Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމަސްވެރިކަން

މި ދިޔަ މަހު މަސްވެރިކަން ވަރަށް ބޮޑަށް ދަށަށް ގޮސްފި

މިފްކޯގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި އޭޕްރިލް މަހާ އަޅާބަލާއިރު މެއި މަހު ކިރުވި މަހުގެ މިންވަރު ވަނީ 4،414 ޓަނުން 1،791 ޓަނަށް ދަށްވެފައި. މަސްވެރިކަން ދަށްވުމާ ގުޅިގެން މަސްވެރިންނަށް ދޫކުރި ފައިސާގެ އަދަދު ވެސް ވަނީ 78 މިލިއަނުން 31 މިލިއަން ރުފިޔާއަށް މަދުވެފައި. މަސްވެރިކަން ދަށްވި ސަބަބުތަކުގެ ތެރޭގައި ކޫއްޑޫއިން ތެޔޮ ލިބުމުގައި ދަތިތަކެއް ކުރިމަތިވެ، ދުރު ސަރަހައްދުތަކަށް މަހަށް ފުރޭގޮތް ނުވުން ހިމެނޭ ކަމަށް މަސްވެރިން ފާހަގަކުރޭ.

އަމްނާ އިމާދު
އަމްނާ އިމާދު | 3 ޖޫން 2026 | ބުދަ 08:13
ފަރެސްމާތޮޑާ މަސްވެރިން.

ފަރެސްމާތޮޑާ މަސްވެރިން. | ފަރެސްމާތޮޑާ މަސްވެރިއެއް

މެއި މަހު މަސްވެރިކަން ވަރަށް ބޮޑަށް ދަށަށް ގޮސްފައިވާ ކަމަށް މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް، (މިފްކޯ)އިން ބުނެފި އެވެ.

މިފްކޯއިން އާއްމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، އޭޕްރިލް މަހާއި އަޅާބަލާއިރު މެއި މަހު މަސްވެރިކަން ވަނީ ދަށަށް ގޮސްފަ އެވެ.

ތަފާސްހިސާބުތައް ދައްކާގޮތުން މެއި މަހު މިފްކޯ އަށް 693 ދޯންޏަކުން ވަނީ، 1791 ޓަނުގެ މަސް ކިރާފަ އެވެ. އަދި ކިރުވާފައިވާ މަހަށް 31،081،853 (އެއް ތިރީސް މިލިއަން އަށްޑިހަ އެއްހާސް އަށް ސަތޭކަ ފަންސާސް ތިން) ރުފިޔާ ވަނީ ދޫކޮށްފައިވެ އެވެ. 

އެގޮތުން 1708.9 ޓަނުގެ ކަޅުބިލަމަސް ކިރުވާފައިވާއިރު، ކަޅުބިލަމަހަށް 29،063،153 (ނަވާވީސް މިލިއަން ފަސްދޮޅަސް ތިން ހާސް ސަތޭކަ ފަންސާސް ތިން ރުފިޔާ) ދޫކޮށްފައިވެ އެވެ. މިއީ 367 ދޯނިން ކިރުވާފައިވާ މަހެވެ.

10 ކިލޯއިން މަތީގެ ބޮޑުކަންނެލި ކިރުވި 109 ދޯންޏަކަށް 138،000 (ސަތޭކަ ތިރީސްއަށްހާސް ރުފިޔާ) ޖަމާކޮށްފައިވެ އެވެ. އަދި 15 ކިލޯއިން މަތީގެ ކަންނެލި ކިރުވި 217 ދޯންޏަކަށް، 1،880،700 (އެއް މިލިއަން އަށްސަތޭކަ އަށްޑިހަ ހާސް ހަތް ސަތޭކަ) ރުފިޔާ ދޫކޮށްފައިވެ އެވެ. 

މިފްކޯއިން އާއްމު ކޮށްފައިވާ މަސްވެރިކަމުގެ ރިޕޯޓު.
މިފްކޯއިން އާއްމު ކޮށްފައިވާ މަސްވެރިކަމުގެ ރިޕޯޓު.
މިފްކޯއިން އާއްމު ކޮށްފައިވާ މަސްވެރިކަމުގެ ރިޕޯޓު.
މިފްކޯއިން އާއްމު ކޮށްފައިވާ މަސްވެރިކަމުގެ ރިޕޯޓު.

މީގެ އިތުރުން އޭޕްރީލް މަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު، މިފްކޯ އަށް 1068 ދޯންޏަކުން ވަނީ، 4،414 ޓަނުގެ މަސް ކިރާފަ އެވެ. އަދި ކިރުވާފައިވާ މަހަށް 78،778،405 (ހަތްދިހަ އަށް މިލިއަން ހަތްލައްކަ ހަތްދިހަ އަށްހާސް ހަތަރު ސަތޭކަ ފަހެއް ) ރުފިޔާ ދޫކޮށްފައިވެ އެވެ.

މިދިޔަ މަހު މަސްވެރިކަން ވަރަށް ބޮޑަށް ދަށަށް ގޮސްފައިވާއިރު، އޭޕްރީލް މަހުގެ ތެރޭގައި ގއ. ކޫއްޑޫ އިން މަސްވެރިންނަށް ތެޔޮ ނުލިބޭ ކަމަށް ބުނެ، މަސްވެރިން ކަންބޮޑުވުންފާޅު ކޮށްފައިވެ އެވެ. އަދި މަހަށް ފުރޭ ގޮތް ނުވެ ވަރަށް ބޮޑަށް ދަތިތައް ކުރިމަތިވާ ކަމަށާއި، ދުރު ސަރަހައްދުތަކަށް ގޮސް ރަނގަޅަށް މަސްވެރިކަން ނުކުރެވޭ ކަމަށް ބުނެފައިވެ އެވެ. 

މަސްވެރިކަންމޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކުންފުނި

އިތުރަށް ކިޔާލަން

30 އެޕްރީލު 2026

މިފްކޯގެ ސީއީއޯ އަދި އެމްޑީ އަކަށް، ޕީސީބީގެ ރައީސް ކަމުން އިސްތިއުފާދެއްވި އަނަސް އައްޔަންކޮށްފި

30 އެޕްރީލު 2026
 މިފްކޯގެ ސީއީއޯ އަދި އެމްޑީ އަކަށް، ޕީސީބީގެ ރައީސް ކަމުން އިސްތިއުފާދެއްވި އަނަސް އައްޔަންކޮށްފި
29 އެޕްރީލު 2026

މިއަދުގެ ހަގީގަތަކީ ގޮންޖެހުންތައް ގިނަވެ، ދުރު ސަރަހައްދުތަކަށް ގޮސް މަސްވެރިންނަށް ރަނގަޅަށް މަސްވެރިކަން ކުރެވޭނެ ގޮތެއް ނެތުން: މައުރޫފް

29 އެޕްރީލު 2026
މިއަދުގެ ހަގީގަތަކީ ގޮންޖެހުންތައް ގިނަވެ، ދުރު ސަރަހައްދުތަކަށް ގޮސް މަސްވެރިންނަށް ރަނގަޅަށް މަސްވެރިކަން ކުރެވޭނެ ގޮތެއް ނެތުން: މައުރޫފް
12 އެޕްރީލު 2026

މިފްކޯގެ ސީއީއޯގެ މަގާމުން ފަރުހަތު އިސްތިއުފާ ދެއްވައިފި

12 އެޕްރީލު 2026
މިފްކޯގެ ސީއީއޯގެ މަގާމުން ފަރުހަތު އިސްތިއުފާ ދެއްވައިފި
14 މާރިޗު 2026

ވަޒީރު ޝިޔާމެވެ. އަނެއްކާވެސް ހަމަ އެ އިންތިޚާބީ ވައުދުފުޅު ހެއްޔެވެ؟

14 މާރިޗު 2026
ވަޒީރު ޝިޔާމެވެ. އަނެއްކާވެސް ހަމަ އެ އިންތިޚާބީ ވައުދުފުޅު ހެއްޔެވެ؟
05 ފެބުރުއަރީ 2026

2025 ވަނަ އަހަރު ހުރިހާ އަތޮޅަކުން އެސްޓީއޯ ރޭޓަށް ތެޔޮ ލިބޭނެކަމަށް ވިދާޅުވި ވައުދު ނުފުއްދަވާ އަނެއްކާ ވެސް ހަމަ އެ ވައުދުވެވަޑައިގެންފި

05 ފެބުރުއަރީ 2026
2025 ވަނަ އަހަރު ހުރިހާ އަތޮޅަކުން އެސްޓީއޯ ރޭޓަށް ތެޔޮ ލިބޭނެކަމަށް ވިދާޅުވި ވައުދު ނުފުއްދަވާ އަނެއްކާ ވެސް ހަމަ އެ ވައުދުވެވަޑައިގެންފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު