ކުރުމަށް ބޭނުންވާ ފެސިލިޓީތައް ގާއިމް ކުރުމަށް ބޭނުންވާ ފައިސާ ވެސް ސަރުކާރުގައި ނެތް: މައުރޫފް

14 ޖުލައި 2026
ކުނި މެނޭޖް ކުރުމަށް ބޭނުންވާ ފެސިލިޓީތައް ގާއިމް ކުރުމަށް ބޭނުންވާ ފައިސާ ވެސް ސަރުކާރުގައި ނެތް: މައުރޫފް
14 ޖުލައި 2026

ގައިދީންނަށް ގުނަވަން ޓްރާންސްޕްލާންޓް ނުކުރެވޭ ގޮތަށް ބިލަށް ގެނައި ބޮޑެތި ބަދަލުތަކާ އެކު ގުނަވަން ޓްރާންސްޕްލާންޓްކުރުމުގެ ބިލު މަޖިލީހުން ފާސްކޮށްފި

14 ޖުލައި 2026
ގައިދީންނަށް ގުނަވަން ޓްރާންސްޕްލާންޓް ނުކުރެވޭ ގޮތަށް ބިލަށް ގެނައި ބޮޑެތި ބަދަލުތަކާ އެކު ގުނަވަން ޓްރާންސްޕްލާންޓްކުރުމުގެ ބިލު މަޖިލީހުން ފާސްކޮށްފި
14 ޖުލައި 2026

މިއަހަރު ނިންމާނެ ކަމަށް ވިދާޅުވި ކަންނެލި ފެކްޓްރީ ނިމެން އަދި ދޮޅު އަހަރު ނަގާނެ ކަމަށް މިނިސްޓަރު ޝިޔާމް ވިދާޅުވެއްޖެ

14 ޖުލައި 2026
މިއަހަރު ނިންމާނެ ކަމަށް ވިދާޅުވި ކަންނެލި ފެކްޓްރީ ނިމެން އަދި ދޮޅު އަހަރު ނަގާނެ ކަމަށް މިނިސްޓަރު ޝިޔާމް ވިދާޅުވެއްޖެ
14 ޖުލައި 2026

އަދަބުތައް ލުއި ކޮށް، ގައިދީންނާ ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ މީހުންނަށް ގުނަވަން ޓްރާންސްޕްލާންޓް ނުކުރެވޭ ގޮތަށް ބިލަށް ބޮޑެތި އިސްލާހުތަކެއް

14 ޖުލައި 2026
އަދަބުތައް ލުއި ކޮށް، ގައިދީންނާ ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ މީހުންނަށް ގުނަވަން ޓްރާންސްޕްލާންޓް ނުކުރެވޭ ގޮތަށް ބިލަށް ބޮޑެތި އިސްލާހުތަކެއް
13 ޖުލައި 2026

އައްޑޫ ސިޓީގައި މަސްތުވާތަކެތި ބޭނުންކުރުމުގެ ޚިދުމަތް ދެމުންދާކަމުގެ ތުހުމަތުގައި، މަރަދޫ ބޯޅަދަނޑުގެ ބަންދު ކޮށްފި

13 ޖުލައި 2026
އައްޑޫ ސިޓީގައި މަސްތުވާތަކެތި ބޭނުންކުރުމުގެ ޚިދުމަތް ދެމުންދާކަމުގެ ތުހުމަތުގައި، މަރަދޫ ބޯޅަދަނޑުގެ ބަންދު ކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް