Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއައްޑޫސިޓީ

ގޫގުލް އަށް އައްޑޫއިން ދޭން ބުނި ބިމުން ކުލި ނަގާނަން: މޭޔަރު ނިޒާރު

24 ޖުލައި 2026 | ހުކުރު 16:35

ގޫގުލް އިން އައްޑޫގައި ގާއިމުކުރާ ސަބްމެރިން ކޭބަލް ސްޓޭޝަނަށް ދޫކުރި ބިމުން ކައުންސިލަށް ކުލި ހޯދުމަށް މަސައްކަތް ކުރައްވާނެ ކަމަށް މޭޔަރު އަލީ ނިޒާރު ވިދާޅުވެއްޖެ. ސަރުކާރުން މި ބިން ހިލޭ ދިނުމަށް ކުރިން ނިންމާފައިވީ ނަމަވެސް، މިއީ ބޮޑު އިންވެސްޓްމެންޓަކަށް ވާތީ އެކަށީގެންވާ ކުއްޔެއް ނަގާނެ ކަމުގެ ޔަގީންކަން މޭޔަރު ވަނީ ދެއްވާފައި

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް | 24 ޖުލައި 2026 | ހުކުރު 16:35
އައްޑޫ ސިޓީގެ މޭޔަރު އަލީ ނިޒާރު

އައްޑޫ ސިޓީގެ މޭޔަރު އަލީ ނިޒާރު | ރާއްޖެއެމްވީ

ގޫގުލް އިން އައްޑޫ ސިޓީގައި އިންޓަނޭޝަނަލް ސަބްމެރިން ކޭބަލް ލޭންޑިން ސްޓޭޝަނަކާއި ނެޓްވޯކް ފެސިލިޓީ ހެދުމަށް ދީފައިވާ ބިމުން އެ ސިޓީ ކައުންސިލުން ކުލި ނަގާނެ ކަމަށް އައްޑޫ ސިޓީގެ މޭޔަރު އަލީ ނިޒާރު ވިދާޅުވެއްޖެ އެވެ.

ފޭސްބުކްގައި ރައްޔިތުންނާ މުޙާތަބު ކުރައްވަމުން ނިޒާރު ވިދާޅުވީ ގޫގުލް އަށް ދޫކުރި ބިމުގެ ވާހަކަ ކުރިން ނުދެއްކި ނަމަވެސް ގޫގުލްގެ އަތުން ނަގަން ހަމަޖެހިފައިވާ ކުލި ޔަގީން ކަމާއެކު ނަގާނެ ކަމަށެވެ.

ގޫގަލްއަށް ދޫކުރެވުނު ބިމުގެ ވާހަކަ ކުރިން ޕަބްލިކުގައި ނުދައްކަން، ސަރުކާރުން ބޭނުންވި ގޮތަށް އެކަން ކުރަން އަޅުގަނޑުމެން ނިންމައިގެން މިތިބީ އެހެންނަމަވެސް އަޅުގަނޑު ޔަގީން ކަމާއެކު ރައްޔިތުންނަށް ދޭނެ ޔަގީންކަމަކީ ގޫގަލް ބިމުން ލިބެންޖެހޭ ކުލި އައްޑޫ ސިޓީ ކައުންސިލަށް ހޯދުމަށްޓަކައި  އަޅުގަނޑު މަސައްކަތް ކުރާނަން
މޭޔަރު އަލީ ނިޒާރު 

ހަމާއެއާއެކު މި މަޝްރޫޢުއަށް ކިތަންމެ ބޮޑު އިންވެސްޓްމެންޓެއް ގޫގުލް އިން ކޮއްފައިވީ ނަމަވެސް އެ އިންވެސްޓްމެންޓާ ގުޅޭ ވަރަށް ކުލި ނަގާނެ ކަމަށް މޭޔަރު ވިދާޅުވި އެވެ.

މި މަޝްރޫއަކީ ރާއްޖެ އާއި އޮމާން އަދި ކްރިސްމަސް އައިލެންޑް ކަނޑުއަޑީގެ ކޭބަލް ސިސްޓަމަކުން ގުޅާލުމަށް 2025 ވަނަ އަހަރުގެ ނޮވެމްބަރުގައި އެއްބަސްވެފައިވާ މަޝްރޫއެކެވެ. މި މަސައްކަތަށް ގޫގުލް އަށް ދިނުމަށް ހަމަޖެހިފައިވާ 1.5 ހެކްޓަރުގެ ބިން ހިލޭ ދިނުމަށް ވެސް ސަރުކާރުން ވަނީ އޭރު އެއްބަސްވެފަ އެވެ.

ގޫގުލް ކޭބަލްއައްޑޫ ސިޓީ ކައުންސިލްއަލީ ނިޒާރު

އިތުރަށް ކިޔާލަން

28 ޖޫން 2026

ކުރިމަތިވެފައިވާ ގޮންޖެހުންތަކުން އަރައިގަތުމަށްޓަކައި، އައްޑޫ ސިޓީ ކައުންސިލާއި ރައްޔިތުންގެ މަޖިލީހާއި ގުޅިގެން މަސައްކަތްކުރަންޖެހޭ: އެމްޕީ ސޯބެ

28 ޖޫން 2026
ކުރިމަތިވެފައިވާ ގޮންޖެހުންތަކުން އަރައިގަތުމަށްޓަކައި، އައްޑޫ ސިޓީ ކައުންސިލާއި ރައްޔިތުންގެ މަޖިލީހާއި ގުޅިގެން މަސައްކަތްކުރަންޖެހޭ: އެމްޕީ ސޯބެ
24 ޖޫން 2026

ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2026 ގައި ބައިވެރިވާ ފަރާތްތަކަށް ނަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި

24 ޖޫން 2026
ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2026 ގައި ބައިވެރިވާ ފަރާތްތަކަށް ނަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި
23 ޖޫން 2026

އައްޑޫ ސިޓީ ކައުންސިލްގެ އެޑްވައިޒަރީ ކޮމިޓީތަކަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފި

23 ޖޫން 2026
އައްޑޫ ސިޓީ ކައުންސިލްގެ އެޑްވައިޒަރީ ކޮމިޓީތަކަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފި
06 ޖޫން 2026

"ފިށިމަތި" ސަރަހައްދު ހިއްކުމަކީ ކުރަން ހެޔޮވާވަރު ކަމެއް ނޫން، އެކަމާއި މެދު ދައުވާ ވެސް ކުރަން ޖެހޭ: ނިޒާރު

06 ޖޫން 2026
"ފިށިމަތި" ސަރަހައްދު ހިއްކުމަކީ ކުރަން ހެޔޮވާވަރު ކަމެއް ނޫން، އެކަމާއި މެދު ދައުވާ ވެސް ކުރަން ޖެހޭ: ނިޒާރު
15 އެޕްރީލު 2026

ސަރުކާރުން ދޭ ގްރާންޓުން މުވައްޒަފުންނަށް މުސާރަ ދީފަ ދެއްކެނީ ކަރަންޓު ބިލު އެކަނި، މުއްތަލިބު ވާހަކަދައްކަވަނީ ހަގީގަތް ނޭނގި ހުންނަވާ: މޭޔަރު ނިޒާރު

15 އެޕްރީލު 2026
ސަރުކާރުން ދޭ ގްރާންޓުން މުވައްޒަފުންނަށް މުސާރަ ދީފަ ދެއްކެނީ ކަރަންޓު ބިލު އެކަނި، މުއްތަލިބު ވާހަކަދައްކަވަނީ ހަގީގަތް ނޭނގި ހުންނަވާ: މޭޔަރު ނިޒާރު
15 އެޕްރީލު 2026

ކައުންސިލަކީ ހަމައެކަނި ރައްޔިތުންނާ ވާހަކަދައްކަން ތިބޭ ބައެއް ތޯ؟ ކައުންސިލްތަކުން ކުރަނީ ކޮން ކަމެއް ތޯ؟ : މުއްތަލިބް

15 އެޕްރީލު 2026
ކައުންސިލަކީ ހަމައެކަނި ރައްޔިތުންނާ ވާހަކަދައްކަން ތިބޭ ބައެއް ތޯ؟ ކައުންސިލްތަކުން ކުރަނީ ކޮން ކަމެއް ތޯ؟ : މުއްތަލިބް
07 އެޕްރީލު 2026

މޭޔަރުންގެ މެސެޖު ވަރަށް ސާފު: "ޚުދުމުހުތާރު ކަމަށް ފުރުސަތެއް ނެތް، ކުރިއަށް އޮތީ ރާއްޖެ އިތުރަށް ރަން ރީނދޫ ކުލައިން ފަވާލުން."

07 އެޕްރީލު 2026
މޭޔަރުންގެ މެސެޖު ވަރަށް ސާފު: "ޚުދުމުހުތާރު ކަމަށް ފުރުސަތެއް ނެތް، ކުރިއަށް އޮތީ ރާއްޖެ އިތުރަށް ރަން ރީނދޫ ކުލައިން ފަވާލުން."
05 އެޕްރީލު 2026

ގޮންޖެހުންތަކާއި އެކު އެމްޑީޕީ އިން އައްޑޫގައި ހޯދި ކާމިޔާބީ އަކީ ރައްޔިތުންނަށްޓަކައި ރައްޔިތުން ހޯދި މޮޅެއް: ނިޒާރު

05 އެޕްރީލު 2026
ގޮންޖެހުންތަކާއި އެކު އެމްޑީޕީ އިން އައްޑޫގައި ހޯދި ކާމިޔާބީ އަކީ ރައްޔިތުންނަށްޓަކައި ރައްޔިތުން ހޯދި މޮޅެއް: ނިޒާރު
04 އެޕްރީލު 2026

ސިޓީތަކުން ބުނީ އެމްޑީޕީގެ މޭޔަރުންނާއި އެކު ކުރި ތަޖުރިބާ ރަނގަޅު ކަމަށް: ހުރިހާ ގޮނޑި އެއް އެމްޑީޕީ އަށް!

04 އެޕްރީލު 2026
ސިޓީތަކުން ބުނީ އެމްޑީޕީގެ މޭޔަރުންނާއި އެކު ކުރި ތަޖުރިބާ ރަނގަޅު ކަމަށް: ހުރިހާ ގޮނޑި އެއް އެމްޑީޕީ އަށް!
26 މާރިޗު 2026

"އަފިރިންގެ އައްޑޫ" މެނިފެސްޓޯ ލޯންޗްކޮށްފި: މެނިފެސްޓޯގައި ބަދަހި، ނޫ ފަހި އައްޑޫ އަކަށް ބޭނުންވާ އެތައް ކަމެއް!

26 މާރިޗު 2026
"އަފިރިންގެ އައްޑޫ" މެނިފެސްޓޯ ލޯންޗްކޮށްފި: މެނިފެސްޓޯގައި ބަދަހި، ނޫ ފަހި އައްޑޫ އަކަށް ބޭނުންވާ އެތައް ކަމެއް!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް