Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ޖޭމްސް ކޯމޭ

އެފްބީއައި ގެ ޑައިރެކްޓާ ޖޭމްސް ކޯމޭ މަގާމުން ވަކިކޮށްފި

ކޯމޭ މަގާމުން ވަކި ކުރެއްވުމަކީ އެމެރިކާގެ ސިޔާސީ މަޝްރަަހަށް ލިބިގެން ދިޔަ ކުއްލި ސިހުމެއް

އަހުމަދު އަނޫޝު
އަހުމަދު އަނޫޝު, ރާއްޖެ އެމްވީ | 10 މެއި 2017 | ބުދަ 09:15
 ޖޭމްސް ކޯމޭ

ޖޭމްސް ކޯމޭ

އެމެރިކާގެ އެތެރޭގެ އިންޓެލިޖެންސް އަދި ސެކިޔުރިޓީ ކަންކަން ބަލަހައްޓާ މައި އިދާރާ ކަމަށްވާ ފެޑެރަލް ބިއުރޯ އޮފް އިންވެސްޓިގޭޝަން (އެފްބީއައި) ގެ ޑައިރެކްޓާ ޖޭމްސް ކޯމޭ މަގާމުން ވަކިކޮށްފިއެވެ.

ރައީސް ޓްރަމްޕް، ކޯމޭ މަގާމުން ވަކިކުރެއްވުމުގެ ސަބަބުން ކުއްލި ޝޮކެއް އެމެރިކާގެ ސިޔާސީ މަޝްރަހަށް ލިިބިިގެންގޮސްފައިވާއިރު އެމެރިކާ ސަރުކާރުން ބުނެފައި ވަނީ ކޯމޭ މަގާމުން ވަކިކުރެއްވީ އެންމެ ފަހުން އެމެރިކާގެ ރިޔާސީ އިންތިޚާބުގައި، ރައީސް ޓްރަމްޕާއި ވާދަކުރެއްވި ހިލަރީ ކްލިންޓަން ގެ އީމެއިލް މައްސަލައިގެ ތަހްގީގު ގެންދެވި ގޮތުން ކަމަށެވެ. އެހެނެްނަމަވެސް ޑިމޮކްރޭޓުން ބުނަމުން ދަނީ ޖޭމްސް ކޯމޭ މަގާމުން ވަކިކުރެއްވީ އެފްބީއައި އިން ތަހްގީގު ކުރަމުންދާ، ރައީސް ޓްރަމްޕާއި ރަޝިއާގެ ގުޅުމުގެ ތުހުމަތުގެ މައްސަލައިގައި ކަމަށެވެ.

ކޯމޭ މަގާމުން ވަކިކުރެއްވިއިރު، މިދޔަ ހަފްތާގައި އެމެރިކާގެ ކޮންގްރެސް އަށް ހިލަރީ ކްލިންޓަންގެ އީމެއިލް މައްސަލައިގައި ކޯމޭ ކުށްމައުލޫމާތު ދެއްވިކަމަށް ހާމަވެފައިވެއެވެ.

ކޯމޭ މަގާމުން ވަކިކުރެއްވިކަން އެންގެވި ސިޓީފުޅުގައި ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވީ، ރައީސް ޓްރަމްޕް އެމެރިކާގެ އެޓާނީ ޖެނެރަލް ޖެފް ސެޝަންސް އާއި އެއްްބަސްވެވަޑައިގެންފައި ވަނީ ކޯމޭއަށް، އެކަށީގެންވާ ގޮތެއްގައި މުައައްސަސާ ހިންގެވުމަށް ނުކުޅެދިފައިވާ ކަމަށެވެ.

ކޯމޭއަށް ފަހު އެފްބީއައިގެ ޑައިރެކްޓާ ކަމަށް ދެން ވަޑައިގަންނަވާނެ ފަރާތެއް ހޯދުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށް އެމެރިކާގެ ސަރުކާރުން ހާމަކޮށްފައިވާއިރު، ރިޕޯޓުތައް ބުނާގޮތުން ކޯމޭ މަގާމުން ވަކިކުރެއްވުމުގެ ނޯޓު އޭނާޔާ ހަވާލުކުރެއްވިއިރު އޭނާ ހުންނެވީ ލޮސް އެންޖަލީސް ގައި އެފްބީއައިގެ އެޖެންޓުންތަކަކަށް ތަގުރީރެއް ދެއްވުމަށެވެ.

އުމުރުން 56 އަހަރުފުޅުގެ ކޯމޭގެ މަގާމުގެ ދައުރަކީ 10 އަހަރު ކަމަށްވާއިރު، މަގާމުން ވަކިކުރެއްވިއިރު އޭނާ މަގާމުގައި ދެމި ހުންނަވާތާ ވީ ހަަތަރު އަހަރެެެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ރަޝިއާގެ މައްސަލަ ބަލާ ކައުންސިލްގައި އިސްކޮށް ހުންނަވާނީ އެފްބީއައިގެ ކުރީގެ ވެރިޔާ

ރަޝިއާގެ މައްސަލަ ބަލާ ކައުންސިލްގައި އިސްކޮށް ހުންނަވާނީ އެފްބީއައިގެ ކުރީގެ ވެރިޔާ

18 މެއި 2017
ފްލިންގެ މައްސަލަ ނުބެލުމަށް އެފްބީއައިއަށް ޓްރަމްޕް އަމުރުކުރެއްވި ކަމަށް ރިޕޯޓްތައް ބުނެފި

ފްލިންގެ މައްސަލަ ނުބެލުމަށް އެފްބީއައިއަށް ޓްރަމްޕް އަމުރުކުރެއްވި ކަމަށް ރިޕޯޓްތައް ބުނެފި

17 މެއި 2017
އެފްބީއައި އަކީ މިނިވަން، ތެދުވެރި އަދި ގާބިލު މުއައްސަސާއެއްގެ ގޮތުގައި ދެމިއޮތުމަށް ޖޭމްސް ކޯމޭ ގޮވާލައްވައިފި

އެފްބީއައި އަކީ މިނިވަން، ތެދުވެރި އަދި ގާބިލު މުއައްސަސާއެއްގެ ގޮތުގައި ދެމިއޮތުމަށް ޖޭމްސް ކޯމޭ ގޮވާލައްވައިފި

11 މެއި 2017
އައިއެސްގެ ލީޑަރަކަށް ޖާސޫސްކުރަން ހަވާލުކުރުމުން އެމެރިކާގެ އެފްބީއައި އެޖެންޓް އޭނާއާ ކައިވެނިކުރިކަން ފަޅާ އަރައިފި

އައިއެސްގެ ލީޑަރަކަށް ޖާސޫސްކުރަން ހަވާލުކުރުމުން އެމެރިކާގެ އެފްބީއައި އެޖެންޓް އޭނާއާ ކައިވެނިކުރިކަން ފަޅާ އަރައިފި

02 މެއި 2017
ނޭޕާލުގެ ފުރަތަމަ އަންހެން އުއްތަމަ ފަނޑިޔާރު މަގާމުން ވަކިކުރަން ހުށަހަޅައިފި

ނޭޕާލުގެ ފުރަތަމަ އަންހެން އުއްތަމަ ފަނޑިޔާރު މަގާމުން ވަކިކުރަން ހުށަހަޅައިފި

01 މެއި 2017

އަހަރުތަކުން މިއަދު

12 ޖޫން
ސޯޝަލް މީޑިއާގައި އެޑިޓްކޮށްގެން ދައުރު ކުރާ ރައީސް ޞާލިހުގެ ކްލިޕްގެ މަޅީގައި ރައީސް ޔާމީން ޖެހިވަޑައިގެންފި
20251 އަހަރު ކުރިން
ރާއްޖެ

ސޯޝަލް މީޑިއާގައި އެޑިޓްކޮށްގެން ދައުރު ކުރާ ރައީސް ޞާލިހުގެ ކްލިޕްގެ މަޅީގައި ރައީސް ޔާމީން ޖެހިވަޑައިގެންފި

އުދުހޭ ޓެކްސީ މި އަހަރުގެ ހައްޖަށް ސައުދީން ތައާރުފް ކޮށްފި
20242 އަހަރު ކުރިން
ދުނިޔެ

އުދުހޭ ޓެކްސީ މި އަހަރުގެ ހައްޖަށް ސައުދީން ތައާރުފް ކޮށްފި

އީވާގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ގެންދެވޭނެ ތިން ގޮތެއް އަމީން އާންމު ނަޝީދަށް ދަންނަވައިފި
20233 އަހަރު ކުރިން
ރާއްޖެ

އީވާގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ގެންދެވޭނެ ތިން ގޮތެއް އަމީން އާންމު ނަޝީދަށް ދަންނަވައިފި

ދަރަނި ނަގާފައި ހުރީ ދަރަނި ދައްކަން އިނގޭތީ، އަމާ ބުނީތީ ފަރަށްދާ އުސޫލަކުން ނޫން
20224 އަހަރު ކުރިން
ރިޕޯޓު

ދަރަނި ނަގާފައި ހުރީ ދަރަނި ދައްކަން އިނގޭތީ، އަމާ ބުނީތީ ފަރަށްދާ އުސޫލަކުން ނޫން

''އެކުވެރިޔާ ވަކިވެ ދިޔައީ އަގުހުރި ހަދިޔާއެއް ދީފައި''
20215 އަހަރު ކުރިން
ރިޕޯޓު

''އެކުވެރިޔާ ވަކިވެ ދިޔައީ އަގުހުރި ހަދިޔާއެއް ދީފައި''

ފަނޑިޔާރު އަބްދުﷲ ދީދީގެ ސަސްޕެންޝަން ދެމި އޮންނާނެ: ޖޭއެސްސީ
20197 އަހަރު ކުރިން
ރާއްޖެ

ފަނޑިޔާރު އަބްދުﷲ ދީދީގެ ސަސްޕެންޝަން ދެމި އޮންނާނެ: ޖޭއެސްސީ

ނިހާން މަރެއް ނުވޭ! އޭނާ ބްރިޖްމަތީ ހަނާއަަޅާނެ!
20188 އަހަރު ކުރިން
ރިޕޯޓު

ނިހާން މަރެއް ނުވޭ! އޭނާ ބްރިޖްމަތީ ހަނާއަަޅާނެ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު