Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމަސްވެރިކަން

މަސްވެރިކަމުގެ ސިނާއަތަށް ޒުވާނުން ޝައުޤުވެރި ނުވާ މައިގަނޑު ސަބަބަކީ ކުރީ ސަރުކާރުން ރަށްރަށުގައި ވަޒީފާތައް ދީފައި ހުރުން: ޝިޔާމް

24 ޖޫން 2026 | ބުދަ 07:28

މަސްވެރިކަމުގެ ސިނާއަތަށް ޒުވާނުން ނެރުމަށް ހުރި ގޮންޖެހުންތައް ނައްތާލުމަށްޓަކައި، މަސްވެރިންނަކީ ދައުލަތް ދަންނަ ބަޔަކަށް ހެދުމަށް ޚާއްސަ ދަފްތަރެއް އެކުލަވާލުމުގެ މަސައްކަތް ސަރުކާރުން ދަނީ ކުރަމުން. މި ސިނާއަތަށް ޒުވާނުންގެ ޝައުޤުވެރިކަން އިތުރުކުރުމަށް ތަމްރީނު ޕްރޮގްރާމްތައް ހިންގާއިރު، މަސްވެރިންނަށް ބޭންކިންގ އަދި ފައިނޭންސިންގ ފަދަ ޚިދުމަތްތައް ފަސޭހައިން ލިބޭނެ މަގު ފަހިކޮށްދިނުމަކީ ސަރުކާރުގެ މުހިންމު އަމާޒެއްކަމަށް ވަނީ ބުނެފައި.

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 24 ޖޫން 2026 | ބުދަ 07:28
ފިޝަރީޒް މިނިސްޓަރ އަހުމަދު ޝިޔާމް

ފިޝަރީޒް މިނިސްޓަރ އަހުމަދު ޝިޔާމް | ރާއްޖެއެމްވީ

މަސްވެރިކަމުގެ ސިނާއަތަށް ޒުވާނުން ޝައުޤުވެރި ނުވާ އެއް ސަބަބަކީ ކުރީ ސަރުކާރުތަކުން ރަށްރަށުގައި އުޅޭ މީހުންނަށް ދީފައިވާ ވަޒީފާތައްކަމަށް ފިޝަރީޒް މިނިސްޓަރ އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

މަސްވެރިކަމުގެ ސިނާއަތުގައި ބިދޭސީން މަދުކުރުމަށް ކުރެވެމުންދާ މަސައްކަތްތަކާ ގުޅޭގޮތުން ނޫސްވެރިއަކު ކުރި ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރ ވިދާޅުވީ، މިފަދަ ސިނާއަތްތަކަށް ދިވެހިން ހޯދުމުގައި ބޮޑެތި ގޮންޖެހުންތައް އެބަހުރިކަމަށާއި ވަކިން ޚާއްސަކޮށް މަސްވެރިކަމުގެ ސިނާއަތަށް ދިވެހިން ހޯދުމަކީ ގޮންޖެހުންތަކެއް ހުރި ކަމެއް ކަމަށެވެ.

Advertisement - newsAdvertisement

މިނިސްޓަރ ވިދާޅުވީ، މަސްވެރިކަމަކީ ވަރަށް ތަފާތު މަސައްކަތެއް ކަމަށާއި ދިވެހިން ވާނީ ދޮށީގެ މަސްވެރިކަމުގައި ދުނިޔޭގެ ނިސްބަތުން ފާހަގަކޮށްލެވޭ ފަދަ މަސައްކަތްތަކެއް ކުރާ ޤައުމަކަށް ކަމަށެވެ. ނަމަވެސް މިއަދު ދިވެހިން މި ސިނާއަތަށް ގެނައުމަށް ގޮންޖެހުންތައް އެބަހުރިކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

އެހެންކަމުން ސޒުވާނުން މި ސިނާއަތަށް ޝައުޤުވެރިކަން އިތުރު ކުރުމަށް ސަރުކާރުން ޕްރޮގްރާމްތަކެއް ހިންގަމުންދާކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އެގޮތުން ފަސް ޒުވާނަކު ހިމަނައިގެން ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފައިވާނެ ކަމަށާއި، ސަރުކާރުގެ އަމާޒަކީ މި ޕްރޮގްރާމްތައް މެދުނުކެނޑި ކުރިއަށް ގެންދިއުން ކަމަށް ޝިޔާމް ވިދާޅުވިއެވެ.

ޒުވާނުން މި ސިނާއަތަށް ޝައުޤުވެރިނުވާ ސަބަބުތަކަށް އަލިއަޅުވާލައްވަމުން މިނިސްޓަރ ވިދާޅުވީ، މީގެ ކުރީ ސަރުކާރުތަކުން މިފަދަ ސިނާއަތްތަކަށް ނުބަލައި ވަޒީފާތައް ދީފައި ހުރުމަކީ އެއް ސަބަބު ކަމަށެވެ. އަނެއް ސަބަބަކީ ދައުލަތް ދަންނަ ބަޔަކަށް މަސްވެރިން ނުވުން ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

  ޒުވާނުން މި ސިނާއަތަށް ޝައުޤުވެރިނުވާ ސަބަބުތައްވެސް އެބަހުރި، އެގޮތުން ބައެއް ކުންފުނިތަކުން މީގެ ކުރިން އެއްވެސް ވަރަކަށް ބެލުމެއްނެތި، ކެޔޮޅެއްތޯ ރަނގަޅު ފަޅުވެރިއެއްތޯ ނުބަލައި ވަޒީފާތައްދޭއިރު، ސިޔާސީ މަންފާ ޙާސިލުވާނެ ގޮތަކަށް އެކަންކަން ކުރެވިފައި ހުރީ، ރަށުތެރެއިން ބައިވަރު ވަޒިފާ މިފަދަ ސިނާއަތްތަކަށް ނުބަލައި ދީފައި ހުރުން އެއީ މައިގަނޑު އެއް ސަބަބު،  
ފިޝަރީޒް މިނިސްޓަރ އަހުމަދު ޝިޔާމް

މިނިސްޓަރ ވިދާޅުވީ އެތައް ޒަމާނެއް ވަންދެން މަސްވެރިކަން ކުރާއިރުވެސް ބޭންކިންގ އަދި ފައިނޭންސިންގ ދާއިރާއިން މަސްވެރިންނަށް ގިނަ ގޮންޖެހުންތަކެއް ހުންނަކަމަށެވެ.

އެހެންވެ ސަރުކާރުން ޚާއްސަ އިސްކަމެއްދީގެން މަސްވެރިން ދަފްތަރުގައި ޖައްސައި ދައުލަތް ދަންނަ ބަޔަކަށް މަސްވެރިން ހެދުމަށްޓަކައި މަސައްކަތްތަކެއް ކުރަމުންދާކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި ވިދާޅުވީ، މި މަސައްކަތްތަކުގެ ސަބަބުން މަސްވެރިންނަށް ބޭންކިންގ އަދި ފައިނޭންސިންގ ފަދަ ޚިދުމަތްތައް ލިބުން ފަސޭހަވެގެންދާނެ ކަމަށް ބެލެވޭކަމަށެވެ.

މަސްވެރިކަމުގެ ސިނާއަތަކީ ރާއްޖޭގެ އިގްތިސާދުގައި މުހިންމު ދައުރެއް އަދާކުރާ ސިނާއަތެކެވެ. މި ސިނާއަތުގައި ބިދޭސީންގެ ބަރޯސާވުން މަދުކޮށް ދިވެހިންގެ ބައިވެރިވުން އިތުރުކުރުމަށް ސަރުކާރުން އެކަށީގެންވާ މަސައްކަތްތަކެއް ނުކުރާކަމުގެ ކަންބޮޑުވުން އެކި ފަރާތްތަކުން ދަނީ ފާޅުކުރަމުންނެވެ.

އަޙްމަދު ޝިޔާމްމަސްވެރިކަންފިޝަރީޒް މިނިސްޓްރީބޭކްކުރުންފައިނޭންސިންގ

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

3

ތުރުކީގެ އަޝްޓާޝް އިން 300 މިލިއަން ޑޮލަރުގެ ލަގްޒަރީ ރިސޯޓެއް ރާއްޖޭގައި ތަރައްގީކުރަނީ

4

ޓްރަމްޕްގެ "ތިންވަނަ ހަނގުރާމަ" ވެސް ނާކާމިޔާބުވެ އެމެރިކާ ބަލިވެއްޖެ: އީރާނުގެ ލީޑަރުގެ އެޑްވައިޒަރ

5

މޮޅުވެވެން ނެތް، އަދި ބަލިވެވެން ވެސް ނެތް ހަނގުރާމައެއްގައި އެމެރިކާގެ ރައީސް ތާށިވެފައި!

އިތުރަށް ކިޔާލަން

11 ޖޫން 2026

މިލަންދޫގައި އާރްޑީސީގައި މަސައްކަތް ކުރާ ގިނަ މުވައްޒަފުން އެހެން ރަށްރަށަށް ބަދަލު ކުރަން ޓިޗު ފޮނުވައިފި

11 ޖޫން 2026
މިލަންދޫގައި އާރްޑީސީގައި މަސައްކަތް ކުރާ ގިނަ މުވައްޒަފުން އެހެން ރަށްރަށަށް ބަދަލު ކުރަން ޓިޗު ފޮނުވައިފި
03 ޖޫން 2026

މި ދިޔަ މަހު މަސްވެރިކަން ވަރަށް ބޮޑަށް ދަށަށް ގޮސްފި

03 ޖޫން 2026
މި ދިޔަ މަހު މަސްވެރިކަން ވަރަށް ބޮޑަށް ދަށަށް ގޮސްފި
01 ޖޫން 2026

މިލަންދޫ އެއާޕޯޓަށް ބޭނުންވާ ބިން ހިއްކުމާއެކު، ފަޅުތެރެއިން ގިނަ އަދަދެއްގެ މަސް މަރުވަނީ!

01 ޖޫން 2026
މިލަންދޫ އެއާޕޯޓަށް ބޭނުންވާ ބިން ހިއްކުމާއެކު، ފަޅުތެރެއިން ގިނަ އަދަދެއްގެ މަސް މަރުވަނީ!
29 އެޕްރީލު 2026

މިއަދުގެ ހަގީގަތަކީ ގޮންޖެހުންތައް ގިނަވެ، ދުރު ސަރަހައްދުތަކަށް ގޮސް މަސްވެރިންނަށް ރަނގަޅަށް މަސްވެރިކަން ކުރެވޭނެ ގޮތެއް ނެތުން: މައުރޫފް

29 އެޕްރީލު 2026
މިއަދުގެ ހަގީގަތަކީ ގޮންޖެހުންތައް ގިނަވެ، ދުރު ސަރަހައްދުތަކަށް ގޮސް މަސްވެރިންނަށް ރަނގަޅަށް މަސްވެރިކަން ކުރެވޭނެ ގޮތެއް ނެތުން: މައުރޫފް
21 އެޕްރީލު 2026

ފުލުހުންގެ ވަޒީފާއިން ވަކިކުރި ޝިޔާމަށް އަލުން ވަޒީފާ ދޭން ކުރި ހުކުމުގައި ހިމެނޭ 12 އަހަރުގެ މުސާރަ އާއި އިނާޔަތުގެ ބައި އިސްތިއުނާފްކުރަނީ

21 އެޕްރީލު 2026
ފުލުހުންގެ ވަޒީފާއިން ވަކިކުރި ޝިޔާމަށް އަލުން ވަޒީފާ ދޭން ކުރި ހުކުމުގައި ހިމެނޭ 12 އަހަރުގެ މުސާރަ އާއި އިނާޔަތުގެ ބައި އިސްތިއުނާފްކުރަނީ
20 އެޕްރީލު 2026

މަސްވެރިކަމާއި ދަނޑުވެރިކަމުގެ ސިނާއަތުގެ ގޮންޖެހުންތަކަށް ހައްލު ހޯދައިދިނުމުގެ ބަދަލުގައި، ވަޒީރު ޝިޔާމް މަސައްކަތް ކުރައްވަނީ ޒިންމާއިން ރެކިވަޑައިގަންނަވަންތޯ؟

20 އެޕްރީލު 2026
މަސްވެރިކަމާއި ދަނޑުވެރިކަމުގެ ސިނާއަތުގެ ގޮންޖެހުންތަކަށް ހައްލު ހޯދައިދިނުމުގެ ބަދަލުގައި، ވަޒީރު ޝިޔާމް މަސައްކަތް ކުރައްވަނީ ޒިންމާއިން ރެކިވަޑައިގަންނަވަންތޯ؟
19 އެޕްރީލު 2026

2 ދުވަސް ވަންދެން ކޫއްޑޫއިން މަސްވެރިންނަށް ވިއްކާ ތެޔޮ ހުސްވިކަމެއް މިނިސްޓަރ ޝިޔާމަކަށް އެނގިވަޑައިނުގަންނަވާ

19 އެޕްރީލު 2026
2 ދުވަސް ވަންދެން ކޫއްޑޫއިން މަސްވެރިންނަށް ވިއްކާ ތެޔޮ ހުސްވިކަމެއް މިނިސްޓަރ ޝިޔާމަކަށް އެނގިވަޑައިނުގަންނަވާ
16 އެޕްރީލު 2026

މިލަންދޫ އެއާޕޯޓަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް މިމަހުގެ 3 ވަނަ ދުވަހު ފަށައި، 6 ވަނަ ދުވަހު ހުއްޓާލައިފި

16 އެޕްރީލު 2026
މިލަންދޫ އެއާޕޯޓަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް މިމަހުގެ 3 ވަނަ ދުވަހު ފަށައި، 6 ވަނަ ދުވަހު ހުއްޓާލައިފި
15 އެޕްރީލު 2026

ފިޝަރީޒް އާއި އެގްރިކަލްޗައ އެއްކޮށްލައި،މިނިސްޓަރު ކަމަށް ޝިޔާމް އަލުން އައްޔަންކޮށްފި

15 އެޕްރީލު 2026
ފިޝަރީޒް އާއި އެގްރިކަލްޗައ އެއްކޮށްލައި،މިނިސްޓަރު ކަމަށް ޝިޔާމް އަލުން އައްޔަންކޮށްފި
14 މާރިޗު 2026

ވަޒީރު ޝިޔާމެވެ. އަނެއްކާވެސް ހަމަ އެ އިންތިޚާބީ ވައުދުފުޅު ހެއްޔެވެ؟

14 މާރިޗު 2026
ވަޒީރު ޝިޔާމެވެ. އަނެއްކާވެސް ހަމަ އެ އިންތިޚާބީ ވައުދުފުޅު ހެއްޔެވެ؟
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް