Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެކުނި މެނޭޖްކުރުން

ރާއްޖޭގައި ކުނި މެނޭޖު ކުރަން ގިނަ ގޮންޖެހުންތަކެއް އެބަހުރި: މިނިސްޓްރީ

7 ޖުލައި 2026 | އަންގާރަ 08:06

ރާއްޖޭގައި ކުނި މެނޭޖުކުރުމަށް ހުރި ގޮންޖެހުންތަކަށް ހައްލު ހޯދުމަށްޓަކައި، ކަމާބެހޭ އިދާރާތަކުގެ ޒިންމާތައް ސާފުކޮށް ކަނޑައެޅޭނެ ފަދަ އައު ޤާނޫނީ އޮނިގަނޑެއް އެކުލަވާލެވިފައިވާކަމަށް މިނިސްޓްރީން ބުނޭ، މި ޤާނޫނުގެ ދަށުން ހަތަރު ޤަވާއިދެއް ހެދުމަށް ނިންމާފައިވާއިރު، މީގެ ސަބަބުން ކައުންސިލްތަކާއި ރެގިއުލޭޓަރީ އިދާރާތަކުން ކުނި މެނޭޖުކުރުމުގައި އަދާކުރަންޖެހޭ ދައުރު ހަރުދަނާވެ، ނިޒާމު އިތުރަށް ޒިންމާދާރު ކުރެވޭނެ ކަމަށް ތިމާވެއްޓާ ބެހޭ ވުޒާރާއިން ބުނޭ، މީގެ ކުރިންވެސް މިފަދަ ގާނޫނާއި އުސޫލުތައް ހެދިފައިވީ ނަމަވެސް، އެކަށީގެންވާ ގޮތެއްގައި ޤާނޫނު ތަންފީޒު ނުކުރެވުމަކީ މި ދާއިރާގައި އޮތް އެންމެ ބޮޑު ކަންބޮޑުވުން.

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 7 ޖުލައި 2026 | އަންގާރަ 08:06
އެންވަޔަރމަންޓް މިނިސްޓްރީގެ ޑިރެކްޓަރ ޖެނެރަލް އޮފް ވޭސްޓް މެނޭޖްމެންޓް އެންޑް ޕޮލިއުޝަން އަޙުމަދު މުރުތަޟާ

އެންވަޔަރމަންޓް މިނިސްޓްރީގެ ޑިރެކްޓަރ ޖެނެރަލް އޮފް ވޭސްޓް މެނޭޖްމެންޓް އެންޑް ޕޮލިއުޝަން އަޙުމަދު މުރުތަޟާ | ރައީސް އޮފީސް

ރާއްޖޭގައި މިހާރު އަހަރެއްގެ މައްޗަށް އުފެދޭ ކުނީގެ މިންވަރު ފަސް ލައްކަ ޓަނަށް ވުރެ އިތުރުވެފައިވާކަމަށާއި ކުނި މެނޭޖު ކުރަން ގިނަ ގޮންޖެހުންތަކެއް އެބަހުރި ކަމަށް، މޫސުމީ ބަދަލުތަކާ ތިމާވެއްޓާއި ހަކަތައާ ބެހޭ ވުޒާރާއިން ބުނެފި އެވެ.

އަންގާރަ ދުވަހު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، އެ ވުޒާރާގެ ޑިރެކްޓަރ ޖެނެރަލް އޮފް ވޭސްޓް މެނޭޖްމެންޓް އެންޑް ޕޮލިއުޝަން އަޙުމަދު މުރުތަޟާ ވިދާޅުވީ، ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ރާއްޖޭގައި މިހާރު އަހަރެއްގެ މައްޗަށް އުފެދޭ ކުނީގެ މިންވަރު 517،000 ޓަނަށް ވުރެ އިތުރުވެފައިވާ ކަމަށެވެ.

 މީގެ އިތުރުން، ރާއްޖޭގައި ވަށާޖެހޭ ގޮތެއްގައި ކުނި މެނޭޖު ކުރުމަށް ގިނަ ގޮންޖެހުންތަކެއް ހުރިކަން އޭނާ ފާހަގަކުރެއްވި އެވެ. އެގޮތުން ކުނި މެނޭޖުކުރުމަށް ކުރަންޖެހޭ ހޭދަ ބޮޑުވުމާއި، ކުނި އުފެދޭ މިންވަރު މަދު ކުރުމަށް މިހާތަނަށް ހަރުދަނާ މަސައްކަތްތަކެއް ކުރެވިފައި ނުވާކަން އޭނާ ފާހަގަކުރެއްވި އެވެ.

ކުނި މެނޭޖުކުރުމުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށްޓަކައި، ކުނި މެނޭޖުކުރުމަށް ހާއްސަ އައު ޤާނޫނީ އޮނިގަނޑެއް މިހާރު އެކުލަވާލާފައިވާ ކަމަށް މުރުތަޟާ ވިދާޅުވި އެވެ. އަދި މި ޤާނޫނުގެ ދަށުން ހަތަރު ޤަވާއިދެއް އެކުލަވާލުމަށް ނިންމާފައިވާކަންވެސް އޭނާ ހާމަކުރެއްވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި މި އައު ޤާނޫނީ އޮނިގަނޑުގެ ސަބަބުން ކުނި މެނޭޖުކުރުމުގެ ދާއިރާގައި ހަރަކާތްތެރިވާ ވަކިވަކި އިދާރާތަކުގެ ޒިންމާތައް ސާފުކޮށް ކަނޑައެޅިގެންދާނެ އެވެ.

އެގޮތުން ބަލާއިރު، ރަށު ކައުންސިލްތަކާއި، ތިމާވެއްޓާ ބެހޭ ވުޒާރާއިން ކުރަންޖެހޭ ކަންތައްތަކުގެ އިތުރުން، އެންވަޔަރަންމަންޓަލް ރެގިއުލޭޓަރީ އޮތޯރިޓީ (އީއާރުއޭ) އަދި ޔޫޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީ (ޔޫއާރުއޭ) އިން ކުރަންޖެހޭ ކަންތައްތައްވެސް މި ޤާނޫނުން ކަނޑައެޅިގެންދާނެ ކަމަށް މުރުތަޟާ ވިދާޅުވިއެވެ. މިއީ ކުނި މެނޭޖުކުރުމުގެ ނިޒާމު ހަރުދަނާކޮށް، ޒިންމާދާރުކުރުވުމަށް އެޅޭ މުހިންމު ފިޔަވަޅެއްގެ ގޮތުގައި ސަރުކާރުން ދެކެ އެވެ.

މި ޤާނޫނު އައުމާއެކު ކައުންސިލްތަކުން ކުރަންޖެހޭ ކަންތައްތަކާއި، މިނިސްޓްރީން ކުރަންޖެހޭ ކަންތައްތަކާއި، އީއާރުއޭ އަދި ޔޫއާރުއޭން ކުރަންޖެހޭ ކަންތައްތަކާއި، އަދި އޭގެ އިތުރަށްވެސް ބައެއް ފަރާތްތަކުން ކުރަންޖެހޭ ކަންތައްތައްވެސް ވަރަށް ސާފުކޮށް ޤާނޫނުގަ ކަނޑައަޅާފައިވާނެ
ޑިރެކްޓަރ ޖެނެރަލް އޮފް ވޭސްޓް މެނޭޖްމެންޓް އެންޑް ޕޮލިއުޝަން އަޙުމަދު މުރުތަޟާ

ރާއްޖޭގައި ކުނީގެ މައްސަލަ ހައްލުކުރުމަށް މީގެ ކުރިންވެސް ގާނޫނެއް އެކުލަވާލެވި އުސޫލުތަކެއް ހެދިފައިވެ އެވެ. ނަމަވެސް، އެފަދަ ޤާނޫނުތައް އެކަށީގެންވާ ގޮތެއްގައި ތަންފީޒު ނުކުރެވުމަކީ ތިމާވެށީގެ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކާއި އާންމުންގެ އަބަދުވެސް އޮންނަ އެންމެ ބޮޑު ކަންބޮޑުވުމެވެ.

ކުނި މެނޭޖްކުރުންކުނި

އިތުރަށް ކިޔާލަން

23 އެޕްރީލު 2026

ގެދޮރުވެރިޔާ ޓަވަރުތައް ކައިރީގައި ޖަމާކުރާ ކުނިފުނިތައް ނެގުމަކީ އެފްޑީސީން ކުރަން ޖެހޭ މަސައްކަތެއް ނޫން، ނަމަވެސް ކޮންމެ ދެހަފްތާއިން އެއް ހަފްތާއިން މިދަނީ ކުނި ނަގަމުން: ހަމްދާން

23 އެޕްރީލު 2026
ގެދޮރުވެރިޔާ ޓަވަރުތައް ކައިރީގައި ޖަމާކުރާ ކުނިފުނިތައް ނެގުމަކީ އެފްޑީސީން ކުރަން ޖެހޭ މަސައްކަތެއް ނޫން، ނަމަވެސް ކޮންމެ ދެހަފްތާއިން އެއް ހަފްތާއިން މިދަނީ ކުނި ނަގަމުން: ހަމްދާން
30 މާރިޗު 2026

މޫދަށާއި ގޮނޑުދޮށަށް ކުނި އަޅާ މީހުން ޖޫރިމަނާ ކުރަން ގަވާއިދެއް ހަދަނީ

30 މާރިޗު 2026
މޫދަށާއި ގޮނޑުދޮށަށް ކުނި އަޅާ މީހުން ޖޫރިމަނާ ކުރަން ގަވާއިދެއް ހަދަނީ
05 ޖެނުއަރީ 2026

ހުޅުމާލެ ފޭސް 3 ހިއްކާ ސަރަހައްދަށް ކުނި އަޅާ މަންޒަރާއި ކުނި ފެތުރޭ މަންޒަރު ފެންނާތީ ސުވާލު ކުރުމުން ރައީސް މުއިއްޒުގެ ތިމާވެއްޓާ ބެހޭ ވަޒީރު ހުންނެވީ ހަނު!

05 ޖެނުއަރީ 2026
ހުޅުމާލެ ފޭސް 3 ހިއްކާ ސަރަހައްދަށް ކުނި އަޅާ މަންޒަރާއި ކުނި ފެތުރޭ މަންޒަރު ފެންނާތީ ސުވާލު ކުރުމުން ރައީސް މުއިއްޒުގެ ތިމާވެއްޓާ ބެހޭ ވަޒީރު ހުންނެވީ ހަނު!
23 ޑިސެމްބަރު 2025

ހުޅުމާލެ ފޭސް 3 ހިއްކާ ސަރަހައްދަށް ކުނި އަޅާ މަންޒަރާއި ކުނިތައް ފެތުރިގެންދާ މަންޒަރު ހާމަ އަށް ފެންނަ އިރުވެސް ރައީސް މުއިއްޒު ވިދާޅުވީ ހިއްކާތަނަށް ކުނި ނާޅާ ކަމަށް!

23 ޑިސެމްބަރު 2025
ހުޅުމާލެ ފޭސް 3 ހިއްކާ ސަރަހައްދަށް ކުނި އަޅާ މަންޒަރާއި ކުނިތައް ފެތުރިގެންދާ މަންޒަރު ހާމަ އަށް ފެންނަ އިރުވެސް ރައީސް މުއިއްޒު ވިދާޅުވީ ހިއްކާތަނަށް ކުނި ނާޅާ ކަމަށް!
07 ނޮވެމްބަރު 2025

"ސޮނެވާ ނަމޫނާ" އާއި "ކަމަދޫ އިން" އެކުގައި، ޓަކަކޫރާ މެތަޑް އާއި އެކު ގެސްޓް ހައުސް އިން އުފެދޭ ކާބޯތަކެތީގެ ކުނި މެނޭޖްކުރުން ބަދަލުކޮށްލަނީ!

07 ނޮވެމްބަރު 2025
"ސޮނެވާ ނަމޫނާ" އާއި "ކަމަދޫ އިން" އެކުގައި، ޓަކަކޫރާ މެތަޑް އާއި އެކު ގެސްޓް ހައުސް އިން އުފެދޭ ކާބޯތަކެތީގެ ކުނި މެނޭޖްކުރުން ބަދަލުކޮށްލަނީ!
06 އޮކްޓޯބަރު 2024

ކުނި މެނޭޖްކުރުމަށް ބޭނުންވާ ވަސީލަތް ހޯދުމަށް އެހީ ފޯރުކޮށްދޭ ޕްރޮޖެކްޓެއް ބީއެލްއެމް އިން ތައާރަފްކޮށްފި

06 އޮކްޓޯބަރު 2024
ކުނި މެނޭޖްކުރުމަށް ބޭނުންވާ ވަސީލަތް ހޯދުމަށް އެހީ ފޯރުކޮށްދޭ ޕްރޮޖެކްޓެއް ބީއެލްއެމް އިން ތައާރަފްކޮށްފި
17 މާރިޗު 2024

މިދިޔަ ސަރުކާރުން ތަރައްގީކުރި މާލޭ ވޭސްޓް ޓްރްންސްފަރ ސްޓޭޝަން ހިންގުން ވެމްކޯއާ ހަވާލުކޮށްފި

17 މާރިޗު 2024
މިދިޔަ ސަރުކާރުން ތަރައްގީކުރި މާލޭ ވޭސްޓް ޓްރްންސްފަރ ސްޓޭޝަން ހިންގުން ވެމްކޯއާ ހަވާލުކޮށްފި
29 ނޮވެމްބަރު 2023

ކުނި މެނޭޖްކުރުމުގެ ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލުގެ މަސައްކަތް ސަބްކޮމިޓީއަކަށް

29 ނޮވެމްބަރު 2023
ކުނި މެނޭޖްކުރުމުގެ ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލުގެ މަސައްކަތް ސަބްކޮމިޓީއަކަށް
18 ޖުލައި 2023

ކުނި މެނޭޖްކުރުމަށް ރަށު ކައުންސިލްތަކަށް 30.8 މިލިއަން ރުފިޔާގެ އެހީ ދީފި

18 ޖުލައި 2023
ކުނި މެނޭޖްކުރުމަށް ރަށު ކައުންސިލްތަކަށް 30.8 މިލިއަން ރުފިޔާގެ އެހީ ދީފި
06 އެޕްރީލު 2023

މީޓަރުގެ މައުލޫމާތު މި މަހުގެ 13ގެ ކުރިން ދިނުމަށް އެދިއްޖެ

06 އެޕްރީލު 2023
މީޓަރުގެ މައުލޫމާތު މި މަހުގެ 13ގެ ކުރިން ދިނުމަށް އެދިއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް