Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެޙުސައިން ޢަފީފް

ރައީސުލްޖުމްހޫރިއްޔާ، ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިކަން، ނިޝާން މުލީގޭ ޝަރަފްގެ ޢިއްޒަތުގެ ވެރިޔާ ޙުސައިން ޢަފީފަށް އަރުވައިފި

26 ޖުލައި 2026 | އާދީއްތަ 06:33

ރާއްޖޭގެ ފަތުރުވެރިކަމުގެ ބާނީއެއް ކަމަށްވާ ޙުސައިން ޢަފީފަކީ އިޤްތިޞާދީ، ޞިއްޙީ އަދި އިޖުތިމާޢީ ދާއިރާތަކުން ޤައުމަށް އަގުނުކުރެވޭފަދަ ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ ބޭފުޅެއް. އެގޮތުން ޓްރީ ޓޮޕް ހޮސްޕިޓަލާއި ކޮމާޝަލް ބޭންކް އުފެއްދެވުމުގެ އިތުރުން، އޭ.އެފް.ޓީ ފައުންޑޭޝަން މެދުވެރިކޮށް ތަޢުލީމީ އަދި އުމްރާނީ ތަރައްޤީއަށް އެމަނިކުފާނު ވަނީ ބޮޑެތި އެހީތަކެއް ވެދެއްވާފައި. މި މަތިވެރި ޚިދުމަތްތަކުގެ އަގުވަޒަންކޮށް ދައުލަތުން ވަނީ އެމަނިކުފާނަށް ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިކަމުގެ ލަޤަބު އަރުވާފައި.

ރާއްޖެ އެމްވީ | 26 ޖުލައި 2026 | އާދީއްތަ 06:33
ރައީސުލްޖުމްހޫރިއްޔާ، ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިކަން، ނިޝާން މުލީގޭ ޝަރަފްގެ ޢިއްޒަތުގެ ވެރިޔާ ޙުސައިން ޢަފީފަށް އަރުވައިފި

ރައީސުލްޖުމްހޫރިއްޔާ، ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިކަން، ނިޝާން މުލީގޭ ޝަރަފްގެ ޢިއްޒަތުގެ ވެރިޔާ ޙުސައިން ޢަފީފަށް އަރުވައިފި | ރައީސް އޮފީސް

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިކަން (ނ.ޢ.ޢ.ވ.)، ނިޝާން މުލީގޭ ޝަރަފްގެ ޢިއްޒަތުގެ ވެރިޔާ ޙުސައިން ޢަފީފަށް އަރުވައިފިއެވެ. މި ޢިއްޒަތް އެ މަނިކުފާނަށް އެރުވީ މިއަދު ހެނދުނު ބޭއްވި މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގަ އެވެ.

ޙުސައިން ޢަފީފަކީ، ދިވެހިރާއްޖެއަށް ފަތުރުވެރިކަން ތަޢާރުފުކޮށްދެއްވި ބާނީންގެ ތެރެއިން އެއް ބާނީއެވެ. އެމަނިކުފާނަކީ، ރާއްޖެއަށް ފަތުރުވެރިކަން ތަޢާރުފު ކުރެއްވި އެންމެ އިސް އެއް މޭސްތިރިވެސް މެއެވެ. ޙުސައިން ޢަފީފު ޤައުމީ ޚިދުމަތަށް އިސްކަންދެއްވުމުގައި މިހާތަނާ ޖެހެންދެންވެސް ދެމިހުންނެވިކަމުގެ އެންމެ ބޮޑު އެއް ހެއްކަކީ، އެ މަނިކުފާނު، ދިވެހިރާއްޖޭގައި ފަތުރުވެރިކަން ތަރައްޤީކުރެއްވުމަށްޓަކައި ކޮށްދެއްވި ދެމެހެއްޓެނިވި މަސައްކަތްޕުޅުތަކެވެ. އެންމެ ފުރަތަމަ ރާއްޖެއަށް ފަތުރުވެރިން ގެންނެވުމަށްޓަކައި މަސައްކަތް ފެށްޓެވިއިރު، ރިޒޯޓު ދާއިރާގެ އެކި ވަޒީފާތައް ކަމުގައިވާ ރިޒޯޓުގެ ބަދިގޭގައި މަސައްކަތް ކުރެއްވުމާއި، ޓުއަރ ގުރޫޕްތަކުގައި މަސައްކަތް ކުރެއްވުން އަދި މެނޭޖްމަންޓުގެ ދާއިރާގައިވެސް ޢަފީފް މަސައްކަތް ކުރެއްވުން ހާމަކޮށްދެނީ، ދިވެހިރާއްޖޭގައި ހޮސްޕިޓޭލިޓީގެ ދާއިރާގައި ވަކި މިންގަނޑުތަކެއް ހިފެހެއްޓެވުމަށް ޢަފީފް ދެއްވި އިސްކަމެވެ.

ރާއްޖޭގެ ފަތުރުވެރިކަމުގެ ޞިނާޢަތުގައި ފާހަގަކޮށްލެވޭ މުހިންމު ބަދަލެއްގެ ގޮތުގައި ތަޢާރުފު ކުރެވިގެންދިޔަ، ތިމާވެށްޓާ ރައްޓެހި ހަކަތަ ބޭނުންކޮށްގެން، 2014 ވަނަ އަހަރު ފަހުކޮޅު ރާއްޖޭގައި ހުޅުވި ދުނިޔޭގެ އެންމެ ފުރަތަމަ ސޯލަރ ރިޒޯޓު، މާލެއަތޮޅު ގަސްފިނޮޅުގައި ތަރައްޤީ ކުރައްވައި ޚިދުމަތް ދެއްވަން ފެށްޓެވުމާއެކު، އެ ބަދަލުވެގެން ދިޔައީ ފަތުރުވެރިކަމުގެ ދާއިރާއަށް ޢަފީފް ގެނެސްދެއްވި އިންޤިލާބީ އަދި އުންމީދީ ބަދަލެއްގެ ގޮތުގައެވެ. ޔޫރަޕާއި ބައިނަލްއަގުވާމީ ތަފާތު މާކެޓުތަކުގައި ދިވެހިރާއްޖޭގެ ފަތުރުވެރިކަން ޕްރޮމޯޓް ކުރެއްވުމުގައި ޙުސައިން ޢަފީފު ކުރައްވާފައިވާ ގިނަގުނަ މަސައްކަތްތައްވެސް އެމަނިކުފާނުގެ ޚިދުމަތްތަކުގެ ތެރޭގައި ފާހަގަކޮށްލެވެއެވެ. ޙުސައިން ޢަފީފަކީ، މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ (މަޓީ) އުފެއްދެވި، އެ އެސޯސިއޭޝަންގެ ފައުންޑިންގ މެންބަރެކެވެ. އެ މަނިކުފާނުވަނީ މަޓީގެ ވައިސް ޗެއަރމަން ކަމާއި، ޗެއަރމަންގެ މަގާމުފަދަ އެ އެސޯސިއޭޝަންގެ އިސް މަގާމުތައް ފުރުއްވައިފައެވެ. މިހާރުވެސް މަޓީގެ ޗެއަރމަންގެ މަގާމުގައި ޙުސައިން ޢަފީފު ހުންނަވައިގެން، ގިނަގުނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވަ އެވެ.

ފަތުރުވެރިކަމުގެ އިތުރުން، ހޮސްޕިޓޭލިޓީގެ ދާއިރާއިންނާއި، އޭވިއޭޝަންގެ ދާއިރާއިންނާއި، ބޭންކިންގގެ ދާއިރާއިންނާއި، ޞިއްޙީ ދާއިރާ ފަދަ ތަފާތު ދާއިރާތަކަށް އޮންޓަރޕްރިނިއޯ އެއްގެ ހައިސިއްޔަތުން ޙުސައިން ޢަފީފް ކޮށްދެއްވައިފައިވާ ޚިދުމަތްތަކަކީވެސް ވަރަށް ޚާއްޞަ ގޮތެއްގައި ފާހަގަކޮށްލަންޖެހޭ ޚިދުމަތްތަކެކެވެ. އައްޑޫ އިންޓަނޭޝަނަލް އެއަރޕޯޓް ތަރައްޤީކުރުމުގައި އެ މަނިކުފާނުގެ ހިއްސާ ވަރަށް ބޮޑުކަން ފާހަގަކޮށްލަންޖެހެއެވެ. މީގެއިތުރުން، ޙުސައިން ޢަފީފުގެ ބައިވެރިވެވަޑައިގަތުމާއެކުގައި ޓްރީ ޓޮޕް ހޮސްޕިޓަލް ގާއިމުކުރެވި ޚިދުމަތް ދޭން ފެށުމަކީ، ދިވެހިރާއްޖޭގެ ޞިއްޙީ ދާއިރާއިން އިންޤިލާބީ ބޮޑު ބަދަލެއް ފެނިގެންދިޔަ ކަމެކެވެ. 210 އެނދުގެ ޓާޝަރީ ލެވެލްގެ މި ހޮސްޕިޓަލު އިފުތިތާޙުކުރުމާއި ގުޅިގެން، މީގެ ކުރީގައި ރާއްޖެއިން ނުލިބޭފަދަ މަތީ ފެންވަރުގެ ޞިއްޙީ ޚިދުމަތްތައް ރައްޔިތުންނަށް ލިބެން ފެށިއެވެ. ޓްރީ ޓޮޕް ހޮސްޕިޓަލަކީ، ރާއްޖޭގެ އެންމެ ފުރަތަމަ ފަރޓިލިޓީ ކްލިނިކް ތަޢާރުފުކުރި ހޮސްޕިޓަލްވެސް މެއެވެ.

ޙުސައިން ޢަފީފުގެ ލޮބުވެތި ބައްޕަ ޢަލިފުޅު ތުއްތުގެ ނަމަށް ނިސްބަތްކުރައްވައި "ޢަލިފުޅު ތުއްތު ފައުންޑޭޝަން (އޭ. އެފް. ޓީ އެފް) ގެ ދަށުން ޢަފީފުވަނީ ވަރަށް ގިނަ އަދަދެއްގެ ސީ.އެސް.އާރު. އަދި މުޖުތަމަޢަށް ފައިދާކުރަނިވި މަޝްރޫޢުތަކެއް ރާއްވަވައި ކުރިއަށް ގެންދަވައިފައެވެ. މި ފައުންޑޭޝަންގެ އެހީގައި މިއަދާ ހަމައަށް ތަޢުލީމު ހާސިލުކުރި ވަރަށް ގިނަ އަދަދެއްގެ ކުދިން، މިއަދު ރާއްޖޭގެ އެކި ދާއިރާތަކުގައި ޚިދުމަތް ކުރަމުން އެބަ ގެންދެއެވެ. މީގެއިތުރުން، ރާއްޖޭގައި މީހުން ދިރިއުޅޭ ބައެއް ރަށްރަށުގައި ފެނާއި ނަރުދަމާގެ ނިޒާމު، ޢަފީފުގެ އިސްނެންގެވުމުގެ މަތިން ޤާއިމުކުރައްވާފައިވާކަންވެސް ފާހަގަކޮށްލެވެއެވެ. ހަމައެއާއެކު، ޙުސައިން ޢަފީފުގެ ބައިވެރިވެވަޑައިގަތުމާއެކުގައި، ކޮމާޝަލް ބޭންކް އޮފް މޯލްޑިވްސް އުފެއްދެވުމުގެ ސަބަބުން، ދިވެހި ވިޔަފާރިތަކަށް މާލީގޮތުން ކުރިއެރުން ލިބުމުގެ މަގު ފަހިވެގެންދިޔައެވެ. ޢަފީފަކީ ކޮމާޝަލް ބޭންކް އޮފް މޯލްޑިވްސްގެ ބޯޑުގެ ޗެއަރމަންވެސް މެއެވެ.

ފަތުރުވެރިކަމުގެ ދާއިރާގައި ޢަފީފް ހޭދަކުރެއްވި ދިގު މުއްދަތުގެ ތެރޭގައި ތަފާތު އެތައް އެވޯޑެއް ރާއްޖެއާއި ރާއްޖެއިން ބޭރުންވެސް އެމަނިކުފާނަށްވަނީ ލިބިވަޑައިގެންފައެވެ. ފަތުރުވެރިކަމުގެ ރޮނގުން ޢާންމު ޚިދުމަތުގެ ހިތްވަރު ދިނުމުގެ އިނާމު ޢަފީފަށް ލިބިވަޑައިގަތީ 1989 ވަނަ އަހަރުއެވެ. އަދި ފަތުރުވެރިކަމުގެ ރޮނގުން ޢާންމު ޚިދުމަތުގެ ޝަރަފުވެރިކަމުގެ އިނާމު ލިބިވަޑައިގަތީ 2004 ވަނަ އަހަރުއެވެ. 16 ސެޕްޓެމްބަރ 2010 ގައި ޙުސައިން ޢަފީފަށް ވަނީ "ދައުލަތަށް ގިނަދުވަހު ޚިދުމަތް ކުރެއްވި ޢިއްޒަތްތެރިޔާ"ގެ ލަޤަބުވެސް ސަރުކާރުން އަރުވައިފައެވެ. ނިޝާން މުލީގޭ ޝަރަފުގެ ޢިއްޒަތް އެމަނިކުފާނަށް އެރުވީ 26 ޖުލައި 2013 ގަ އެވެ.

މަސްދަރު: ރައީސް އޮފީސް

ޙުސައިން އަފީފްފަތުރުވެރިކަންމޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ ޓްރީ ޓޮޕް ހޮސްޕިޓަލްކޮމާޝަލް ބޭންކް އޮފް މޯލްޑިވްސްނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިކަންނިޝާން މުލީގޭ ޝަރަފުގެ އިއްޒަތް

އިތުރަށް ކިޔާލަން

26 ޖުލައި 2026

ރައީސުލްޖުމްހޫރިއްޔާ، ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިކަން، ޑޮކްޓަރ މުޙައްމަދު ލަތީފަށް އަރުވައިފި

26 ޖުލައި 2026
ރައީސުލްޖުމްހޫރިއްޔާ، ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިކަން، ޑޮކްޓަރ މުޙައްމަދު ލަތީފަށް އަރުވައިފި
26 ޖުލައި 2026

ރައީސުލްޖުމްހޫރިއްޔާ، ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިކަން، އަލްއުސްތާޛު އިބްރާހީމް ރަޝީދު މޫސާއަށް އަރުވައިފި

26 ޖުލައި 2026
ރައީސުލްޖުމްހޫރިއްޔާ، ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިކަން، އަލްއުސްތާޛު އިބްރާހީމް ރަޝީދު މޫސާއަށް އަރުވައިފި
26 ޖުލައި 2026

ރައީސުލްޖުމްހޫރިއްޔާ، ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިކަން، ނިޝާން މުލީގޭ ޝަރަފްގެ ޢިއްޒަތުގެ ވެރިޔާ މުޙައްމަދު މޫސާއަށް އަރުވައިފި

26 ޖުލައި 2026
ރައީސުލްޖުމްހޫރިއްޔާ، ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިކަން، ނިޝާން މުލީގޭ ޝަރަފްގެ ޢިއްޒަތުގެ ވެރިޔާ މުޙައްމަދު މޫސާއަށް އަރުވައިފި
21 ޖުލައި 2026

ރާއްޖޭގެ ފަސްތަރީގެ ރިސޯޓެއްގައި ކުރިން ސާދަހާސް ޑޮލަރަށް ވިއްކަމުން އައި ފަސް ދުވަހުގެ ޕެކޭޖު އެންމެ ތިންހާސް ޑޮލަރަށް ކުޑަކޮށްފި

21 ޖުލައި 2026
ރާއްޖޭގެ ފަސްތަރީގެ ރިސޯޓެއްގައި ކުރިން ސާދަހާސް ޑޮލަރަށް ވިއްކަމުން އައި ފަސް ދުވަހުގެ ޕެކޭޖު އެންމެ ތިންހާސް ޑޮލަރަށް ކުޑަކޮށްފި
16 ޖުލައި 2026

"އައްޑޫ ހަންކެޑެ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް" ގެ ނަމުގައި ރައީސް މުއިއްޒު އައު ކުންފުންޏެއް އުފައްދަވައިފި

16 ޖުލައި 2026
"އައްޑޫ ހަންކެޑެ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް" ގެ ނަމުގައި ރައީސް މުއިއްޒު އައު ކުންފުންޏެއް އުފައްދަވައިފި
16 ޖުލައި 2026

އަރްމީނިއާގެ ޝިރާކް އޭވިއާއިން ރާއްޖެއަށް ސީދާ ދަތުރުތައް ފަށަނީ

16 ޖުލައި 2026
އަރްމީނިއާގެ ޝިރާކް އޭވިއާއިން ރާއްޖެއަށް ސީދާ ދަތުރުތައް ފަށަނީ
10 ޖުލައި 2026

ގްލޯބަލް އެއާލައިންސް އިން މިއަހަރު ފަހުކޮޅު ރާއްޖެއަށް ދަތުރުތައް ފަށަނީ

10 ޖުލައި 2026
ގްލޯބަލް އެއާލައިންސް އިން މިއަހަރު ފަހުކޮޅު ރާއްޖެއަށް ދަތުރުތައް ފަށަނީ
08 ޖުލައި 2026

ބަހްރައިންގެ ގަލްފް ހޮޓެލްސް ގްރޫޕުން ރާއްޖޭގައި ލަގްޒަރީ ރިސޯޓެއް ތަރައްގީކުރަނީ

08 ޖުލައި 2026
ބަހްރައިންގެ ގަލްފް ހޮޓެލްސް ގްރޫޕުން ރާއްޖޭގައި ލަގްޒަރީ ރިސޯޓެއް ތަރައްގީކުރަނީ
29 ޖޫން 2026

ދައުލަތުގެ ޚަރަދުތައް ކުޑަވެފައިވަނީ ދާއިމީކޮށް ޚަރަދުތައް މަދުކޮށްގެންނެއް ނޫން، އޭގެ ބަދަލުގައި ބިލުތަކަށް ފައިސާ ދެއްކުން ފަސްކޮށްގެން: ވޯލްޑް ބޭންކް

29 ޖޫން 2026
ދައުލަތުގެ ޚަރަދުތައް ކުޑަވެފައިވަނީ ދާއިމީކޮށް ޚަރަދުތައް މަދުކޮށްގެންނެއް ނޫން، އޭގެ ބަދަލުގައި ބިލުތަކަށް ފައިސާ ދެއްކުން ފަސްކޮށްގެން: ވޯލްޑް ބޭންކް
27 ޖޫން 2026

ޓޫރިޒަމްގެ އޮފް-ސީޒަނާ ދިމާކޮށް ބޭންކުތަކަށް ދޫކުރާ ޑޮލަރު އެމް.އެމް.އޭ އިން 25 އިންސައްތަ އިތުރުކޮށްފި

27 ޖޫން 2026
 ޓޫރިޒަމްގެ އޮފް-ސީޒަނާ ދިމާކޮށް ބޭންކުތަކަށް ދޫކުރާ ޑޮލަރު އެމް.އެމް.އޭ އިން 25 އިންސައްތަ އިތުރުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް