Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއާސަންދަ

ބާޒާރުން ލިބެން ހުންނަ އަގަށް ވުރެ ބޮޑުކޮށް އާސަންދައިން ބޭސް ދޫކޮށްފައިވޭ: އޮޑިޓް

6 ޖެނުއަރީ 2026 | އަންގާރަ 13:56

އާސަންދަ ސްކީމުގެ އޮޑިޓް ރިޕޯޓުގައި ބުނެފައިވަނީ އާންމުކޮށް ބޭނުންކުރާ 26 ބޭހުގެ ތެރެއިން 17 ބޭހެއްގެ އަގު ބާޒާރުން ލިބޭ އަގަށްވުރެ ބޮޑުކޮށް ސްކީމުން ދޫކުރާކަމަށް. ބައެއް ބޭސްތައް 63 އިންސައްތަ އާހަމަޔަށް ވެސް އިތުރުކޮށް ދޫކުރާކަމަށާއި ބޭހުގެ އަގު ކަނޑައެޅުމުގައި ގަވާއިދުގައިވާ މިންގަނޑަށް އަމަލުނުކުރާކަން ފާހަގަކޮށްފައިވޭ. މި 17 ބޭހަށް 3 އަހަރުތެރޭ އިސްރާފަށް މަގުފަހިވާގޮތަށް 45 މިލިއަން ރުފިޔާ އިތުރަށް ހަރަދުވާނެކަމަށް އޮޑިޓުގައި ބުނެފައިވޭ.

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 6 ޖެނުއަރީ 2026 | އަންގާރަ 13:56
އެސްޓީއޯ ފާމަސީ

އެސްޓީއޯ ފާމަސީ | އެސްޓީއޯ

ބާޒާރުން ލިބެން ހުންނަ އަގަށް ވުރެ ބޮޑުކޮށް އާސަންދައިން ބޭސް ދޫކޮށްފައިވާ ކަމަށް އާސަންދައިގެ އޮޑިޓް ރިޕޯޓުގައި ބުނެފި އެވެ. 

އިޖުތިމާއީ ސިއްހީ އިންޝުއަރަންސް ސްކީމުގެ ޕާރފޯމަންސް އޮޑިޓް ރިޕޯޓުގައި ބުނެފައިވަނީ ރާއްޖޭގައި ބޭސް ލިބެން ހުންނަ އަގު ބޮޑުކަމަށް ފާހަގަކުރެވިފައި ވާއިރު، ރާއްޖެއަށް އެތެރެކުރާ އަދި އާންމުކޮށް ބޭނުންކުރެވޭ ބައެއް ބޭސްތައް ބާޒާރުން ލިބެން ހުރި އަގަށްވުރެ ބޮޑުކޮށް އާސަންދަ ސްކީމުން ހަރަދުކުރާކަމަށް އޮޑިޓްގައި ބުނެފައިވެ އެވެ. އެގޮތުން،  އާންމުކޮށް ބޭނުންކޮށް އުޅޭ 26 ބޭހެއް ބޭސް ފިހާރަތަކުން ދޫކުރާ އެންމެ ކުޑަައަގާއި އާސަންދައިން އެ ބޭސް ދޫކުރާ އަގާ އަޅާބެލި އިރު، 17 ބޭހެއްގެ އަގު، ބާޒާރުން ވިއްކާ ވަރަށް ވުރެ ބޮޑުކޮށް ސްކީމުން ދޫކުރާކަން ފާހަގަކޮށްފައިވެ އެވެ.

Advertisement - newsAdvertisement

މިގޮތުން، މީގެ ތެރެއިން ބައެއް ބޭސް ފިހާރަތަކުން، ބޭސް ވިއްކާ އެންމެ ކުޑަ އަގަށްވުރެ، ސްކީމް މެދުވެރިކޮށް ބޭސް ވިއްކާ އަގު 63 އިންސައްތަ އާ ހަމައަށް ވެސް އިތުރު ކޮށްފައިވާކަމަށް އޮޑިޓުގައި ފާހަގަކޮށްފައިވެ އެވެ. އެހެންކަމުން، ސްކީމުގެ އަގުތައް ތިރިކުރުމުގެ ފުރުސަތު އޮތްކަމާއި އަގުތައް ރިވިއުކުރަން ޖެހިފައިވާ ކަމަށް އޮޑިޓުގައި ބުނެފައިވެ އެވެ. 

މީގެ އިތުރުން ރާއްޖޭގެ ބާޒާރު ބައްޓަން ވެފައިވަނީ މޮނޮޕޮލިސްޓިކް ކޮމްޕެޓިޝަން މޮޑެލްއަށް ކަމުން، ގިނަ އަދަދެއްގެ އިމްޕޯޓަރުން ކުދިކުދި އަދަދުތަކުން ބޭސް އެތެރެ ކުރުމުގެ ސަބަބުން، ވޮލިއުމް ޑިސްކައުންޓް ނުލިބި ރާއްޖެއަށް ބޭސް ލިބޭ އަގު ބޮޑުވާ ކަމަށް އޮޑިޓުގައި ފާހަގަކޮށްފައިވެ އެވެ. އެގޮތުން، މި ސަރަހައްދުގެ އެހެން ގައުމުތަކާ އަޅައިބަލާ އިރު، ރާއްޖޭގައި ބޭސް ލިބެން ހުންނަ އަގު ބޮޑުވުމަކީ ވެސް ބޭހަށް ކުރާ ހަރަދު އިތުރުވުމުގެ ސަބަބުތަކުގެ ތެރޭގައި ހިމެނޭ ކަމެއް ކަމަށް ބުނެފައިވެ އެވެ. ބަލްކް ޕްރޮކިއުމަންޓްގެ ދަށުން 2024 ވަނަ އަހަރު 10 ބޭހެއް އަދި 2025 ވަނަ އަހަރު 7 ބޭހެއް އެތެރެކޮށް އާސަންދައިން ދޫކުރަން ފަށާފައި ވީނަމަވެސް، މި 17 ބޭހުގެ ތެރެއިން 3 ބޭހެއް ފިޔަވައި، އެހެން ހުރިހައި ބޭހެއްގެ އަގުތައް ކޮންޓްރޯލްކުރެވިފައިވާ ކަމަށް އޮޑިޓްގައި ފާހަގަކޮށްފައިވެ އެވެ. 

އޮޑިޓުގައި ބުނެފައިވަނީ އާސަންދައިން ބޭސް ވިއްކާ އަގު ކަނޑައެޅުމުގައި ބޭހާ ބެހޭ ގަވާއިދުގައިވާ މިންގަނޑަށް ޢަމަލުކުރަމުން ނުދާކަން ފާހަގަކުރެވުނެވެ. އެގޮތުން، ބޭހުގެ އަގު ކަނޑައެޅުމުގައި އެކި ފަހަރު އެކި ކަންކަމަށް ރިއާޔަތް ކޮށްފައިވާކަމާއި ބައެއް ބޭހުގެ އަގު ކަނޑައެޅުމުގައި ހިދުމަތް ފޯރުކޮށްދޭ ފަރާތުން ހުށަހަޅާ އަގު ހަމަޖައްސައިފައިވާއިރު، ބައެއް ފަހަރު އެފަރާތުން ބަޔާންކުރާ ހޯލްސޭލް އަގަށް ބިނާކޮށް ނުވަތަ ބޭސް ވިއްކާ ފަރާތުން އަގު ހޯދުމަށްފަހު ބޭހުގެ އަގު ކަނޑައަޅައިފައިވާކަން ވެސް ފާހަގަކުރެވުނު ކަމަށް އޮޑިޓްގައި ބުނެފައިވެ އެވެ. 

އަދި ކުންފުނިން ބޭހުގެ އަގު ހެދުމުގައި އެކިފަހަރު އެކި ގޮތަށް އަމަލުކޮށްފައިވަނީ އެމްއާރުޕީ ކަނޑައަޅައިފައި ނެތުމުންނާއި، ފާމަސީތަކުންނާއި މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން ހުށަހަޅާ އިންވޮއިސްތައް ދިމާނުވުމުން ކުރިމަތިވާ ގޮންޖެހުންތަކުގެ ސަބަބުންނާއި، ފާމަސީތަކުން އިންވޮއިސް އަދި ސީއައިއެފް އަގު ހުށަހެޅުމަށް އުޒުރުވެރިވުމާއި ބޭސް އެތެރެކުރާ ފަރާތްތަކުގެ ތަފާސްހިސާބުތަކުގައި ބޮޑެތި ފަރަގުތައް ހުރުމުން އަގު ކަނޑައެޅުމަށް ދިމާވާ ގޮންޖެހުންތަކުގެ ސަބަބުން އެނޫން ގޮތަކަށް އެކަން ކުރެވެން ނޯންނާތީކަމަށް އާސަންދަ ކުންފުނިން މައުލޫމާތު ދީފައިވާ ކަމަށް އޮޑިޓުގައި ބުނެފައިވެ އެވެ. 

އަދި ބޭހާބެހޭ ގަވާއިދުގައި ބަޔާންކޮށްފައިވާ މިންގަނޑަށް ވުރެ ބޮޑުކޮށް އާސަންދައިން ބޭހުގެ އަގު ކަނޑައަޅައިފައިވުމުގެ ސަބަބުން، އޮޑިޓުގައި ބެލި 17 ބޭހަށް އެކަނިވެސް އިސްރާފަށް މަގުފަހިވާގޮތަށް 45 މިލިއަން ރުފިޔާ 3 އަހަރު ތެރޭގައި އިތުރަށް ހަރަދުވާނެކަމަށް އަންދާޒާކުރެވޭ ކަމަށް ބުނެފައިވެ އެވެ. 

އާސަންދައިޖުތިމާއީ ސިއްހީ އިންޝުއަރަންސް ސްކީމް

އެންމެ ހިނގާ

1

ޑޮލަރުގެ އަގު ދަށަކަށް ނުދާނެ، އެއީ ސަރުކާރަށް ވެސް ކުރެވޭނެ ކަމެއް ނޫން: އުއްޗު

2

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

3

ސައުދީ އަރަބިއްޔާ ތޫފާނެއްގެ މެދުގައި، ތިން ދިމާލަކުން ދެކޮޅުވެރިން ވަށާލައިފި

4

ފޭކް ބުކިންގ ހަދައިގެން ކެންސަލްކުރުމަށްފަހު، ރިފަންޑު ހޯދުމަށް ހިންގާ ސްކޭމްތައް އިތުރުވަނީ!

5

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

އިތުރަށް ކިޔާލަން

07 ޖެނުއަރީ 2026

ބިލްތަކަށް ފައިސާ ނުދެއްކި ލަންކާ ހޮސްޕިޓަލުން އާސަންދަ ކަނޑާލައިފި

07 ޖެނުއަރީ 2026
ބިލްތަކަށް ފައިސާ ނުދެއްކި ލަންކާ ހޮސްޕިޓަލުން އާސަންދަ ކަނޑާލައިފި
31 ޑިސެމްބަރު 2025

ފާޑު ކިޔުން ބޮޑުވުމާ ގުޅިގެން ކްލިނިކްތަކާއި އައިނު ފިހާރަ ތަކުން ހައްދާ އައިނު ތަކަށް އާސަންދަ ލިބޭ ގޮތް ހަދަނީ

31 ޑިސެމްބަރު 2025
ފާޑު ކިޔުން ބޮޑުވުމާ ގުޅިގެން ކްލިނިކްތަކާއި އައިނު ފިހާރަ ތަކުން ހައްދާ އައިނު ތަކަށް އާސަންދަ ލިބޭ ގޮތް ހަދަނީ
07 ޑިސެމްބަރު 2025

އޮކްސިޖަން މެޝިނެއްގެ އެހީ އާއި ނުލާ ދިރިހުރެވެން ނެތް، ސަރުކާރު ގައި އާދޭސް ކުރާތާ އެތައް ދުވަހެއް

07 ޑިސެމްބަރު 2025
އޮކްސިޖަން މެޝިނެއްގެ އެހީ އާއި ނުލާ ދިރިހުރެވެން ނެތް، ސަރުކާރު ގައި އާދޭސް ކުރާތާ އެތައް ދުވަހެއް
04 ޑިސެމްބަރު 2025

8 މަސް ވީއިރުވެސް އައިސީޔޫ ހަރަދު އެންސްޕާ އިން ޖަމާ ނުކުރޭ!

04 ޑިސެމްބަރު 2025
8 މަސް ވީއިރުވެސް އައިސީޔޫ ހަރަދު އެންސްޕާ އިން ޖަމާ ނުކުރޭ!
26 ނޮވެމްބަރު 2025

ބޭސް ނުލިބޭތީ ހުށަހެޅި ކުއްލި މައްސަލަ ބޭރު: ކުޑޫ ވިދާޅުވީ ބޭސް ލިބުމުގައި ދަތިކަން އުޅޭކަން މަޖިލީހަށް ގަބޫލު ނުކުރެވުނު ކަމަށް

26 ނޮވެމްބަރު 2025
ބޭސް ނުލިބޭތީ ހުށަހެޅި ކުއްލި މައްސަލަ ބޭރު: ކުޑޫ ވިދާޅުވީ ބޭސް ލިބުމުގައި ދަތިކަން އުޅޭކަން މަޖިލީހަށް ގަބޫލު ނުކުރެވުނު ކަމަށް
10 ނޮވެމްބަރު 2025

އައިނަށް ދޭ ފައިސާ 2000ށް ބޮޑު ކުރީ 2 އަހަރުން އެއް އަހަރު އެކަން ކުރެވޭ ގޮތަށް، 1000 ދިން އިރު ކޮންމެ އަހަރަކު އައިނު ހެދޭ!

10 ނޮވެމްބަރު 2025
އައިނަށް ދޭ ފައިސާ 2000ށް ބޮޑު ކުރީ 2 އަހަރުން އެއް އަހަރު އެކަން ކުރެވޭ ގޮތަށް، 1000 ދިން އިރު ކޮންމެ އަހަރަކު އައިނު ހެދޭ!
09 ނޮވެމްބަރު 2025

ވަޒީރުންގެ މެޑިކަލް އިންޝުއަރެންސް ދެގުނަ ބޮޑު ކުރި އިރު އާންމު ރައްޔިތުންގެ ސިއްހީ އިންޝުއަރެންސް ތަންފުކެއް ވެސް ބޮޑު ނުކުރޭ

09 ނޮވެމްބަރު 2025
ވަޒީރުންގެ މެޑިކަލް އިންޝުއަރެންސް ދެގުނަ ބޮޑު ކުރި އިރު އާންމު ރައްޔިތުންގެ ސިއްހީ އިންޝުއަރެންސް ތަންފުކެއް ވެސް ބޮޑު ނުކުރޭ
20 އޮކްޓޯބަރު 2025

މިއަދު އެންސްޕާ އަދި އާސަންދައިގެ ޚިދުމަތް ލިބެނީ މި ސަރުކާރުގެ ވެރިންނާއި މަޖިލިސް މެމްބަރުން ގާތު ސަލާން ޖަހައިގެން: މެމްބަރު ސަމީރު

20 އޮކްޓޯބަރު 2025
މިއަދު އެންސްޕާ އަދި އާސަންދައިގެ ޚިދުމަތް ލިބެނީ މި ސަރުކާރުގެ ވެރިންނާއި މަޖިލިސް މެމްބަރުން ގާތު ސަލާން ޖަހައިގެން: މެމްބަރު ސަމީރު
20 އޮކްޓޯބަރު 2025

"ދާއިމީ ބައްޔެއް ތަހައްމަލް ކުރާ މީހުންނަށް ޕެންޝަން ފަންޑުން ފައިސާ ދޫކުރެވޭނެ ގޮތެއް ހޯދެން ޖެހޭ"

20 އޮކްޓޯބަރު 2025
"ދާއިމީ ބައްޔެއް ތަހައްމަލް ކުރާ މީހުންނަށް ޕެންޝަން ފަންޑުން ފައިސާ ދޫކުރެވޭނެ ގޮތެއް ހޯދެން ޖެހޭ"
20 އޮކްޓޯބަރު 2025

ބޭހުގެ ކަޅު ބާޒާރެއް އުފެދި ފުޅާ ވަނީ!

20 އޮކްޓޯބަރު 2025
ބޭހުގެ ކަޅު ބާޒާރެއް އުފެދި ފުޅާ ވަނީ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް