Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރެފަރެންޑަމް ވޯޓު

ރެފަރެންޑަމަށް ތައްޔާރުވާން މަސައްކަތް ކުރަންޖެހޭ މިންވަރާ ގާތަށްވެސް ނުކުރެވޭކަމަށް އީސީގެ ރައީސް އެއްބަސްވެވަޑައިގެންފި، ވިދާޅުވީ ގިލްޓީ ފީލްވާކަމަށް!

ޔައުޤޫބު ވިދާޅުވި ގޮތުގައި އެމްޑީޕީގެ ސުވާލުތަކަށް ޖަވާބު ދިނުމުގެ ބަދަލުގައި ކޮމިޝަނުން މަސައްކަތް ކުރީ ބައްދަލުވުމަށް ކަނޑައެޅިފައިވާ ވަގުތުގެ ދިގުމިން ހަނދާން ކޮށްދިނުމަށް.

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 12 މާރިޗު 2026 | ބުރާސްފަތި 10:40
ރައްޔިތުންގެ މަޖިލީހުގެ ދާންދޫ ދާއިރާގެ ކުރީގެ މެމްބަރު ޔައުޤޫބު އަބުދުﷲ: އެއްވެސް ތަޖރުބާއެއް ނެތް ބޭފުޅުން ކުންފުނިތަކަށް އައްޔަން ކުރުމަކީ އެ ކުންފުނިތައް ބަނގުރޫޓުވެގެންދާނެ ކަމެއް ކަމުގައި ވިދާޅުވި

ރައްޔިތުންގެ މަޖިލީހުގެ ދާންދޫ ދާއިރާގެ ކުރީގެ މެމްބަރު ޔައުޤޫބު އަބުދުﷲ: އެއްވެސް ތަޖރުބާއެއް ނެތް ބޭފުޅުން ކުންފުނިތަކަށް އައްޔަން ކުރުމަކީ އެ ކުންފުނިތައް ބަނގުރޫޓުވެގެންދާނެ ކަމެއް ކަމުގައި ވިދާޅުވި | ރާއްޖެއެމްވީ

ރެފަރެންޑަމް ވޯޓަށް ރައްޔިތުން ހޭލުންތެރި ކުރުވުމަށް ސިޔާސީ ޕާޓީތަކާ ގުޅިގެން ކުރަންޖެހޭ މަސައްކަތް ނުކުރެވޭކަމަށާއި، އެކަމާމެދު "ގިލްޓީ ފީލްވާކަމަށް" އިލެކްޝަންސް ކޮމިޝަނުން މިއަދު އެއްބަސްވެއްޖެކަމަށް ރައްޔިތުންގެ މަޖިލީހުގެ ދާންދޫ ދާއިރާގެ ކުރީގެ މެންބަރު ޔައުގޫބް އަބްދުﷲ ވިދާޅުވެއްޖެ އެވެ. 

އޭނާ އެހެން ވިދާޅުވީ ބުރާސްފަތި ދުވަހު އެމްޑީޕީން އިލެކްޝަންސް ކޮމިޝަނާއެކު ބޭއްވި ބައްދަލުކުރެއްވުން ނިންމަވާލެއްވުމަށްފަހު "ރާއްޖެޓީވީއަށް" ދެއްވި އިންޓަވިއުއެއްގައެވެ.

ޔައުޤޫބް ވިދާޅުވީ، އެމްޑީޕީގެ ފަރާތުން ވަރަށް ގިނަ ކަންކަން ކޮމިޝަނަށް ހުށަހެޅުނު ކަމަށާއި، ނަމަވެސް އޭގެ ތެރެއިން ގިނަ ކަންކަމަށް ކޮމިޝަނުގެ ފަރާތުން ޖަވާބެއް ނުލިބޭ ކަމަށެވެ. އޭގެ މިސާލެއްގެ ގޮތުގައި ޔައުޤޫބު ފާހަގަ ކުރެއްވީ ރާއްޖެއިން ބޭރުގައި ވޯޓުލާ މީހުންގެ ތްރެޝްހޯލްޑަށް އައި ބަދަލެވެ. އެގޮތުން އޭނާ ވިދާޅުވީ، އެ އަދަދު ބަދަލުވި ސަބަބާއި، ބަދަލުކުރުމުގައި ބަލާފައިވާ ކަންކަމަށް ކޮމިޝަނުން ޖަވާބެއް ނުލިބުނު ކަމަށެވެ.

ޔައުޤޫބު ވިދާޅުވި ގޮތުގައި އެމްޑީޕީގެ ސުވާލުތަކަށް ޖަވާބު ދިނުމުގެ ބަދަލުގައި ކޮމިޝަނުން މަސައްކަތް ކުރީ ބައްދަލުވުމަށް ކަނޑައެޅިފައިވާ ވަގުތުގެ ދިގުމިން ހަނދާން ކޮށްދިނުމަށެވެ.

ޖަވާބު ދިނުމުގެ ބަދަލުގައި ކޮންމެވެސް އެހެން ދިމާއަކަށް ވާހަކަ ގެންދަމުން ގެންދަމުން ގޮސްފައި، އިރުއިރުކޮޅާ އަޅުގަނޑުމެންނަށް ރިމައިންޑް ކުރައްވަމުން ގެންދެވީ ބައްދަލުވުމުގެ ވަގުތަކީ 1 ގަޑިއިރޭ
ރައްޔިތުންގެ މަޖިލީހުގެ ދާންދޫ ދާއިރާގެ ކުރީގެ މެންބަރު ޔައުގޫބް އަބްދުﷲ

ޔައުޤޫބް ވިދާޅުވީ، ކޮމިޝަނުގެ ފަރާތުން ހަގީގަތުގައި ޕާޓީތަކާ ގުޅިގެން ކުރަންޖެހޭ މަސައްކަތް ކުރަން ޖެހޭ މިންވަރާ ގާތަށްވެސް ނުކުރެވޭކަމަށް ކޮމިޝަނުގެ ރައީސްވެސް މިއަދު އެއްބަސްވެވަޑައިގެންފައިވާ ކަމަށެވެ. 

މިއަދު ހަމަ ވަރަށް ސާފު އިބާރާތުން އިލެކްޝަންސް ކޮމިޝަނުގެ ރައީސް ވިދާޅުވި، ރައީސް އެއްބަސްވެވަޑައިގެންނެވި ތިމަންމެން މި ކޮމިޝަނުގެ ފަރާތުން ހަގީގަތުގައި ޕާޓީތަކާ ގުޅިގެން ކުރަންޖެހޭ މަސައްކަތް ކުރަން ޖެހޭ މިންވަރާ ގާތަށްވެސް ނުކުރެވޭކަމާއި، އެކަމަށް ތިމަން މަނިކުފާނު ގިލްޓީ ފީލްވާކަމަށް، ވަރަށް ސާފުކޮށް ވިދާޅުވި
ރައްޔިތުންގެ މަޖިލީހުގެ ދާންދޫ ދާއިރާގެ ކުރީގެ މެންބަރު ޔައުގޫބް އަބްދުﷲ

ޔައުޤޫބު އިތުރަށް ވިދާޅުވީ، ޕާޓީތަކާ ބައްދަލުކުރެއްވުމަށް ވުރެ ގިނައިން ކޮމިޝަނުގެ ރައީސް ބައްދަލު ކުރައްވަނީ މިއަދުގެ ރައީސުލްޖުމްހޫރިއްޔާއާ ކަމަށެވެ. އަދި ވިދާޅުވީ، ކޮމިޝަނަށް އިންތިހާ ނުފޫޒު އޮތްކަން ފެނިގެންދާކަމަށެވެ.

 

ޔައުގޫބު އަބްދުﷲރެފަރަންޑަމް ބިލުއެމްޑީޕީއިލެކްޝަންސް ކޮމިޝަން

އިތުރަށް ކިޔާލަން

12 މާރިޗު 2026

އިލެކްޝަންސް ކޮމިޝަނާއެކު އެމްޑީޕީން ބޭއްވި ބައްދަލުވުމުން ސާފުވެގެން ދިޔައީ އެ ކޮމިޝަނުގެ މައްޗަށް ސަރުކާރުގެ ނުފޫޒު އޮތްވަރު: ޝިއްޕެ

12 މާރިޗު 2026
އިލެކްޝަންސް ކޮމިޝަނާއެކު އެމްޑީޕީން ބޭއްވި ބައްދަލުވުމުން ސާފުވެގެން ދިޔައީ އެ ކޮމިޝަނުގެ މައްޗަށް ސަރުކާރުގެ ނުފޫޒު އޮތްވަރު: ޝިއްޕެ
12 މާރިޗު 2026

ވޯޓާއި ގުޅިގެން ހުރި މައިގަނޑު 4 ކަންބޮޑުވުމެއް ހިފައިގެން އެމްޑީޕީ އިން އީސީ އަށް

12 މާރިޗު 2026
ވޯޓާއި ގުޅިގެން ހުރި މައިގަނޑު 4 ކަންބޮޑުވުމެއް ހިފައިގެން އެމްޑީޕީ އިން އީސީ އަށް
12 މާރިޗު 2026

ހަނގުރާމާއާއެކު ރާއްޖެއަށް ވަންނަ ޑޮލަރު މަދުވެ، ޑޮލަރުން ހޭދަ ކުރާވަރު ވަރަށް ބޮޑަށް އިތުރުވޭ، ކުރިއަށް އޮތްތަނުގައި އަމަލުކުރާނެ ގޮތުގެ ޕްލޭން ސަރުކާރުން ކިޔައިދޭން ޖެހޭ: އަމްރު

12 މާރިޗު 2026
ހަނގުރާމާއާއެކު ރާއްޖެއަށް ވަންނަ ޑޮލަރު މަދުވެ، ޑޮލަރުން ހޭދަ ކުރާވަރު ވަރަށް ބޮޑަށް އިތުރުވޭ، ކުރިއަށް އޮތްތަނުގައި އަމަލުކުރާނެ ގޮތުގެ ޕްލޭން ސަރުކާރުން ކިޔައިދޭން ޖެހޭ: އަމްރު
12 މާރިޗު 2026

ފެންނަ ނުފެންނަ ވޯޓަކީ، ރައްޔިތުންގެ ގަޔަށް ތިން ވަނަ ފަހަރަށް ވިހަލާން ސަރުކާރުން ހިންގާ ބޮޑު ޖަރީމާއެއް: ބިގޭ

12 މާރިޗު 2026
ފެންނަ ނުފެންނަ ވޯޓަކީ، ރައްޔިތުންގެ ގަޔަށް ތިން ވަނަ ފަހަރަށް ވިހަލާން ސަރުކާރުން ހިންގާ ބޮޑު ޖަރީމާއެއް: ބިގޭ
12 މާރިޗު 2026

ހަނގުރާމައެއް ފެށުމުން އެކަމާ ކަންބޮޑުވާނެ ކަމެއް ނެތޭ ޤައުމުގެ ވެރިޔާ ވިދާޅުވި ހިސާބުން އެނގުނީ ސަރުކާރު އެފަދަ ޙާލަތަކަށް ތައްޔާރު ނޫންކަން: އިޙުސާން

12 މާރިޗު 2026
ހަނގުރާމައެއް ފެށުމުން އެކަމާ ކަންބޮޑުވާނެ ކަމެއް ނެތޭ ޤައުމުގެ ވެރިޔާ ވިދާޅުވި ހިސާބުން އެނގުނީ ސަރުކާރު އެފަދަ ޙާލަތަކަށް ތައްޔާރު ނޫންކަން: އިޙުސާން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު