Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރައްޔިތުންގެ މަޖިލިސް

ކުނި މެނޭޖް ކުރުމަށް ބޭނުންވާ ފެސިލިޓީތައް ގާއިމް ކުރުމަށް ބޭނުންވާ ފައިސާ ވެސް ސަރުކާރުގައި ނެތް: މައުރޫފް

14 ޖުލައި 2026 | އަންގާރަ 10:13

ކުނި މެނޭޖްކުރުމުގެ ބިލަށް ބަހުސް ކުރައްވަމުން ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު ވަނީ ރަށްރަށުގެ ކައުންސިލްތަކަށް ދިމާވާ މާލީ ދަތިތަކަށް ހައްލެއް ހޯދުމަށްޓަކައި ރިސޯޓުތަކާ ގުޅިގެން ކުނި މެނޭޖްކުރެވޭނެ ނިޒާމެއް ގާއިމްކުރުމުގެ މުހިއްމުކަން ފާހަގަކުރައްވާފަ. އަދި މިކަމުގައި މާލިއްޔަތު ގާނޫނުން ހުރި ހުރަސްތައް ނައްތާލައި، އާންމުންނަށް އުނދަގޫނުވާނެހެން ކުނި އުފުލުމުގެ އިންތިޒާމުތައް ހަމަޖެއްސުމަށް އޭނާ ގޮވާލެއްވި.

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް | 14 ޖުލައި 2026 | އަންގާރަ 10:13
ރައްޔިތުން މަޖިލީހުގެ ޖަލްސާއެއްގައި ކެންދޫ ދާއިރާގެ މެންބަރު މައުރޫފު ޒާކިރު ވާހަކަ ދައްކަވަނީ

ރައްޔިތުން މަޖިލީހުގެ ޖަލްސާއެއްގައި ކެންދޫ ދާއިރާގެ މެންބަރު މައުރޫފު ޒާކިރު ވާހަކަ ދައްކަވަނީ | ރައްޔިތުންގެ މަޖިލިސް

ކުނި މެނޭޖް ކުރުމަށްޓަގައި ގާއިމް ކުރަން ޖެހޭ ފެސިލިޓީތަކާއި، އެ ނިޒާމުތައް ހިންގުމަށް ބޭނުންވާ ފައިސާ ވެސް މި ސަރުކާރުގައި ނެތް ކަން މިއަދު ވަރަށް ރަނގަޅަށް ހާމަވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެ އެވެ. 

އަންގާރަ ދުވަހުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ސަރުކާރުގެ ފަރާތުން، އުނގޫފާރު ދާއިރާގެ މެންބަރު އިބްރާހީމް ޝިފާޒް ހުށަހަޅުއްވާފައިވާ ކުނި މެނޭޖް ކުރުމުގެ ބިލުގެ ބަހުސް ވަނީ ކުރިއަށް ގެންގޮސްފަ އެވެ. އެ ބިލަށް ބަހުސް ކުރައްވަމުން މެންބަރު އެންމެ ބޮޑަށް ކަންބޮޑުވުން ފާޅުކުރައްވާފައި ވަނީ ކުނި މެނޭޖްކުރުމުގައި ރަށްރަށުގެ ކައުންސިލްތަކަށް ދަތިތަކާ ކުރިމަތިލާން ޖެހޭތީ އެކަމެވެ. 

Advertisement - newsAdvertisement

މެންބަރު ވިދާޅުވީ މީހުން ދިރިއުޅޭ ރަށްރަށުގައި ކުނި މެނޭޖް ކުރުމުގައި މިހާރު ދިމާވާ އެންމެ  ބޮޑު އެއް ގޮންޖެހުމަކީ ކުނި މެނޭޖް ކުރުމަށްޓަކައި އިމާރާތް ހެދުމަށް ޚަރަދުތަކެއް ހިނގުން ކަމަށެވެ. އަދި އެތަން ހެދުމުން ކުނި މެނޭޖް ކޮށްގެން ރަށްރަށުގެ ކައުންސިލަށް ލިބޭ އާމްދަނީ އިން އެ ރަށްރަށުގައި އުފެދޭ ކުނި މެނޭޖް ނުކުރެވުން ކަމަށެވެ.

މައުރޫފް ވިދާޅުވީ މި އިސްލާހަކީ އެކަމަށް ހައްލެއް ހޯދުމަށްޓަކައި ކައިރި ރިސޯޓްތަކާ އަދި އިންޑަސްޓްރިއަލް ރަށްރަށުގެ ކުނި މެނޭޖް ކުރެވޭނެ ނިޒާމެއް ހަމަޖެއްސުމަށްޓަކައި ގާނޫނުން ފުރުސަތު ދޭން ގެނަސްފައިވާ އިސްލާހެއް ކަމަށެވެ. 

އަޅުގަނޑުގެ ނަޒަރުގައި އެކަން ކުރުމުގައި ކައުންސިލްތަކަށް ފަސޭހަ ވާނެ ގޮތަކަށް ކަންކަން އިންތިޒާމު ކުރުމަކީ މުހިއްމު ކަމެއް. ޚާއްސަކޮށް ކައުންސިލްތަކުން މިސާލަކަށް ބިމެއް ދޫކުރާއިރުގަ، މާލިއްޔަތު ގާނޫނުގައި ހުރި ދަތިތައް، ކައުންސިލްތަކަށް ފިލަން ޖެހޭ، ކުނި މެނޭޖްކުރުމަށްޓަކައި އެ ދޫކުރާ ބިން ނުވަތަ އެ އިމާރާތް ކުރުމުގައި އެންމެ ކައިރީގައި އޮންނަ ރިސޯޓަކާ ނުވަތަ ކައިރީގަ ހުރި ރިސޯޓްތަކާއެކީގައި ކްރޮސް ސަބްސިޑީގެ އުސޫލުން ވިޔަސް ނުވަތަ ސީއެސްއާރް އުސޫލުން ވިޔަސް އެކަން ފަސޭހަ އިން ކުރެވޭނެ އިންތިޒާމްތައް ހަމަޖައްސަން ޖެހޭ....... އެހެންވީމާ މި ގާނޫނަށް ގެނެވޭ އިސްލާހުތަކާ އެއްކޮށް ކައުންސިލްތަކަށް ފަސޭހަ އިން މިކަން ކުރެވޭނެ އިންތިޒާމު ހަމަޖެއްސުމަކީ މުހިއްމު ކަމެއް. އަޅުގަނޑުމެންނަށް އެބަ އެނގޭ، ސަރުކާރަށް މި އުޅެނީ ކުނި މެނޭޖް ކުރުމުގެ ފެސިލިޓީސްތައް ގާއިމް ކުރަން އުނދަގޫވެގެންކަން. އަދި އެއަށް ބޭނުންވާ ފައިސާ ނެތިގެން ކަން. 
ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު

ގާނޫނުގެ ދަށުން ހަދަން ޖެހޭ ގަވާއިދުތަކެއް ހުރިކަން ފާހަގަ ކުރައްވާ މެންބަރު ވިދާޅުވީ އެ އުސޫލުތަކުގެ ތެރޭގައި ރިސޯޓެއްގެ ކުނި، މީހުން ދިރިއުޅޭ ރަށަކަށް ގެންނަ ކަމަށް ވާނަމަ، އެ ކުނި އެ ރަށަކަށް ބާލައި، އެ ރަށަށް އަރުވައި ބާލައި ހެދުމުގައި، އާންމުން ދިރިއުޅޭ ތަންތަނާ ވަކިން، ނުވަތަ އާންމުންނަށް އުނދަގޫ ނުވާނެހެން އެ އިންތިޒާމު ލާޒިމް ކުރުމަކީ ކޮންމެހެން މުހިއްމު ކަމެއް ކަމަށެވެ. 

ބައެއް ރަށްރަށުގައި ކުނި ކޮށިތައް އިމާރާތް ކޮށްފައި ހުންނަނީ މީހުން ދިރިއުޅޭ ސަރަހައްދާ ދުރުގައި، ރަށުގެ ކޮންމެވެސް އެއް ކޮޅެއްގައި އިމާރާތް ކޮށްފައިވާ ތަންތަން ކަމަށާ އެދިމާލުން ޚާއްސަކޮށް ޖެޓީއެއް ހަދައިގެން ނޫނީ ކުނި ބާލައި އަރުވާ ހެދޭނެ އިންތިޒާމްތައް ހެދުމަށް ކުނި މެނޭޖް ކުރާ ތަންތަނުގައި ލާޒިމް ކުރުމަކީ މުހިއްމު ކަމެއް ކަމަށް ވެސް މައުރޫފް ވިދާޅުވި އެވެ. 

އޭގެ އިތުރުން ރިސޯޓްތަކުން ކުނި މެނޭޖް ކުރާކަމުގައި ވާނަމަ، ކައުންސިލަށް ބުރަ ނުވާނެ ގޮތަކަށް ރަށުގެ އެތެރޭގަ އުފެދޭ، އަދި ގޭބިސީތަކުގަ އުފެދޭ ކުނި ވެސް އުސޫލުތަކެއްގެ ތެރެއިން އެކަންކަން ހަމަޖެއްސުމަކީ މުހިއްމު ކަމެއް ކަމަށް މެންބަރު ވިދާޅުވި އެވެ.

ރާއްޖޭގައި މިހާރު އަހަރެއްގެ މައްޗަށް އުފެދޭ ކުނީގެ މިންވަރު ފަސް ލައްކަ ޓަނަށް ވުރެ އިތުރުވެފައިވާކަމަށާއި ކުނި މެނޭޖު ކުރަން ގިނަ ގޮންޖެހުންތަކެއް އެބަހުރި ކަމަށް އެންވަޔަރަންމަންޓް މިނިސްޓްރީ އިން ވެސް ވަނީ ބުނެފަ އެވެ. 

މައުރޫފް ޒާކިރުކުނި މެނޭޖްކުރުންރައްޔިތުންގެ މަޖިލިސްއެންވަޔަރަމަންޓް މިނިސްޓްރީ

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

3

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

4

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

5

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

އިތުރަށް ކިޔާލަން

14 ޖުލައި 2026

ގައިދީންނަށް ގުނަވަން ޓްރާންސްޕްލާންޓް ނުކުރެވޭ ގޮތަށް ބިލަށް ގެނައި ބޮޑެތި ބަދަލުތަކާ އެކު ގުނަވަން ޓްރާންސްޕްލާންޓްކުރުމުގެ ބިލު މަޖިލީހުން ފާސްކޮށްފި

14 ޖުލައި 2026
ގައިދީންނަށް ގުނަވަން ޓްރާންސްޕްލާންޓް ނުކުރެވޭ ގޮތަށް ބިލަށް ގެނައި ބޮޑެތި ބަދަލުތަކާ އެކު ގުނަވަން ޓްރާންސްޕްލާންޓްކުރުމުގެ ބިލު މަޖިލީހުން ފާސްކޮށްފި
14 ޖުލައި 2026

މިއަހަރު ނިންމާނެ ކަމަށް ވިދާޅުވި ކަންނެލި ފެކްޓްރީ ނިމެން އަދި ދޮޅު އަހަރު ނަގާނެ ކަމަށް މިނިސްޓަރު ޝިޔާމް ވިދާޅުވެއްޖެ

14 ޖުލައި 2026
މިއަހަރު ނިންމާނެ ކަމަށް ވިދާޅުވި ކަންނެލި ފެކްޓްރީ ނިމެން އަދި ދޮޅު އަހަރު ނަގާނެ ކަމަށް މިނިސްޓަރު ޝިޔާމް ވިދާޅުވެއްޖެ
14 ޖުލައި 2026

އަދަބުތައް ލުއި ކޮށް، ގައިދީންނާ ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ މީހުންނަށް ގުނަވަން ޓްރާންސްޕްލާންޓް ނުކުރެވޭ ގޮތަށް ބިލަށް ބޮޑެތި އިސްލާހުތަކެއް

14 ޖުލައި 2026
އަދަބުތައް ލުއި ކޮށް، ގައިދީންނާ ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ މީހުންނަށް ގުނަވަން ޓްރާންސްޕްލާންޓް ނުކުރެވޭ ގޮތަށް ބިލަށް ބޮޑެތި އިސްލާހުތަކެއް
13 ޖުލައި 2026

ރައްޔިތުން މަޖިލިސް މެންބަރުން މަޖިލީހުގައި ކުރަމުންދާ މަސައްކަތްތަކާ މެދު ސުވާލު އުފެދޭ: މުލަކު ކައުންސިލް ރައީސް

13 ޖުލައި 2026
ރައްޔިތުން މަޖިލިސް މެންބަރުން މަޖިލީހުގައި ކުރަމުންދާ މަސައްކަތްތަކާ މެދު ސުވާލު އުފެދޭ: މުލަކު ކައުންސިލް ރައީސް
13 ޖުލައި 2026

ތަރައްގީ މަޑުޖެހިފައިވަނީ ބޮޑު ހިލަ ނުލިބިގެން ކަމަށް މިނިސްޓަރ މުއްތަލިބު ވިދާޅުވެއްޖެ

13 ޖުލައި 2026
ތަރައްގީ މަޑުޖެހިފައިވަނީ ބޮޑު ހިލަ ނުލިބިގެން ކަމަށް މިނިސްޓަރ މުއްތަލިބު ވިދާޅުވެއްޖެ
13 ޖުލައި 2026

ސަރުކާރުގެ ވިސްނުމަކީ ރަކީދޫ މީހުން އެހެން ރަށަކަށް ބަދަލުކުރުން: މިނިސްޓަރު މުއްތަލިބު

13 ޖުލައި 2026
ސަރުކާރުގެ ވިސްނުމަކީ ރަކީދޫ މީހުން އެހެން ރަށަކަށް ބަދަލުކުރުން: މިނިސްޓަރު މުއްތަލިބު
13 ޖުލައި 2026

ހަވާލުކުރިތާ 7 މަސް ފަހުން ފެށި އައްޑޫ ލިންކް ރޯޑް މަޝްރޫއު އާ ގުޅޭ ސުވާލަށް މިނިސްޓަރަށް ޖަވާބެއް ނުދެއްވުނު

13 ޖުލައި 2026
ހަވާލުކުރިތާ 7 މަސް ފަހުން ފެށި އައްޑޫ ލިންކް ރޯޑް މަޝްރޫއު އާ ގުޅޭ ސުވާލަށް މިނިސްޓަރަށް ޖަވާބެއް ނުދެއްވުނު
13 ޖުލައި 2026

ހޯމަ ދުވަހުގެ ހެނދުނު 9 ގައި ފަށަން އޮތް ޖަލްސާ ފަސްކުރީ ސަބަބެއް ހާމަ ކުރުމެއް ނެތި

13 ޖުލައި 2026
ހޯމަ ދުވަހުގެ ހެނދުނު 9 ގައި ފަށަން އޮތް ޖަލްސާ ފަސްކުރީ ސަބަބެއް ހާމަ ކުރުމެއް ނެތި
08 ޖުލައި 2026

ސިޔާސީ ގޮތުން މުވައްޒަފުން ވަކި ކުރަނީ މުވައްޒަފުން މަދު ކުރުން ނިވައިފަތްގަނޑެއްގެ ގޮތުގައި ކަމަށް ބުނެ އެމްޑީޕީގެ ގަރާރެއް

08 ޖުލައި 2026
ސިޔާސީ ގޮތުން މުވައްޒަފުން ވަކި ކުރަނީ މުވައްޒަފުން މަދު ކުރުން ނިވައިފަތްގަނޑެއްގެ ގޮތުގައި ކަމަށް ބުނެ އެމްޑީޕީގެ ގަރާރެއް
08 ޖުލައި 2026

ކުރާނެ މަސައްކަތެއް ނެތިގެން ޖަލްސާތައް ނިންމާލަނީ، އެކަމަކު ވަޒީރުންނަށް ކުރަން 100 އެއްހާ ސުވާލު ހުށަހަޅާފައި އެބައޮތް: އެމްޑީޕީ ޕީޖީ

08 ޖުލައި 2026
ކުރާނެ މަސައްކަތެއް ނެތިގެން ޖަލްސާތައް ނިންމާލަނީ، އެކަމަކު ވަޒީރުންނަށް ކުރަން 100 އެއްހާ ސުވާލު ހުށަހަޅާފައި އެބައޮތް: އެމްޑީޕީ ޕީޖީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް