Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ވެމްކޯގެ މުވައްޒަފުންގެ މުސާރަ

ވެމްކޯގެ ބައެއް މުވައްޒަފުންނަށް މިދިޔަ މަހުގެ މުސާރަ އަދިވެސް ނުދޭ

ވެމްކޯގެ މުވައްޒަފުންނަށް މުސާރަ ދިނުމުގައި ފާއިތުވި ތިން މަސްދުވަހު ބޮޑެތި ލަސްތަކެއް ކުރިމަތިވެފައިވާއިރު، މާޗް މަހުގެ މުސާރަ ވެސް ބައެއް މުވައްޒަފުންނަށް އަދިވެސް ލިބިފައިނުވާކަން ވަނީ ހާމަވެފައި. މުސާރައިގެ އިތުރުން ރޯދަ އިނާޔަތާއި ޕެންޝަން ފައިސާ ޖަމާކުރުމުގައިވެސް މިފަދަ މައްސަލަތައް ދިމާވަމުންދާތީ މުވައްޒަފުން ކަންބޮޑުވުން ފާޅުކުރަމުންދާއިރު، މިކަމާ ގުޅޭގޮތުން އެ ކުންފުނިން ރަސްމީ ބަހެއް ބުނެފައެއް ނުވެވޭ. މި މައްސަލަތައް އާންމުކޮށް ހައްލުވަނީ މީޑިއާތަކުގައި އެ ވާހަކަ ދެކެވި، އާންމުންގެ ފާޑުކިޔުން ކުންފުންޏަށް އަމާޒުވުމުން.

މަޚްތޫމް
މަޚްތޫމް, ރާއްޖެ އެމްވީ | 3 އެޕްރީލު 2026 | ހުކުރު 09:53
ވެމްކޯގެ މުވައްޒަފުންގެ ތެރެއިން މިދިޔަ މަހު ބައެއް މުވައްޒަފުންނަށް އަދިވެސް މުސާރަ ޖަމާ ނުކުރޭ.

ވެމްކޯގެ މުވައްޒަފުންގެ ތެރެއިން މިދިޔަ މަހު ބައެއް މުވައްޒަފުންނަށް އަދިވެސް މުސާރަ ޖަމާ ނުކުރޭ. | ވެމްކޯ

ވެމްކޯގެ ބައެއް މުވައްޒަފުންނަށް މިދިޔަ މަހުގެ މުސާރަ އަދިވެސް ނުދޭކަމުގެ މައުލޫމާތު ލިބިއްޖެ އެވެ. 

ވެމްކޯގެ މުވައްޒަފުންނަށް މުސާރަ ނުދޭ މައްސަލަ ފެންމަތިވީ އެކަމުގެ މައުލޫމާތު ސޯޝަލް މީޑިއާގައި އާންމު ކުރުމުންނެވެ. އެގޮތުން މިދިޔަ 3 މަސް ދުވަހު އެ ކުންފުނީގެ މުވައްޒަފުންގެ މުސާރައިގެ މައްސަލަ ދިމާވިކަމަށް ރިޕޯޓް ކުރެވުނު އިރު، ޕެންޝަން ފަންޑަށް ފައިސާ ވެސް ޖަމާނުކުރާތާ އެތައް މަހެއް ވަނީ ވެފަ އެވެ. 

Advertisement - newsAdvertisement

ފެބްރުއަރީ މަހުގެ މުސާރަ ވެސް މުވައްޒަފުންނަށް ޖަމާނުކޮށް ހުއްޓާ ހަބަރުތަކުގައި އެވާހަކަ ޖެހުމުން މުސާރަ ދީފައިވަނީ މިދިޔަ މާޗް މަހުގެ 10 ވަނަ ދުވަހު ހިސާބު އެވެ. 

ނަން ހާމަ ނުކުރުމަށް ޝަރުތުކޮށް ރާއްޖެއެމްވީ އަށް މައުލޫމާތު ދިން ވެމްކޯގެ ސީނިއަރ މުވައްޒަފަކު ބުނީ މިދިޔަ މާޗް މަހުގެ މުސާރަ ބުރާސްފަތި ދުވަހާ ހަމަށް ހުރީ ނުދީ ހިފަހައްޓާފައި ކަމަށެވެ. ނަމަވެސް ބައެއް މުވައްޒަފުންނަށް ބުރާސްފަތި ދުވަހުގެ ރޭ މުސާރަ ލިބިފައިވާ އިރު، އަދިވެސް ބައެއް މުވައްޒަފުންނަށް މުސާރަ ޖަމާކޮށްފައި ނުވެ އެވެ. 

މިކަމާއި ގުޅިގެން ވެމްކޯގެ ރަސްމީބަހެއް ލިބޭގޮތް ނުވިއެވެ. މީގެ ކުރިން ވެސް ދިމާވި މުސާރައިގެ މައްސަލައިގައި ވެމްކޯއިން ޖަވާބެއް ނުދެ އެވެ. 

ވެމްކޯގެ ގިނަ މައްސަލަތައް ފެންމަތިވަމުންދާއިރު، މުވައްޒަފުންގެ މުސާރައިން ޕެންޝަން ފަންޑަށް ފައިސާ ކެނޑުމަށް ފަހު އެފައިސާ ޖަމާނުކުރާތާ އަހަރަކަށް ވުރެ ވަނީ ގިނަ ދުވަސްވެފަ އެވެ. 

ވެމްކޯގެ މުވައްޒަފުންނަށް މަސް ނިމޭއިރު ވެސް މުސާރަ ނުދޭ މައްސަލަ ޑިސެމްބަރުން ފެށިގެން ފެންމަތިވަމުންދާއިރު މިކަމާ ގުޅިގެން މިހާތަނަށް ވެސް އެ ކުންފުނިން އެއްޗެށް ބުނެފައެއް ނުވެ އެވެ. ޑިސެމްބަރު މަހުގެ މުސާރަ ދީފައި ވަނީ ޖެނުއަރީ މަސް ފެށުނު ފަހުންނެވެ.

ޖެނުއަރީ މަހުގެ މުސާރަ ދީފައިވަނީ ފެބްރުއަރީ މަސް ފެށުނު ފަހުންނެވެ. ފެބްރުއަރީ 5 ވަނަ ދުވަހުގެ ނިޔަލަށް ވެސް ބައެއް މުވައްޒަފުންނަށް މުސާރަ ޖަމާވެފައި ނުވާ ކަމަށް ބައެއް ފަރާތްތަކުން ވަނީ ބުނެފަ އެވެ.

މުސާރައިގެ އިތުރުން ރަމަޟާން މަހުގެ އިނާޔަތް ވެސް ވެމްކޯގެ މުވައްޒަފުންނަށް ދީފައިވަނީ ވެސް ޚަބަރުތަކުގައި ޖަހައި، އެތައް ބައެއްގެ ފާޑުކިޔުން އަމާޒުވުމުންނެވެ.

އެގޮތުން ރޯދަ މަސް ފެށުނުއިރު ވެސް އިނާޔަތް ލިބޭނެ ސީދާ ތާރީޚެއް އެ ކުންފުނީގެ ހިއުމަން ރިސޯސް ޑިޕާޓްމަންޓުން އަންގާފައި ނުވާތީ، މުވައްޒަފުން ދިޔައީ ބޮޑެތި ކަންބޮޑުވުންތަކެއް ފާޅުކުރަމުންނެވެ. މި މައްސަލަ މީޑިއާގެ ސަމާލުކަށް އައިސް ޚަބަރުތަކަށް އަރައި، ސޯޝަލް މީޑިއާ ގައި އާންމުންގެ ފާޑުކިޔުންތައް ކުންފުންޏަށް އަމާޒުވާން ފެށުމާއެކު، އެ ކުންފުނީގެ މުވައްޒަފުންނަށް ރޯދަ އިނާޔަތް ޖަމާކޮށްފައި ވަނީ ފެބްރުއަރީ މަހުގެ 19 ވަނަ ދުވަހުގަ އެވެ.

ވެމްކޯޕެންޝަން ފަންޑްމުސާރަ

ކޮމެންޓް

އިތުރަށް ކިޔާލަން

ވެމްކޯގެ ކުނި އުކާލުމުގެ މަސައްކަތުގައި އުޅޭ މުވައްޒަފުންގެ ސޭފްޓީއާ ގުޅޭ މައްސަލަތަކެއް އެޗްއާރްސީއެމްއިން ތަހުގީގުކުރަނީ!

ވެމްކޯގެ ކުނި އުކާލުމުގެ މަސައްކަތުގައި އުޅޭ މުވައްޒަފުންގެ ސޭފްޓީއާ ގުޅޭ މައްސަލަތަކެއް އެޗްއާރްސީއެމްއިން ތަހުގީގުކުރަނީ!

18 މާރިޗު 2026
މިދިޔަ މަހުގެ މުސާރަ އަދިވެސް ވެމްކޯ މުވައްޒަފުންނަށް ނުދޭ، ދޭނެ ދުވަހެއް ވެސް ނޭނގެ!

މިދިޔަ މަހުގެ މުސާރަ އަދިވެސް ވެމްކޯ މުވައްޒަފުންނަށް ނުދޭ، ދޭނެ ދުވަހެއް ވެސް ނޭނގެ!

07 މާރިޗު 2026
ވެންޓިލޭޓަރުގައި ފަރުވާ ދިން ވެމްކޯގެ މުވައްޒަފު ވޯޑަށް ބަދަލު ކޮށްފި

ވެންޓިލޭޓަރުގައި ފަރުވާ ދިން ވެމްކޯގެ މުވައްޒަފު ވޯޑަށް ބަދަލު ކޮށްފި

04 މާރިޗު 2026
ވެމްކޯގެ އިހުމާލުތައް ތަހުގީގު ކުރުމަށް މައުލޫމާތު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި

ވެމްކޯގެ އިހުމާލުތައް ތަހުގީގު ކުރުމަށް މައުލޫމާތު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި

27 ފެބުރުއަރީ 2026
ވެމްކޯގެ މުވައްޒަފަކު މަރުވެ އެހެން މުވައްޒަފަކު މަރާ ހަނގުރާމަ ކުރަން ފެށުމުން އެޗްއާރުސީއެމުން އެތަނުގެ ރައްކާތެރިކަމާ ގުޅޭ ތަހުގީގެއް ހިންގަން ނިންމައިފި

ވެމްކޯގެ މުވައްޒަފަކު މަރުވެ އެހެން މުވައްޒަފަކު މަރާ ހަނގުރާމަ ކުރަން ފެށުމުން އެޗްއާރުސީއެމުން އެތަނުގެ ރައްކާތެރިކަމާ ގުޅޭ ތަހުގީގެއް ހިންގަން ނިންމައިފި

25 ފެބުރުއަރީ 2026

އަހަރުތަކުން މިއަދު

15 މެއި
ކައުންސިލްތަކުން ބްލޮކް ގްރާންޓް ނަގައިގެން ދަނީ ބެންކޮކަށް، ރައްޔިތުންނަށް ފައިދާވާ އެއްވެސް ކަމެއް ނުކުރޭ: ރައީސް މުއިއްޒު
20251 އަހަރު ކުރިން
ރާއްޖެ

ކައުންސިލްތަކުން ބްލޮކް ގްރާންޓް ނަގައިގެން ދަނީ ބެންކޮކަށް، ރައްޔިތުންނަށް ފައިދާވާ އެއްވެސް ކަމެއް ނުކުރޭ: ރައީސް މުއިއްޒު

ޕޫޓިންގެ ޔޫކްރެއިން ހަނގުރާމަ އަށް ޝީ އަގުދައްކަވަނީ!
20242 އަހަރު ކުރިން
ރިޕޯޓު

ޕޫޓިންގެ ޔޫކްރެއިން ހަނގުރާމަ އަށް ޝީ އަގުދައްކަވަނީ!

މިސްކީނު ހިފަހައްޓާލި ތިނަދޫގެ މޮޅު ޑިފެންޑަރު
20233 އަހަރު ކުރިން
މީހުން

މިސްކީނު ހިފަހައްޓާލި ތިނަދޫގެ މޮޅު ޑިފެންޑަރު

ތަނެއްގައި ވަޒީފާ އަދާކުރުމަކީ، އެތަނުގެ ހުރިހާ ވަސީލަތެއް އިމެއް ނެތި ބޭނުންކުރެވޭނެ ސަބަބެއް ނޫން: ޕީޖީ އޮފީސް
20224 އަހަރު ކުރިން
ރާއްޖެ

ތަނެއްގައި ވަޒީފާ އަދާކުރުމަކީ، އެތަނުގެ ހުރިހާ ވަސީލަތެއް އިމެއް ނެތި ބޭނުންކުރެވޭނެ ސަބަބެއް ނޫން: ޕީޖީ އޮފީސް

އައު ކައިވެނިފުޅަކަށް އިނގިރޭސި ރާނީ ތައްޔާރުވެވަޑައިގަންނަވަނީ
20215 އަހަރު ކުރިން
ތަފާތު ޚަބަރު

އައު ކައިވެނިފުޅަކަށް އިނގިރޭސި ރާނީ ތައްޔާރުވެވަޑައިގަންނަވަނީ

ވަޅޯމަސް ފްރައިޑް ރައިސް
20197 އަހަރު ކުރިން
ލައިފް ސްޓައިލް

ވަޅޯމަސް ފްރައިޑް ރައިސް

ތަރާވީޙް ނަމާދު
20188 އަހަރު ކުރިން
އިސްލާމް

ތަރާވީޙް ނަމާދު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު