Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުސްޕެނިޝް ލަލީގާ

އަމިއްލަ ދަނޑުގައި ފުރަތަމަ ފަހަރަށް ރެއާލް މޮޅުވެއްޖެ

2 އޮކްޓޯބަރު 2017 | ހޯމަ 06:55

މިއީ އަމިއްލަ ދަނޑުގައި އެ ޓީމު ލަލީގާގައި މޮޅުވި ފުރަތަމަ މެޗު

އަހްމަދު ސާއިފް ޝިޔާދް
އަހްމަދު ސާއިފް ޝިޔާދް | 2 އޮކްޓޯބަރު 2017 | ހޯމަ 06:55
މި މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނު އިސްކޯ

މި މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނު އިސްކޯ

ސްޕެނިޝް ލަލީގާގައި އަމިއްލަ ދަނޑުގައި ފުރަތަމަ ފަހަރަށް ރެއާލް މެޑްރިޑް މޮޅުވެއްޖެއެވެ.

މި ސީޒަނުގެ ކުރީކޮޅު ދަށް ނަތީޖާތަކެއް ހޯދުމަށް ފަހު ރެއާލްއިން ވަނީ އަމިއްލަ ދަނޑުގައި ދެ ލަނޑު ސުން ލަނޑުން އެސްޕަންޔޯލް ބަލިކޮށް ތާވަލުގެ ކުރިޔަށް ޖެހިލާފައެވެ. އެގޮތުން މި މެޗުގެ ކުރިން ރެއާލްގެ އަމިއްލަ ދަނޑުގައި މިހާތަނަށް ކުޅުނު އެއްވެސް މެޗަކުން އެ ޓީމު މޮޅުވެފައެއް ނުވެއެވެ.

ރެއާލްގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި އެ ޓީމުގެ ފުރަތަމަ ލަނޑު މެޗުގެ 30 ވަނަ މިނިޓުގައި ކްރިސްޓިއާނޯ ރޮނާލްޑޯގެ އެހީތެރިކަމާ އެކު ކާމިޔާބުކޮށްދިނީ އިސްކޯއެވެ.

އެއް ލަނޑު ސުން ލަނޑުން ރެއާލް ކުރީގަ އޮވެގެން ފުރަތަމަ ހާފު ނިންމާލިއިރު އެ ޓީމުން ވަނީ ދެވަނަ ހާފުގައި ވެސް އެސްޕަންޔޯލްގެ ހާފުގައި ގިނަ ވަގުތު ބޯޅަ ގެންގުޅެ އެ ޓީމުގެ ގޯލާ އަމާޒުކޮށް ގިނަ ހަމަލާތަށް ފޮނުވާލާފައެވެ. ރެއާލްގެ ދެވަނަ ލަނޑު މެޗުގެ 71 ވަނަ މިނިޓުގައި އެ ޓީމަށް ޖަހައިދިނީ މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނު އިސްކޯއެވެ.

މި މެޗުން ހޯދި މޮޅާ އެކު ރެއާލްގެ ކޯޗު ޒައިނުއްދީން ޒިދާން ވަނީ އެ ޓީމާއެކު ލަލީގާގައި 50 މެޗު ކާމިޔާބު ކޮށްފައެވެ. އަދި މި މެޗުގައި އިސްކޯ ޖެހި ދެ ލަނޑާ އެކު އޭނާވަނީ މިއަހަރު ތެރޭ ލަލީގާގައި އެހެން އެއްވެސް މިޑްފީލްޑަރެއް ނުޖަހާ ވަރަށް ލަނޑު ޖަހާފައެވެ. މި މެޗުގައި ކްރިސްޓިއާނޯ ރޮނާލްޑޯއަށް ލަނޑެއް ޖެހިފައެއް ނުވެއެވެ.

ރެއާލް ސޮސިއެޑާޑްއާ ރެއާލް ބެޓިސް ވާދަކުރި މެޗު 4-4 އަކުން އެއްވަރުވި އިރު ވެލެންސިއާ ވަނީ ތިން ލަނޑު ދެ ލަނޑުން އެތުލެޓިކް ބިލްބާއޯ ބަލިކޮށްފައެވެ. އަދި ވިލަރެއާލްއިން ވަނީ ތިން ލަނޑު ސުން ލަނޑުން އެއިބާ ބަލިކޮށްފައެވެ.

ސްޕެނިޝް ލަލީގާގެ އެއް ވަނައިގައި ކުޅުނު ހުރިހާ މެޗެއް ކާމިޔާބުކޮށް 21 ޕޮއިންޓާއެކު އޮތީ ބާސެލޯނާއެވެ. ސެވިއްޔާއަށް 16 ޕޮއިންޓާ އެކު ދެވަނަ ލިބޭއިރު 15 ޕޮއިންޓާއެކު ލަނޑުގެ ތަފާތުން ކުރި ހޯދައިގެން އޮތީ ވެލެންސިއާއެވެ.

އިތުރަށް ކިޔާލަން

30 ޖެނުއަރީ 2017

ސެވިއްޔާ އަށް ފުރުސަތު ގެއްލުނުއިރު، ރެއާލް ލީޑު ފުޅާކޮށްފި

30 ޖެނުއަރީ 2017
ސެވިއްޔާ އަށް ފުރުސަތު ގެއްލުނުއިރު، ރެއާލް ލީޑު ފުޅާކޮށްފި
27 ޖެނުއަރީ 2017

ގައުމީ އަންހެން ޓީމުގެ ފުރަތަމަ ކެޕްޓަން މިރުފަތު ރިޓަޔާކޮށްފި

27 ޖެނުއަރީ 2017
ގައުމީ އަންހެން ޓީމުގެ ފުރަތަމަ ކެޕްޓަން މިރުފަތު ރިޓަޔާކޮށްފި
26 ޖެނުއަރީ 2017

ކޮޕާ ޑެލްރޭ: ރެއާލް މެޑްރިޑް ކަޓުވާލުމަށްފަހު ސެލްޓަވިގޯ ސެމީއަށް

26 ޖެނުއަރީ 2017
ކޮޕާ ޑެލްރޭ: ރެއާލް މެޑްރިޑް ކަޓުވާލުމަށްފަހު ސެލްޓަވިގޯ ސެމީއަށް
25 ޖެނުއަރީ 2017

ރެއާލް ދޫކޮށްލުމަށްފަހު ޕެޕޭ ޗައިނާ ލީގަށް ބަދަލުވަނީ!

25 ޖެނުއަރީ 2017
ރެއާލް ދޫކޮށްލުމަށްފަހު ޕެޕޭ ޗައިނާ ލީގަށް ބަދަލުވަނީ!
22 ޖެނުއަރީ 2017

ދިވެހި ފުޓްބޯޅަ އަށް ފުރަތަމަ ފަހަރަށް ކުލަބް ލައިސަންސް ދެނީ

22 ޖެނުއަރީ 2017
ދިވެހި ފުޓްބޯޅަ އަށް ފުރަތަމަ ފަހަރަށް ކުލަބް ލައިސަންސް ދެނީ
22 ޖެނުއަރީ 2017

ރާމޯސްގެ ދެލަނޑާއެކު ރެއާލް ލީގުގެ އެއްވަނައިގައި ހަމަޖެހިލައިފި

22 ޖެނުއަރީ 2017
ރާމޯސްގެ ދެލަނޑާއެކު ރެއާލް ލީގުގެ އެއްވަނައިގައި ހަމަޖެހިލައިފި
22 ޖެނުއަރީ 2017

ފުރަތަމަ ޑިވިޝަންގައި ސީ ލައިފްގެ ފަރާތުން ތަފާތު ފެންނާނެ: ޝަފާޒް

22 ޖެނުއަރީ 2017
ފުރަތަމަ ޑިވިޝަންގައި ސީ ލައިފްގެ ފަރާތުން ތަފާތު ފެންނާނެ: ޝަފާޒް
10 ޖެނުއަރީ 2017

މާޒިޔާގެ ފުރަތަމަ ބިދޭސީ ކުޅުންތެރިޔާ އެޓީމާއި ގުޅިއްޖެ

10 ޖެނުއަރީ 2017
މާޒިޔާގެ ފުރަތަމަ ބިދޭސީ ކުޅުންތެރިޔާ އެޓީމާއި ގުޅިއްޖެ
10 ޖެނުއަރީ 2017

ފުރަތަމަ ލެގުން ރަނގަޅު ނަތީޖާއެއް ހޯދުން މުހިއްމު: މޮރީނިއޯ

10 ޖެނުއަރީ 2017
ފުރަތަމަ ލެގުން ރަނގަޅު ނަތީޖާއެއް ހޯދުން މުހިއްމު: މޮރީނިއޯ
06 ޖެނުއަރީ 2017

ޖެނުއަރީ ޓްރާންސްފާގައި ރެއާލް ދޫކޮށްނުލާނެކަން ހަމޭސް ރޮޑްރިގޭޒް ހާމަކޮށްފި

06 ޖެނުއަރީ 2017
ޖެނުއަރީ ޓްރާންސްފާގައި ރެއާލް ދޫކޮށްނުލާނެކަން ހަމޭސް ރޮޑްރިގޭޒް ހާމަކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް