Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެހަންކެޑެ

"އައްޑޫ ހަންކެޑެ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް" ގެ ނަމުގައި ރައީސް މުއިއްޒު އައު ކުންފުންޏެއް އުފައްދަވައިފި

އައްޑޫ ހަންކެޑެ އިންޓެގްރޭޓެޑް ޓޫރިޒަމް މޮޑެލަކަށް ތަރައްޤީކޮށް، އެ އަތޮޅުގެ ފަތުރުވެރިކަން ފުޅާކުރުމަށްޓަކައި ސަރުކާރުން އައު ކުންފުންޏެއް އުފައްދައިފި. މި ކުންފުނީގެ މައިގަނޑު މަޤްޞަދަކީ ފަތުރުވެރިކަމުގެ މަންފާ އައްޑޫގެ ރައްޔިތުންނަށް ހަމަހަމައަށް ފޯރުކޮށްދީ، ސަރުކާރުގެ އިޤްތިޞާދީ ލަނޑުދަނޑިތައް ހާސިލުކުރުމަށް ބޭނުންވާ މަސައްކަތްތައް ރޭވުންތެރިކަމާއެކު ކުރިއަށް ގެންދިއުން.

ރާއްޖެ އެމްވީ | 16 ޖުލައި 2026 | ބުރާސްފަތި 13:18
ހަންކެޑެ އިންޓަގްރޭޓެޑް ޓޫރިޒަމް ޑިވެލޮޕްމަންޓް މަޝްރޫއު

ހަންކެޑެ އިންޓަގްރޭޓެޑް ޓޫރިޒަމް ޑިވެލޮޕްމަންޓް މަޝްރޫއު | އެމްއެފްއެމްސީ

"އައްޑޫ ހަންކެޑެ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް" ގެ ނަމުގައި ސަރުކާރުގެ ކުންފުންޏެއް އުފައްދައިފި އެވެ.

ބުރާސްފަތި ދުވަހު މި ކުންފުނި އުފެއްދެވިކަން އިޢުލާނުކޮށްފައިވަނީ، ދިވެހިސަރުކާރުގެ ގެޒެޓުގައި ޝާއިޢުކޮށްފައިވާ، ނަންބަރު 12/2026 ގަރާރުންނެވެ.

އައްޑޫ ހަންކެޑެ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް އުފެއްދެވުމުގެ މައިގަނޑު މަޤްޞަދަކީ، އިންޓެގްރޭޓެޑް ޓޫރިޒަމް ޑިވެލޮޕްމަންޓް މޮޑެލަކަށް "އައްޑުއަތޮޅު ހަންކެޑެ" ތަރައްޤީކޮށް، އައްޑޫ އަތޮޅުގައި ފަތުރުވެރިކަމުގެ ސިނާޢަތް އިތުރަށް ފުޅާކުރުމާއެކު، ފަތުރުވެރިކަމުގެ ސިނާޢަތުން ލިބޭ މަންފާ މުޅި އައްޑޫ އަތޮޅަށް ހަމަހަމަކަމާއެކު ފޯރުކޮށްދިނުމާއެކު، ފަތުރުވެރިކަމުގެ ދާއިރާގައި އައްޑޫ އަތޮޅުގެ ބައިވެރިވުން އިތުރުކޮށް މި މަޝްރޫޢުގެ ދަށުން ސަރުކާރުން ކަނޑައަޅާފައިވާ އިޤްތިޞާދީ ލަނޑުދަނޑިތައް ހާސިލުކުރުމަށް ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ރޭވުންތެރިކަމާއެކު ކުރިއަށް ގެންދިއުން ކަމަށް ރައީސް އޮފީހުން ބުނެފައިވެ އެވެ.

"އައްޑޫ ހަންކެޑެ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް" ގެ ނަމުގައި އައު ކުންފުންޏެއް އުފެއްދެވި އިރު، އައްޑޫސިޓީގެ ހަންކެޑޭގައި ފަތުރުވެރިކަމުގެ އާ މަޝްރޫއެއް ހިންގެވުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ނިންމަވާ 2025 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 1 ވަނަ ދުވަހު ވަނީ އިއުލާނު ކޮށްފަ އެވެ.

މި ނިންމުމާއެކު، ހަންކެޑެ ފަތުރުވެރިކަމުގެ ބޭނުމަށް ތަރައްޤީކުރުމުގެ މަސައްކަތް އަވަސްކުރުމުގެ މަޤުސަދުގައި ކަމަށް ބުނެ، ސަރުކާރުގެ ޓޫރިޒަމް ރިއަލް އެސްޓޭޓް ޑިވެލޮޕްމަންޓް ޕްރޮޖެކްޓެއް ހިންގާ ސަރަޙައްދެއްގެ ގޮތުގައި ކަނޑައަޅައި، އެތަން މޯލްޑިވްސް ފަންޑް މެނޭޖްމަންޓް ކޯޕަރޭޝަނަށް ކުއްޔަށް ދިނުމަށް 2 ޑިސެންބަރު 2021 ގައި އެކަށައަޅާ ކުރިން ނެރުނު ގަރާރު ސަރުކާރުން އުވާލި އެވެ. އަދި އެ ނިންމުމާ އެކު ފަތުރުވެރިކަމުގެ އާ މަޝްރޫއެއް ހިންގުމަށް އެ ރަށް މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓާ ވަނީ ހަވާލު ކޮށްފަ އެވެ.

އައްޑޫ ސިޓީ ހިތަދޫ، މަރަދޫ، މަރަދޫފޭދޫ އަދި ފޭދޫގެ ރައްޔިތުންނާ ރައީސް މުއިއްޒު ބައްދަލުކުރައްވައި، ވާހަކަފުޅުދައްކަވަމުން ހުސްވި އަހަރުގެ ނޮވެމްބަރު 5 ވަނަ ދުވަހު ވިދާޅުވީ، ހަންކެޑެ މަޝްރޫޢުގައި ހުރި ހުރަސްތައްވެސް ނައްތާލެވި، 1000 އެނދުގެ އިންޓަގްރޭޓަޑް ޓުއަރިޒަމް މަޝްރޫޢެއް މާލަހެއް ނުވެ ފެށޭނެކަމުގެ ޔަގީންކަން ދެއްވާ ކަމުގަ އެވެ.

އައްޑޫ ސިޓީ ހިތަދޫ، މަރަދޫ، މަރަދޫފޭދޫ އަދި ފޭދޫގެ ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސް މުއިއްޒު ވާހަކަފުޅުދައްކަވަނީ

އައްޑޫ ސިޓީ ހިތަދޫ، މަރަދޫ، މަރަދޫފޭދޫ އަދި ފޭދޫގެ ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސް މުއިއްޒު ވާހަކަފުޅުދައްކަވަނީ | ރައީސް އޮފީސް

އޭގެ ފަހުން، ސަރުކާރަށް ދެ އަހަރު ފުރުން ފާހަގަކުރުމަށް 17 ނޮވެމްބަރު 2025 ގައި ޒުވާނުންގެ މަރުކަޒުގެ ހޯލުގައި ކުރިއަށްދިޔަ "ރައްޔިތުންނާއެކު ކުރިއަށް - ހަފުތާ 104 ރަސްމިއްޔާތު" ގައި ވާހަކަފުޅުދައްކަވަމުން ވަރަށް އަވަހަށް ހަންކެޑެ މަޝްރޫޢަށް އިންވެސްޓްކުރާ ފަރާތުން ލީޒް އެކުއިޒިޝަން ކޮސްޓް ދައްކައި އެއްބަސްވުމުގައި ސޮއިކުރާނެ ކަމުގައި ރައީސް މުއިއްޒު ވަނީ ވިދާޅުވެފަ އެވެ.

ރައްޔިތުންގެ މަޖިލިސް މި ދައުރަށް އިފުތިތާޙުކޮށްދެއްވައި، 2026 ވަނަ އަހަރުގެ ރިޔާސީ ބަޔާން އިއްވަވަމުން ދެއްކެވި ވާހަކަފުޅުގައި ކުރިއަށްނުގޮސް ހުއްޓިފައި އޮތް އައްޑޫ ހަންކެޑެ މަޝްރޫޢު، އިންޓެގްރޭޓަޑް ޓޫރިޒަމް ތަރައްޤީކުރުމަށްޓަކައި އަލުން އެވޯޑް ކޮށްފައިވާ ކަމަށް ރައީސް މުއިއްޒު ވިދާޅުވި އެވެ.

އިންޓަރގްރޭޓެޑް ރިޒޯޓް، ސިޓީ ހޮޓާ، ގެސްޓްހައުސް އަދި ވޯޓަރ ވިލާ އެކުލެވޭހެން ވަށާޖެހޭ ޕްރޮޖެކްޓެއްގެ ގޮތުގައި ތަރައްގީ ކުރުމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި ހަންކެޑެ ފަރުމާކޮށް ތަރައްޤީ ކުރަން އޮތީ މޯލްޑިވްސް ފަންޑް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑާ ހަވާލުކޮށްފަ އެވެ. އޭރުގެ ސަރުކާރުން އަމާޒު ކުރީ ދެ އަހަރުގެ ތެރޭގައި އެ މަޝްރޫއު ނިންމުމަށެވެ.

އައްޑޫ ހަންކެޑެ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑްހަންކެޑެފަތުރުވެރިކަންއައްްޑޫ ސިޓީ

އިތުރަށް ކިޔާލަން

16 ޖުލައި 2026

އަރްމީނިއާގެ ޝިރާކް އޭވިއާއިން ރާއްޖެއަށް ސީދާ ދަތުރުތައް ފަށަނީ

16 ޖުލައި 2026
އަރްމީނިއާގެ ޝިރާކް އޭވިއާއިން ރާއްޖެއަށް ސީދާ ދަތުރުތައް ފަށަނީ
15 ޖުލައި 2026

އައްޑޫގައި ފެނަކައިގެ ހިޔާނާތާ ގުޅޭ މަނީ ލޯންޑްރިންގެ ތަހުގީގެއް ހިންގަނީ!

15 ޖުލައި 2026
އައްޑޫގައި ފެނަކައިގެ ހިޔާނާތާ ގުޅޭ މަނީ ލޯންޑްރިންގެ ތަހުގީގެއް ހިންގަނީ!
15 ޖުލައި 2026

އައްޑޫ ސިޓީގައި ތަކުރާރުކޮށް ވައްކަންކުރާ މީހަކު ޝަރީއަތް ނިމެންދެން ބަންދުކޮށްފި

15 ޖުލައި 2026
އައްޑޫ ސިޓީގައި ތަކުރާރުކޮށް ވައްކަންކުރާ މީހަކު ޝަރީއަތް ނިމެންދެން ބަންދުކޮށްފި
13 ޖުލައި 2026

އައްޑޫ ސިޓީގައި މަސްތުވާތަކެތި ބޭނުންކުރުމުގެ ޚިދުމަތް ދެމުންދާކަމުގެ ތުހުމަތުގައި، މަރަދޫ ބޯޅަދަނޑުގެ ބަންދު ކޮށްފި

13 ޖުލައި 2026
އައްޑޫ ސިޓީގައި މަސްތުވާތަކެތި ބޭނުންކުރުމުގެ ޚިދުމަތް ދެމުންދާކަމުގެ ތުހުމަތުގައި، މަރަދޫ ބޯޅަދަނޑުގެ ބަންދު ކޮށްފި
10 ޖުލައި 2026

ގްލޯބަލް އެއާލައިންސް އިން މިއަހަރު ފަހުކޮޅު ރާއްޖެއަށް ދަތުރުތައް ފަށަނީ

10 ޖުލައި 2026
ގްލޯބަލް އެއާލައިންސް އިން މިއަހަރު ފަހުކޮޅު ރާއްޖެއަށް ދަތުރުތައް ފަށަނީ
08 ޖުލައި 2026

ބަހްރައިންގެ ގަލްފް ހޮޓެލްސް ގްރޫޕުން ރާއްޖޭގައި ލަގްޒަރީ ރިސޯޓެއް ތަރައްގީކުރަނީ

08 ޖުލައި 2026
ބަހްރައިންގެ ގަލްފް ހޮޓެލްސް ގްރޫޕުން ރާއްޖޭގައި ލަގްޒަރީ ރިސޯޓެއް ތަރައްގީކުރަނީ
08 ޖުލައި 2026

އައްޑޫގައި މާރާމާރީއެއް ހިންގި މައްސަލައަކާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން ތިން މީހަކު ހައްޔަރުކޮށްފި

08 ޖުލައި 2026
އައްޑޫގައި މާރާމާރީއެއް ހިންގި މައްސަލައަކާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން ތިން މީހަކު ހައްޔަރުކޮށްފި
04 ޖުލައި 2026

ސަރުކާރުން "ރައިޓް ސައިޒް" ކުރަން މުވައްޒަފުން މަދުކުރަމުން ދަނިކޮށް، އެންސްޕާއަށް ގިނަ އަދަދެއްގެ މުވައްޒަފުން ހޯދަން އިއުލާނު ކޮށްފި

04 ޖުލައި 2026
ސަރުކާރުން "ރައިޓް ސައިޒް" ކުރަން މުވައްޒަފުން މަދުކުރަމުން ދަނިކޮށް، އެންސްޕާއަށް ގިނަ އަދަދެއްގެ މުވައްޒަފުން ހޯދަން އިއުލާނު ކޮށްފި
03 ޖުލައި 2026

ހަންކެޑެ މަޝްރޫއު: 20 އަހަރުވީ އިރުވެސް އަދިވެސް އަމަލީ މަސައްކަތް ފެށޭނެ ދުވަހެއް ނޭނގޭ!

03 ޖުލައި 2026
ހަންކެޑެ މަޝްރޫއު: 20 އަހަރުވީ އިރުވެސް އަދިވެސް އަމަލީ މަސައްކަތް ފެށޭނެ ދުވަހެއް ނޭނގޭ!
02 ޖުލައި 2026

ހިތަދޫގައި މަސްތުވާތަކެތި ބޭނުންކުރުމުގެ ހިދުމަތްދޭ ގެއެއް 90 ދުވަހަށް ބަންދުކުރަން އަމުރުކޮށްފި

02 ޖުލައި 2026
ހިތަދޫގައި މަސްތުވާތަކެތި ބޭނުންކުރުމުގެ ހިދުމަތްދޭ ގެއެއް 90 ދުވަހަށް ބަންދުކުރަން އަމުރުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު